Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުބާޖީރާއޯ މަސްތާނީ

އީލޮން މަސްކުގެ ތައުރީފް ބާޖީރާއޯ މަސްތާނީއަށް

އީލޮން ވަނީ ބާޖީރާއޯ މަސްތާނީގެ "މަލްހާރީ'' ލަވައިގެ ޖިފް އެއް އަޕްކޯޑް ކޮށްފަ

އަލީ ސަމާޚް
އަލީ ސަމާޚް | 22 ޑިސެމްބަރު 2018 | ހޮނިހިރު 14:06
ބާޖީރާއޯ މަސްތާނީ ފިލްމުގެ ޕޯސްޓަރެއް

ބާޖީރާއޯ މަސްތާނީ ފިލްމުގެ ޕޯސްޓަރެއް

އެމެރިކާގެ މަޝްހޫރު ޓެކް ބިލިއަނަރު އީލޮން މަސްކު ބަޖީރާއޯ މަސްތާނީއަށް ތައުރީފް ކޮށްފިއެވެ.

ދާދި ފަހުން ކައިވެނި ކޮށްފައިވާ ބޮލީވުޑްގެ ދެ ފަންނާނުން ކަމަށްވާ، ރަންވީރު ސިންހް އަދި ދީޕިކާ ޕަދުކޯން ކުޅެފައިވާ ބާޖީރާއޯ މަސްތާނީއަށް އީލޮން މާސްކް ތައުރީފް ކޮށްފައި ވަނީ ޓްވީޓަކުންނެވެ.

ހުކުރު ދުވަހު ކުރި ޓްވީޓެއްގައި އީލޮން ވަނީ ބާޖީރާއޯ މަސްތާނީގެ "މަލްހާރީ'' ލަވައިގެ ޖިފްއެއް ހިމަނާފައެވެ. ކެޕްޝަނަކަށް ބާޖީރާއޯ ޖަހާފައި ދެ ފަޅިއަށް އީލޮން ވަނީ ހިތް ރަމްޒުކޮށްދޭ އިމޯޖީއެއް ޖަހައި، އޭނާއަށް އެ ލަވަ ކަމުދާ ކަމުގެ ޝުއޫރު ފާޅުކޮށްފައެވެ.

އީލޮން މިހެން ޓްވީޓް ކުރުމުން އެތައް ބަޔަކު ވަނީ އޭނާގެ ޓްވިޓަށް ކޮމެންޓް ކޮށް ރީޓްވީޓް ކޮށްފައެވެ. ފިލްމު އުފެއްދި އެރޯސް ކުންފުނިން އިލޮން ގާތުގައި އެ ފިލްމު އެރޯސްގެ ވެބްސައިޓް އިން ބެލޭނެ ކަމަށް ވަނީ ބުނެފައެވެ.

ޔޫޓިއުބްގައި 82 މިލިއަން ވިއުސް ލިބިފައިވާ ހިތްގައިމު މި ލަވަ ކިޔާފައިވަނީ އާޝިގީ 2 ގެ "ސުން ރަހާ ހޭނާ" ފަދަ ލަވަތަށް ކިޔާފައިވާ ޝްރެޔާ ގޯޝާލްގެ އިތުރުން ފޯކް ލަވަކިޔުންތެރިޔާ ގަނޭޝް ޗަންދަން ޝިވްއެވެ.

ލޯބީގެ ގިނަ ފިލްމު ތަކެއް ޑައިރެކްޓް ކޮށްފައިވާ ސަންޖޭ ލީލާ ބަންސާލީ ޑައިރެކްޓް ކޮށްފައިވާ ''ބާޖީރާއޯ މަސްތާނީ'' އަކީ 18 ވަނަ ގަރުނުގައި ހިނގާފައިވާ ލޯބީގެ ހާދިސާއެއްގެ މައްޗަށް ބިނާކޮށް 2015 ވަނަ އަހަރު ހަދާފައިވާ ފިލްމެކެވެ. ގިނަ ފަންނާނުންތަކެއް ހަރަކާތްތެރިވެފައިވާ މި ފިލްމު ހަދާފައިވަނީ 1.25 ބިލިއަން ރުޕީސް (17 މިލިއަން ޑޮލަރު) ގެ ބަޖެޓަކުންނެވެ. މި ފިލްމު ވަނީ ގިނަ އެވޯޑް ތަކެއް ހޯދާފައެވެ.

އިތުރަށް ކިޔާލަން

25 މާރިޗު 2019

''ޗަޕާކް''ގެ ފުރަތަމަ ފެނިލުމަށް ގިނަ ފަންނާނުންގެ ތައުރީފް

25 މާރިޗު 2019
''ޗަޕާކް''ގެ ފުރަތަމަ ފެނިލުމަށް ގިނަ ފަންނާނުންގެ ތައުރީފް
23 ޑިސެމްބަރު 2018

ޒީރޯގައި އަނުޝްކާ ކުޅެފައިވާ ރޯލަށް ވިރާޓްގެ ތައުރީފް!

23 ޑިސެމްބަރު 2018
ޒީރޯގައި އަނުޝްކާ ކުޅެފައިވާ ރޯލަށް ވިރާޓްގެ ތައުރީފް!
02 އޯގަސްޓު 2018

އާލިއާގެ ފޮޓޯއަކަށް ރަންބީރު މަންމަ ތައުރީފްކޮށްފި

02 އޯގަސްޓު 2018
އާލިއާގެ ފޮޓޯއަކަށް ރަންބީރު މަންމަ ތައުރީފްކޮށްފި
27 ޑިސެމްބަރު 2017

ޓައިގާ ޒިންދާހޭގައި ކެޓްރީނާގެ ރޯލަށް ސަލްމާންގެ ތައުރީފް

27 ޑިސެމްބަރު 2017
ޓައިގާ ޒިންދާހޭގައި ކެޓްރީނާގެ ރޯލަށް ސަލްމާންގެ ތައުރީފް
02 އޮކްޓޯބަރު 2017

ވޯޓްލުމަށް ހިތްވަރު ދިނުމުން އޮބާމާގެ ތައުރީފް އޮހުނު އަންހެނާ 106 އަހަރުގައި މަރުވެއްޖެ

02 އޮކްޓޯބަރު 2017
ވޯޓްލުމަށް ހިތްވަރު ދިނުމުން އޮބާމާގެ ތައުރީފް އޮހުނު އަންހެނާ 106 އަހަރުގައި މަރުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު