Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ރިޔާސީ އިންތިހާބު 2018

ވެރިކަމުގެ ފުރަތަމަ ދުވަހު ލާމަރުކަޒީ ނިޒާމުން ކައުންސިލްތަކަށް ލިބެންޖެހޭ ބާރުވެރިކަން ހޯދަދޭނަން: އިބޫ

ރައީސް ޔާމީނުގެ ސަރުކާރުން ސިޓީ ކައުންސިލަށް އެކި ކަހަލަ ދަތިތަށް ކުރިމަތިކުރުވާ

މުހަންމަދު ވިސާމް
މުހަންމަދު ވިސާމް, ރާއްޖެ އެމްވީ | 25 ޖުލައި 2018 | ބުދަ 12:32
އިބޫ މާލޭ ސިޓީ ކައުންސިލްގެ އިދާރާއަށް ވަޑައިގަތުމުން ފައިސަލް މަރުޙަބާ ދަންނަ ވަނީ

އިބޫ މާލޭ ސިޓީ ކައުންސިލްގެ އިދާރާއަށް ވަޑައިގަތުމުން ފައިސަލް މަރުޙަބާ ދަންނަ ވަނީ

ވެރިކަމުގެ ފުރަތަމަ ދުވަހު ލާމަރުކަޒީ ނިޒާމުން ކައުންސިލްތަކަށް ލިބެންޖެހޭ ބާރުވެރިކަން ހޯދައިދެއްވާނެ ކަމަށް އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓް އިބްރާހިމް މުހައްމަދު ޞާލިހު (އިބޫ) ވިދާޅުވެއްޖެއެވެ.

ބުދަ ދުވަހު މާލެ ސިޓީ ކައުންސިލާއި ބައްދަލުކުރެއްވުމަށް ފަހު ނޫސްވެރިނަން މައުލޫމާތު ދެއްވަމުން އިބޫ ވިދާޅުވީ ލާމަރުކަޒީ ނިޒާމް ތަޢާރަފްވެގެން ދިޔައީ ރައްޔިތުންނާއި ގާތުން ޚިދުމަތް ދިނުމުގެ ގޮތުން ކަމަށެވެ. އެމްޑީޕީ ވެސް ހިމެނޭގޮތަށް އުފެދިގެން އަންނަ ގުޅިފައިވާ ސިޔާސީ ޕާޓީތަކެއްގެ ވެރިކަމެގައި ލާމަރުކަޒީ ނިޒާމަށް ޖާގަ އޮންނާނެ ކަމަށް އިބޫ ވިދާޅުވިއެވެ.

Advertisement - newsAdvertisement
"މިއަދު ސިޓީ ކައުންސިލްގެ އޮފީހަށް ހާޒިރުވުމުން އަޅުގަނޑުމެންނަން ފެނިގެންދިޔައީ ހަމައެކަނި ނަންބޯޑެއް ހުރިތަން، އަޅުގަނޑަށް އިނގިފައި އޮތް ގޮތުން މިއީ 11000 އަށްވުރެ ގިނަ މުވައްޒިފުންނާއި އެކީގައި މަސައްކަތް ކުރަމުން އައި ތަނެން، މިއަދު ގާތް ގަނޑަކަށް ފަންސާސް ވެސް ހަމަ ނުވޭ. ބަޖެޓަށް ބަލާއިރު ވެސް މުޅި އަހަރަށް މި އޮންނާނީ ހަތް ހާސް ރުފިޔާ މުސާރަ ދީފަ ބަކީ، އެހެންކަންތައްތައް ކުރަން." އިބޫ ވިދާޅުވިއެވެ.

އިބޫ ވިދާޅުވީ "ރައީސް ޔާމީނުގެ އަނިޔާވެރި ސަރުކާރުން" އެކި ކަހަލަ ދަތިތައް ކުރިމަތިކުރުވާ ކަމަށެވެ. ސިޓީ ކައުންސިލާއި ބައްދަލުކުރެއްވުމުން ލާމަރުކަޒީ ނިޒާމް ހަރުދަނާ ކުރެއްވުމަށް ގެންނަންވީ ބަދަލުތަކާއި ކުރައްވަންވީ ކަންކަން ސާފުވެގެން ހިނގައްޖެ ކަމަށެވެ.

އިބޫ އާއި ފައިސަލް މާލޭ ސިޓީ ކައުންސިލާއި ބައްދަލުކުރައްވަނީ -- ފޮޓޯ: ރާއްޖެ.އެމްވީ

"އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ ވެރިކަމެއް ފެށޭ ދުވަހުން ފެށިގެން، ލާމަރުކަޒީ ނިޒާމުން ލިބިދޭންޖެހޭ ބާރުތަކާއި ފައިސާގެ މާލީ އެހީތެރިކަން ބަޖެޓުގެ ތެރެއިން ލިބިގެންދާނެ" އިބޫ ވިދާޅުވިއެވެ.

ކުރިއަށް އޮތް ދެ ތިން ދުވަހުގެ ތެރޭގައި ގުޅިފައިވާ ޕާޓީތަކުގެ މެނިފެސްޓޯ ފައިނަލް ވެގެންދާނެ ކަމަށާއި، އެ މެނިފެސްޓޯ ފައިނަލް ކުރައްވާއިރު އެފަދަ ބައްދަލުވުންތަކުން އެއްކުރާ މައުލޫމާތުތަކުގެ ބޭނުން ކުރައްވާނެ ކަމަށް އިބޫ ވިދާޅުވި އެވެ.

ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ކުރައްވާ މަސައްކަތަކީ ގައުމީ މަސައްކަތެއް ކަން ފާހަގަ ކުރައްވަމުން އިބޫ ވިދާޅުވީ ކޮންމެ ވޯޓަކީ ވެސް މުހިންމު ވޯޓެއް ކަމަށާއި އެހެންކަމުން ގައުމު އިސްލާހުކުރެއްވުމަށް ޕާޓީތަކުން ކުރައްވާ މަސައްކަތުގައި އެހެންމެހައި ރައްޔިތުން ބައިވެރި ވުން މުހިންމުކަމަށެވެ. ރައީސް ޔާމީނުގެ ސަރުކާރުން މިހާރު ކުރިއަށް ގެންދާ ރީ ރަޖިސްޓްރޭޝަންގެ ކަންކަން އޮޅުވާލުމަށް ސަރުކާރުން މަސައްކަތް ކުރަމުން އަންނަ ކަމުގެ މައުލޫމާތު ލިބިވަޑައިގަންނަވާ ކަމަށާއި އެ މަސައްކަތަށް ހާއްސަ ސަމާލުކަމެއް ދީގެން ބައިވެރިވުމަށް އިބޫ އިލްތިމާސް ކުރެއްވިއެވެ.

މި ބައްދަލުވުމުގައި އިބޫގެ ރަނިންގމޭޓް ކާށިދޫ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު ފައިސަލް ނަސީމް ވެސް ބައިވެރިވަޑައިގެންނެވިއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ވިސާމަށް ހުކުމް ކަނޑައެޅުުން މާޗް 9 ވަނަ ދުވަހު!

ވިސާމަށް ހުކުމް ކަނޑައެޅުުން މާޗް 9 ވަނަ ދުވަހު!

31 ޖެނުއަރީ 2017
އެންއެންޑީއެފުން ހިންގާ ނިޔަމި ކޯހުގެ ފުރަތަމަ ބުރު ފަށައިފި

އެންއެންޑީއެފުން ހިންގާ ނިޔަމި ކޯހުގެ ފުރަތަމަ ބުރު ފަށައިފި

28 ޖެނުއަރީ 2017
އިބްތިހާލު މަރުގެ މައްސަލާގައި އިހުމާލުވި ދައުލަތުގެ ފަސް މުވައްޒަފުންގެ ޝަރީއަތް އާދިއްތަ ދުވަހު!

އިބްތިހާލު މަރުގެ މައްސަލާގައި އިހުމާލުވި ދައުލަތުގެ ފަސް މުވައްޒަފުންގެ ޝަރީއަތް އާދިއްތަ ދުވަހު!

26 ޖެނުއަރީ 2017
އެމްޑީޕީގެ އަމާޒަކީ ރައްޔިތުން ބާރުވެރިކުރުވައިގެން ލާމަރުކަޒީ ނިޒާމު ހިންގުން: މުސްތަފާ ލުތުފީ

އެމްޑީޕީގެ އަމާޒަކީ ރައްޔިތުން ބާރުވެރިކުރުވައިގެން ލާމަރުކަޒީ ނިޒާމު ހިންގުން: މުސްތަފާ ލުތުފީ

26 ޖެނުއަރީ 2017
ވިސާމާއި ލީވާނަށް ހުކުމް ކުރުން އަންގާރަ ދުވަހު!

ވިސާމާއި ލީވާނަށް ހުކުމް ކުރުން އަންގާރަ ދުވަހު!

22 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

18 މެއި
ބަންކަރިން އާ ބެހޭ ގޮތުން މުއިއްޒުގެ ސަރުކާރުން ދޮގު ހަދާ އޮޅުވާލަނީ...
20251 އަހަރު ކުރިން
ރިޕޯޓު

ބަންކަރިން އާ ބެހޭ ގޮތުން މުއިއްޒުގެ ސަރުކާރުން ދޮގު ހަދާ އޮޅުވާލަނީ...

އާމެނިއަން ޔޫތު އޯޕަން ޑަބަލްސް ފައިނަލްގައި ރާއްޖޭގެ ލައިބާގެ ޕެއާ!
20242 އަހަރު ކުރިން
ކުޅިވަރު

އާމެނިއަން ޔޫތު އޯޕަން ޑަބަލްސް ފައިނަލްގައި ރާއްޖޭގެ ލައިބާގެ ޕެއާ!

"މަ ނޫން މީހަކަށް ލިބިގެން ނުވާނެ"
20233 އަހަރު ކުރިން
ރިޕޯޓު

"މަ ނޫން މީހަކަށް ލިބިގެން ނުވާނެ"

ޕެޓްރޯލް ލިބެންދެން ކައިރި ހޮޓަލެއްގައި ހުރެވޭނެ އިންތިޒާމް ހަމަޖައްސައިދޭން ބައެއް އެމްޕީން އެދިއްޖެ
20224 އަހަރު ކުރިން
ދުނިޔެ

ޕެޓްރޯލް ލިބެންދެން ކައިރި ހޮޓަލެއްގައި ހުރެވޭނެ އިންތިޒާމް ހަމަޖައްސައިދޭން ބައެއް އެމްޕީން އެދިއްޖެ

ފަހާފައިވާ ތަންތަނުގެ ރޮދި ކޮށައި އިތުރު ފަރުވާއަށް ތައްޔާރުވަނީ
20215 އަހަރު ކުރިން
ރާއްޖެ

ފަހާފައިވާ ތަންތަނުގެ ރޮދި ކޮށައި އިތުރު ފަރުވާއަށް ތައްޔާރުވަނީ

އުރީދޫ އިން ބިދޭސީންނަށް ހާއްސަކޮށް ރޯދަ ވީއްލުމެއް ބާއްވައިފި
20197 އަހަރު ކުރިން
ރާއްޖެ

އުރީދޫ އިން ބިދޭސީންނަށް ހާއްސަކޮށް ރޯދަ ވީއްލުމެއް ބާއްވައިފި

ޗައިނާ ސަރުކާރުން މުސްލިމުންގެ ކަރުބުޑަށް ރާއަޅަނީ..
20188 އަހަރު ކުރިން
ދުނިޔެ

ޗައިނާ ސަރުކާރުން މުސްލިމުންގެ ކަރުބުޑަށް ރާއަޅަނީ..

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު