Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
އިސްލާމް
ތައުމީން

‏ޙަލާލު ގޮތުގައި ތައުމީނު ކުންފުނިތައް ހިންގުން ‏

ވިޔަފާރިއަކީ އިސްލާމް ދީނުގައި ހުއްދަ ކުރައްވާފައިވާ ކަމެކެވެ. ނަމަވެސް އެކަން ކުރަން ޖެހެނީ އިސްލާމީ އުޞޫލުތަކާ އެއްގޮތަށެވެ.

އަހްމަދުﷲ ޖަމީލް
އަހްމަދުﷲ ޖަމީލް, ރާއްޖެ އެމްވީ | 5 އޮކްޓޯބަރު 2018 | ހުކުރު 04:12
ގުރުއަތު ލުމުގައި. ވިޔަފާޜީގައި ހިންގާ މުޢާމަލާތަކީ ޙަލާލު މުޢާމަލާތަކަށް ވާން ޖެހޭ

ގުރުއަތު ލުމުގައި. ވިޔަފާޜީގައި ހިންގާ މުޢާމަލާތަކީ ޙަލާލު މުޢާމަލާތަކަށް ވާން ޖެހޭ

(17 ސެޕްޓެމްބަރ 2018 ވަނަ ދުވަހު ޝާއިޢުކޮށްފައިވާ ލިޔުމާ ގުޅޭ(

ތައުމީނުގެ ޝަރުޢީ މާނައަށް ބަލާއިރު މި ޢަޤުދަކީ މި އިންޝުއަރެންސުގެ ޚިދުމަތްދޭ ފަރާތާއި، ޚިދުމަތް ލިބިގަންނަ ފަރާތާއި ދެމެދު ކުރެވޭ އެއްބަސްވުމެއް ގައި ހިމެނިފައިވާ ގޮތަށް ކުރިމަތިވާ ޙާދޘާއަކުން ދިމާވާ ގެއްލުމަކަށް، ނުވަތަ އެހެން ކަމަކަށް، ވިއަސް ޚިދުމަތް ފޯރުކޮށްދޭ ފަރާތުގެ ޢަޤުދުގައިވާ މިންވަރުގެ ފައިސާ ނުވަތަ އެނޫން ވެސް މާލީ ބަދަލެއް ދިނުމަށް އެއްބަސްވެ ކުރެވޭ ޢަޤުދެކެވެ. އަދި ކުރިމަތިވި ނުރައްކާ، ކުރިމަތިވުމުން ދޭން އެއްބަސްވާ ބަދަލަކީ އިންޝުއަރެންސް ހޯދާ ފަރާތުން އިންޝުއަރެންސްގެ ޚިދުމަތްދޭ ފަރާތަށް އެއް ފަހަރާ ނުވަތަ ވަކިވަކިން ދައްކާ ފައިސާގެ ބަދަލެއްގެ ގޮތުގައި ދެވޭ އެއްޗެކެވެ.

ވިޔަފާރިއަކީ އިސްލާމް ދީނުގައި ހުއްދަ ކުރައްވާފައިވާ ކަމެކެވެ. ނަމަވެސް އެކަން ކުރަން ޖެހެނީ އިސްލާމީ އުޞޫލުތަކާ އެއްގޮތަށެވެ. الله سبحانه وتعالى ކީރިތި ޤުރްއާނުގައި ވަޙީ ކުރައްވާފައި ވެއެވެ. وَأَحَلَّ اللَّـهُ الْبَيْعَ وَحَرَّمَ الرِّبَا (البقرة: ٢٧٥) މާނައީ: "ވިޔަފާރި ކުރުންވަނީ، الله، ހުއްދަ ކުރައްވާފައެވެ. އަދި، رِبا ވަނީ حرام ކުރައްވާފައެވެ." މި އާޔަތުން އެނގޭ ގޮތުގައި ވިޔާފާރި ކުރުމަކީ ހުއްދަ ޙަލާލު ކަމެކެވެ. ނަމަވެސް އެކަން ކުރާއިރު ރިބާ އެކުލެވިގެން ވާނޭހެން ވިޔަފާރި ކުރުމަކީ ޙަރާމްކަމެއް ކަމުގައި އަންގަވާފައި ވެއެވެ. މިހެންވުމުން ދޭހަވަނީ ޙާލާލު ކަންކަން ކުރާއިރު އެއާ އެކު އެކީގައި ކުރާ ކަންކަމުގައި ޙަރާމް ނުވަތަ ޙަލާލު ނޫން ކަންކަން އެކަމެއްގެ ތެރޭގައި ލާމެހިފައި ހުރިތޯ ނުވަތަ ނޫންތޯ ޔަޤީން ކުރަން ޖެހޭކަމެވެ. އަދި ﷲ ޙަރާމް ކުރައްވާފައިވާ ކަންކަން، ރިބާ ފަދަ ކަންކަމުން ސަލާމަތްވެ ތިބެ ވިޔަފާރި ނުވަތަ އެހެނިހެން ކަންކަމުގައި ވެސް މުޢާމާލާތު ކުރަން ޖެހޭކަމެވެ.

އަޅުގަނޑު މެންނަކީ މުސްލިމުންނެވެ. އެހެން ކަމުން ދިރިއުޅުމުގައި، އަދި ދިރިއުޅުމާއި ގުޅިފައިވާ އެންމެހައި ކަންކަމުގައި ވެސް އެންމެ ބޮޑު ސަމާލު ކަމެއް ދޭންޖެހޭނީ މާތްވެގެންވާ އިސްލާމްދީނުގައި ހުއްދަ ޙަލާލު ހަމަތަކާ އެއްގޮތަށް ޢަމަލުތައް ބެހެއްޓުމަށެވެ. އަޅުގަނޑުމެންގެ ތެރެއަށް "ތައުމީން" ނުވަތަ "އިންޝުއަރެންސް" ތަޢާރަފް ވީއްސުރެ ދުނިޔޭގެ އެކިއެކި ކަންކޮޅުތަކުގައި އެހެނިހެން ދީންތަކުގެ މީހުން ވެސް މިޚިދުމަތް ލިބިގަންނަމުން ދެއެވެ. އެންމެ ފުރަތަމަ ކޮންވެންޝަނަލް އިންޝުއަރެންސް ނުވަތަ ތައުމީން ތަޢާރަފްވެ މި ޚިދްމަތް ފޯރުކޮށްދޭން ފެށިފައި ވާކަމަށް ތާރީޚުން ފެންނަނީ 13 ވަނަ ޤަރުނުގައި އިނގިރޭސިވިލާތުގަ އެވެ. ހުއްދަ ޙަލާލު ތައުމީން، އިސްލާމިކް އިންޝުއަރެންސް ނުވަތަ ތަކާފުލް، ދުނިޔެއަށް ތަޢާރަފް ވެފައިވާ ކަމަށް ޢިލްމުވެރިން ވިދާޅުވެފައިވަނީ 1979 ވަނަ އަހަރުއެވެ. އެއީ އެފްރިކާ ބައްރުގެ އިސްލާމީ ދައުލަތެއް ކަމުގައިވާ ސޫދާނުގައެވެ.

ނުނިމޭ

ކޮމެންޓް

އިތުރަށް ކިޔާލަން

ޙަލާލު ގޮތުގައި ތައުމީނު (އިންޝުއަރެންސް) ކުންފުނިތައް ހިންގުން

ޙަލާލު ގޮތުގައި ތައުމީނު (އިންޝުއަރެންސް) ކުންފުނިތައް ހިންގުން

27 އޮކްޓޯބަރު 2018
ޙަލާލު ގޮތުގައި ތައުމީނު (އިންޝުއަރެންސް) ކުންފުނިތައް ހިންގުން

ޙަލާލު ގޮތުގައި ތައުމީނު (އިންޝުއަރެންސް) ކުންފުނިތައް ހިންގުން

15 އޮކްޓޯބަރު 2018
ޙަލާލު ގޮތުގައި ތައުމީނު (އިންޝުއަރެންސް) ކުންފުނިތައް ހިންގުން

ޙަލާލު ގޮތުގައި ތައުމީނު (އިންޝުއަރެންސް) ކުންފުނިތައް ހިންގުން

10 އޮކްޓޯބަރު 2018
ޙަލާލު ގޮތުގައި ތައުމީނު (އިންޝުއަރެންސް) ކުންފުނިތައް ހިންގުން

ޙަލާލު ގޮތުގައި ތައުމީނު (އިންޝުއަރެންސް) ކުންފުނިތައް ހިންގުން

06 އޮކްޓޯބަރު 2018
ޙަލާލު ގޮތުގައި ތައުމީނު (އިންޝުއަރެންސް) ކުންފުނިތައް ހިންގުން

ޙަލާލު ގޮތުގައި ތައުމީނު (އިންޝުއަރެންސް) ކުންފުނިތައް ހިންގުން

05 އޮކްޓޯބަރު 2018

އަހަރުތަކުން މިއަދު

29 އެޕްރީލު
ޔުމުނު ކަރު ބިނދިފައި އޮތުމުންކުރި އެންމެ ނުރައްކާތެރި ސާރޖަރީ ކާމިޔާބު: އާއިލާ
20251 އަހަރު ކުރިން
ރާއްޖެ

ޔުމުނު ކަރު ބިނދިފައި އޮތުމުންކުރި އެންމެ ނުރައްކާތެރި ސާރޖަރީ ކާމިޔާބު: އާއިލާ

އާން ސްލޮޓް: ލިވަޕޫލަށް ފެނުނު ހުވަފެނެއް! މާބޮޑު މޮޅެއް ހޯދި ކާކު؟
20242 އަހަރު ކުރިން
މީހުން

އާން ސްލޮޓް: ލިވަޕޫލަށް ފެނުނު ހުވަފެނެއް! މާބޮޑު މޮޅެއް ހޯދި ކާކު؟

ލަމީން ޔަމާލް ބާސެލޯނާގެ ރެކޯޑް މުގުރާލައިފި، ބާކީ ބޭނުންވަނީ 8 ޕޮއިންޓް
20233 އަހަރު ކުރިން
ކުޅިވަރު

ލަމީން ޔަމާލް ބާސެލޯނާގެ ރެކޯޑް މުގުރާލައިފި، ބާކީ ބޭނުންވަނީ 8 ޕޮއިންޓް

އިންޑޮނޭޝިއާއިން ޕާމް އޮއިލް އެކްސްޕޯޓުކުރުން ހުއްޓާލުން؛ ދުނިޔޭގެ ބާޒާރުގައި ކައްކާ ތެލުގެ އަގު މައްޗަށް
20224 އަހަރު ކުރިން
ދުނިޔެ

އިންޑޮނޭޝިއާއިން ޕާމް އޮއިލް އެކްސްޕޯޓުކުރުން ހުއްޓާލުން؛ ދުނިޔޭގެ ބާޒާރުގައި ކައްކާ ތެލުގެ އަގު މައްޗަށް

މައިގްރޭންތަ؟ ތެދުވެ ނޫޅެވޭ ވަރަށްވެސް ބޮލުގައި ރިއްސާތަ؟
20215 އަހަރު ކުރިން
ރިޕޯޓު

މައިގްރޭންތަ؟ ތެދުވެ ނޫޅެވޭ ވަރަށްވެސް ބޮލުގައި ރިއްސާތަ؟

އޮސްޓްރޭލިއާ އިން ދެ މިލިއަން ބުޅާ މަރާލަނީ
20197 އަހަރު ކުރިން
ދުނިޔެ

އޮސްޓްރޭލިއާ އިން ދެ މިލިއަން ބުޅާ މަރާލަނީ

މާލޭ ފަތާ ޓްރެކް ސަރަހައްދު ހިކެނީ!
20188 އަހަރު ކުރިން
ރިޕޯޓު

މާލޭ ފަތާ ޓްރެކް ސަރަހައްދު ހިކެނީ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު