Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެބުޅާ މެރުން

ބުޅާތައް މަރަނީ! ފުލުހުން ބުނަނީ މައްސަލަ ބަލާނީ ހުށަހެޅުމުން ކަމަށް

9 ޖެނުއަރީ 2019 | ބުދަ 05:00

ބުޅާތައް މަރާ މައްސަލަ ހުށައެއް ނާޅާ

ލީވާން އަލީ
ލީވާން އަލީ | 9 ޖެނުއަރީ 2019 | ބުދަ 05:00
މާލޭގައި ބުޅަލެއް އަނިޔާވެރިކޮށް މަރާލާފައި

މާލޭގައި ބުޅަލެއް އަނިޔާވެރިކޮށް މަރާލާފައި

ފަހަކަށް އައިސް މާލޭގައި އަނިޔާވެރި ގޮތަކަށް ބުޅާތައް މަރަމުންދާ މައްސަލަ ބޮޑުވަމުންދާއިރު އެ މައްސަލަ ފުލުހުން ބަލަން ފަށާފައި ނުވަނީ އެއްވެސް ފަރާތަކުން މައްސަލަ އެ މުއައްސަސާއަށް ހުށަހަޅާފައި ނެތުމުން ކަމަށް ފުލުހުން ބުނެފި އެވެ.

ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ ތަރުޖަމާން އިޒްމިއާ ޒާހިރު ވިދާޅުވީ، ފަހަކަށް އައިސް އަނިޔާވެރިކޮށް ބުޅާތައް މަރަމުންދާ މައްސަލަ ފުލުހަށް ރިޕޯޓްކޮށްފައިނުވާ ކަމަށާއި، އެ މައްސަލަ ރިޕޯޓްކޮށްފިނަމަ ބަލާނެ ކަމަށެވެ.

Advertisement - newsAdvertisement

އެގޮތުން އިޒްމިއާ ވިދާޅުވީ، މީގެ ކުރިންވެސް ބުޅާތައް މެރި މައްސަލަތަކެއް ފުލުހުން ބަލާފައިވާނެ ކަމަށެވެ.

"މިހާތަނަށް ބުޅާތައް މަރާ މައްސަލަ ފުލުހަށް ރިޕޯޓްކޮށްފައެއް ނުވޭ. ރިޕޯޓްކޮށްފިއްޔާ މައްސަލަ ބަލާނަން. ކުރިންވެސް ބުޅަލަށް އަނިޔާކޮށް މަރާ މައްސަލަތަކެއް ވަނީ ބަލާފައި" ފުލުހުންގެ ތަރުޖަމާން އިޒްމިއާ ވިދާޅުވިއެވެ.

ފުލުހުން މިހެން ބުނެފައިވާއިރު، މާލޭ މަގުމަތީގައި އުޅޭ ބުޅާތަކަށް އަނިޔާކޮށް މަރަމުންދާ މައްސަލަ ވަނީ އިތުރުވެފައެވެ. އެގޮތުން މިކަމާ ކަންބޮޑުވުން ފާޅުކޮށް، ގިނަ ބަޔަކު ދަނީ ސޯޝަލް މީޑިއާގައި މި މައްސަލަތައް ބެލުމަށް އެދި ގޮވާލަމުންނެވެ.

ބުޅާތައް މަރަމުންދާ މައްސަލައިގައި، ޖަނަވާރުތަކުގެ ހިމާޔަތުގައި މަސައްކަތް ކުރަމުން އަންނަ ހިއުމަން ސޮސައިޓީ އޮފް މޯލްޑިވްސް އިން ވަނީ މިދިޔަ ހޮނިހިރު ދުވަހު މާލޭ ސިޓީ ކައުންސިލާ ބައްދަލުކޮށް، އެކަމަށް ހައްލެއް ހޯދުމަށް މަޝްވަރާ ކޮށްފައެވެ.

ރާއްޖޭގައި އުޅޭ ބުޅާތައް ތަހައްމަލުކުރަމުންދާ އަނިޔާގެ މައްސަލަ އަމިއްލަ ފަރުދަކު ހޯމް މިނިސްޓަރު އިމްރާންގެ ސަމާލުކަމަށް މީގެ ކުރިން ގެނެސްފައިވެ އެވެ. އެ ސިޓީއާ ގުޅިގެން އެ މަނިކުފާނު ވިދާޅުވެފައި ވަނީ އިސްލާމީ މުޖުތަމައުގައި ދިރޭ ތަކެތީގެ ރައްކާތެރިކަން ކަށަވަރުވެފައި އޮންނަންޖެހޭ ކަމަށާއި މިއީ ދީނުގައި ވަރަށް ބޮޑަށް ބާރު އަޅުއްވާފައިވާ ކަމެއް ކަމަށެވެ. "މިއީ ކުރިއަށް އޮތް ތާނގައި ދައުލަތުގެ ނިޒާމުގެ ތެރެއިން ހައްލު ހޯދަންޖެހޭ ކަމެއް،" މިނިސްޓަރު އިމްރާން ވިދަޅުވެފައިވެ އެވެ.

ރާއްޖޭގެ ގާނޫނުލް އުގޫބާތުގައި، ޖަނަވާރުންނަށް އަނިޔާ ކުރުން ކަނޑައަޅާފައި ވަނީ ކުށެއްގެ ގޮތަށެވެ. އަދި އެ ކުށުގެ އަދަބެއްގެ ގޮތުން އެއް މަހާއި ހަ ދުވަހުގެ މުއްދަތަކަށް ޖަލަށްލެވިދާނެއެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

އިތުރަށް ކިޔާލަން

10 ޖެނުއަރީ 2017

ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި

10 ޖެނުއަރީ 2017
ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި
10 ޖެނުއަރީ 2017

ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

10 ޖެނުއަރީ 2017
ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް
09 ޖެނުއަރީ 2017

ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

09 ޖެނުއަރީ 2017
ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު
08 ޖެނުއަރީ 2017

ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ

08 ޖެނުއަރީ 2017
ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ
08 ޖެނުއަރީ 2017

މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!

08 ޖެނުއަރީ 2017
މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!
08 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!

08 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!
08 ޖެނުއަރީ 2017

އިންތިހާބުގެ މައްސަލަ ދަށު ކޯޓުން ބަލަނީ ގާނޫނު އަސާސީ އޮޅުންބޮޅުން ކޮއްލަން: ނާޒިމް

08 ޖެނުއަރީ 2017
އިންތިހާބުގެ މައްސަލަ ދަށު ކޯޓުން ބަލަނީ ގާނޫނު އަސާސީ އޮޅުންބޮޅުން ކޮއްލަން: ނާޒިމް
06 ޖެނުއަރީ 2017

ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ

06 ޖެނުއަރީ 2017
ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ
06 ޖެނުއަރީ 2017

މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ

06 ޖެނުއަރީ 2017
 މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ
06 ޖެނުއަރީ 2017

ކޯޓުތަކަށް ހުށަހެޅުނު އަދި ނިންމި މައްސަލަތަކުގެ ޢަދަދު 20000 އަށްވުރެ މަތީގައި

06 ޖެނުއަރީ 2017
ކޯޓުތަކަށް ހުށަހެޅުނު އަދި ނިންމި މައްސަލަތަކުގެ ޢަދަދު 20000 އަށްވުރެ މަތީގައި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް