Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ފްލެޓްތަކުގެ މައްސަލަ ބަލާ ކޮމިޓީ

ފްލެޓްތަކުގެ މައްސަލަ ބަލާ ކޮމިޓީގެ ރިޕޯޓް ނިމޭނެ ކަމަށް ބެލެވެނީ ސެޕްޓެމްބަރު މަހު!

ހައްގުވާ ފަރާތްތަކަށް ފްލެޓް ހަވާލުކުރުމުގެ މަސައްކަތް ކުރާނީ ރިޕޯޓް ނިމުމުން

އަލީ ސަމާޚް
އަލީ ސަމާޚް, ރާއްޖެ އެމްވީ | 28 މެއި 2019 | އަންގާރަ 08:00
އެ ކޮމިޓީން ދަނީ 22،000 މީހުންގެ ފޯމް ދިރާސާ ކުރަމުން

އެ ކޮމިޓީން ދަނީ 22،000 މީހުންގެ ފޯމް ދިރާސާ ކުރަމުން

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ނުހައްގުން ދީފައިވާ ފްލެޓްތަކާއި ހައުސިން ޕްރޮޖެކްޓް ދޫކޮށްފައިވާ ގޮތް ރިވިއުކުރަން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އުފައްދާފައިވާ "ފްލެޓްތަކުގެ މައްސަލަބަލާ ކޮމިޓީ" ރިޕޯޓް ނިމޭވަރު ވާނީ ސެޕްޓެމްބަރު މަހު ކަމަށް ރާއްޖެއެމްވީ އެނގިއްޖެއެވެ.

"ހިޔާ" މަޝްރޫ އާއި "ގެދޮރުވެރިކުރުން" އަދި "ގުޅީފަޅު ހައުސިންގ ޕްރޮޖެކްޓް" ކުރިއަށް ގެންގޮސްފައިވާ ގޮތާއި ފްލެޓްތައް ދޫކޮށްފައިވާ ގޮތް ރިވިއުކޮށް، އިންސާފުވެރި ދެފުށް ފެންނަ ގޮތަށް ފްލެޓް ލިބުން ހައްގުވާ ފަރާތްތަކަށް، ފްލެޓް ލިބޭނޭ ގޮތް ހެދުމަށް "ފްލެޓްތަކުގެ މައްސަލަބަލާ ކޮމިޓީ"ގެ ނަމުގައި ފަސް މެމްބަރުންގެ މައްޗަށް އެކުލެވޭ ކޮމިޓީއެއް އެކުލަވާލާފައި ވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 31 ވަނަ ދުވަހުއެވެ.

Advertisement - newsAdvertisement

ނަން ނުޖަހަން ޝަރުތުކޮށް ރާއްޖެއެމްވީ އަށް މައުލޫމާތު ދިން ފްލެޓް ކޮމިޓީގެ މެމްބަރަކު ވިދާޅުވީ، ފްލެޓްތައް ދީފައިވާ އުސޫލު ބަލައި ދިރާސާތައް ކުރުމަށް ފަހު ރިޕޯޓް އެކުލަވައިލުމުގެ މަސައްކަތް އެ ކޮމިޓީން ކުރަމުން އަންނަ ކަމަށެވެ. އެ ކޮމެޓީއިން އަންނަނީ ހިޔާ މަޝްރޫއަށް ހުށައަޅާފައިވާ 22,000 ފޯމް ދިރާސާ ކުރަމުންނެވެ. އެ ކަމަށް ދުވަސްތަކެއް ނަގާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ފާހަގަކުރެވޭ ބައެއް ކަންތައްތައް އެބަހުރި ކަމާށާއި އެކަންތައްތައް މީޑިއާ އަށް ވަރަށް އަވަހަށް ހިއްސާ ކުރައްވާނެ ކަމަށް އެ މެމްބަރު ވިދާޅުވިއެވެ. އެ ކޮމިޓީގެ ރިޕޯޓް ފޮނުވަން ޖެހެނީ ރައީސް ސޯލިހު އަށެވެ.

ފްލެޓްތަކުގެ މައްސަލަ ބަލާ ކޮމިޓީގައި ހިމެނޭ މެމްބަރުން

1. މުޙައްމަދު މުޢިއްޒު އަދުނާން، މ. ގުލްފާމްގެ

2. ޝީރީން ނާހިދާ ލަޠީފު، ގ. ނޫމަރާވިލާ

3. ފާޠިމަތު ރަޝީދާ، މ. ގަސީމު

4. އަޙްމަދު ޠަލާލް، މއ. އަންޑާޕޫލްއާގެ

5. ޢަލީ ޝުހައިލް މުޙައްމަދު، މ. ފެންގަސް

ހައުސިން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަލީ ޝާމިން ވިދާޅުވީ، ރިޕޯޓް ނިމި އެ މިނިސްޓްރީއާ ލިބުމުން ހައްގުވެރި ފަރާތްތަކަށް ފްލެޓް ހަވާލުކުރުމުގެ މަސައްކަތް ކުރިއަށް ގެންދާނެ ކަމަށެވެ. ހިޔާ މަޝްރޫއުގެ ދަށުން ހުޅުމާލޭގެ ދެ ވަނަ ފިޔަވަހީގައި އިމާރާތްކުރަމުން އަންނަ ފްލެޓްތައް ނޮވެމްބަރު މަހަށް ނިންމުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

މި އަހަރުގެ މޭ މަހަށް ނިންމާނެ ކަމަށް ކުރީ ސަރުކާރުން ބުނި "ހިޔާ" މަޝްރޫއުގެ ފްލެޓްތަކުގެ ސްޓްރަކްޗަރ އަށް މި ސަރުކާރުން ގެންނަ ބަދަލުތަކާ އެކު ފްލެޓްތަކުގެ އަދަދު 7،000 އިން 3،588 އަށް ވަނީ މަދުކޮށްފައެވެ. އަދި މަސައްކަތް ވަނީ ދިގުލައިގެން ގޮސްފައެވެ. އެ ތަންތަނަށް ބަދަލު ގެންނަން މި ސަރުކާރުން ނިންމީ އެއީ ދިރިއުޅެން ކަމުދާ ތަންތަނަށް ނުވުމުން ކަމަށް ހައުސިން މިނިސްޓްރީން ބުނެފައި ވެއެވެ.

މި ސަރުކާރުން ރައްޔިތުންނަށް ބޯހިޔާވަހިކަމުގެ އެކި އެކި މަޝްރޫއުތައް ކުރިއަށް ގެންދަން ހަމަޖެހިފައިވާއިރު ބައެއް ޕްރްޖެކްޓްތަކުގައި މިހާރު ވަނީ ސޮއިކޮށްފައެވެ. ނަމަވެސް މާލެ ސަރަހައްދުގައި ބޯހިޔާވަހިކަމުގެ އާ މަޝްރޫއެއް އަދި އިއުލާނުކޮށްފައެއް ނުވެއެވެ.

ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ގެންނާނެ ކަމަށް އެމްޑީޕީގެ އެޖެންޑާ 19 ގައި މުހިއްމު ސިޔާސަތުތަކެއް ކަނޑައަޅާފައިވާއިރު، މާލޭގެ ގޯތި ގެދޮރު ނެތް ހުރިހާ ފަރާތްތަކަށް މި ފަސް އަހަރުގެ ވެރިކަމުގެ ތެރޭގައި ބޯހިޔާވަހިކަން ފޯރުކޮށްދޭނެ ކަމަށް ސަރުކާރުން ވައުދުވެފައިވެ އެވެ. މާލެއަށް ޚާއްސަކޮށް، އަދި މާލޭގައި ދިރިއުޅޭ ރައްޔިތުންގެ ތެރެއިން ގޯތިގެދޮރު ނެތް ރައްޔިތުންނަށް ޚާއްސަކޮށްގެން ބޮޑު ހައުސިންގް ޕްރޮޖެކްޓެއް ދާދި އަވަހަށް އިއުލާނު ކުރެވިގެންދާނެ ކަމަށް ރައީސް ސޯލިހު ވެސް ވިދާޅުވެފައި ވެއެވެ. އަދި އޭގެ އިތުރުން އެޖެންޑާ 19ގެ ދަށުން މާލޭގެ ކޮންމެ ރައްޔިތަކަށް ގޯއްޗެއް ލިބިގެންދާނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެސް ވަނީ ވިދާޅުވެފައެވެ.

ރައީސް ޔާމީންގެ ސަރުކާރުގެ ދުވަސްވަރު ޝަރުތު ހަމަނުވާ ގިނަ ބަޔަކަށް ފްލެޓް ދީފައިވާކަން ވަނީ ހަމާވެފައެވެ. ފްލެޓްތައް ދިނުމުގައި އިސްކަން ދީފައި ވަނީ ސަރުކާރުގެ އިސްވެރިންނާއި ޕީޕީއެމްއަށް ނިސްބަތްވާ މީހުންނަށެވެ.

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި

ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި

10 ޖެނުއަރީ 2017
ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

10 ޖެނުއަރީ 2017
ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

09 ޖެނުއަރީ 2017
ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ

ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ

08 ޖެނުއަރީ 2017
މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!

މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!

08 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

18 ފެބުރުއަރީ
ސަރުކާރުން ދޫކުރާ މަސްދަޅުތަކަށް 64 މިލިއަނަށް ވުރެ ގިނަ ރުފިޔާ، އަދިއެއްކޮށް ޕޭމަންޓު ދައްކާފައިނުވޭ
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ސަރުކާރުން ދޫކުރާ މަސްދަޅުތަކަށް 64 މިލިއަނަށް ވުރެ ގިނަ ރުފިޔާ، އަދިއެއްކޮށް ޕޭމަންޓު ދައްކާފައިނުވޭ

ވައުދުވީ ޑޮލަރުން މަސްވެރިންނަށް ފައިސާދޭން، ކުޑަމިނުން ރުފިޔާއިން ވެސް ފައިސާނުދޭތާ 3 މަސް ވަނީ
20242 އަހަރު ކުރިން
ރާއްޖެ

ވައުދުވީ ޑޮލަރުން މަސްވެރިންނަށް ފައިސާދޭން، ކުޑަމިނުން ރުފިޔާއިން ވެސް ފައިސާނުދޭތާ 3 މަސް ވަނީ

12 ދުވަސް ވީ ތަނެއް ނޭނގި: އާސިރަށް ވީ ގޮތާއި އޭގެ ހަގީގަތް!
20233 އަހަރު ކުރިން
ރިޕޯޓު

12 ދުވަސް ވީ ތަނެއް ނޭނގި: އާސިރަށް ވީ ގޮތާއި އޭގެ ހަގީގަތް!

ހިޔާވަހި ހައުސިން މަޝްރޫއު: ރީތި ގަސް އެޕާޓްމެންޓަށް ނަން ބަދަލުކޮށް، ދެއަހަރުގެ ތެރޭގައި މަސައްކަތް ނިންމަނީ
20224 އަހަރު ކުރިން
ރާއްޖެ

ހިޔާވަހި ހައުސިން މަޝްރޫއު: ރީތި ގަސް އެޕާޓްމެންޓަށް ނަން ބަދަލުކޮށް، ދެއަހަރުގެ ތެރޭގައި މަސައްކަތް ނިންމަނީ

ދުނިޔޭގައި ހުންނާނެކަމުގެ އުންމީދު ކަނޑާލި، ހަމައެކަނި އުންމީދަކަށްވީ \"އާއިލާ\"
20215 އަހަރު ކުރިން
ރިޕޯޓު

ދުނިޔޭގައި ހުންނާނެކަމުގެ އުންމީދު ކަނޑާލި، ހަމައެކަނި އުންމީދަކަށްވީ \"އާއިލާ\"

‏ޙައްދު ޤާއިމް ކުރެވޭނީ ކޮން ޙާލަތެއްގަ؟‏
20197 އަހަރު ކުރިން
އިސްލާމް

‏ޙައްދު ޤާއިމް ކުރެވޭނީ ކޮން ޙާލަތެއްގަ؟‏

އުއްތަމަ ފަނޑިޔާރުގެ ބައްޕާފުޅުގެ ބަސް: ދަރިފުޅު ކުރީ ކުރަންޖެހޭ ކަމެއް!
20188 އަހަރު ކުރިން
ރިޕޯޓު

އުއްތަމަ ފަނޑިޔާރުގެ ބައްޕާފުޅުގެ ބަސް: ދަރިފުޅު ކުރީ ކުރަންޖެހޭ ކަމެއް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު