Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއެނާރޖީ އެފިޝިއެންސީ

އެނާރޖީ އެފިޝިއެންސީ ބެޖް އިފްތިތާހުކޮށްފި

ގާރްލް ގައިޑާއި ސްކައުޓް އެސޯސިއޭޝަނަށް ވަނީ ބެޖް ހަވާލުކޮށްފައި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 29 އެޕްރީލު 2019 | ހޯމަ 07:25
އެނާރޖީ އެފިޝިއެންސީ ބެޖް ތައާރަފް ކުރުން

އެނާރޖީ އެފިޝިއެންސީ ބެޖް ތައާރަފް ކުރުން

އެނާރޖީ އެފިޝިއެންސީ ބެޖްގެ ނަމުގައި ޚާއްސަ ބެޖެއް އެންވަޔަރމަންޓް މިނިސްޓްރީން ހޯމަ ދުވަހު ތައާރަފްކޮށްފިއެވެ.

ގާރލްސް ގައިޑް އެސޯސިއޭޝަނާއި، ސްކައުޓްސް އެސޯސިއޭޝަނުން އެންވަޔަރމަންޓް މިނިސްޓްރީއާ ގުޅިގެން ތައާރަފްކުރި މި ބެޖް އިފްތިތާހުކޮށްދެއްވީ އެންވަޔަރމަންޓް މިނިސްޓަރ ޑރ. ހުސައިން ރަޝީދު ހަސަންއެވެ. އެގޮތުން މިނިސްޓަރ ވަނީ މި ބެޖުގެ ރަމްޒީ ފިލާ ދެ އެސޯސިއޭޝަނާ ހަވާލުކުރައްވާފައެވެ.

Advertisement - newsAdvertisement

އެެނާރޖީ އެފިޝިއެންސީ ބެޖުގެ ރަމްޒީ ފިލާ ހަވާލުކުރުން

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރ ވިދާޅުވީ، މި ބެޖަކީ ރާއްޖޭގެ ހަކަތަ އެކަށީގެންވާ އަދި އެފިޝިއެންޓް ގޮތެއްގައި ބޭނުން ކުރުމަށް ކުރެވޭ މަސައްކަތުގެ ދަށުން އެޅުނު ހަރުދަނާ ފިޔަވަޅެއް ކަމަށާއި، އެނާރޖީ އެފިޝިއެންސީއާ މެދު ރައްޔިތުން ހޭލުންތެރިވާން ޖެހޭ ކަމަށެވެ.

" ދިވެހިރާއްޖެއަކީ ރާއްޖޭގައި އުފައްދާ ހަކަތައިގެ 94 ޕަސެންޓް މިހާރުވެސް ޑީސަލް އަންދައިގެން ކަރަންޓު އުފައްދާ ޤައުމެއް، ހަމައެކަނި އަޅުގަނޑުމެން އުފައްދާ ކަރަންޓުގެ 6% ސޯލާއިން މިވަގުތު އުފެދެނީ، މާލޭ ސަރަހައްދަަށް ބަލާއިރުގައި އަޅުގަނޑުމެން ކަރަންޓް ބޭނުންކުރާ މިންވަރު އަހަރުން އަހަރަށް 9 ޕަސެންޓް 11 ޕަސެންޓް އިތުރުވޭ، ބޭނުންކުރާ ހަކަތައިގެ މިންވަރު ނޫނީ ކަރަންޓު އިތުރުވަމުން މި ދަނީ އެއްގޮތަކަށްވެސް އާބަދީ ބޮޑުވާ ނިސްބަތަކުން ނޫން ހަމައެކަނި، އާބަދީ އިތުރުވީމަ، ގެދޮރުގެ އަދަދު އިތުރުވީމާ ވެސް ބޭނުންކުރާ ހަކަތައިގެ މިންވަރު އިތުރުވޭ،" މިނިސްޓަރ ވިދާޅުވިއެވެ.

އެނާރޖީ އެފިޝިއެންސީ ބެޖް އިފްތިތާހު ކުރުމުގެ ރަސްމިއްޔާތުގައި މިނިސްޓަރ ވާހަކަފުޅުދައްކަވަނީ

މި ރަސްމިއްޔާތުގައި ގާރލްސް ގައިޑް އެސޯސިއޭޝަނާއި ސްކައުޓް އެސޯސިއޭޝަނުން ބައިވެރި ވެފައިވާއިރު، ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ސްކައުޓް އެސޯސިއޭޝަންގެ ރައީސް ހުސައިން މުހައްމަދު ހަނީފް ވިދާޅުވީ، ރާއްޖޭގައި ޒުވާނުން ތަމްސީލުކުރާ އެންމެ ބޮޑު ދެ ޖަމާއަތާ ގުޅިގެން މިނިސްޓްރީން މިފަދަ މަސައްކަތެއް ކުރީތީ ޝުކުރުވެރިވާ ކަމަށާއި، ތިމާވެއްޓާ ގުޅުން ހުރި ކަންކަމުގައި އެކަށީގެންވާ އަޅާލުމާއި ހޭލުންތެރިކަން އުފައްދަންޖެހޭ ކަމަށެވެ.

އެނާރޖީ އެފިޝިއެންސީ ބެޖަކީ މިނިސްޓްރީއާއި ގާރލްސް ގައިޑް އެސޯސިއޭޝަން އަދި ސްކައުޓް އެސޯސިއޭޝަނުން ގުޅިގެން ހަކަތަ އެންމެ އެފިޝިއެންޓް ގޮތުގައި ބޭނުން ކުރުމާ ބެހޭގޮތުން އުނގެނުމާއި ހޭލުންތެރި ކުރުވުމުގެ މަޤްސަދުގައި 2016 ވަނަ އަހަރު ސޮއި ކުރެވުނު އެމްއޯޔޫއެއްގެ ދަށުން ކުރެވުނު މަސައްކަތެކެވެ. އެގޮތުން މި ބެޖް ހާސިލު ކުރުމުގެ ފުރުސަތު ދެ އެސޯސިއޭޝަންގެ މެމްބަރުންނަށް ވެސް ވަނީ ހުޅުވާލެވިފައެވެ.

އިތުރަށް ކިޔާލަން

23 ޖުލައި 2018

ފުރަތަމަ ބީޓެކް ހޮސްޕިޓަރލިޓީ ލެބް އިފްތިތާހުކޮށްފި

23 ޖުލައި 2018
ފުރަތަމަ ބީޓެކް ހޮސްޕިޓަރލިޓީ ލެބް އިފްތިތާހުކޮށްފި
06 ޖުލައި 2018

ފޮނަދޫ މަގުތަކުގައި ތާރުއެޅުމުގެ މަސައްކަތް އިފްތިތާހުކޮށްފި

06 ޖުލައި 2018
ފޮނަދޫ މަގުތަކުގައި ތާރުއެޅުމުގެ މަސައްކަތް އިފްތިތާހުކޮށްފި
13 މެއި 2018

ކްރިމިނަލް ކޯޓުގެ އާ ވެބްސައިޓް އިފްތިތާހުކޮށްފި

13 މެއި 2018
ކްރިމިނަލް ކޯޓުގެ އާ ވެބްސައިޓް އިފްތިތާހުކޮށްފި
30 އެޕްރީލު 2018

އައު ބިލިންގ ސޮފްޓްވެއަރއެއް ފެނަކަ އިން އިފްތިތާހުކޮށްފި

30 އެޕްރީލު 2018
އައު ބިލިންގ ސޮފްޓްވެއަރއެއް ފެނަކަ އިން އިފްތިތާހުކޮށްފި
13 އެޕްރީލު 2018

ޖެންޑަރ އީކުއަލިޓީ މެނިފެސްޓޯ އިފްތިތާހުކޮށްފި

13 އެޕްރީލު 2018
ޖެންޑަރ އީކުއަލިޓީ މެނިފެސްޓޯ އިފްތިތާހުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު