Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރައީސް ނަޝީދު

މި އަހަރު ވެގެން ދާނީ ނަތީއްޖާ ފެންނަ އަހަރަކަށް: ނަޝީދު

2 ޖެނުއަރީ 2019 | ބުދަ 21:58

އިންސާފު ހޯދައި ދިނުމަށް އެމްޑީޕީން މަސައްކަތް ކުރާނެ

އަލީ ސަމާޚް
އަލީ ސަމާޚް | 2 ޖެނުއަރީ 2019 | ބުދަ 21:58
ރައީސް ނަޝީދު

ރައީސް ނަޝީދު

ދެހާސް ނަވާރަ ވަނަ އަހަރު ވެގެން ދާނީ ނަތީއްޖާ ފެނިގެން ދާނެ އަހަރަކަށް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއްވެ.

އިނގުރާއިދޫ ދާއިރާގެ އެމްޑީޕީ ޕްރައިމަރީއަށް ވާދަ ކުރައްވާ ހަސަން އަހުމަދު (ހަސަންޓޭ)ގެ ކެމްޕޭނު ލޯންޗު ކުރުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ނަޝީދު ވިދާޅުވީ، މި އަހަރުގެ މާޗް މަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަކީ އެމްޑީޕީން އަގުލަބިއްޔަތު ނަގާނެ އިންތިހާބެ ކަމަށެވެ.

Advertisement - newsAdvertisement

އެގޮތުން މި އަހަރު ވެގެންދާނީ އެމްޑީޕީން ނަތިއްޖާ ނެރޭ އަހަރަކަށް ކަމަށް ނަޝީދު ވިދާޅުވިއެވެ.

ރައްޔިތުންގެ އުއްމީދުތައް ފުރިހަމަ ކުރުމަށް އެމްޑީޕީން 19 ވަނަ މަޖިލީހުގައި މަސައްކަތް ކުރާނެ ކަމަށާއި، އެ ކަންތައް ކުރެވޭނީ މެޖޯރިޓީ ހޯދައިގެން ކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ. ކުޑަ ދުވަސް ކޮޅެއްގެ ތެރޭގައި މި ސަރުކާރުން ގިނަ ވައުދު ތަކެއް ފުއްދާފައިވާ ކަން ރައީސް ނަޝިދު ވަނީ ފާހަގަ ކުރައްވާފައެވެ.

''ރައީސް ސޯލިހު ސަރުކާރަށް އަދި މަސް ދުވަސް ކިރިޔާ މިވީ. އެހެން ނަމަވެސް އަޅުގަނޑުމެންނަށް ފެންނަނީ ވަޒީރު ބޭފުޅުންވެސް ވަރަށް ރަނގަޅަށް އެބޭފުޅުންގެ މަގާމުތަކާއި ހަވާލުވެވަޑައިގެން . އަދި އެބޭފުޅުން ސަރުކާރުގައި ހިންގަވަން ހުރި ކަންކަން ރަނގަޅަށް ދެނެވަޑައިގަންނަވާ އެކަންކަން ކުރުމުގެ ތަރުތީބު ތައް ހޯއްދަވާ ސިވިލް ސާވިސްއާ އެކުގައި މަސައްކަތް ކުރައްވަމުން ގެންދަވާ ކަން'' ސަރުކާރަށް ތައުރީފު ކުރައްވަމުން ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ، ދިވެހި ރައްޔިތުންނަށް ބައްޖާވެރި އަދި އުޖާލާ ދުވަސްތަކެއް ހޯދައިދިނުމަށް އެމްޑީޕީން މަސައްކަތް ކުރާނެ ކަމަށެވެ. އަދި އަލަށް އިންތިހާބު ކުރާ މަޖިލީހަކީ ރައްޔިތުންނަށް އިންސާފު ހޯދައި ދިނުމަށް އެމްޑީޕީން މަސައްކަތް ކުރާނެ މަޖިލީހެއް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ފަނޑިޔާރުން ޝާމިލުވެގެން މަރުގެ މައްސަލަތައް ސާބިތު ނުކޮށް ހުރި ކަމަށް ތުހުމަތު ކުރައްވައި، ނަޝީދު ވިދާޅުވީ ގޭންގުތަކުން ނޮމިނޭޓް ކުރާ ފަނޑިޔާރުން ކޯޓުތަކަށް އައްޔަންކޮށްފައިވާ ކަމަށް ގާނޫނީ ވަކީލު ހުސްނުއް ސުއޫދު ވިދާޅުވި ވާހަކަފުޅަށް، ތާއިދު ކުރައްވާ ކަމަށެވެ.

''އަޅުގަނޑު ދެކޭގޮތުގައި ހުސްނުއް ސުއޫދު އިތުރުފުޅެއް ނުހައްދަވާނެ. އަދި ވާހަކަ އެއް ހަދައިގެން ދެއްކުމުގެ ބޭނުމެއްވެސް ނޯއްނާނެ. ރާއްޖޭގެ ފަނޑިޔާރު ގެ ތަކާއި އަދި ގޭންގުތަކާއި ގުޅުން އޮވެ ފަނޑިޔާރު ގެއިން ހުކުމް އިއްވަމުން ދަނީ ފައިސާގެ ނުފޫޒުން ކަމުގައި ވާނަމަ ނުވަތަ އެހެންވެސް ނުފޫޒުން ކަމުގައި ވާނަމަ އެއީ އަޅުގަނޑުމެން ބޭނުންވާ ތަރައްގީ. އަޅުގަނޑުމެން ބޭނުންވާ ފުދިގެން އުޅޭ ދިރިއުޅުން އަޅުގަނޑުމެންނަށް ހޯދޭނެ ގޮތެއް ނޫން،'' ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ ކޯޓުތަކާއި ގޭންގުތަކާ ގުޅުން އޮތް ކަމުގައި ވާނަމަ ފަނޑިޔާރުގެ ބަލަހައްޓާ ޖުޑިޝަލް ސާވީސް ކޮމިޝަން (ޖޭއެސްސީ)އިން އެކަން ބަލަންޖެހޭނެ ކަމަށެވެ.

ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ އިތުރުން އެމްޑީޕީގެ އިސްބޭފުޅުން ވެސް ބައިވެރިވެ ވަޑައިގެންނެވި އެ ހަފްލާގައި ވާހަކަފުޅު ދައްކަވަމުން ނަޝީދު ވިދާޅުވީ، މިނިވަން މުއައްސަސާތައް އެކަށީގެންވާ ވަރަށް ހަރުދަނާ ކުރެވިގެން ނޫނީ ރައީސް ސޯލިހުގެ ވައުދުތައް ނުފުއްދޭނެ ކަމަށެވެ.

އެމްޑީޕީން ރ. އުގޫފާރު ދާއިރާގެ ޕްރައިމަރީއަށް ކުރިމަތިލާފައި ވަނީ ހަސަންޓޭ ހިމެނޭ ގޮތަށް ތިން ކެނޑިޑޭޓުންނެވެ. އެމްޑީޕީގެ ޕްރައިމަރީގައި ވާދަ ކުރައްވާ ފަރާތްތަކުގެ ކެމްޕޭން ލޯންޗު ކުރާ ހަފްލާތަކުގައި ވަގުތު ވީ ވަރަކުން ރައީސް ނަޝީދު ގެންދަވަނީ ބައިވެރިވެ ވަޑައިގަންނަމުންނެވެ.

އެންމެ ހިނގާ

1

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

4

މަރާލާ ނުވަތަ އަތުލައިގަންނަ އެމެރިކާގެ ކޮންމެ ސިފައިންގެ މީހަކަށް 30،000 ޑޮލަރުގެ އިނާމު އީރާނުން ހުށަހަޅައިފި

5

އެމެރިކާގެ ޓެކްސް އަށް މަކަރު ހަދައިގެން ޗައިނާގެ މުދާ އެމެރިކާއަށް ފޮނުވުމަށް ބޭނުންކުރާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމަނާ، ސިއްރު ޓްރާންޝިޕްމަންޓް ނެޓްވޯކް ގައި ހިމެނޭ ގައުމުތަކަށް ހަރުކަށި އަދަބުދޭނެ ކަމުގެ އިންޒާރު ދީފި

އިތުރަށް ކިޔާލަން

14 ޖެނުއަރީ 2017

މި ސަރުކާރު ބިނާވެގެންވާ ހުރިހާ އަސާސްތަކެއް ދޫކޮށްލަންޖެހޭ: އިންތި

14 ޖެނުއަރީ 2017
މި ސަރުކާރު ބިނާވެގެންވާ ހުރިހާ އަސާސްތަކެއް ދޫކޮށްލަންޖެހޭ: އިންތި
12 ޖެނުއަރީ 2017

އައްޑޫ ސިޓީގައި ކާރެއް ކޮންޓްރޯލް ނުވެގެން ގޮސް ފާރަކަށް އަރައިފި

12 ޖެނުއަރީ 2017
އައްޑޫ ސިޓީގައި ކާރެއް ކޮންޓްރޯލް ނުވެގެން ގޮސް ފާރަކަށް އަރައިފި
10 ޖެނުއަރީ 2017

ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

10 ޖެނުއަރީ 2017
ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް
10 ޖެނުއަރީ 2017

އެމްޕީއެލް އިން ނެގި 85 މިލިއަން ރުފިޔާ ނުދައްކާ ތިން އަހަރު!

10 ޖެނުއަރީ 2017
އެމްޕީއެލް އިން ނެގި 85 މިލިއަން ރުފިޔާ ނުދައްކާ ތިން އަހަރު!
09 ޖެނުއަރީ 2017

2017 ވަނަ އަހަރުގެ ކިޔެވުން ފަށައިފި

09 ޖެނުއަރީ 2017
2017 ވަނަ އަހަރުގެ ކިޔެވުން ފަށައިފި
08 ޖެނުއަރީ 2017

މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު

08 ޖެނުއަރީ 2017
މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު
06 ޖެނުއަރީ 2017

ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ

06 ޖެނުއަރީ 2017
ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ
06 ޖެނުއަރީ 2017

ގޮންޖެހުންތަކާ އެކު 2016 ވަނަ އަހަރު އިދިކޮޅު ސިޔާސީ ޕާޓީއެއްގެ ދައުރު އަދާކުރެވުނު: އެމްޑީޕީ

06 ޖެނުއަރީ 2017
ގޮންޖެހުންތަކާ އެކު 2016 ވަނަ އަހަރު އިދިކޮޅު ސިޔާސީ ޕާޓީއެއްގެ ދައުރު އަދާކުރެވުނު: އެމްޑީޕީ
06 ޖެނުއަރީ 2017

މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ

06 ޖެނުއަރީ 2017
 މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ
04 ޖެނުއަރީ 2017

ރާއްޖޭގެ ސިޔާސީ މަސްރަހުން 2017 ވަނަ އަހަރު އާ ބަދަލުތަކެއް ފެނިގެންދާނެ: ނިޒާރު

04 ޖެނުއަރީ 2017
ރާއްޖޭގެ ސިޔާސީ މަސްރަހުން 2017 ވަނަ އަހަރު އާ ބަދަލުތަކެއް ފެނިގެންދާނެ: ނިޒާރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް