Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
އިސްލާމްއިންޝުއަރެންސް

ހަލާލު ގޮތުގައި ތައުމީން ކުންފުނިތައް ހިންގުން

13 ސެޕްޓެމްބަރު 2018 | ބުރާސްފަތި 09:20

ދެ ފަރާތް ޙިއްޞާވާ ގޮތަށް އެހީތެރިކަން ފޯރުކޮށްދެވޭ.

އަހްމަދުﷲ ޖަމީލް
އަހްމަދުﷲ ޖަމީލް | 13 ސެޕްޓެމްބަރު 2018 | ބުރާސްފަތި 09:20
އިންޝުއަރެންސަކީ ލިބޭ ގެއްލުމަކަށް ކުރިން އެއްބަސްވެވިފައިވާ އުޞޫލުން ބަދަލު ދިނުނ.

އިންޝުއަރެންސަކީ ލިބޭ ގެއްލުމަކަށް ކުރިން އެއްބަސްވެވިފައިވާ އުޞޫލުން ބަދަލު ދިނުނ.

ތައުމީނަކީ އޭގެ ޒާތުގައި އެއީ އިސްލާމީ ޝަރީޢަތުގައި ހުއްދަ ކަމެއް ނޫނެވެ. އެއީ ޣައިރު މުސްލިމުން 20 ވަނަ ޤަރުނުގެ ތެރޭގައި ވުޖޫދު ކުރި ނިޡާމެކެވެ. މިނިޡާމުގައި އިސްލާމީ ޝަރީޢަތާ ޚިލާފު ކަންކަން އެކުލެވިގެން ވިއެވެ. މިހެން އޮތުމުން އިސްލާމީ އިޤްތިޞާދީ މާހިރުންނާއި، ދީނީ ޢިލްމުވެރިންގެ އެހީތެރިކަމާ އެކު މި ނިޡާމަށް އިސްލާމީ އުޞޫލާއި، ހަމަތައް ގެނެސް ޝަރިޢާ އާ އެއްގޮތަށް ނިޡާމު ހިންގުމުގެ އުޞޫލު ވަނީ ގެނެސްފައެވެ. މި ގޮތުން ވިޔަފާރީގެ އުޞޫލުން ކުންފުނި އުފައްދައި، އެކުންފުނި ހިންގާނޭ އިސްލާމީ ތައުމީނުގެ އުޞޫލު ވަނީ ޤާއިމް ކޮށްފައެވެ.

ތައުމީނަކީ: ނުރައްކަލެއް، ނުވަތަ މުޞީބަތެއް ކުރިމަތިވާ ހިނދު، އޭގެ ބަދަލު ތައުމީނު (އިންޝުއަރ) ކޮށްދޭ ފަރާތުން ލިބިދެވޭ ގޮތަށް، ތައުމީނު ކޮށްދިނުމަށް އެދޭފަރާތުން އެއް ފަހަރާ، ނުވަތަ މަހުން މަހަށް ދައްކާގޮތަށް، އިސްލާމް ދީން ހުއްދަކުރާ، ހަމަތަކުގެ މަތިން، ފައިސާ ދައްކަމުން ގެންދާގޮތަށް ކުރެވޭ ޢަޤްދެކެވެ. ތައުމީން ކުރުން، ނުވަތަ އިންޝުއަރ ކުރުމަކީ، އިންޝުއަރ ކުރާ އެއްޗަކަށް މުސްތަޤްބަލްގައި ކުރިމަތިވެދާނެ ގެއްލުމަކަށް ބަދަލުހޯދުމުގެ ގޮތުން އިންޝުއަރެންސް ކުންފުނިން އެދޭ ޕްރީމިއަމް އެއް ވެރިފަރާތުން ދިނުމަށްފަހު އެއްބަސްވުމަކަށް އައުމަވެ. މި އެއްބަސްވުމަކީ ތައުމީނުގެ ދާއިރާގެ މީހުން ކިޔާ ގޮތުން ނަމަ އިންޝުއަރެންސް ޕޮލިސީ އެވެ.

ތަކާފުލް ނުވަތަ އިސްލާމިކް އިންޝުއަރެންސް އަކީ ވަރަށް ފުރިހަމަ އޮނިގަޑެއްގެ ދަށުން، ދިމާވާ ކުއްލި ޙާލަތެއްގައި ނިކަމެތިކަން ލިބޭ ފަރާތަށް، ދެ ފަރާތް ޙިއްޞާވާ ގޮތަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ. ދީނީ ނަޒަރަކުން ބަލާއިރު މިކަން އެންމެ ބޮޑަށް ވައްތަރުވަނީ އިސްލާމްދީނުގެ އެއްރުކުން ކަމުގައިވާ ޒަކާތާއެވެ. ކުރިންވެސް ދެންނެވުނު ފަދައިން އިސްލާމިކް އިންޝުއަރެންސް އާއި ކޮންވެންޝަނަލް އިންޝުއަރެންސްގެ މަގްޞަދުތައް ފުށުއަރައެވެ. މިހެންވުމުން ތައުމީނުލްއިސްލާމީ ހިންގުމުގައި މަޤްޞަދުތައް ތަފާތު ކުރެވެއެވެ. މިގޮތުން، އިސްލާމިކް އިންޝުއަރެންސް ހިންގަނީ ބައިވެރިން ދައްކާ ކޮންޓްރިބިއުޝަންގެ އެހީގައެވެ. އެ ބައިވެރިންގެ މެދުގައި އެއްބަސްވެފައިވާ އުޞޫލުގެ މަތިން ގެއްލުމެއް ދިމާވާ ބައިވެރިޔާއަށް އެހެން ހުރިހާ ބައިވެރިންގެ ރުހުމާއި އެކު އެއްކުރެވިފައިވާ އެ ކޮންޓްރިބިއުޝަން އިން ގެއްލުމުގެ ބަދަލު ދެވޭ ގޮތަށެވެ. އެހެންކަމުން ގެއްލުންވާ ފަރާތަށް ބަދަލު ދެވެނީ އެންމެހައި ބައިވެރިންގެ ރުހުމާއި އެކު އިސްލާމީ އުޞޫލު ތަކާއި ހަމަތަކުގެ މަތިން އެ ބޭނުން ޖެހިފައިވާ ފަރާތްތަކަށް އެހީތެރިވުމުގެ މަޤްޞަދުގައެވެ. މީގެ އިތުރުން އެއްބަސްވެފައިވާ އުޞޫލުގެ މަތިން އިސްލާމިކް އިންޝުއަރެންސްގެ ކަންތައް ހިންގައިގެން ފައިދާ ވެއްޖެނަމަ ހަމަހަމަކަމާއި އެކު ކޮންމެ ބައިވެރިޔަކަށް ވެސް އެ ބައިވެރިޔަކު ދެއްކި ކޮންޓްރިބިއުޝަންގެ ޙިއްޞާއަށް ބެލި ފައިދާ ވެސް ބަހަން ޖެހެއެވެ.

އިސްލާމިކް އިންޝުއަރެންސް ނުވަތަ ތަކާފުލް ކުންފުނިތައް އިސްލާމީ ޝަރީޢާ އާއި އުޞޫލުތަކާއި އެއްގޮތްވާ ގޮތުގެމަތިން ހިންގުމަށްޓަކައި ކޮންމެ ކުންފުންޏެއްގައި ވެސް ޝަރީޢާ އާއި ސުޕަވައިޒަރީ ބޯޑެއް އެކުލަވާލަން ޖެހެއެވެ. އަދި އެންމެހައި ކަންތައްތައް ހިނގަނީ ޝަރީޢާ އާއި އިސްލާމީ އުޞޫލު ތަކާއި ހަމަތަކާއި އެއްގޮތްވާ ގޮތުގެމަތިން ތޯ ބެލުމަކީ އެ ބޯޑުގެ ފުރިހަމަ ޒިންމާއެކެވެ. ނަމަވެސް މިބޯޑުން ކުންފުނީގެ ދުވަހުން ދުވަހަށް ހިންގޭ ކަންތައްތައް ބަލަހައްޓާކަށް ނުޖެހޭނެއެވެ. މިކަންތައްތައް ބަލަހައްޓައި އެބޯޑަށް ފުރިހަމަ މޢުލޫމާތު އެރުވުމަށްޓަކައި ޝަރީޢާ ކޮންޕްލައެންސް އޮފިސަރެއް (ހިނގަމުންދާ ގޮތް ބަލައި ހިނގާ ނުހިނގާ ގޮތް ބެލެހެއްޓުމަށް) ޢައްޔަން ކުރެވެންޖެހެ އެވެ. މި މޤާމަކީ މިހާރުގެ ކުންފުނިތައް ހިންގޭ އުޞޫލުތަކުން ދަންނަވާނަމަ އިންޓާނަލް އޮޑިޓަރ ނުވަތަ އެއާ އެއް ފެންވަރެއްގެ މަޤާމަކަށް ވާންޖެހެއެވެ. ކުންފުނީގައި އޮންނަ ޝަރީޢާ ބޯޑުގައި ވެސް އިސްލާމީ ޝަރީޢާ ދަންނަ ބަޔަކާއި، އިންޝުއަރެންސް ދަންނަ ބަޔަކު ތިބެން ޖެހެއެވެ. އަދި ބޯޑުން ނިންމާ ކޮންމެ ކަމެއް ނިންމަން ޖެހެނީ އިސްލާމީ އުޞޫލުތަކާ އެއްގޮތަށެވެ.

ނުނިމޭ

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ތުރުކީގެ އަޝްޓާޝް އިން 300 މިލިއަން ޑޮލަރުގެ ލަގްޒަރީ ރިސޯޓެއް ރާއްޖޭގައި ތަރައްގީކުރަނީ

3

އުތުރު ކޮރެއާއިން ޖަޕާނަށް އަސްކަރީ ފިޔަވަޅުއަޅާނެ ކަމުގެ އިންޒާރުދީފި

4

ޓްރަމްޕްގެ "ތިންވަނަ ހަނގުރާމަ" ވެސް ނާކާމިޔާބުވެ އެމެރިކާ ބަލިވެއްޖެ: އީރާނުގެ ލީޑަރުގެ އެޑްވައިޒަރ

5

އީރާން ބަލިވެފައިވާކަމަށް 106 ފަހަރު އަދި އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށް 80 ފަހަރު ޓްރަމްޕް ވިދާޅުވެފައިވާތީ، އީރާންގެ ޤައުމީ ސަލާމަތާ ބެހޭ ކޮމެޓީގެ މެންބަރެއްގެ މަލާމާތް ޓްރަމްޕް އަށް!

އިތުރަށް ކިޔާލަން

27 އޮކްޓޯބަރު 2018

ޙަލާލު ގޮތުގައި ތައުމީނު (އިންޝުއަރެންސް) ކުންފުނިތައް ހިންގުން

27 އޮކްޓޯބަރު 2018
ޙަލާލު ގޮތުގައި ތައުމީނު (އިންޝުއަރެންސް) ކުންފުނިތައް ހިންގުން
15 އޮކްޓޯބަރު 2018

ޙަލާލު ގޮތުގައި ތައުމީނު (އިންޝުއަރެންސް) ކުންފުނިތައް ހިންގުން

15 އޮކްޓޯބަރު 2018
ޙަލާލު ގޮތުގައި ތައުމީނު (އިންޝުއަރެންސް) ކުންފުނިތައް ހިންގުން
10 އޮކްޓޯބަރު 2018

ޙަލާލު ގޮތުގައި ތައުމީނު (އިންޝުއަރެންސް) ކުންފުނިތައް ހިންގުން

10 އޮކްޓޯބަރު 2018
ޙަލާލު ގޮތުގައި ތައުމީނު (އިންޝުއަރެންސް) ކުންފުނިތައް ހިންގުން
06 އޮކްޓޯބަރު 2018

ޙަލާލު ގޮތުގައި ތައުމީނު (އިންޝުއަރެންސް) ކުންފުނިތައް ހިންގުން

06 އޮކްޓޯބަރު 2018
ޙަލާލު ގޮތުގައި ތައުމީނު (އިންޝުއަރެންސް) ކުންފުނިތައް ހިންގުން
05 އޮކްޓޯބަރު 2018

ޙަލާލު ގޮތުގައި ތައުމީނު (އިންޝުއަރެންސް) ކުންފުނިތައް ހިންގުން

05 އޮކްޓޯބަރު 2018
ޙަލާލު ގޮތުގައި ތައުމީނު (އިންޝުއަރެންސް) ކުންފުނިތައް ހިންގުން
05 އޮކްޓޯބަރު 2018

‏ޙަލާލު ގޮތުގައި ތައުމީނު ކުންފުނިތައް ހިންގުން ‏

05 އޮކްޓޯބަރު 2018
‏ޙަލާލު ގޮތުގައި ތައުމީނު ކުންފުނިތައް ހިންގުން ‏
17 ސެޕްޓެމްބަރު 2018

ޙަލާލު ގޮތުގައި ތައުމީނު ކުންފުނިތައް ހިންގުން

17 ސެޕްޓެމްބަރު 2018
ޙަލާލު ގޮތުގައި ތައުމީނު ކުންފުނިތައް ހިންގުން
15 ސެޕްޓެމްބަރު 2018

ޙަލާލު ގޮތުގައި ތައުމީނު ކުންފުނިތައް ހިންގުން

15 ސެޕްޓެމްބަރު 2018
ޙަލާލު ގޮތުގައި ތައުމީނު ކުންފުނިތައް ހިންގުން
08 ޖެނުއަރީ 2018

ޙަލާލު ގޮތުގައި މުދާ ހޯދައިގެން ކާންޖެހޭ ސަބަބަކީ ކޮބާ؟

08 ޖެނުއަރީ 2018
ޙަލާލު ގޮތުގައި މުދާ ހޯދައިގެން ކާންޖެހޭ ސަބަބަކީ ކޮބާ؟
12 އޯގަސްޓު 2017

ހައްޖުގެ ފައިދާ އެންމެ ފުރިހަމަ ގޮތުގައި ލިބިގަތުން

12 އޯގަސްޓު 2017
ހައްޖުގެ ފައިދާ އެންމެ ފުރިހަމަ ގޮތުގައި ލިބިގަތުން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް