Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުތޯމަސް މުލާ

މުލާ ހޯދުމަށް ޗައިނާގެ ކްލަބަކުން ބޮޑު ހުށަހެޅުމެއް

މުލާގެ އެއްބަސްވުން ހަމަވާނީ 2021 ވަނަ އަހަރު

ލީވާން އަލީ
ލީވާން އަލީ | 17 ޖޫން 2019 | ހޯމަ 13:47
ތޯމަސް މުލާ

ތޯމަސް މުލާ

ބަޔާން މިއުނިކަށް ކުޅެމުން އަންނަ ޖަރުމަންގެ ފޯވާޑް ތޯމަސް މުލާ ހޯދުމަށް ޗައިނާގެ ކްލަބަކުން ބޮޑު ހުށަހެޅުމެއް ހުށަހަޅާފައިވާ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

ކިކާއިން ބުނީ، މި ޓްރާންސްފާ ބާޒާރުގައި މުލާ ހޯދުމަށް ޗައިނާގެ ކްލަބަކުން މަސައްކަތް ކުރަމުން އަންނަ ކަމަށާއި، އެ ކްލަބުން އޭނާއަށް އަހަރަކު 25 މިލިއަން ޔޫރޯ ދޭން އެއްބަސްވެފައިވާ ކަމަށެވެ.

އުމުރުން 29 އަހަރުގެ މުލާ ބަޔާންއާއެކު ހަދާފައިވާ އެއްބަސްވުން 2021 ވަނަ އަހަރު ހަމަވާއިރު، އޭނާ ހޯދުމަށް ޗައިނާގެ ކްލަބްތަކުގެ އިތުރުން އިޓަލީގެ ކްލަބްތަކުންވެސް އަންނަނީ މަސައްކަތް ކުރަމުން ކަމަށް ރިޕޯޓްތައް ބުނެއެވެ.

ބަޔާން އިން 2008 ވަނަ އަހަރު ސީނިއާ ކެރިޔަރު ފެށި މުލާ ޔޫތު ކެރިޔަރުވެސް ހޭދަކޮށްފައިވަނީ އެ ކްލަބުގެ ޔޫތު ޓީމުގައެވެ. އޭނާ ވަނީ އެ ކްލަބަށް މިހާތަނަށް ކުޅުނު 485 މެޗުގައި 185 ލަނޑު ކާމިޔާބުކޮށްފައެވެ.

މުލާ ވަނީ ބަޔާންއާ އެކު ހަތް ލީގު ތަށި، ހަތަރު ޖަރުމަން ކަޕް، ހަތަރު ޖަރުމަން ސުޕަ ކަޕް، އެއް ޔުއެފާ ޗެމްޕިއަންސް ލީގު، އެއް ޔުއެފާ ސުޕަ ކަޕް އަދި އެއް ފީފާ ކްލަބް ވޯލްޑް ކަޕް ކާމިޔާބުކޮށްފައެވެ.

ޖަރުމަން ގައުމީ ޓީމާއެކު 2010 ވަނަ އަހަރު ފީފާ ވޯލްޑް ކަޕްގެ ތިންވަނަ ހޯދި މުލާ ވަނީ ގައުމީ ޓީމަށް މިހާތަނަށް ކުޅުނު 100 މެޗުގައި 38 ލަނޑު ކާމިޔާބުކޮށްފައެވެ. އަދި އޭނާ ވަނީ 2010 ވަނަ އަހަރު ވޯލްޑް ކަޕްގެ ރަން ބޫޓު ހޯދުމުގެ އިތުރުން އެންމެ މޮޅު ޒުވާން ކުޅުންތެރިޔާގެ މަގާމުވެސް އެފަހަރުގެ މުބާރާތުގައި ހޯދާފައެވެ.

ގިނަ އިންޑިވިޖުއަލް އެވޯޑްތަކެއް ހޯދާފައިވާ މުލާ ވަނީ 2010 ވަނަ އަހަރު ބްރާވޯ އެވޯޑްގެ އިތުރުން ވޯލްޑް ސޮކާ ޔަންގް ޕްލޭޔާ އޮފް ދަ އިޔާވެސް ހޯދާފައެވެ.

އިތުރަށް ކިޔާލަން

28 ޖެނުއަރީ 2017

ބޮޑު ލީޑަކާއެކު ސީދާ ތިން ސެޓުން ނޭޕާލްގެ މައްޗަށް އީރާން ކުރިހޯދައިފި

28 ޖެނުއަރީ 2017
ބޮޑު ލީޑަކާއެކު ސީދާ ތިން ސެޓުން ނޭޕާލްގެ މައްޗަށް އީރާން ކުރިހޯދައިފި
26 ޖެނުއަރީ 2017

ވައިޑީޕީ އަށް ބޮޑު ތަރުހީބެއް ލިބޭ، އެހެނަސް ޖާގައިގެ ދަތިކަން އިންތިހާއަށް ބޮޑު: ޝާޒް

26 ޖެނުއަރީ 2017
ވައިޑީޕީ އަށް ބޮޑު ތަރުހީބެއް ލިބޭ، އެހެނަސް ޖާގައިގެ ދަތިކަން އިންތިހާއަށް ބޮޑު: ޝާޒް
24 ޖެނުއަރީ 2017

ބަންގާޅު މުބާރާތުގެ ސަބަބުން ޓީސީއަށް ބޮޑު ފައިދާއެއް ކުރާނެ: ނިޒާމްބެ

24 ޖެނުއަރީ 2017
ބަންގާޅު މުބާރާތުގެ ސަބަބުން ޓީސީއަށް ބޮޑު ފައިދާއެއް ކުރާނެ: ނިޒާމްބެ
22 ޖެނުއަރީ 2017

ބޮޑު އަށް ކުލަބަށް އަންނަ މަހު ފައިސާ ދެވޭނެ: އެފްއޭއެމް

22 ޖެނުއަރީ 2017
ބޮޑު އަށް ކުލަބަށް އަންނަ މަހު ފައިސާ ދެވޭނެ: އެފްއޭއެމް
19 ޖެނުއަރީ 2017

ޓޫރޭ ހޯދުމަށް ޗައިނާ ކްލަބަކުން ހުށަހެޅި ބިޑަށް އޭނާ ނޫނެކޭ ބުނެފި

19 ޖެނުއަރީ 2017
ޓޫރޭ ހޯދުމަށް ޗައިނާ ކްލަބަކުން ހުށަހެޅި ބިޑަށް އޭނާ ނޫނެކޭ ބުނެފި
18 ޖެނުއަރީ 2017

ޑިޕޭ ހޯދުމަށް ލިޔޯން އިން ހުށަހެޅި ބިޑް ޔުނައިޓެޑުން ރިޖެކްޓްކޮށްލައިފި

18 ޖެނުއަރީ 2017
ޑިޕޭ ހޯދުމަށް ލިޔޯން އިން ހުށަހެޅި ބިޑް ޔުނައިޓެޑުން ރިޖެކްޓްކޮށްލައިފި
18 ޖެނުއަރީ 2017

ކެރިއަރުގައި ލިބުނު އެންމެ ބޮޑު ކާމިޔާބަކީ އެފްއޭ ކަޕް ޔުނައިޓެޑާއެކު ކާމިޔާބުކުރުން: ވެންހާލް

18 ޖެނުއަރީ 2017
ކެރިއަރުގައި ލިބުނު އެންމެ ބޮޑު ކާމިޔާބަކީ އެފްއޭ ކަޕް ޔުނައިޓެޑާއެކު ކާމިޔާބުކުރުން: ވެންހާލް
04 ޖެނުއަރީ 2017

ކޭން ހޯދުމަށް ޔުނައިޓެޑުން 80 މިލިއަން ޕައުންޑު ހުށަހަޅަނީ!

04 ޖެނުއަރީ 2017
ކޭން ހޯދުމަށް ޔުނައިޓެޑުން 80 މިލިއަން ޕައުންޑު ހުށަހަޅަނީ!
04 ޖެނުއަރީ 2017

ވިލިއަން ހޯދުމަށް ޔުނައިޓެޑުން މަސައްކަތްކުރަނީ!

04 ޖެނުއަރީ 2017
ވިލިއަން ހޯދުމަށް ޔުނައިޓެޑުން މަސައްކަތްކުރަނީ!
04 ޖެނުއަރީ 2017

ވެރާޓީ ހޯދުމަށް ޗެލްސީން 30 މިލިއަން ޕައުންޑު ހުށަހަޅައިފި

04 ޖެނުއަރީ 2017
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު