Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
މަސީހުގެ އިތުބާރު މައްސަލަ

މެންބަރުންގެ ގޮނޑީގެ މައްސަލަ އަވަހަށް ނިންމަވައިދެއްވުމަށް މަޖިލީހުގެ ނައިބު ރައީސްގެ ސިޓީފުޅެއް ސުޕްރީމް ކޯޓަށް!

މަސީހުގެ އިތުބާރުގެ ވޯޓްގެ ކުރިން ގޮނޑީގެ މައްސަލައިގައި ގޮތެއް ނިންމުމަށް އެދިވަޑައިގެންނެވި

އާމިނަތު ނުޒުހާ
އާމިނަތު ނުޒުހާ, ރާއްޖެ އެމްވީ | 24 އޮކްޓޯބަރު 2018 | ބުދަ 14:42
ރައްޔިތުންގެ މަޖިލިސް

ރައްޔިތުންގެ މަޖިލިސް

ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވާ އަށް މެންބަރުންގެ ގޮނޑީގެ މައްސަލައާއި މެދު އަވަހަށް ގޮތެއް ނިންމަވައި ދެއްވުން އެދިވަޑައިގެން މަޖިލީހުގެ ނައިބު ރައީސް ރީކޯ މޫސާ މަނިކު ދިވެހިރާއްޖޭގެ އެންމެ މަތީ ކޯޓް ކަމުގައިވާ ސްޕްރީމް ކޯޓަށް ސިޓީއެއް ފޮނުއްވައިފިއެވެ.

އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބުދުﷲ ދީދީއަށް ފޮނުއްވި މި ސިޓީގައި ބުނެފައިވަނީ، މަޖިލީހުގެ ރައީސް އަބުދުﷲ މަސީހު މުހައްމަދުގެ އިތުބާރު ނެތްކަމުގެ މައްސަލައެއް 24 އޮކްޓޯބަރު 2018 ގައި އެ މަޖިލީހަށް ލިބިފައިވާކަމަށެވެ.

Advertisement - newsAdvertisement

މަޖިލީހުގެ ޖަލްސާއެއް ފެށޭއިރު، އެ ޖަލްސާއެއްގެ ގާނޫނީ އަދަދު އެ ޖަލްސާއެއްގައި ހާމަކުރަންޖެހޭ ކަމަށް ގާނޫނު އަސާސީގެ 86 ވަނަ މާއްދާއިން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ގާނޫނީ އަދަދު ކަނޑައަޅާފައިވަނީ ރައްޔިތުންގެ މަޖިލީހަށް އިންތިޚާބުވެފައިވާ ޖުމްލަ އަދަދަށް ބަލައިގެންނެވެ. 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ޖުމްލަ އަދަދަކީ85 އެވެ.

މަޖިލީހުގެ ނައިބު ރައީސް ސުޕްރީމް ކޯޓަށް ފޮނުއްވި މި ސިޓީފުޅުގައި، ގަނޫނުއަސާސީ 73 ވަނަ މާއްދާގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ މެންބަރުކަމުގެ ގޮނޑި ހުސްވާނެ ހާލަތްތައް ބަޔާންކޮށްފައިވުމާއިއެކު، ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމުގެ ގޮނޑިއެއް ހުސްވެއްޖެކަމާއި މެދު ޚިލާފު އުފެދިއްޖެނަމަ، އެ މައްސަލައެއް ބަލައި ގޮތެއް ކަނޑައަޅާނީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުންކަމަށް ގާނޫނުއަސާސީގެ 74 ވަނަ މާއްދާގައި ވަނީ ބަޔާންކޮށްފައިވަކަމަށް ބުނެފައިވާކަމަށް ބަޔާންކޮށްފައިވެއެވެ.

އެހެން އެކަން އޮތުމާއިއެކު، ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތަކަށް ހާޒިރުވާން ޖެހޭ ހުރިހާ މެެންބަރުންނަށް ޖަލްސާތަކުގައި ބައިވެރިވެރިވެވޭ ގޮތަށް ޖަލްސާތައް ބޭއްވުމަކީ ރައްޔިތުންގެ މަޖިލީހަށް ހުށައެޅުއްވުމަށްޓަކައި، މަޖިލީހުގެ ރައީސް އަބުދުﷲ މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ އެމަޖިލީހަށް ލިބިފައިވުމައިއެކު، މަޖިލީހުގެ ރައީސްގެ މަގާމު ހުސްވެއްޖެނަމަ އެ މަގާމަށް އާ މީހަކު އިންތިޚާބު ކުރުމަކީ ގަނޫނުއަސާސީން މަޖިލީހުގެ ނައިބު ރައީސްގެ މަސްއޫލިއްތެއް ކަމަށް ވާތީ ރައްޔިތުންގެ މަޖިލީހުގެ ހުރިހާ މެންބަރުންނަށް ބައިވެރިވެވޭ ގޮތަށް އެ ޖަލްސާތައް ކުރިއަަށް ގެންދިއުމަށްޓަކައި، ކޯޓްތަކުން ބައްލަވަމުން ގެންދަވާ ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމުގެ ގޮނޑިއެއް ހުސްވެއްޖެ ކަމާއިމެދު ޚިލާފުއުފެދިފައިވާ މައްސަލަތަކާއި މެދު ވީހާވެސް އަވަހަށް ގޮތެއް ނިންމަވައިދެއްވުން އެދި ދަންނަވާކަމަށް މި ސިޓީގައި ބުނެފައިވެއެވެ.

މީގެ އިތުރުން އެއްވެސް ރައްޔިތެއްގެ ހައްގުގެއްލޭގޮތަށް ރައްޔިތުންގެ މަޖިލީހުން އެއްވެސް ކަމެއް ކުރުމަކީ، ގާނޫނުއަސާސީއާއި ދިވެހިރާއްޖޭގައި އަމަލުކުރަމުން އަންނަ އެއްވެސް ގާނޫނަކުން ހުއްދަކުރާކަމަކަށް ނުވާއިރު މަޖިލިސް ތަމްސީލުކުރުމަށްޓަކައި އިންތިޚާބުކޮށްފައިވާ މެންބަރުންކުރެ އެއްވެސް މެންބަރަކަށް ބައިވެރިނުވެވޭ ގޮތަށް އެ މަޖިލީހުގެ ޖަލްސާތައް ބޭއްވުމަކީ ގާނޫނުއަސާސީގެ 4 ވަނަ މާއްދާއިން ރައްޔިތުންނަށް ދީފައިވާ ބާރު އެންމެ ހެޔޮގޮތުގައި ނުކުރެވޭނެ ކަމެއް ކަމަަށް ދެކޭކަމަށްވެސް މި ސިޓީގައި ބުނެފައިވެއެވެ.

ގޮނޑިގެއްލިފައިވާ ކަމަށް އީސީން ނިންމާފައިވާ އަށް މެންބަރުންގެ ގޮނޑިއާމެދު އަވަސް ނިޔާއެއް ކަނޑައަޅައިދިނުމަށް އެދި މަޖިލީހުގެ ނައިބު ރައީސް ރީކޯ މޫސާ މަނިކު ސުޕްރީމް ކޯޓަށް މި ސިޓީފޮނުއްވައި އެއްވެސް ރައްޔިތެއްގެ ހައްގުގެއްލޭގޮތަށް ރައްޔިތުންގެ މަޖިލީހުން އެއްވެސް ކަމެއް ކުރުމަކީ، ގާނޫނުއަސާސީއާއި ދިވެހިރާއްޖޭގައި އަމަލުކުރަމުން އަންނަ އެއްވެސް ގަނޫނަކުން ހުއްދަކުރާކަމަކަށް ނުވާކަމަށް ވިދާޅުވިއިރު، އެ އަށް މެންބަރުންނާއި އަދި ގޮނޑި ނުގެއްލޭކަމަށް ދާދި އިހަށްދުހު ސުޕްރީމް ކޯޓުން ނިންމެވި ހަތަރު މެންބަރުންނަށް މަޖިލީހުގައި ރައްޔިތުން ތަމްސީލުކުރުމުގެ ޖާގަ ދީފައިނުވާތާ އަހަރަކަށް ވުރެ ގިނަދުވަސް ވަނީ ފައިތުވެފައެވެ.

މަޖިލީހުގެ ރައީސް އަބުދުﷲ މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ އިދިކޮޅު މެންބަރުން ބުދަ ދުވަހު މަޖިލީހަށް ވެއްދީ ޕީޕީއެމް ޕިޖީ ގްރޫޕްގެ 14 މެންބަރުންގެ ސޮޔާއިވެސް އެކު ޖުމްލަ 51 މެންބަރުން ސޮއިކުރައްވާފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި

ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި

10 ޖެނުއަރީ 2017
ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

10 ޖެނުއަރީ 2017
ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

09 ޖެނުއަރީ 2017
ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ

ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ

08 ޖެނުއަރީ 2017
މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!

މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!

08 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

21 އެޕްރީލު
އެސްޓޯނިއާ ދަތުރު އަދި މޯލްޑިވްސް 2.0 ގެ ފަހަތުގައި އޮތް ސިއްރަކީ އިލެކްޓްރޯނިކް ވޯޓިން: މަޚްލޫފް
20251 އަހަރު ކުރިން
ރާއްޖެ

އެސްޓޯނިއާ ދަތުރު އަދި މޯލްޑިވްސް 2.0 ގެ ފަހަތުގައި އޮތް ސިއްރަކީ އިލެކްޓްރޯނިކް ވޯޓިން: މަޚްލޫފް

މަޖިލިސް އިންތިހާބުގެ ކެމްޕޭންގެ ތެރޭގައި ވޯޓު ގަތުމާއި ދައުލަތުގެ މުދަލާއި ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުންކޮށްފައިވޭ - ޓްރާންސްޕޭރެންސީ
20242 އަހަރު ކުރިން
ރާއްޖެ

މަޖިލިސް އިންތިހާބުގެ ކެމްޕޭންގެ ތެރޭގައި ވޯޓު ގަތުމާއި ދައުލަތުގެ މުދަލާއި ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުންކޮށްފައިވޭ - ޓްރާންސްޕޭރެންސީ

ހޫނުމިން 40ށް އަރާ، ސަމާލުވުމަށް އިލްތިމާސްކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

ހޫނުމިން 40ށް އަރާ، ސަމާލުވުމަށް އިލްތިމާސްކޮށްފި

ކިޑްނީގެ ދުޅަހެޔޮކަމަށް ފެނުގެ މުހިންމުކަން
20224 އަހަރު ކުރިން
ސިއްހަތު

ކިޑްނީގެ ދުޅަހެޔޮކަމަށް ފެނުގެ މުހިންމުކަން

 ޗިކެން ޕަނީނީ ސޭންޑްވިޗް
20215 އަހަރު ކުރިން
ލައިފް ސްޓައިލް

ޗިކެން ޕަނީނީ ސޭންޑްވިޗް

ޝިމާ އަންދާލާފައިވާ ކަމަށް ބުނެ ލިބުނު މައުލޫމާތަކާ ގުޅިގެން ފުލުހުން ދެ ރަށެއް ބަލައި ފާސްކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ޝިމާ އަންދާލާފައިވާ ކަމަށް ބުނެ ލިބުނު މައުލޫމާތަކާ ގުޅިގެން ފުލުހުން ދެ ރަށެއް ބަލައި ފާސްކޮށްފި

ނިވާކަން ކުޑަ ހެދުންލައިގެން މޮޑެލްކުރުމުން އިލްމުވެރިން ރަތަށް، ސަރުކާރު ހިމޭނުން!
20188 އަހަރު ކުރިން
ރާއްޖެ

ނިވާކަން ކުޑަ ހެދުންލައިގެން މޮޑެލްކުރުމުން އިލްމުވެރިން ރަތަށް، ސަރުކާރު ހިމޭނުން!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު