Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދު
މޯލްޑިވްސް ބޯޓިންގް އެވޯޑްސް

މޯލްޑިވްސް ބޯޓިންގް އެވޯޑްސްގެ ނޮމިނޭޝަންތައް ބަންދުކޮށްފި

ޖުމްލަ 26 ކެޓަގަރީއަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލި

ސިމާހާ ނަސީމް
ސިމާހާ ނަސީމް, ރާއްޖެ އެމްވީ | 6 ނޮވެމްބަރު 2018 | އަންގާރަ 12:14
މޯލްޑިވްސް ބޯޓިންގް އެވޯޑްސްގެ ހަފްލާގެ ތެރެއިން

މޯލްޑިވްސް ބޯޓިންގް އެވޯޑްސްގެ ހަފްލާގެ ތެރެއިން

މޯލްޑިވްސް ބޯޓިންގް އެވޯޑްސްގެ ނޮމިނޭޝަނަށް ނަން ހުށަހެޅުމުގެ ފުރުސަތު ބަންދުކޮށްފިއެވެ.

ނޮމިނޭޝަނަށް ނަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ މި އަހަރުގެ އޮކްޓޯބަރު މަހުގައެވެ. އަދި ނޮމިނޭޝަން ބަންދުކޮށްފައި ވަނީ ނޮވެމްބަރު މަހުގެ 5 ވަނަ ދުވަހުއެވެ.

މޯލްޑިވްސް ބޯޓިންގް އެވޯޑްސްއަކީ ލިވްއަބޯޑް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ފަރާތުން އިސްނަގައިގެން ކަނޑުދަތުރު ފަތުރުގެ އިންޑަސްޓްރީގެ ހަރަކާތްތެރިވާ ފަރާތްތަކަށް ހިތްވަރުދީ އެ އިންޑަސްޓްރީ ކުރިއެރުވުމަށްގެ މަޤްސަދުގައި 2014 ވަނަ އަހަރުން ފެށިގެން ދެމުން އަންނަ އެވޯޑެކެވެ.

ޖުމްލަ 26 ކެޓަގަރީއަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ ނޮވެމްބަރު 5 ވަނަ ދުވަހާ ހަމައަށެވެ. ބޯޓިންގް އެވޯޑްސްއަށް ހުށަހަޅާ ފަރާތްތަކަށް އޮންލައިންކޮށް އަދި އެސްއެމްއެސް މެދުވެރިކޮށް ވޯޓުލުމަށް ނޮވެމްބަރު 5 ވަނަ ދުވަހުން ފެށިގެން ޑިސެމްބަރު 5 ވަނަ ދުވަހަށް ހުޅުވާލާނެއެވެ.

މިދިޔަ އަހަރު މޯލްޑިވްސް ބޯޓިންގް އެވޯޑްސްގެ ލައިފް ޓައިމް އެޗީވްމަންޓް އެވޯޑް ލިބުނީ އަހްމަދު ޒުބައިރު އާދަމްއަށެވެ. މިދިޔަ އަހަރު ތަފާތު 21 ކެޓަގަރީއަކުން އެވޯޑުތައް ވަނީ ހަވާލު ކޮށްފައެވެ. އެގޮތުން ލިވްއަބޯޑް ކެޕްޓަން އޮފް ދަ އިޔަރ އެވޯޑާއި ސާފް ގައިޑް އޮފް ދަ އިޔަރގެ އެވޯޑާއި ލައިފް ޓައިމް އެޗީވްމަންޓް އެވޯޑް ތިން މީހަކަށް ލިބިފައިވާއިރު ބާކީ 18 އެވޯޑު ލިބިފައި ވަނީ ޕްރައިވެޓް ކުންފުނިތަކަށެވެ.

މޯލްޑިވްސް ބޯޓިންގް އެވޯޑު މިދިޔަ އަހަރު ދީފައި ވަނީ، އޮންލައިން ވޯޓިންގެ 40 އިންސައްތަ އާއި ޖަޖުންގެ 60 އިންސައްތަ މާރކްސްއާ އެކުގައެވެ.

މީގެ އިތުރުން އެ ހަފްލާގެ ތެރެއިން މިދިޔަ އަހަރުގެ އެވޯޑް ހަފްލާގައި ސްޕޮންސަރުންނާއި އަދި ޕާޓްނަރުންނަށް ވަނީ ހަނދާނީ ފިލާ އަރުވާފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މެގަ މޯލްޑިވްސްގެ ފްލައިޓްތައް އަލުން ފަށަން ތައްޔާރުވަނީ

މެގަ މޯލްޑިވްސްގެ ފްލައިޓްތައް އަލުން ފަށަން ތައްޔާރުވަނީ

13 ޖޫން 2017
ޚަޒާނާ މޯލްޑިވްސް ލިމިޓެޑްގެ ޝަރީޢާ ބޯޑަށް މެމްބަރުން ހޯދަނީ

ޚަޒާނާ މޯލްޑިވްސް ލިމިޓެޑްގެ ޝަރީޢާ ބޯޑަށް މެމްބަރުން ހޯދަނީ

07 ޖޫން 2017
ޓްރެވަލް ޓްރޭޑް މޯލްޑިވްސްގެ ޕްލެޓީނަމް ޕާޓްނަރ ގެ ގޮތުގައި ބީއެމްއެލް ހަމަޖައްސައިފި

ޓްރެވަލް ޓްރޭޑް މޯލްޑިވްސްގެ ޕްލެޓީނަމް ޕާޓްނަރ ގެ ގޮތުގައި ބީއެމްއެލް ހަމަޖައްސައިފި

09 މެއި 2017
މޯލްޑިވްސް ކޮންސިއުމަރ ފެއަރ 2017 ހުޅުވައިފި

މޯލްޑިވްސް ކޮންސިއުމަރ ފެއަރ 2017 ހުޅުވައިފި

04 މެއި 2017
އުރީދޫ މޯލްޑިވްސްގެ ސީއީއޯ އަކަށް ނަޖީބް ޚާން އައްޔަނުކޮށްފި

އުރީދޫ މޯލްޑިވްސްގެ ސީއީއޯ އަކަށް ނަޖީބް ޚާން އައްޔަނުކޮށްފި

04 އެޕްރީލު 2017

އަހަރުތަކުން މިއަދު

7 މެއި
ފެންޓޮނޯއީ ގެއަށް ދިޔައީ ޔައްސާރުގެ ދައުވަތަކަށް، ރައުދުގެ އިތުރުން 4 މީހަކު ތިބި - ޔުމްނުގެ އާއިލާ
20251 އަހަރު ކުރިން
ރާއްޖެ

ފެންޓޮނޯއީ ގެއަށް ދިޔައީ ޔައްސާރުގެ ދައުވަތަކަށް، ރައުދުގެ އިތުރުން 4 މީހަކު ތިބި - ޔުމްނުގެ އާއިލާ

ރާއްޖެއަށް އަތްގަދަކުރާ ކަމަށް ބުނި އިންޑިއާ ކައިރިއަށް އާދޭސް ހިފައިގެން
20242 އަހަރު ކުރިން
ރިޕޯޓު

ރާއްޖެއަށް އަތްގަދަކުރާ ކަމަށް ބުނި އިންޑިއާ ކައިރިއަށް އާދޭސް ހިފައިގެން

ތަފާތު ފޮޓޯގަނޑެއް! އެތައް ވާހަކައެއް!؟
20233 އަހަރު ކުރިން
ރިޕޯޓު

ތަފާތު ފޮޓޯގަނޑެއް! އެތައް ވާހަކައެއް!؟

ރަންވޭ މަތިން ކައްސާލި މޯލްޑިވިއަން ފްލައިޓުގައި އޮސްޓްރޭލިއާގެ ކްރިކެޓް ތަރިއެއް، ބުނީ އެއީ ބިރުވެރި ވަގުތުކޮޅެއް ކަމަށް
20224 އަހަރު ކުރިން
ރިޕޯޓު

ރަންވޭ މަތިން ކައްސާލި މޯލްޑިވިއަން ފްލައިޓުގައި އޮސްޓްރޭލިއާގެ ކްރިކެޓް ތަރިއެއް، ބުނީ އެއީ ބިރުވެރި ވަގުތުކޮޅެއް ކަމަށް

ބިލް ގޭޓްސްގެ ހިތް ސިންގަލެއް ނުވޭ، ހިތާވަނީ 70 އަހަރުގެ އަންހެނަކާ!
20215 އަހަރު ކުރިން
ތަފާތު ޚަބަރު

ބިލް ގޭޓްސްގެ ހިތް ސިންގަލެއް ނުވޭ، ހިތާވަނީ 70 އަހަރުގެ އަންހެނަކާ!

ޕްރިޔަންކާގެ ހެދުމަށް ގިނަ ބަޔަކު މަލާމަތް ކޮށްފި
20197 އަހަރު ކުރިން
ތަފާތު ޚަބަރު

ޕްރިޔަންކާގެ ހެދުމަށް ގިނަ ބަޔަކު މަލާމަތް ކޮށްފި

ރައީސް ޔާމީންގެ އަނެއް ރެކޯޑް
20188 އަހަރު ކުރިން
ރިޕޯޓު

ރައީސް ޔާމީންގެ އަނެއް ރެކޯޑް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު