Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރިޔާސީ އިންތިޚާބު 2018

ރަނިންގ މޭޓުގެ މަގާމް ލިބުނީ ކާށިދޫގެ ރައްޔިތުން ދެއްވި ފުރުސަތުން: ފައިސަލް

20 ޖުލައި 2018 | ހުކުރު 06:25

ކާށިދޫން ފައިސަލްގެ ޓީމަށް ވަނީ ހޫނު މަރުޙަބާއެއް ކިޔާފައި

މުހަންމަދު ވިސާމް
މުހަންމަދު ވިސާމް | 20 ޖުލައި 2018 | ހުކުރު 06:25
ފައިސަލް ކާށިދޫއަށް ވަޑައިގެންނެވުމުން މަރުޙަބާ ދަންވަނީ

ފައިސަލް ކާށިދޫއަށް ވަޑައިގެންނެވުމުން މަރުޙަބާ ދަންވަނީ

ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ރަނިންގ މޭޓް ކަމަކީ ކާށިދޫ ދާއިރާގެ ރައްޔިތުން ނިމިދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އެމަނިކުފާނަން ތާއިދުކޮށް އިންތިހާބުކުރެއްވުމުން ލިބިވަޑައިގެންނެވި ފުރުސަތެއް ކަމަށް ފައިސަލް ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ)ގެ ރަނިން މޭޓް ހުކުރުދުވަހު ހެނދުނު ކާށިދޫ އަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާއި ވާހަކަ ދައްކަވަމުން ވިދާޅުވީ ކުރިއެކޭ އެއްގޮތަށް އެމަނިކުފާނު މަސައްކަތް ކުރައްވަނީ ތަފާތުކުރުމެއް ނެތި ހުރިހާ ރައްޔިތުންގެ އަޑު އަހާއިގެން ކަމަށެވެ.

Advertisement - newsAdvertisement
"އަޅުގަނޑުގެ ފުރަތަމަ ދަތުރުގައި ކާށިދޫގައި ތިޔަ ބޭފުޅުންނާ ބައްދަލުވި ދުވަހު އަޅުގަނޑު ފުރަތަމަ ވެސް ދެންނެވި ގޮތަށް، އަޅުގަނޑު އިރާދަކުރެއްވިއްޔާ މަސައްކަތް ކުރާނީ މުޅި މުޖުތަމައުގެ މައްސަލަހަތަށް. މުޅި މުޖުތަމަގެ ކުރިއެރުމަށް" ބަނދަރު މަތީގައި ހުންނަވައި ކާށިދޫގެ ރައްޔިތުންނާ ވާހަކަ ދައްކަވަމުން ފައިސަލް ވިދާޅުވިއެވެ.

މިދަތުރުގައި އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީގެ ބައިވެރިވަޑައިގަންނަވާ

ކާށިދޫ ދާއިރާއަށް ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލަކީ ސިއްހީ މައްސަލަކަން ފާހަގަކުރައްވަމުން ފައިސަލް ވިދާޅުވީ ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ވެރިކަމެއްގައި ރާއްޖޭގެ ސިއްހީ ނިޒާމް ޙަރުދަނާ ކުރައްވާނެ ކަމަށެވެ. އަދި ކުރިއަކޭ އެއްގޮތަށް މަސައްކަތް ކުރައްވާ އުސޫލުން އިޖްތިމާއީ ކަންކަމުމުގައި އެމަނިކުފާނު މަސައްކަތް ކުރައްވާނެ ކަމަށް ފައިސަލް ވިދާޅުވިއެވެ. ރައްޔިތުން މާޔޫސްވުމެއް ނެތި ކުރިއަށް އޮތް ރިޔަސީ އިންތިހާބު ކާމިޔާބުކޮށްދިނުމަށް ގަދައަޅައި މަސައްކަތް ކުރެއްވުމަށް ފައިސަލް އެދިވަޑައިގެންނެވިއެވެ.

"އަޅުގަނޑަށް ފެނޭ މި ރަށުގެ ސިއްހީ ހާލަތު. އަދި ދިވެހި ރާއްޖޭގެ ކޮންމެ ރަށެއްގެ ސިއްހީ ހާލަތު ވެސް. އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ދިވެހި ރާއްޖެ ތަރައްގީވެގެންދާނީ ރާއްޖޭގެ ކޮންމެ ރަށަކަށް ވަކި ވަކިން އަޅާލެވިގެން. ރާއްޖެއަކީ ހުރިހާ ރަށްތަކަށް ހިމެނޭ ގޮތަށް އޮންނަ ގައުމެއް ކަމަށް ދެކިގެން،" ފައިސަލް ވިދާޅުވިއެވެ.

ފައިސަލް ކާށިދޫއަށް ވަޑައިގެންނުވުމުން އެރަށުގެ ރައްޔިތުން ވަނީ ޙޫނު މަރުހަބާއެއް ދަންނަވާފައެވެ.

ހުކުރު ދުވަހުގެ މެންދުރު ކުރީގައި ކާށިދޫއަށް ފައިސަލް ވަޑައިގެން ދޮރުން ދޮރަށް ވަނީ ހިންގަވާފައެވެ. އަދި ހުކުރު ނަމާދަށް ފަހު ގާފަރަށް ވަޑައިގެން ދޮރުންދޮރަށް ހިންގަވައި އެރަށުގެ ކެމްޕޭން ޓީމުތަކާ ބައްދަލު ކުރެއްވުމަށް ވެސް ވަނީ ހަމަޖެހިފައެވެ. މި ދަތުރުފުޅަކީ އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓް އިބްރާހިމް މުހައްމަދު ސާލިހްގެ ރަނިންމޭޓް ކަމަށް ފައިސަލް ކަނޑައެޅުއްވި ފަހުން އެމަނިކުފާނު، ރައްޔިތުންގެ މަޖިލީހުގެ ގޮނޑި ފުރުއްވާ ދާއިރާގެ ރަށްތަކަށް ވަޑައިގަންނަވާ ފުރަތަމަ ފަހަރެވެ. މި ފަހަރުގެ ކެމްޕެއިން ދަތުރެއްގައި ފައިސަލް އެންމެ ފުރަތަމަ ވަޑައިގެންނެވީ އޭނާގެ އުފަންރަށް ކަމަށްވާ ފުވައްމުލަކު ސިޓީއަށާއި، އައްޑޫ ސިޓީއަށެވެ. ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ޓީމަށް އެ ދެ ސިޓީން ހޫނު މަރުހަބާއެއް ކިޔާފައިވެއެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

އިޓަލީގެ ޑައިވަރުންގެ ހަށިތައް ނެގުމަށް ޑައިވްކުރި ސާޖަންޓް މަހުދީ މަރުވި ހަގީގީ ސަބަބު އޮތީ އާންމުންނަށް ސިއްރުކޮށްފައި ކަމަށް އާއިލާއިން ބުނެފި - ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އީރާނުގެ ލީޑަރު ޚާމަނާއީގެ ވީޑިއޯ އާންމުކޮށް، ސިއްހީ ހާލަތާ މެދު ދައްކާވާހަކަތަކަށް ރައްދު ދީފި

އިތުރަށް ކިޔާލަން

16 ނޮވެމްބަރު 2017

ސިޔާސީ މަގާމްތަކުގައި ތިބި މީހުންގެ މަސްއޫލިއްޔަތާއި އެމީހުންނަށް ކުރާ ޚަރަދު އާއްމު ކުރުމަށް އަދާލަތުން އެދިއްޖެ

16 ނޮވެމްބަރު 2017
ސިޔާސީ މަގާމްތަކުގައި ތިބި މީހުންގެ މަސްއޫލިއްޔަތާއި އެމީހުންނަށް ކުރާ ޚަރަދު އާއްމު ކުރުމަށް އަދާލަތުން އެދިއްޖެ
08 ނޮވެމްބަރު 2017

ސަރުކާރުގެ ސިޔާސީ މަގާމްތަކުގައި ތިބި ފަރާތްތަކުގެ އަތުން ޕީޕީއެމަށް ފައިސާ ނަގަނީ

08 ނޮވެމްބަރު 2017
ސަރުކާރުގެ ސިޔާސީ މަގާމްތަކުގައި ތިބި ފަރާތްތަކުގެ އަތުން ޕީޕީއެމަށް ފައިސާ ނަގަނީ
22 އޮކްޓޯބަރު 2017

އެމްޑީޕީ އެތެރޭގެ އިންތިހާބުން ރައީސް ނަޝީދަށް ލިބުނީ ނާކާމިޔާބީއެއް، މޮޅުވީ އަބްދުﷲ ޝާހިދު: ފަލާހު

22 އޮކްޓޯބަރު 2017
އެމްޑީޕީ އެތެރޭގެ އިންތިހާބުން ރައީސް ނަޝީދަށް ލިބުނީ ނާކާމިޔާބީއެއް، މޮޅުވީ އަބްދުﷲ ޝާހިދު: ފަލާހު
23 އޯގަސްޓު 2017

ނިޒާމެއް ނެތި، ސިފައިންގެ ބެލުމުގެ ދަށުގައި ވޯޓަށް، މުންދުއަށް ލިބުނީ 28 ވޯޓް!

23 އޯގަސްޓު 2017
ނިޒާމެއް ނެތި، ސިފައިންގެ ބެލުމުގެ ދަށުގައި ވޯޓަށް، މުންދުއަށް ލިބުނީ 28 ވޯޓް!
14 ޖުލައި 2017

ރައީސުލް ޖުމްހޫރިއްޔާއަކީ ރައްޔިތުންގެ ޚާދިމެއް، ވެރިކަން ލިބުނީމަ އެކަން ހަނދާން ނެތޭކަށް ނުޖެހޭ: ޑރ. ހުސައިން

14 ޖުލައި 2017
ރައީސުލް ޖުމްހޫރިއްޔާއަކީ ރައްޔިތުންގެ ޚާދިމެއް، ވެރިކަން ލިބުނީމަ އެކަން ހަނދާން ނެތޭކަށް ނުޖެހޭ: ޑރ. ހުސައިން
05 ޖުލައި 2017

އަދީބު މަރާލަން ރާވާ ކަމުގެ މައުލޫމާތު ލިބުނީ ފުލުހުންގެ ފަރާތުން: ވަކީލް

05 ޖުލައި 2017
އަދީބު މަރާލަން ރާވާ ކަމުގެ މައުލޫމާތު ލިބުނީ ފުލުހުންގެ ފަރާތުން: ވަކީލް
20 މެއި 2017

ކައުންސިލް އިންތިހާބުގައި ރައީސް ޔާމީނަށް ލިބުނު ވޯޓެއް ލިބުނީ ރައްޔިތުންނަށް ބިރު ދައްކައިގެން: އާޒިމް

20 މެއި 2017
ކައުންސިލް އިންތިހާބުގައި ރައީސް ޔާމީނަށް ލިބުނު ވޯޓެއް ލިބުނީ ރައްޔިތުންނަށް ބިރު ދައްކައިގެން: އާޒިމް
15 މެއި 2017

ޕީޕީއެމަށް ތިނަދޫން ކާމިޔާބު ނުލިބުނީ ޕާޓީ ތެރޭގައި ކަންކަން ހުރިގޮތުން: ސައުދުﷲ

15 މެއި 2017
ޕީޕީއެމަށް ތިނަދޫން ކާމިޔާބު ނުލިބުނީ ޕާޓީ ތެރޭގައި ކަންކަން ހުރިގޮތުން: ސައުދުﷲ
10 އެޕްރީލު 2017

އިސްލާހީ މަސައްކަތުގައި ތިއްބެވި މެންބަރުންނަށް ސެލިއުޓް ކުރަން، މިއަދުވެސް މި ލިބުނީ ކާމިޔާބީއެއް: މައުމޫނު

10 އެޕްރީލު 2017
އިސްލާހީ މަސައްކަތުގައި ތިއްބެވި މެންބަރުންނަށް ސެލިއުޓް ކުރަން، މިއަދުވެސް މި ލިބުނީ ކާމިޔާބީއެއް: މައުމޫނު
04 އެޕްރީލު 2017

ރައީސް ޔާމީނަށް 2013 ގައި ގިނަ ވޯޓު ނުލިބުނީ ރައީސް މައުމޫނުގެ ސަބަބުން: ޝައިނީ

04 އެޕްރީލު 2017
ރައީސް ޔާމީނަށް 2013 ގައި ގިނަ ވޯޓު ނުލިބުނީ ރައީސް މައުމޫނުގެ ސަބަބުން: ޝައިނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް