Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރިޔާސީ އިންތިހާބު 2018

އެމްބަސީތަކަށް ހުށައަޅާ ފޯމްތަށް ރަޖިސްޓްރީ ނުވެ ގިނަ ދުވަސްވޭ: އިބޫ

2 އޯގަސްޓު 2018 | ބުރާސްފަތި 09:07

މެލޭޝިއާ ސިންގަޕޫރުގެ ކެމްޕެއިން ޓީމާ ބައްދަލުކުރެއްވި

މުހަންމަދު ވިސާމް
މުހަންމަދު ވިސާމް | 2 އޯގަސްޓު 2018 | ބުރާސްފަތި 09:07
އެމްޑީޕީގެ ކެނޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ)

އެމްޑީޕީގެ ކެނޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ)

ރާއްޖެއިން ބޭރުގައި ދިރިއުޅޭ ދިވެހިން ވޯޓްލުމަށް ރީރަޖިސްޓްރީ ކުރުމަށް އެމްބެސީތަކަށް ހުށައަޅާ ފޯމް ރަޖިސްޓްރީ ނުވެ ގިނަ ދުވަސްތަކެއްވާ ކަމުގެ ޝަކުވާ ލިބެމުންދާ ކަމަށް ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ފަރާތުން އިންތިހާބުގައި ވާދަކުރައްވާ އެމްޑީޕީގެ ކެނޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ވިދާޅުވެއްޖެވެ.

މެލޭޝިއާ އާއި ސިންގަޕޫރަށް ކުރެއްވި ދެ ދުވަހުގެ ކެމްޕެއިން ދަތުރުފުޅު ނިންމާލެއްވުމަށް ފަހު ބުރާސްފަތި ދުވަހު މާލެ ވަޑައިގެން ނޫސްވެރިންނަން މައުލޫމާތު ދެއްވަމުން އިބޫ ވިދާޅުވީ ރީރަޖިސްޓްރީ ކުރުމަށް އެ ދެގައުމުގެ އެމްބެސީތަށް ހުށައަޅާ ފޯމްތަށް ރަޖިސްޓްރީނުވެ ގިނަ ދުވަސްތަކެއްވާކަމުގެ ޝަކުވާ ލިބިފައިވާ ކަމަށެވެ. އެއީ ކަންބޮޑުވެލައްވާ ކަމެއްކަން ފާހަގަކުރައްވަމުން އިބޫ ވިދާޅުވީ ވޯޓުފޮށި ބަހައްޓާ ގައުމުތަކުގެ އެމްބެސީތަކަށް ހުށައަޅާ ރީރަޖިސްޓްރީ ފޯމްތަށް އަވަހަށް އިލެކްޝަން ކޮމިޝަނަން ފޮނުވާ ރީރަޖިސްޓްރީޝަންގެ ކަންކަން ނިންމާދެއްވުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.

Advertisement - newsAdvertisement
"ރީރަޖިސްޓްރީކުރަން އެމްބަސީތަކަށް ހުށައަޅާ ފޯމްތަށް ރަޖިސްޓްރީ ނުވެ ގިނަ ދުވަސްވާ ޝަކުވާ އެބަ އާދޭ އަޅުގަނޑުމެންނަށް، އެހެންވީމަ އެއާއި ދޭތެރޭގައި ކަންބޮޑުވުންތަކެއް އެބަހުރި، އަޅުގަނޑުމެންގެ އެދުމަކީ އެމްބެސީތަކުންވެސް ރައްޔިތުން މި ހުށައަޅާ ފޯމްތަށް ވީހާވެސް އަވަހަކަށް އިލެކްޝަން ކޮމިޝަނަން ފޮނުވާ، އޭގެ ރަޖިސްޓްރޭޝަން ކަންކަން ނިންމާދިނުން، އެހެންނޫނީ ރައްޔިތުންނަން ވޯޓުލާން ތައްޔާރަށް ތިބި އެފަރާތްތަކަށް މީގެ ކަންބޮޑުވުންތަކެއް އެބަ އާދޭ" މެލެޝީއާއި ސިންގަޕޫރުގައި ކެމްޕެއިން ހިންގާ އިސްފަރާތްތަކާއި ބައްދަލުކުރެއްވުމަށްފަހު މާލެ ވަޑައިގެން އިބޫ ވިދާޅުވިއެވެ.

އިބޫ މާލެ ވަޑައިގެންނެވި ވަގުތު އާންމު ރައްޔިތަކު އެމަނިކުފާނާ ސަލާމް ކުރައްވަނީ

އެފަދަ ޝައްކެއް ރާއްޖެއިން ބޭރުގައި ދިރިއުޅުއްވާ ރައްޔިތަކަށް ކުރެވޭނަމަ އަލުން ފޯމެއް ފުރުއްވާ ޔަގީންކަން އޮންނަ ފަރާތެއް މެދުވެރިކޮށް ކުރިއަށް ގެންދިއުމަށް އިބޫ އެދިވަޑައިގެންނެވިއެވެ.

މި ދަތުރުގައި މެލޭޝިއާ އަދި ސިންގަޕޫރުގައި ކެމްޕެއިންގެ މަސައްކަތުގައި އިސްކޮށް ހަރަކާތްރިވާ މީހުންނާއި ބައްދަލުކުރެއްވުމުގެ އިތުރުން، ރާއްޖޭގައި އިންވެސްޓްކޮށްފައިވާ ބޭރުގެ ފަރާތްތަށް އެމަނިކުފާނާއި ބައްދަލުކުރައްވާ ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ސިޔާސަތުތަށް އޮޅުންފިލުވި ކަމަށް އިބޫ ވިދާޅުވިއެވެ.

ރީރަޖިސްޓްރީ ކުރުމަށް ގިނަ ފޯމްތަކެއް އިލެކްޝަން ކޮމިޝަނަން ހުށައެޅުމުން ވާނުވާނޭގި ދާތީ ކަންބޮޑުވުން ފާޅުކުރައްވާ އިބޫ ވިދާޅުވީ އެ ކަމާއި ދޭތެރޭގައި ހިއުމަން ރައިޓްސް ކޮމިޝަނާއި ކަމާއި ބެހޭ މުވައްސަސާތަށް ހަނު ތިބުމަކީ ޝައްކުތަކެއް އުފެދެއް ދިމާވާ ކަމެއް ކަމަށެވެ.

"މިކަންތައްތަށް ބަލަންޖެހޭ ފަރާތްތަކުން ބަލާ، ވީހާވެސް އަވަހަކަށް މިކަން ހަލުވިކޮށް ކުރެވޭނެ ގޮތެއް އިންތިޒާމް ކުރުމަކީ ކުރިއަށް އޮތް އިންތިޚާބު އިންސާފުވެރިކަމާއި އެކީގައި ކުރިއަށް ގެންދިއުމަށް މުހިންމުކަމެއް ކަމުގައި އަޅުގަނޑު ދެކެން " އިބޫ ވިދާޅުވިއެވެ.

ވޯޓުލުމުގެ ޙައްގަށް ސަރުކާރުންނާއި އިލެކްޝަން ކޮމިޝަނުން އަރައިގަންނަމުންދާ ކަމަށް ބުނެ ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ވަނީ ހިއުމަން ރައިޓްސް ކޮމިޝަނާއި ވެސް ބައްދަލުކޮށްފައެވެ. އިބޫ މާލެ ވަޑައިގެންނެވުމާއި އެކު ކެމްޕެއިން ހަރަކާތްތަށް އިތުރަށް ރޭފިވައިވާ ގޮތަށް ކުރިއަށް ގެންދަވާނެއެވެ. އެގޮތުން ހުކުރު ދުވަހު މާލޭގައި ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ފަރާތުން ޕޯސްޓަރު ހަރުކުރުމުގެ ހަރަކާތެއް ކުރިއަށް ގެންދަން ނިންމާފައިވާއިރު، ކެމްޕެއިން ދަތުރެއްގައި މި ހަފްތާގައި އިބޫ ތ އަތޮޅަށާއި ލ. އަތޮޅަށް ވަޑައިގަންނަވާނެއެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

އިޓަލީގެ ޑައިވަރުންގެ ހަށިތައް ނެގުމަށް ޑައިވްކުރި ސާޖަންޓް މަހުދީ މަރުވި ހަގީގީ ސަބަބު އޮތީ އާންމުންނަށް ސިއްރުކޮށްފައި ކަމަށް އާއިލާއިން ބުނެފި - ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އީރާނުގެ ލީޑަރު ޚާމަނާއީގެ ވީޑިއޯ އާންމުކޮށް، ސިއްހީ ހާލަތާ މެދު ދައްކާވާހަކަތަކަށް ރައްދު ދީފި

އިތުރަށް ކިޔާލަން

14 މާރިޗު 2017

ނަރުހުންނަށް ވެކްސިން ދިނުމުގެ އުސޫލުން ބޭރުން ކަންކުރުމުން މައްސަލަ ހޫނުވެއްޖެ

14 މާރިޗު 2017
ނަރުހުންނަށް ވެކްސިން ދިނުމުގެ އުސޫލުން ބޭރުން ކަންކުރުމުން މައްސަލަ ހޫނުވެއްޖެ
09 މާރިޗު 2017

މިދިޔަ އަހަރު ރަޖިސްޓްރީކުރި 958 މައްސަލައިގެ ތެރެއިން 754 މައްސަލަ ނިމިފައިވޭ: އޭސީސީ

09 މާރިޗު 2017
މިދިޔަ އަހަރު ރަޖިސްޓްރީކުރި 958 މައްސަލައިގެ ތެރެއިން 754 މައްސަލަ ނިމިފައިވޭ: އޭސީސީ
03 މާރިޗު 2017

ވޯޓު ލުމަށް ރީރަޖިސްޓްރީ ކުރުމުގެ މުއްދަތު އަނެއްކާ ވެސް އިތުރުކޮށްފި

03 މާރިޗު 2017
ވޯޓު ލުމަށް ރީރަޖިސްޓްރީ ކުރުމުގެ މުއްދަތު އަނެއްކާ ވެސް އިތުރުކޮށްފި
24 ފެބުރުއަރީ 2017

ކަންނެލި މަސް ދޯންޏެއް ޚަބަރެއް ނުވެގެން ހޯދަނީ

24 ފެބުރުއަރީ 2017
ކަންނެލި މަސް ދޯންޏެއް ޚަބަރެއް ނުވެގެން ހޯދަނީ
18 ފެބުރުއަރީ 2017

މާލޭގެ ޒޯން ދޭއް އަދި ތިނަކުން ކުނި އުފުލުމުގެ ހިދުމަތަށް ރަޖިސްޓްރީކުރުމަށް ހުޅުވާލައިފި

18 ފެބުރުއަރީ 2017
މާލޭގެ ޒޯން ދޭއް އަދި ތިނަކުން ކުނި އުފުލުމުގެ ހިދުމަތަށް ރަޖިސްޓްރީކުރުމަށް ހުޅުވާލައިފި
16 ފެބުރުއަރީ 2017

ޑައިވިނަށް ދިޔަ ދިވެއްސެއްގެ ޚަބަރެއް ނުވެގެން ކޯސްޓް ގާޑުން ހޯދަން ފަށައިފި

16 ފެބުރުއަރީ 2017
ޑައިވިނަށް ދިޔަ ދިވެއްސެއްގެ ޚަބަރެއް ނުވެގެން ކޯސްޓް ގާޑުން ހޯދަން ފަށައިފި
05 ފެބުރުއަރީ 2017

ޔުމްނާގެ ސުވާލު: ބޮޑު ޖަލްސާ ފަސްކުރީ އިންތިހާބުގައި ވާދަކުރާނެ ކެނޑިޑޭޓުން ނުވެގެންބާ؟

05 ފެބުރުއަރީ 2017
ޔުމްނާގެ ސުވާލު: ބޮޑު ޖަލްސާ ފަސްކުރީ އިންތިހާބުގައި ވާދަކުރާނެ ކެނޑިޑޭޓުން ނުވެގެންބާ؟
22 ޖެނުއަރީ 2017

ޚަބަރެއް ނުވެގެން ހޯދަމުން ދިޔަ ދެ ފަތުވެރިންގެ ހަށިގަނޑު ފެނިއްޖެ

22 ޖެނުއަރީ 2017
ޚަބަރެއް ނުވެގެން ހޯދަމުން ދިޔަ ދެ ފަތުވެރިންގެ ހަށިގަނޑު ފެނިއްޖެ
20 ޖެނުއަރީ 2017

އިންތިހާބަށް ރީރަޖިސްޓްރީ ކުރުމުގެ ފުރުސަތު ވަރަށް އަވަހަށް ހުޅުވާލާނަން: އިލެކްޝަންސް

20 ޖެނުއަރީ 2017
އިންތިހާބަށް ރީރަޖިސްޓްރީ ކުރުމުގެ ފުރުސަތު ވަރަށް އަވަހަށް ހުޅުވާލާނަން: އިލެކްޝަންސް
12 ޖެނުއަރީ 2017

އައްޑޫ ސިޓީގައި ކާރެއް ކޮންޓްރޯލް ނުވެގެން ގޮސް ފާރަކަށް އަރައިފި

12 ޖެނުއަރީ 2017
އައްޑޫ ސިޓީގައި ކާރެއް ކޮންޓްރޯލް ނުވެގެން ގޮސް ފާރަކަށް އަރައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް