Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
މުއީނާ މުހައްމަދު

މަގްސަދު ހާސިލުވެއްޖެ، އުފަލާއެކު މިހާރު ރިޓަޔާވެވޭނެ: މުއީނާ

ކުޅުން ހުއްޓާލުމަށްފަހު މުއީނާ ބޭނުންވަނީ ވަޒީފާއަށް އިސްކަންދޭން

ލީވާން އަލީ
ލީވާން އަލީ, ރާއްޖެ އެމްވީ | 27 ޖުލައި 2019 | ހޮނިހިރު 18:48
ޑަބަލް އިވެންޓުން ރާއްޖެ ފަހުރުވެރިކޮށްދިން ހަތަރު ކުޅުންތެރިން

ޑަބަލް އިވެންޓުން ރާއްޖެ ފަހުރުވެރިކޮށްދިން ހަތަރު ކުޅުންތެރިން

މަގްސަދު ހާސިލުކުރެވިއްޖެ ކަމަށާއި، އުފަލާއެކު މިހާރު ރިޓަޔާވެވޭނެ ކަމަށް ރާއްޖޭގެ ކުރީގެ އެއް ނަމްބަރު ޓޭބަލް ޓެނިސް ކުޅުންތެރިޔާ މުއީނާ މުހައްމަދު ބުނެފިއެވެ.

ސޯޝަލް މީޑިއާގައި މުއީނާ ކުރި ޕޯސްޓެއްގައި ބުނީ، ގޭމްސްގައި ބޭނުންވި ޓާގެޓް ހާސިލުކުރެވިފައިވާ ކަމަށާއި، އުފަލާއެކު މިހާރު ރިޓަޔާކުރެވޭނެ ކަމަށެވެ.

މުއީނާ ބުނީ، މިދިޔަ އައިއޯއައިޖީ ގޭމްސްގައި ބޭނުންވީ އިތުރު އެއް މެޑަލް ކަމަށާއި، މިފަހަރު ބޭނުންވީ އިތުރު ދެ މެޑަލް ކަމަށެވެ. އަދި އެ ޓާގެޓްވެސް ހާސިލުކުރެވިފައިވާ ކަމަށް އޭނާ ވަނީ ބުނެފައެވެ.

މިފަހަރުގެ ގޭމްސްއަށްފަހު ރިޓަޔާކުރާނެކަން މުއީނާ ވަނީ މީގެކުރިން އިއުލާންކޮށްފައެވެ. އަދި ރިޓަޔާކުރާކަން އިއުލާންކުރުމަށްފަހު، ރާއްޖެއެމްވީއަށް މައުލޫމާތު ދެމުން އޭނާ ބުނީ، ގޭމްސްގައި ޓާގެޓަކީ ޓީޓީއަށް މެޑަލްއެއް ހޯދައިދިނުމަށްފަހު ކުޅުން ހުއްޓާލުން ކަމަށެވެ.

އެގޮތުން މުއީނާގެ އެހީއާއެކު ރާއްޖެއަށް ޓީމް އިވެންޓުން ރަން މެޑަލް ލިބިފައިވާއިރު، އޭނާއަށް ޑަބަލްސް އިވެންޓުން ރިހި މެޑަލް ވަނީ ލިބިފައެވެ.

މުއީނާ ކުޅުން ހުއްޓާލަން ނިންމީ، ޒުވާން ކުޅުންތެރިންނަށް ފުރުސަތު ދިނުމުގެ ގޮތުން އަދި ޓީޓީއަށް އޭނާއަށް ހިދުމަތްކޮށްދެވިއްޖެ ކަމަށް ގަބޫލުކުރާ ކަމަށާއި، މިވަގުތު މުހިންމީ ވަޒީފާ ކަމަށް ބުނެއެވެ.

އެގޮތުން މުއީނާ ބުނީ، ވަޒީފާ އަދާކުރަމުން ޓީޓީއަށް ދޭންޖެހޭ ވަރަށް ސަމާލުކަން އޭނާއަށް ނުދެވޭ ކަމަށާއި، އައިއޯއައިޖީއަށް ފަހު ހުރިހާ ފޯކަސްއެއްވެސް ދެން ކުރާނީ ވަޒީފާއަށް ކަމަށެވެ.

މުއީނާ މިވަގުތު ވަޒީފާ އަދާކުރަމުން އަންނަނީ ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ އަންހެން ގައުމީ ޓީމު އަދި ޔޫތު ޓީމުތަކުގެ ފިޓްނެސް ކޯޗެއްގެ ހައިސިއްޔަތުންނެވެ.

ޓީޓީ ކުރިއަރުވަން ކޮށްދެވެން އޮތް ހުރިހާ މަސައްކަތެއް ކުރާނެކަން ފާހަގަކުރަމުން މުއީނާ ބުނީ، ޓީޓީ ކޯޗެއްގެ ގޮތުގައި އޭނާ ނުފެންނާނެ ކަމަށެވެ.

ނަމަވެސް މުއީނާ ބުނީ، ދެން އޭނާ ފެނިގެންދާނީ ސްޕޯޓްސް ފިޓްނެސް ކޯޗެއްގެ ގޮތުގައި ކަމަށާއި، އެއީ ހުރިހާ ކުޅިވަރަކަށްވެސް ވަރަށް މުހިންމު ބައެއް ކަމަށް ގަބޫލުކުރާ ކަމަށެވެ.

އައިއޯއައިޖީގައި 2011 ވަނަ އަހަރު ރިހި މެޑަލް ހޯދި މުއީނާ ވަނީ 1995 ވަނަ އަހަރު ބޭއްވި އެސޯސިއޭޝަން ޗެމްޕިއަންޝިޕްގެ ސިންގަލްސް ތަށި ހޯދައިފިއެވެ. އޭނާ ވަނީ އެސޯސިއޭޝަން ޗެމްޕިއަންޝިޕްގެ ސިންގަލްސް ޗެމްޕިއަންކަން 16 ފަހަރު، ޑަބަލްސް ޗެމްޕިއަންކަން 12 ފަހަރު އަދި މިކްސް ޑަބަލްސްގެ ޗެމްޕިއަންކަން ހަތް ފަހަރު ހޯދައިފައެވެ.

ގައުމީ މުބާރާތުގެ ޗެމްޕިއަންކަން 2003 ވަނަ އަހަރު ފެށިގެން 13 ފަހަރު ޖެހިޖެހިގެން ހޯދި މުއީނާ ވަނީ ގައުމީ މުބާރާތުގައި ޑަބަލްސްގެ ޗެމްޕިއަންކަން 11 ފަހަރު އަދި މިކްސް ޑަބަލްސްގެ ޗެމްޕިއަންކަން 12 ފަހަރު ހޯދައިފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ދިވެހި ކްލަބްތައް މިހާރު މިއޮތް ހާލަތުގައި އޮތްހާ ހިނދަކު ދިވެހި ކްލަބަކަށް ކޯޗު ކަމެއް ނުކޮށްދޭނަން: ނިޒާމްބެ

ދިވެހި ކްލަބްތައް މިހާރު މިއޮތް ހާލަތުގައި އޮތްހާ ހިނދަކު ދިވެހި ކްލަބަކަށް ކޯޗު ކަމެއް ނުކޮށްދޭނަން: ނިޒާމްބެ

08 އޮކްޓޯބަރު 2019
ބައިނަލްއަގުވާމީ ފުޓުބޯޅައިގެ ގަވައިދުތަކަށް މަހުލޫފް މިހާރު ހުންނާނީ ރޯ ފިލާފަ: ބައްސާމް

ބައިނަލްއަގުވާމީ ފުޓުބޯޅައިގެ ގަވައިދުތަކަށް މަހުލޫފް މިހާރު ހުންނާނީ ރޯ ފިލާފަ: ބައްސާމް

12 ޖެނުއަރީ 2019
މިހާރު އެވޯޑްސް: ރަންބޫޓް ދަގަނޑޭ އަށް

މިހާރު އެވޯޑްސް: ރަންބޫޓް ދަގަނޑޭ އަށް

03 ޑިސެމްބަރު 2018
މިހާރު އެވޯޑްސްއަށް ވާދަކުރާ ސާފް ސުޒުކީ ކަޕުގެ ފަސް ކުޅުންތެރިން ހޮވައިފި

މިހާރު އެވޯޑްސްއަށް ވާދަކުރާ ސާފް ސުޒުކީ ކަޕުގެ ފަސް ކުޅުންތެރިން ހޮވައިފި

02 އޮކްޓޯބަރު 2018
މިހާރު އެވޯޑްސް: ކުޅިވަރުގައި ފާހަގަކޮށްލެވޭ ފަރާތްތަކަށް ޝަރަފު އަރުވައިފި

މިހާރު އެވޯޑްސް: ކުޅިވަރުގައި ފާހަގަކޮށްލެވޭ ފަރާތްތަކަށް ޝަރަފު އަރުވައިފި

06 މެއި 2018

އަހަރުތަކުން މިއަދު

30 މާރިޗު
މި ސަރުކާރުން އުޅެނީ ކުކުޅެއް އުޅޭހެން؟
20251 އަހަރު ކުރިން
ރިޕޯޓު

މި ސަރުކާރުން އުޅެނީ ކުކުޅެއް އުޅޭހެން؟

ދައުލަތުގެ ބަޖެޓުން ހަރަދުނުކޮށް ނިންމާނެ ކަމަށް ބުނި ރަސްމާލެ ހުއްޓުމުން ކުށްވެރިވީ ބަޖެޓް
20242 އަހަރު ކުރިން
ރިޕޯޓު

ދައުލަތުގެ ބަޖެޓުން ހަރަދުނުކޮށް ނިންމާނެ ކަމަށް ބުނި ރަސްމާލެ ހުއްޓުމުން ކުށްވެރިވީ ބަޖެޓް

ދެމައިންގެ ނަމޫނާ ލޯބި: މުބާރާތުން ވަކިވަމުން ވެސް ސުމާ ހިނިތުންވެލީ މަންމައަށް ކުރިއަށް ދެވޭތީ!
20233 އަހަރު ކުރިން
ރިޕޯޓު

ދެމައިންގެ ނަމޫނާ ލޯބި: މުބާރާތުން ވަކިވަމުން ވެސް ސުމާ ހިނިތުންވެލީ މަންމައަށް ކުރިއަށް ދެވޭތީ!

އަނިޔާގެ ސަބަބުން އޮއްސުނު ފުޓްބޯޅަ ތަރި
20224 އަހަރު ކުރިން
މީހުން

އަނިޔާގެ ސަބަބުން އޮއްސުނު ފުޓްބޯޅަ ތަރި

ހޮނިހިރު ދުވަހު ދެވަނަ ޑޯޒް ޖަހަން ފަށާނެ، އޭގެ ފަހުން ކަރަންޓީނާ ނުލާ ދަތުރު ކުރެވޭނެ - މަބްރޫކް
20215 އަހަރު ކުރިން
ރާއްޖެ

ހޮނިހިރު ދުވަހު ދެވަނަ ޑޯޒް ޖަހަން ފަށާނެ، އޭގެ ފަހުން ކަރަންޓީނާ ނުލާ ދަތުރު ކުރެވޭނެ - މަބްރޫކް

ޙައްދު ޤާއިމް ކުރެވޭނީ ކޮން ޙާލަތެއްގަ؟
20197 އަހަރު ކުރިން
އިސްލާމް

ޙައްދު ޤާއިމް ކުރެވޭނީ ކޮން ޙާލަތެއްގަ؟

ނ. މިލަދޫ ރައްޔިތުން ރާއްޖެޓީވީއަށް މީރު ދިވެހި ކެއުމެއް ހަދިޔާކޮށްފި!
20188 އަހަރު ކުރިން
ރާއްޖެ

ނ. މިލަދޫ ރައްޔިތުން ރާއްޖެޓީވީއަށް މީރު ދިވެހި ކެއުމެއް ހަދިޔާކޮށްފި!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު