Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއޯޕެކް

އޯޕެކުން ވަކިވާކަން ގަތަރުން އިއުލާނުކޮށްފި

4 ޑިސެމްބަރު 2018 | އަންގާރަ 11:55

އޯޕެކުން ޤަތަރު ވަކިވާނީ 2019 ޖެނުއަރީގައި

އަބުދުﷲ މުހައްމަދު
އަބުދުﷲ މުހައްމަދު | 4 ޑިސެމްބަރު 2018 | އަންގާރަ 11:55
އޯޕްކެގައި ގަތަރު ބައިވެރިވިތާ 57 އަހަރުވަނީ ވެފައި

އޯޕްކެގައި ގަތަރު ބައިވެރިވިތާ 57 އަހަރުވަނީ ވެފައި

އަންނަ ޖެނުއަރީމަހުގެ 19 ވަނަ ދުވަހުން ފެށިގެން، އޯގަނައިޒޭޝަން އޮޮފް ޕެޓްރޯލިއަމް އެކްސްޕޯޓިންގ ކަންޓްރީސް (އޯޕެކް) އިން ޤަތަރު ވަކިވާން ނިންމާފައިވާކަމަށް އެގައުމުގެ ހަަކަތަޔާ ބެހޭ މިނިސްޓަރު ސާދު އަލް ކާބީ ހޯމަ ދުވަހު ވިދާޅުވެއްޖެއެވެ.

ނޫސްކޮންފަރެންސްގައި ވާހަކަ ދައްކަވަމުން އަލް ކާބީ ވިދާޅުވީ ގަތަރުން އެ ނިންމުން ނިންމީ ބައިނަލްއަގްވާމީ މުޖުތަމައުގައި އެ ގައުމުގެ ދައުރު ފުޅާކުރުމާއި އަދި ދުރުރާސްތާގެ ވިސްނުންތަކަށް ބެލުމަށްފަހުކަމަށެވެ.

"ޤަތަރުން ވަނީ 2019 ޖެނުއަރީން ފެށިގެން އޯޕެކްގެ މެމްބަރުކަމުން ވަކިވާން ނިންމާފައި އަދި އެކަމާމެދު މިއަދު ހެނދުނު އޯޕެކާއި މަޝްވަރާކުރިން" ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވިއެވެ.

ވިއެނާގައި މި ހަފްތާގައި ބާއްވާ އޯޕެކްގެ ބައްދަލުވުމަށް ވަޑައިގަންނަވާނެކަމަށް އޭނާވަނީ ވިދާޅުވެފައެވެ.

ޤަތަރުގެ މި ނިންމުން އައިސްފައި މިވަނީ އޯޕެކް އަދި ރަޝިއާ ހިމެނޭ ގޮތަށް ތެލުގެ ސަޕްލައި ދަށްކުރުމަށް މަޝްވަރާ ކުރުމަށް ޑިސެމްބަރު މަހުގެ 6 ން 7 އަށް ބައްދަލުވުމެއް ބާއްވަން ނިންމާފައި ވަނިކޮށެވެ.

މިނިސްޓަރ ވިދާޅުވީ އޯޕެކްގެ މެމްބަރެއްގެ ގޮތުގައި 57 އަހަރު އޮތުމަށްފަހު ވަކިވުމަކީ ފަސޭހަ ނިންމުމެއް ނޫންކަމަށެވެ. ނަމަވެސް ތެޔޮ އުފެއްދުމުގެ މައްސަލާގައި އޯޕެކުން ނިންމާ ނިންމުގެ ސަބަބުން ކުރާ އަސަރު މީގެ ސަބަބުން ކުޑަވާނެކަމަށެވެ.

ގަތަރުން ބުނީ އޯޕެކްގައި ނުހިމެނޭ ތެޔޮ އުފައްދާ އެހެނިހެން ގައުމުތަކާ އެކު ވެފައިވާ އެއްބަސްވުން ތަކަށް އެ ގައުމުން އިހުތިރާމް ކުރާނެކަމަށެވެ.

ގަތަރުން ވަނީ ގަތަރުގެ މި ނިންމުން 2017 ވަަނަ އަހަރުގެ ޖޫން މަހު ސައުދީ އަރަބިއާ އާއި އަރަބި ތިން ގައުމަކުން އެ ގައުމާ ގުޅުން ކަނޑާލައި ދަތިކުރުމުގެ ފިޔަވަޅު އެޅުމާ ގުޅުމެއް ނެތްކަމަށެވެ.

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

4

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

5

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

އިތުރަށް ކިޔާލަން

02 ފެބުރުއަރީ 2019

އޭޝިއަން ކަޕް: ޖަޕާން ބަލިކޮށް ގަތަރުން ޗެމްޕިއަންކަން ހޯދައިފި

02 ފެބުރުއަރީ 2019
އޭޝިއަން ކަޕް: ޖަޕާން ބަލިކޮށް ގަތަރުން ޗެމްޕިއަންކަން ހޯދައިފި
22 މެއި 2018

އިކާޑީ ބާކީކޮށް އާޖެންޓީނާގެ ސްކޮޑް އިއުލާނުކޮށްފި

22 މެއި 2018
އިކާޑީ ބާކީކޮށް އާޖެންޓީނާގެ ސްކޮޑް އިއުލާނުކޮށްފި
21 މެއި 2018

މޮރާޓާ އަދި ރޮބާޓޯ ބާކީކޮށް ސްޕެއިންގެ ސްކޮޑް އިއުލާނުކޮށްފި

21 މެއި 2018
މޮރާޓާ އަދި ރޮބާޓޯ ބާކީކޮށް ސްޕެއިންގެ ސްކޮޑް އިއުލާނުކޮށްފި
27 އެޕްރީލު 2018

16 ސީޒަނަށްފަހު އިނިއެސްޓާ ބާސާ ދޫކޮށްލާނެކަން އިއުލާނުކޮށްފި

27 އެޕްރީލު 2018
16 ސީޒަނަށްފަހު އިނިއެސްޓާ ބާސާ ދޫކޮށްލާނެކަން އިއުލާނުކޮށްފި
21 މާރިޗު 2018

ބޫޓާނާއި ދެކޮޅަށް ނުކުންނަ ގައުމީ ސްކޮޑު އިއުލާނުކޮށްފި

21 މާރިޗު 2018
ބޫޓާނާއި ދެކޮޅަށް ނުކުންނަ ގައުމީ ސްކޮޑު އިއުލާނުކޮށްފި
19 ޑިސެމްބަރު 2017

އެފްރިކާގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ވާދަކުރާ ކުޅުންތެރިން އިއުލާނުކޮށްފި

19 ޑިސެމްބަރު 2017
އެފްރިކާގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ވާދަކުރާ ކުޅުންތެރިން އިއުލާނުކޮށްފި
11 ޑިސެމްބަރު 2017

މޯލްޑިވްސް ފުޓްބޯލް އެވޯޑްސްއަށް ވާދަކުރާ ފަރާތްތައް އިއުލާނުކޮށްފި

11 ޑިސެމްބަރު 2017
މޯލްޑިވްސް ފުޓްބޯލް އެވޯޑްސްއަށް ވާދަކުރާ ފަރާތްތައް އިއުލާނުކޮށްފި
21 އޮކްޓޯބަރު 2017

ޔޫރަޕުގެ "ގޯލްޑަން ބޯއި" އަށް ވާދަކުރާ ކުޅުންތެރިން އިއުލާނުކޮށްފި

21 އޮކްޓޯބަރު 2017
ޔޫރަޕުގެ "ގޯލްޑަން ބޯއި" އަށް ވާދަކުރާ ކުޅުންތެރިން އިއުލާނުކޮށްފި
18 އޯގަސްޓު 2017

ފީފާގެ އެންމެ މޮޅު ކުޅުންތެރިޔާއަށް ވާދަކުރާ ފަރާތްތައް އިއުލާނުކޮށްފި

18 އޯގަސްޓު 2017
ފީފާގެ އެންމެ މޮޅު ކުޅުންތެރިޔާއަށް ވާދަކުރާ ފަރާތްތައް އިއުލާނުކޮށްފި
06 ޖޫން 2017

ގަތަރުން ހުޅުމާލޭގައި އަޅައިދޭން ބުނި ސްޓޭޑިއަމްއާ ބެހޭގޮތުން ވަކި އެއްޗެއް ދަންނަވާކަށް ނޭނގޭ: އަނިލް

06 ޖޫން 2017
ގަތަރުން ހުޅުމާލޭގައި އަޅައިދޭން ބުނި ސްޓޭޑިއަމްއާ ބެހޭގޮތުން ވަކި އެއްޗެއް ދަންނަވާކަށް ނޭނގޭ: އަނިލް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް