Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ގދ. ތިނަދޫ

މައްސަލަ ބޮޑުވެފައި ވަނިކޮށް ނަޝީދު ތިނަދޫގައި، އަރިހުގައި މުޣުނީ

މުޣުނީގެ މައްސަލާގައި ނަޝީދު އަދި އެއްޗެއް ވިދާޅެއް ނުވޭ

ޙުސައިން ޙަސަން
ޙުސައިން ޙަސަން, ރާއްޖެ އެމްވީ | 27 މާރިޗު 2019 | ބުދަ 13:47
ރައީސް ނަޝީދު ގދ. ތިނަދޫއަށް ވަޑައިގެންނެވުމުން، މުޣުނީ މަރުހަބާ ދަންނަވަނީ

ރައީސް ނަޝީދު ގދ. ތިނަދޫއަށް ވަޑައިގެންނެވުމުން، މުޣުނީ މަރުހަބާ ދަންނަވަނީ

އެމްޑީޕީން ތާއިދު އަނބުރާ ގެންދިޔަ ތިނަދޫ އުތުރު ދާއިރާގެ އެމްޑީޕީ ކެންޑިޑޭޓް އަބްދުލް މުުޣުނީ، ރީތި ނަމޫނާއެއް ދައްކަވައި އޭނާ އިސްވެ ހުންނަވައި ކުރީގެ ރައީސް މުހައްމަދު ނަޝީދު ތިނަދޫއިން ހޫނު މަރުހަބާއެއް ދަންނަވައިފިއެވެ.

ބުދަ ދުވަހުގެ ހަވީރު ރައީސް ނަޝީދު ތިނަދޫއަށް ވަޑައިގެންނެވުމުން، މުޣުނީގެ އިތުރުން އެމްޑީޕީ ޓިކެޓުގައި ތިނަދޫ ދެކުނު ދާއިރާއަށް ވާދަ ކުރައްވާ އަބްދުﷲ ސަނީފު ވެސް ވަނީ އެމަނިކުފާނަށް ހޫނު މަރުހަބާ ދަންނަވާފައެވެ.

Advertisement - newsAdvertisement

ގެވެށި އަނިޔާގެ މައްސަލައެއްގެ ތުހްމަތުގައި މުޣުނީއަށް ކުރި ތާއިދު އެމްޑީޕީން އަނބުރާ ގެންދިޔަކަން އިއުލާން ކުރީ މި މަހުގެ 18 ވަނަ ދުވަހުއެވެ.

ޑެޕިއުޓީ ސެކެޓްރީ ޖެނެރަލް އަފްޝަން ލަތީފް ވިދާޅުވެފައި ވަނީ މުޣުނީއަށް ކުރާ ތާއިދު އަނބުރާ ގެންދިއުމުން، އޭނާއަށް ތާއިދު ހޯދުމަށް ހިންގާ ހަރަކާތުގައި އެމްޑީޕީގެ ލީޑާޝިޕްގެ އެއްވެސް ބޭފުޅެއް ބައިވެރިވެވަޑައިނުގަންނަވާނެ ކަމަށެވެ.

ރައީސް މުހައްމަދު ނަޝީދު ތިނަދޫއަށް ވަޑައިގެންނެވުމުން، އެމަނިކުފާނުގެ އަރިހުގައި މުޣުނީ-- ފޮޓޯ/ މުހައްމަދު މާނިޝް ސަލާހު

ނަމަވެސް ނަޝީދު ބުދަ ދުވަހު ހަވީރު ތިނަދޫއަށް ވަޑައިގެންނެވުމުން، މުޣުނީގެ ސަޕޯޓަރުން ބައިވެރިވެވަޑައިގެން ކުރިއަށް ގެންދިޔަ މަރުހަބާ، ބައި ގަޑިއިރަށް ދިގުދެމިގެންދިޔައެވެ. މުޣުނީ ތާއިދު ނުކުރަން އެމްޑީޕީން ނިންމުމާ ގުޅިގެން ތިނަދޫގައި އިހްތިޖާޖުތައް ކުރި ނަމަވެސް، ނަޝީދަށް މަރުހަބާ ދެންނެވުމުގެ ހަރަކާތުގައި ދެކޮޅުވެރިކަމެއް ދައްކާފައެއް ނުވެ އެވެ.

މުޣުނީގެ ކެމްޕެއިން ހަރަކާތްތައް ތިނަދޫގައި އިތުރަށް ވަރުގަދަވެފައި ވަނީ ގެވެށި އަނިޔާގެ މައްސަލައެއް ހުށައެޅިފައި ނުވާ ކަމަށް ފުލުހުން ބުނެފައި ވަނިކޮށެވެ.

މުޣުނީ މީގެ 10 އަހަރު ކުރިން ކައިވެނިކޮށް، ވަރިކޮށްފައިވާ އޭނާގެ ކުރީގެ އަންހެނުން ފެންމަތިކުރި ގެވެށި އަނިޔާގެ މައްސަލައާ ގުޅިގެން މުޣުނީ ރާއްޖެއެމްވީ އަށް ވިދާޅުވީ އެއީ ދޮގު ތުހުމަތުތަކެއް ކަމަށެވެ.

މަޖިލިސް އިންތިހާބުގެ ކެމްޕެއިނާ ގުޅިގެން، ތިނަދޫގައި ބުދަ ދުވަހުގެ ރޭ ބޮޑު ޖަލްސާއެއް ބޭއްވުމަށް ވަނީ ނިންމާފައެވެ. އެ ޖަލްސާ ފަށާނީ ބުދަ ދުވަހުގެ ރޭ 9:00ގައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި

ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި

10 ޖެނުއަރީ 2017
ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

10 ޖެނުއަރީ 2017
ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

09 ޖެނުއަރީ 2017
ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ

ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ

08 ޖެނުއަރީ 2017
މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!

މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!

08 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

18 ޖޫން
އިސްރާއީލަށް އީރާނުގެ ވަރުގަދަ ހަމަލާއެއް- އެތައް ބަޔަކު މަރުވެ އިމާރާތްތަކަށް ބޮޑެތި ގެއްލުން ތަކެއް
20251 އަހަރު ކުރިން
ދުނިޔެ

އިސްރާއީލަށް އީރާނުގެ ވަރުގަދަ ހަމަލާއެއް- އެތައް ބަޔަކު މަރުވެ އިމާރާތްތަކަށް ބޮޑެތި ގެއްލުން ތަކެއް

ސުމުއްވުލްއަމީރް އަބްދުލްހަންނާން ހަލީމް ދޮށިމޭނާކިލެގެފާނު އަވަހާރަވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

ސުމުއްވުލްއަމީރް އަބްދުލްހަންނާން ހަލީމް ދޮށިމޭނާކިލެގެފާނު އަވަހާރަވެއްޖެ

ސުމަކުން ފަށައިގެން ތުޅާދޫގައި 3 ކޮޓަރީގެ 100 ހައުސިންގ ޔުނިޓް ނިމުމަކަށް!
20233 އަހަރު ކުރިން
ރިޕޯޓު

ސުމަކުން ފަށައިގެން ތުޅާދޫގައި 3 ކޮޓަރީގެ 100 ހައުސިންގ ޔުނިޓް ނިމުމަކަށް!

ކުޑަކުދިންނަށް ޖަހާ ކޮވިޑް ވެކްސިނާ ބެހޭ ގޮތުން އެނގެނީ ކިހާ ވަރަކަށް؟
20224 އަހަރު ކުރިން
ރިޕޯޓު

ކުޑަކުދިންނަށް ޖަހާ ކޮވިޑް ވެކްސިނާ ބެހޭ ގޮތުން އެނގެނީ ކިހާ ވަރަކަށް؟

އަސްރާގެ ނަމުގައި ޕީޖީ އޮފީހަށް ސިޓީ ދިޔައީ އީސަގެ ވަކީލުންގެ ފަރާތުން: ޕީޖީ
20215 އަހަރު ކުރިން
ރާއްޖެ

އަސްރާގެ ނަމުގައި ޕީޖީ އޮފީހަށް ސިޓީ ދިޔައީ އީސަގެ ވަކީލުންގެ ފަރާތުން: ޕީޖީ

އެމްއެޗް 370: އޮކްސިޖަން ނުދީ ފަސިންޖަރުން މަރާލުމަށް ފަހު ޕައިލެޓުު ފްލައިޓް ވައްޓާލީ
20197 އަހަރު ކުރިން
ރާއްޖެ

އެމްއެޗް 370: އޮކްސިޖަން ނުދީ ފަސިންޖަރުން މަރާލުމަށް ފަހު ޕައިލެޓުު ފްލައިޓް ވައްޓާލީ

ބަޖެޓެއް ނުލިބޭ، އިންތިހާބެއް ނޯންނާނެ!
20188 އަހަރު ކުރިން
ރިޕޯޓު

ބަޖެޓެއް ނުލިބޭ، އިންތިހާބެއް ނޯންނާނެ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު