Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ރިޔާސި އިންތިޚާބު 2018

ވެރިކަމުގެ ދަހިވެތި ކަމުގައި ގައުމު ހަފުސްކޮށް ނުލައްވާށެވެ

ވޯޓުގެ ކަންކަން ދިޔައީ ރަނގަޅަށް

ރާއްޖެ އެމްވީ | 13 އޮކްޓޯބަރު 2018 | ހޮނިހިރު 08:05
އިންތިޚާބުން ބަލިވެވަޑައިގެން އަބްދުﷲ ޔާމީން

އިންތިޚާބުން ބަލިވެވަޑައިގެން އަބްދުﷲ ޔާމީން

ނިމިދިޔަ ރިޔާސީ އިންތިޚާބު ބާތިލް ކުރުމަށް ސްޕްރީމް ކޯޓަށް އިންތިޚާބުން ބަލިވެ ވަޑައިގެންނެވި އަބްދުﷲ ޔާމީން ހުށަހެޅުއްވި މައްސަލައާއެކު ބޮޑު ނުތަނަވަސް ކަމެއް ގައުމަށް ވަނީ ވެރިވެފައެވެ. ކަންކަމުގައި ހަމަޖެހިފައި އޮންނަ އުސޫލަށް އިހްތިރާމް ނުކޮށް އަބަދުވެސް ޗާޓުން ބޭރުން ކަންކަން ކުރަން އުޅޭނަމަ އަބަދުވެސް ތިބެން ޖެހެނީ މާދަމާ ވާނީ ކިހިނެއްތޯ ހިތާހިތާ ސުވާލުކޮށްލަ ކޮށްލައެވެ. ސަތޭކަ މިލިއަނަށް ވުރެ ގިނަ ރުފިޔާ ޚަރަދުކޮށްގެން ބޭއްވި އިންތިޚާބު އަމިއްލަ އެދުމުގެ ކުރިމަތީގައި ވަކި މީހަކަށް އެއްޗަކަށް ނުވެދާނެއެވެ. އެކަމަކު ގައުމާމެދު ވިސްނާ ފިކުރުކުރާ މީހަކަށް އެއީވެސް ކަންބޮޑުވުމެކެވެ. އިންތިޚާބުގައި ވޯޓުލުމަށް ގާނޫނީ، ފަރުދީ ވާޖިބު އަދާކުރި އެތައް ބަޔަކަށް އެއީވެސް ބޭކާރުވެގެން ދާން ބޭނުންވާނެ ކަމެއް ނޫނެވެ. ވޯޓު ލުމަށް ކަނޑުމަގުންނާއި، ވައިގެ މަގުންނާއި، ފައިގެ މަގުން ދިގު ރާސްތާ ކަޑައްތުކޮށް، އެތައް ގާޑީއިރެއް ކޮޅަށް ކިޔޫގައި ތިބެ ލީ ވޯޓު އެއްޗަކަށް ނުވެ ދާކަށް ބޭނުމެއް ނުވެއެވެ. އެއީ އެންމެންގެ އިއްތިފާގުން ސައްހަ އެއްޗެއްކަމަށް އޮތީ ނިންމާފައެވެ.

ވޯޓުގެ ކަންކަން ދިޔައީ ރަނގަޅަށް

އިންތިޚާބުން ބަލިވެވަޑައިގެން އަބްދުﷲ ޔާމީންގެ ފަރާތްޕުޅުން މައްސަލަ ހުށަހެޅުއްވި ވަކީލުން އެދައްކަވާ ވާހަކަ އަށް ވިސްނާލާއިރު ހަމަ ހައިރާންވެ އަންތަރީސް ވެއެވެ. މީގައި އޮތީ ކޮން އޮޅުމެއްތޯއެވެ. އިންތިޚާބު ބޭއްވުނީ މައްސަލަ ހުށަހެޅުއްވި އަބްދުﷲ ޔާމީންގެ މަންދޫބުންގެ ކުރިމަތީގައެވެ. ވޯޓު ގުނީ އެމީހުންނެވެ. ބާތިލް ވޯޓާއި ސައްހަ ވޯޓު ކަނޑައެޅީ އެމީހުންނެވެ. ނަތީޖާ އިއުލާން ކުރީ އެމީހުންނެވެ. ނަތީޖާގެ ޝީޓުގައި ސޮއި ކުރީ އެމީހުންނެވެ. ކިތަންމެ ނުފޫޒާ ބާރާއެކު އެ އޮފިޝަލުން ވޯޓުފޮށިތައް ބަލަހައްޓަން ތިއްބެއް ކަމަކު، އެމީހުން ކުރާނީ ކީއްތޯއެވެ. ޝީޓުގައި ޖެހޭނީ، އަދި އިއުލާން ކުރެވޭނީވެސް ނުކުތް ނަތީޖާއެވެ. އެކަކާއި އެކެއް އެއް ކުރުމުން ތިނެއް ނުކުންނާނެ ގޮތެއް އެމީހުންނަކަށް ޖެހޭނެ ގޮތެއް ނޯންނާނެތާއެވެ. އަބްދުﷲ ޔާމީންގެ ފުރިހަމަ އިޚްތިޔާރާ އެކު އައްޔަން ކުރެވުނު އިލެކްޝަންސް ކޮމިޝަނުން ވަގުތީ ނަތީޖާ އިއުލާން ކުރުމުން ޚުދު އެމަނިކުފާ ނަތީޖާ ގަބޫލު ކުރައްވާކަން އިއުލާން ކުރެއްވިއެވެ. ރައްޔިތުންގެ ނިންމުން ސާފު ކަމަށް ވިދާޅުވިއެވެ. އިންތިޚާބު އޮބްޒާވް ކުރި އޮބްޒާވާރުންގެ ރިޕޯޓްތައް ހާމަކުރި އިރު އޭގައިވެސް އޮތީ ކަންކަން ދިޔައީ ރަނގަޅަށް ކަމުގައެވެ. ހިއުމަން ރައިޓްސް ކޮމިޝަނުންވެސް ބުނީ ހަމަ އެހެންނެވެ. މުޅި ދުނިޔޭން އިންތިޚާބު ގަބޫލު ކޮށްފިއެވެ. ރާއްޖޭގެ ފުލުހުންނާ ސިފައިންނާ ކުންފުނިތަކައް ދާންދެން ނަތީޖާ ގަބޫލުކޮށް ނިންމައިފިއެވެ. އިންތިޚާބު ބާތިލް ކުރަންޖެހޭ އެއްވެސް މައްސަލައެއް އައިސްފައެއް ނެތެވެ.

އިންތިޚާބުގެ ނިންމުމަކީ އަދައިގެ ނިންމުމެއް ނޫނެވެ. ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ 90 އިން ސައްތަ މީހުން ނިންމުމުގައި ބައިވެރިވިއެވެ. ރަތްދަކަ އަވީގައި ދަރިން ކިހިލި ޖަހައިގެން އެތައް ގަޑީއިރެއް ވަންދެން ކިއޫގައި ތިބެ އެމީހުންގެ ގާނޫނީ ވާޖީބު އަދާކުރީ އެއްވެސް ޝަކުވާއެއް ވަރުބަލިކަމެއް ފޫހިކަމެއް ނެތިއެވެ. އެކަމަކު ބާރާއި ނުފޫޒް ބީވެގެން ހިނގައިދާނެ ކަމުގެ ވަހުމުތައް ހިތައް ވަދެ އިސްކުރަން މި ނިންމުނީ ގައުމީ މަސްލަހަތެއް ނޫނެވެ.

އިންތިޚާބުގެ ނަތީޖާ އާ ހަމައަށް އެއްވެސް މައްސަލައެއް ނެތް

2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގެ ކަންކަން ކުރިއަށް ދަނީ އަބްދުﷲ ޔާމީންއަށް ފަހިވާ ގޮތައް ކަމަށް ދެކެވުނު އެތައް ވާހަކަތަކެއް އެހުރީ ނޫސްތަކުގައި ލިޔެވިފައެވެ. ޕިޕީއެމްގެ ކެންޑިޑޭޓުގެ ފަރާތުން އެއްވެސް މައްސަލައެއް، ހަމަ އެއްވެސް މައްސަލައެއް އޭރު އޮތް ކަމަކަށް ނުވިއެވެ. މިގޮތައް ގޮސް އިންތިޚާބުގެ ވޯޓުލުން ނިމުނު އިރުވެސް އެއްވެސް މައްސަލައެއް ނެތެވެ. ތިބީ ކަންކަން ދިޔަލެއް ފުރިހަމަ ކަމުން އުފަލުން ފޮޅިފައެވެ. ވޯޓު ފޮށިތައް ބަންދުވުމާއެކު ޙަމްދު ކޮށް ކުރި ޓްވީޓްތައް އެހެރީ ފެންނާށެވެ. ޔާމީން ހޮވިއްޖެ ކަމުގެ އުފާ އެކަމުގައި އުޅުނު އިސްމީހުން ފާޅު ކުރަން ފެށީ ވޯޓު ގުނަން ނުވެސް ފަށަނީހެވެ. ނަތީޖާ ލިބިއްޖެއެވެ. އޭރުވެސް މައްސަލައެއް ނެތެވެ. ބަލި ގަބޫލު ކޮށްފިއެވެ. އޭރުވެސް މައްސަލައެއް އޮތް ކަމަކަށް ނުވެއެވެ. މައްސަލަތަކުގެ ވާހަކަ ދެކެވެން ފެށީ ދާއިމީ ނަތީޖާއަށް ވަގުތު ކުޑަތަންވި ހިސާބުންނެވެ. ދެން އިވުނީ ސަރުކާރުގެ ކުންފުނިތަކުގެ ވަސީލަތްތައް ބޭނުން ކޮށްގެން ޝަކުވާ ފޯމް ފުރަން ފެށި ވާހަކައެވެ. އެއާއެކު އަމިއްލަފުޅަށް މަނާކޮށްފައި އޮތް މުޒާހަރާ ކުރަން ރާވާ އެކަމަށް މީހުން ނެރެވޭތޯ މަސައްކަތް ފެށިއެވެ. އެކަމުން މާ ބޮޑު ތަރުހީބެއް ލިބުނުތަނެއް ނުފެނުނެވެ. އިންތިޚާބުގެ ނަތީޖާއާ މެދު ޕީޕީއެމްގެ ގިނަ ސަޕޯޓަރުންގެ ހިތުގައި އެވިދާޅުވާ ޝައްކުތަކެއް ހުރިނަމަ އެ އެއްވުންތަކަށް އެމީހުން ނުގޮހެއް ނުތިބޭނެއެވެ. އަނެއްކޮޅުން ބިރު ދައްކައިގެން ރިޝްވަތު ދީގެން ހެކި އުފައްދަން މަސައްކަތް ކުރިކަން ފަޅާ އަރާ ފުލުހަށް މައްސަލަ ހުށަހެޅި ހިސާބުން މި ކުރަން އުޅޭ ކަންތަކުގެ އަޑި ހުތުރުކަން ހާމަވެއެވެ.

ކުރިން ފެނުނު ރީތި ނަމޫނާ ތަކުރާރެއް ނުވި

2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބާ ގުޅިގެން އިންތިޚާބުން ބަލިވެވަޑައިގެންނެވި އަބްދުﷲ ޔާމީންގެ ފަރާތްޕުޅުން ފެންނަމުންދާ ނޭދެވޭ ކަންކަން މިހެން ހުރި އިރު، 2013 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުން ބޮޑު ތަފާތަކުން ކުރީގައި އޮތް ރައީސް ނަޝީދަށްވުރެ މާ ފަހަތުގައި އޮތް އަބްދުﷲ ޔާމީން ދެވަނަ ބުރުގައި ކުއްލިއަކަށް ނަތީޖާއިން ކުރި ހޯއްދެވި ހަނދާންވެސ މިއަދު އާވެއެވެ. ރައީސް ނަޝީދު ނިންމެވީ އެކަމުގައި ސުވާލުތައް އުފައްދާ ކޯޓަށް ވަޑައިގެން ގައުމު ހަލަބޮލި ކުރައްވާކަށް ނޫނެވެ. ޓީވީތަކުން ނަތީޖާތައް ކިޔާ މުޅިން ނުނިމެނީވެސް އެމަނިކުފާނު އަވަސްވެ ވަޑައިގަތީ، އިންތިޚާބުން ކުރި ހޯދި ކަމަށް ދެއްކި އަބްދުﷲ ޔަމީނަށް މަރުހަބާ ވިދާޅުވެ، ޒިންމާދާރު އިދިކޮޅު ޕާޓީއެއްގެ ގޮތުގައި އެމަނިކުފާނުގެ ޕާޓީ އާއެކު ކުރިއަށް ވަޑައިގަތުމަށެވެ. މިއީ ދާދި މިދާކަށް ދުވަހު ރާޢްޖެއިން ފެނިގެން ދިޔަ މަންޒަރެކެވެ.

ގައުމަށް ހަމަޖެހުން އަންނަން ޖެހޭ

ރާއްޖެއަށް ހަމަޖެހުން އެބަ އަންނަން ޖެހެއެވެ. މިނިވަންކަމާއެކު މާދަމާ އަށް ކަންކަން ރޭވޭނެ ފުރުސަތު އެބަ ތަނަވަސްވާން ޖެހެއެވެ. ވާނުވާގައި އެތައް އަހަރެއް ހޭދަކޮށް ދިރިއުޅުމަށް އެތައް އަސަރެއް ކޮށް އެކި ފެންވަރުގައި އެކި ގެއްލުންތައް ލިބުނު މީހުން މަދެއް ނޫނެވެ. ގައުމުގެ ނަން ޚަރާބުވެ، އަވައްޓެރިންނާ މޫނު ކެނޑި ދިވެހިންނަށް ބޭރު ދުނިޔޭން ކުރިމަތިވާ ދަތިތައް އެތައް ގުނަ އެއް އިތުރުވެއްޖެއެވެ. ޑިމޮކްރަޓިކް އުސޫލްތަކާއި ހަމަތައް ޚަރާބުކޮށް، ކަންކަން ގަޑުބަޑުކޮށް އެތެރޭގެ ހަމަޖެހުމަށް ބުރޫ އެރުމަކީ ބޭރުގެ ނުފޫޒްތަކުން ރާއްޖެއަށް ވެރިވުމަށް ހުޅުވޭ ދޮރެއް ކަމުގައި ނޫނީ ވެގެން ނުދާނެއެވެ. އެފަދަ ނުތަނަވަސް ކަމަކަށް ރާއްޖެ ހިނގައްޖެނަމަ ބޮޑެތި ގެއްލުންތައް އެތައް ގޮތަކުން ރާއްޖެއަށް ނުކޮށް ނުދާނެއެވެ. އަމާން ކަމާ އޮމާންކަމާ އެކު ހަމަ ޖެހިލައިގެން ދިވެހިންނަށް އުޅެވޭނެ ފުރުސަތު ދެއްވާށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ރޮހިންޖާ މުސްލިމުންގެ ހައްގުގައި އިސްލާމީ ގައުމުތައް ނުތެދުވެ މިތިބީ ކީއްވެ؟

ރޮހިންޖާ މުސްލިމުންގެ ހައްގުގައި އިސްލާމީ ގައުމުތައް ނުތެދުވެ މިތިބީ ކީއްވެ؟

22 ސެޕްޓެމްބަރު 2017
ރޮހިންޖާ ދަރިކޮޅުގެ ކިތައް މީހުން ގައުމު ދޫކޮށްފި؟އެމީހުން ދިޔައީ ކޮންތާކަށް؟

ރޮހިންޖާ ދަރިކޮޅުގެ ކިތައް މީހުން ގައުމު ދޫކޮށްފި؟އެމީހުން ދިޔައީ ކޮންތާކަށް؟

07 ސެޕްޓެމްބަރު 2017
މުޅި ގައުމު ސުޕްރީމް ކޯޓްގެ ހުކުމްގެ އިންތިޒާރުގައި!

މުޅި ގައުމު ސުޕްރީމް ކޯޓްގެ ހުކުމްގެ އިންތިޒާރުގައި!

21 އޯގަސްޓު 2017
މުޅި ގައުމުގައި އޮތީ ފުލުހުންގެ ވާޖިބު އެކަނިތޯއެވެ.!

މުޅި ގައުމުގައި އޮތީ ފުލުހުންގެ ވާޖިބު އެކަނިތޯއެވެ.!

29 ޖުލައި 2017
މަޖިލިސް ބަދަލުވުމަކުން ގައުމު އިސްލާހެއް ނުވޭ!

މަޖިލިސް ބަދަލުވުމަކުން ގައުމު އިސްލާހެއް ނުވޭ!

09 ޖުލައި 2017

އަހަރުތަކުން މިއަދު

15 މެއި
ކައުންސިލްތަކުން ބްލޮކް ގްރާންޓް ނަގައިގެން ދަނީ ބެންކޮކަށް، ރައްޔިތުންނަށް ފައިދާވާ އެއްވެސް ކަމެއް ނުކުރޭ: ރައީސް މުއިއްޒު
20251 އަހަރު ކުރިން
ރާއްޖެ

ކައުންސިލްތަކުން ބްލޮކް ގްރާންޓް ނަގައިގެން ދަނީ ބެންކޮކަށް، ރައްޔިތުންނަށް ފައިދާވާ އެއްވެސް ކަމެއް ނުކުރޭ: ރައީސް މުއިއްޒު

ޕޫޓިންގެ ޔޫކްރެއިން ހަނގުރާމަ އަށް ޝީ އަގުދައްކަވަނީ!
20242 އަހަރު ކުރިން
ރިޕޯޓު

ޕޫޓިންގެ ޔޫކްރެއިން ހަނގުރާމަ އަށް ޝީ އަގުދައްކަވަނީ!

މިސްކީނު ހިފަހައްޓާލި ތިނަދޫގެ މޮޅު ޑިފެންޑަރު
20233 އަހަރު ކުރިން
މީހުން

މިސްކީނު ހިފަހައްޓާލި ތިނަދޫގެ މޮޅު ޑިފެންޑަރު

ތަނެއްގައި ވަޒީފާ އަދާކުރުމަކީ، އެތަނުގެ ހުރިހާ ވަސީލަތެއް އިމެއް ނެތި ބޭނުންކުރެވޭނެ ސަބަބެއް ނޫން: ޕީޖީ އޮފީސް
20224 އަހަރު ކުރިން
ރާއްޖެ

ތަނެއްގައި ވަޒީފާ އަދާކުރުމަކީ، އެތަނުގެ ހުރިހާ ވަސީލަތެއް އިމެއް ނެތި ބޭނުންކުރެވޭނެ ސަބަބެއް ނޫން: ޕީޖީ އޮފީސް

އައު ކައިވެނިފުޅަކަށް އިނގިރޭސި ރާނީ ތައްޔާރުވެވަޑައިގަންނަވަނީ
20215 އަހަރު ކުރިން
ތަފާތު ޚަބަރު

އައު ކައިވެނިފުޅަކަށް އިނގިރޭސި ރާނީ ތައްޔާރުވެވަޑައިގަންނަވަނީ

ވަޅޯމަސް ފްރައިޑް ރައިސް
20197 އަހަރު ކުރިން
ލައިފް ސްޓައިލް

ވަޅޯމަސް ފްރައިޑް ރައިސް

ތަރާވީޙް ނަމާދު
20188 އަހަރު ކުރިން
އިސްލާމް

ތަރާވީޙް ނަމާދު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު