Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރިޔާސީ އިންތިހާބު 2018

ވޯޓު ކަރުދާސް ނައްތާލި މައްސަލަ ތަހުގީގުކޮށް ދިނުމަށް ޕީޕީއެމުން އެދިއްޖެ

7 ނޮވެމްބަރު 2018 | ބުދަ 04:11

އެކަން ކުރި ގޮތް އާންމުކޮށް ދިނުމަށް ފުލުހުންނަށް ގޮވާލި

ޙުސައިން ޙަސަން
ޙުސައިން ޙަސަން | 7 ނޮވެމްބަރު 2018 | ބުދަ 04:11
ޕީޕީއެމުން ބޭއްވި ޕްރެސް ކޮންފަރެންސް

ޕީޕީއެމުން ބޭއްވި ޕްރެސް ކޮންފަރެންސް

ރިޔާސީ އިންތިހާބުގެ ވޯޓު ކަރުދާސްތައް ނައްތާލީ އިންތިހާބާ ގުޅޭ މައްސަލަތަކެއް ފުލުހުން ތަހުގީގު ކުރަމުންދާ ދަނޑިވަޅެއްގައި ކަމަށް ބުނެ، ވޯޓު ކަރުދާސް ނައްތާލި މައްސަލަ ބަލައި ދިނުމަށް ފުލުހުންނަށް ޕީޕީއެމުން ގޮވާލައިފިއެވެ.

ރިޔާސީ އިންތިހާބުގައި ބޮޑު ފަރަގަކުން ނާކާމިޔާބުވި ރައީސް އަބްދުﷲ ޔާމީންގެ ޕީޕީއެމުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ވޯޓު ކަރުދާސްތަކަކީ އިލެކްޝަންސް ކޮމިޝަނާއި ފުލުހުން ގުޅިގެން ބަލަހައްޓަންޖެހޭ އަމާނާތެއް ކަމަށެވެ. ނަމަވެސް އިންތިހާބާ ގުޅޭ މައްސަލަތަކެއް ތަހުގީގު ކުރަމުންދާ ވަގުތެއްގައި އެ ކަރުދާސް ނައްތާލުމަކީ ބޮޑު ޖަރީމާއެއް ކަމަށް އެ ޕާޓީން ބުނެފައި ވެއެވެ.

Advertisement - newsAdvertisement

ޕީޕީއެމްއިން ފުލުހުންނަށް ގޮވާލާފައި ވަނީ ވޯޓު ކަރުދާސް ނައްތާލި މައްސަލާގައި އީސީ ޖަވާބުދާރީ ކުރުވައި، އެކަން ތަހުގީގު ކުރުމަށް ފަހު، އެކަން ހިނގައިދިޔަ ގޮތުގެ މައުލޫމާތު އާންމު ކުރުމަށެވެ.

"އިންތިހާބާ ގުޅޭ މައްސަލަތަކެއް ތަހުގީގު ކުރެވެމުންދާ މިފަދަ މުހިންމު ވަގުތެއްގައި ވޯޓުކަރުދާސް ނައްތާލި ނައްތާލުން ފުލުހުން ތަހުގީގުކޮށް އީސީ ޖަވާބުދާރީ ކުރުވައި އަދި ކަންހިނގައިދިޔަ ގޮތުގެ މައުލުމާތު އާންމު ކުރުމަށް ފުލުހުންނަށް މި ޕާޓީން ގޮވާލަމެވެ،" ޕީޕީއެމްއިން ނެރުނު ބަޔާނުގައި ބުނެފައި ވެއެވެ.

ރިޔާސީ އިންތިހާބުގެ ނަތީޖާއަށް ބަދަލު އަންނާނެ ވަރުގެ ހެއްކެއް ހުށަހެޅިފައި ނުވާތީ، އިންތިހާބު ބާތިލު ކުރެވެން ނެތް ކަމަށް ސުޕްރީމް ކޯޓުން ހުކުމްކޮށްފައި ވަނިކޮށް ޕީޕީއެމުން ނެރުނު ބަޔާނުގައި އިންތިހާބުގައި އޮޅުވާލުންތަކާއި މަކަރާއި ހީލަތް ހަދާފައިވާ ކަމަށް ތުހުމަތުކޮށްފައި ވެއެވެ. އިންތިހާބުގައި ވޯޓު އޮޅުވާލުމަށް ހިންގި ކަންތައްތަކަކީ އިލެކްޝަންސް ކޮމިޝަނުން ރާވައިގެން ހިންގާފައިވާ ޖަރީމާއެއްކަން އެ ޕާޓީން ބުނެފައި ވެއެވެ.

ޕީޕީއެމުން އެ ބަޔާން ނެރެފައި ވަނީ ވޯޓް ކަރުދާސްތައް ނައްތާލި ސަބަބު ތަކުރާރުކޮށް އީސީން އޮޅުން ފިލުވައި ދީފައި ވަނިކޮށެވެ. އެ ކޮމިޝަނުން އަންގާރަ ދުވަހު ބޭއްވި ޕްރެސް ކޮންފަރެންސާއި އީސީގެ ރައީސް އަހުމަދު ޝަރީފު ކުރެއްވި ޓްވީޓުގައި ވެސް ވަނީ އެކަން ކިޔައިދީފައިވެއެވެ. ޝަރީފު ވިދާޅުވީ ވޯޓު ކަރުދާސް ނައްތާލީ ގާނޫނުގައި އެ ކަން ކުރަން ބުނެފައިވާ މުއްދަތަށް ވުރެ ވެސް ފަހުން ކަމަށާއި އެކަމާ ގުޅޭ މައްސަލައެއް ފުލުހުން ބަލަމުން އަންނަކަން އަންގާފައި ނެތް ކަމަށެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

4

މަޝްހޫރު ބަތަލާ ހޭޑަން ޕެނެޓިއޭ 36 އަހަރުގައި މަރުވެފައި އޮއްވާ ފެނިއްޖެ

5

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

އިތުރަށް ކިޔާލަން

10 ޖެނުއަރީ 2017

ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި

10 ޖެނުއަރީ 2017
ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި
10 ޖެނުއަރީ 2017

ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

10 ޖެނުއަރީ 2017
ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް
09 ޖެނުއަރީ 2017

ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

09 ޖެނުއަރީ 2017
ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު
08 ޖެނުއަރީ 2017

ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ

08 ޖެނުއަރީ 2017
ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ
08 ޖެނުއަރީ 2017

މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!

08 ޖެނުއަރީ 2017
މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!
08 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!

08 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!
08 ޖެނުއަރީ 2017

އިންތިހާބުގެ މައްސަލަ ދަށު ކޯޓުން ބަލަނީ ގާނޫނު އަސާސީ އޮޅުންބޮޅުން ކޮއްލަން: ނާޒިމް

08 ޖެނުއަރީ 2017
އިންތިހާބުގެ މައްސަލަ ދަށު ކޯޓުން ބަލަނީ ގާނޫނު އަސާސީ އޮޅުންބޮޅުން ކޮއްލަން: ނާޒިމް
06 ޖެނުއަރީ 2017

ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ

06 ޖެނުއަރީ 2017
ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ
06 ޖެނުއަރީ 2017

މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ

06 ޖެނުއަރީ 2017
 މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ
06 ޖެނުއަރީ 2017

ކޯޓުތަކަށް ހުށަހެޅުނު އަދި ނިންމި މައްސަލަތަކުގެ ޢަދަދު 20000 އަށްވުރެ މަތީގައި

06 ޖެނުއަރީ 2017
ކޯޓުތަކަށް ހުށަހެޅުނު އަދި ނިންމި މައްސަލަތަކުގެ ޢަދަދު 20000 އަށްވުރެ މަތީގައި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް