Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ޕެޕް ގާޑިއޯލާ

ޕްރިމިއާ ލީގަކީ ހޯދަން އެންމެ އުނދަގޫވި ތަށި: ގާޑިއޯލާ

ގާޑިއޯލާގެ އިރުޝާދުގެ ދަށުން މިއީ ސިޓީ ކާމިޔާބުކުރި ދެވަނަ ލީގު ތަށި

ލީވާން އަލީ
ލީވާން އަލީ, ރާއްޖެ އެމްވީ | 13 މެއި 2019 | ހޯމަ 15:57
ޕެޕް ގާޑިއޯލާ

ޕެޕް ގާޑިއޯލާ

ޕްރިމިއާ ލީގު ތަށްޓަކީ ކޯޗިން ކެރިޔަރުގައި ހޯދަން އެންމެ އުނދަގޫވި ތަށި ކަމަށް މެންޗެސްޓާ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުނެފިއެވެ.

ނޫސްވެރިންނަށް މައުލޫމާތު ދެމުން ގާޑިއޯލާ ބުނީ، ޕްރިމިއާ ލީގު ކާމިޔާބުކުރަން ޖެހިޖެހިގެން 14 މެޗު ކާމިޔާބު ކުރަންޖެހުނު ކަމަށާއި، މިއީ މުޅި ހަޔާތުގައި ވެސް އުނދަގުލުން ހޯދުނު ތަށި ކަމަށެވެ.

އާދީއްތަ ދުވަހުގެ ރޭ ރަށުން ބޭރުގައި ބްރައިޓަންއާ ދެކޮޅަށް ކުޅުނު މެޗު 1-4 ގެ ނަތީޖާއަކުން ކާމިޔާބުކޮށް، ޕްރިމިއާ ލީގުގެ ތަށި ސިޓީން ވަނީ ކަށަވަރު ކޮށްފައެވެ.

މިއީ ގާޑިއޯލާގެ ކޯޗިން ކެރިޔަރުގައި ފާއިތުވެދިޔަ ދިޔަ 10 ސީޒަންގެ ތެރެއިން ލީގް ތަށި ހޯދި 8 ވަނަ ފަހަރެވެ.

ސިޓީ 98 ޕޮއިންޓާއެކު ލީގު ނިންމާލިއިރު، ސިޓީގެ ފަހަތުން ދެވަނައިގައި އޮތް ލިވަޕޫލުން ވަނީ 97 ޕޮއިންޓް ހޯދާފައެވެ. މިއީ 1990 ވަނަ އަހަރުގެ ފަހުން ޕްރިމިއާ ލީގު ކާމިޔާބުކުރުމާ ގާތަށް ލިވަޕޫލްދިޔަ ފުރަތަމަ ފަހަރެވެ.

ލިވަޕޫލްއާ ބެހޭގޮތުން ގާޑިއޯލާ ބުނީ، މިދިޔަ ސީޒަނުގައި ސިޓީ އޮތީ ވަރަށް ރަނގަޅު ހިސާބެއްގައި ކަމަށާއި، އެ ހިސާބުގައި ސިޓީ ބަހައްޓަން އެންމެ ބާރު އެޅި ބަޔަކީ ލިވަޕޫލް ކަމަށެވެ. އެގޮތުން އެޓީމަށް ޝުކުރު އަދާކުރާ ކަމަށް އޭނާ ވަނީ ބުނެފައެވެ.

ސްޕެއިން އަށް އުފަން އުމުރުން 48 އަހަރުގެ ގާޑިއޯލާގެ އިރުޝާދުގެ ދަށުން ސިޓީ ކުޅުނު 173 މެޗުގެ ތެރެއިން 126 މެޗު ކާމިޔާބު ކޮށްފައިވާއިރު، 23 މެޗުން ވަނީ ބަލިވެފައެވެ. އަދި 24 މެޗު ނިމުނީ އެއްވަރުވެގެންނެވެ.

މީގެކުރިން ބާސެލޯނާ އަދި ބަޔާން މިއުނިކާއެކު ވެސް ކާމިޔާބު ހޯދާފައިވާ ކޯޗު ގާޑިއޯލާގެ އިރުޝާދުގެ ދަށުން ސިޓީ ވަނީ ޕްރިމިއާ ލީގު ދެފަހަރު، ލީގު ކަޕް ދެފަހަރު އަދި އެފްއޭ ކޮމިއުނިޓީ ޝިލްޑް އެއްފަހަރު ކާމިޔާބު ކޮށްފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އޭވީސީ ސެންޓްރަލް ޒޯން: ހުރިހާ ޓީމެއްވެސް ނިކުންނަނީ އެއްވަނަ ހޯދަން

އޭވީސީ ސެންޓްރަލް ޒޯން: ހުރިހާ ޓީމެއްވެސް ނިކުންނަނީ އެއްވަނަ ހޯދަން

26 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ސަންޗޭޒްގެ ލަނޑުން ބާންލީ ބަލިކޮށް އާސެނަލް ދެވަނަ އަށް

ޕްރިމިއާ ލީގު: ސަންޗޭޒްގެ ލަނޑުން ބާންލީ ބަލިކޮށް އާސެނަލް ދެވަނަ އަށް

23 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ކޯސްޓާ އެނބުރި އައި މެޗުން ޗެލްސީ މޮޅުވެ 8 ޕޮއިންޓްގެ ލީޑެއް

ޕްރިމިއާ ލީގު: ކޯސްޓާ އެނބުރި އައި މެޗުން ޗެލްސީ މޮޅުވެ 8 ޕޮއިންޓްގެ ލީޑެއް

23 ޖެނުއަރީ 2017
ގަތަރު އޯޕަން ޓެނިސް މުބާރާތް: މަރޭ ބަލިކޮށް ޖޮކޮވިޗް ތަށި ދިފާއުކޮށްފި

ގަތަރު އޯޕަން ޓެނިސް މުބާރާތް: މަރޭ ބަލިކޮށް ޖޮކޮވިޗް ތަށި ދިފާއުކޮށްފި

08 ޖެނުއަރީ 2017
ސަތޭކަ ޕަސެންޓް ރެކޯޑަކާއެކު ވީކޭއިން ތިންވަނަ ޑިވިޝަނުގެ ތަށި އުފުލާލައިފި

ސަތޭކަ ޕަސެންޓް ރެކޯޑަކާއެކު ވީކޭއިން ތިންވަނަ ޑިވިޝަނުގެ ތަށި އުފުލާލައިފި

06 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

16 ޖޫން
ހައްޖުވެރިން އުފުލަމުން ދިޔަ މަތިންދާ ބޯޓެއް ގޮއްވާލާނެ ކަމުގެ އިންޒާރެއް ލިބުމާ ގުޅިގެން ކުއްލި ގޮތަކަށް ޖައްސައިފި
20251 އަހަރު ކުރިން
ދުނިޔެ

ހައްޖުވެރިން އުފުލަމުން ދިޔަ މަތިންދާ ބޯޓެއް ގޮއްވާލާނެ ކަމުގެ އިންޒާރެއް ލިބުމާ ގުޅިގެން ކުއްލި ގޮތަކަށް ޖައްސައިފި

ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތު ބޮޑު ތަނުން ދަށަށް ހިނގައްޖެ
20242 އަހަރު ކުރިން
ރާއްޖެ

ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތު ބޮޑު ތަނުން ދަށަށް ހިނގައްޖެ

50 މީހުންގެ ޖާގައިގެ މަސްބޯޓަކަށް 750 މީހުން، ކޮންޓްރޯލް އޮތީ މާފިޔާ މެންބަރުންގެ އަތުގައި!
20233 އަހަރު ކުރިން
ރިޕޯޓު

50 މީހުންގެ ޖާގައިގެ މަސްބޯޓަކަށް 750 މީހުން، ކޮންޓްރޯލް އޮތީ މާފިޔާ މެންބަރުންގެ އަތުގައި!

އިންޑިއާގެ ބައެއް ބޮޑެތި ނޫސްތަކުގެ ނޫސްވެރިން ފެމިލިއަރައިޒޭޝަން ދަތުރެއްގައި ރާއްޖެއަށް
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އިންޑިއާގެ ބައެއް ބޮޑެތި ނޫސްތަކުގެ ނޫސްވެރިން ފެމިލިއަރައިޒޭޝަން ދަތުރެއްގައި ރާއްޖެއަށް

އިސްރާއީލުން ރާއްޖެއަށް ސީދާ ދަތުރުތައް ފެށުމަށް ތައްޔާރުވަނީ
20215 އަހަރު ކުރިން
ރާއްޖެ

އިސްރާއީލުން ރާއްޖެއަށް ސީދާ ދަތުރުތައް ފެށުމަށް ތައްޔާރުވަނީ

ފެމިލީ ކޯޓުގެ ގާޒީ ހުޒައިފާގެ މައްސަލައެއް ޖޭއެސްސީއަށް ހުށައަޅައިފި
20197 އަހަރު ކުރިން
ރާއްޖެ

ފެމިލީ ކޯޓުގެ ގާޒީ ހުޒައިފާގެ މައްސަލައެއް ޖޭއެސްސީއަށް ހުށައަޅައިފި

ސިއްސައިގެންދާވަރުގެ ބިލަކާއެކު ޒުވާނަކު ޓްރީ ޓޮޕް ހޮސްޕިޓަލުގައި ފައިސާ ނުދެއްކިފައި
20188 އަހަރު ކުރިން
ރާއްޖެ

ސިއްސައިގެންދާވަރުގެ ބިލަކާއެކު ޒުވާނަކު ޓްރީ ޓޮޕް ހޮސްޕިޓަލުގައި ފައިސާ ނުދެއްކިފައި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު