Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމުހައްމަދު މަލީހު ޖަމާލު

ދިވެހި ރައްޔިތުންނަށް އެންމެ ފައިދާވާގޮތަށް އެންމެ ރިސޯޓެއް ވެސް މި ސަރުކާރުން ހުޅުވާފައެއް ނުވޭ: މަލީހު

18 ޖުލައި 2018 | ބުދަ 13:04

50 ރިސޯޓް ހުޅުވަން ނިންމި އެކަމެއް ނުވި: މަލީހު

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން | 18 ޖުލައި 2018 | ބުދަ 13:04
މުހައްމަދު މަލީހު ޖަމާލު

މުހައްމަދު މަލީހު ޖަމާލު

ބިޑަށް ހުޅުވާލައިގެން، ރައްޔިތުންނަށް އެންމެ ފައިދާވާ ގޮތަށް ހުޅުވި އެންމެ ރިސޯޓެއް ވެސް ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ސަރުކާރުން ހުޅުވާފައި ނުވާ ކަމަށް ރައީސް ޔާމީންގެ ސަރުކާރުގެ ކުރީގެ ޔޫތް އެންޑް ސްޕޯޓްސް މިނިސްޓަރު އަދި އިކޮނޮމިކް ކައުންސިލްގައި ވެސް ކުރިން ހިމެނިވަޑާއިގެންނެވި މުހައްމަދު މަލީހު ޖަމާލު ވިދާޅުވެއްޖެ އެވެ.

ރާއްޖެޓީވީގެ "ބޮޑު ސުވާލު" ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން މަލީހު ވިދާޅުވީ ޕީޕީއެމްގެ ޓޫރިޒަމް މެނިފެސްޓޯ ލިޔުއްވީ އޭނާ ކަމަށާއި އެހެންވީމާ އޭގައިވާ އެއްޗެއް ވަރަށް ރަނގަޅަށް އެނގޭ ކަަމަށެވެ.

Advertisement - newsAdvertisement

މަލީހު ވިދާޅުވީ ޕީޕީއެމް ޓޫރިޒަމް މެނިފެސްޓޯގެ އެންމެ މުހިއްމު އަސާސަކީ ދެފުއް ފެއްނަގޮތަށް ހުޅުވިފައިވާ ބިޑިންގ އުސޫލުން ރާއްޖޭގެ ރަށްތައް ފަތުރުވެރިކަން ތަރައްގީ ކުރުމަށް ދޫކުރުން ކަމަށެވެ.

"ވަރަށް ހިތާމައާއެކު ފާހަގަކުރަން މިސަރުކާރުގެ 5 އަހަރުގެ މި ދައުރު ނިމިގެންދާއިރު އެންމެ ރިސޯޓެއް ވެސް ހުޅުވާލެވިފައިވާ ބިޑިންގ އުސޫލުން، ދައުލަތަށް ދިވެހި ރައްޔިތުންނަށް އެންމެ ފައިދާހުރި ގޮތަކަށް ކުއްޔަށް ދެވިފައެއް ނުވޭ. މިސަރުކާރު ވެގެންމިދިއައީ ރާއްޖޭގެ ތާރީހުގައި ވެސް އެންމެ ބޮޑު ކޮރަޕްޝަން، ވަކިން ހާއްސަކޮށް އެމްއެމްޕީއާރުސީގެ ތެރެއިން، ދައުލަތަށް ވަންނަން ހުރި ހުރިހާ ފައިސާ އެމްއެމްޕީއާރުސީ މެދުވެރިކޮށް ދައުލަތަށް ނުވަދެ ރައްޔިތުންނަށް އެތައް ބޮޑު ގެއްލުންތަކެއް ދީފައިވާކަން، ދިވެހި ރައްޔިތުންނަށް ވެސް އިނގޭނެ،"

މަލީހު ވިދާޅުވީ އެ މެނިފެސްޓޯގައި ރައީސް ޔާމީންގެ ސަރުކާރުގެ ފަސް އަހަރުގެ ދައުރު ނިމޭއިރު 50 ރިސޯޓު ހުޅުވުމަށް ނިންމާފައިވާ ކަމަށެވެ. ނަމަވެސް އެ ވައުދު ނުފުއްދުނު ކަމަށް ވެސް މަލީހު ވިދާޅުވި އެވެ.

މީގެއިތުރުން މަލީހު ވިދާޅުވީ ރިސޯޓްތަކުގެ މުވައްޒަފުންނަށް ހިއްސާ ދިނުމުގެ ވައުދު ވެސް މިސަރުކާރުގެ ފަސް އަހަރު ނިމޭއިރުވެސް ނުފުއްދުނު ކަމަށާއި ސަފާރީތަކާއި ޔޮޓުތަކުގެ ފަރުތުވެރިންނަށް ހާއްސަކޮށްގެން ރާއްޖޭގެ ކޮންމެ އަތޮޅެއްގައި ފަޅުރަށެއް ހާއްސަކުރުމަށް ނިންމިއިރު، އެ ވައުދުވެސް ނުފުއްދުނު ކަމަށެވެ.

ސަފާރީތަށް އަޅާނެ ބަނދަރެއް ނުވަތަ މެރީނާއެއް ހެދުމަށް ވެސް މެނިފެސްޓޯގައި ވާނެ ކަމަށާއި ނަމަވެސް އެވަދު ވެސް ފުއްދިފައި ނުވާކަމަށް މަލީހު ވިދާޅުވި އެވެ.

އިންޓަގްރޭޓަޑް ޓޫރިޒަމްގެ ދަށުން ރާއްޖޭގެ ބައެއް ސަރަހައްދުތަކުގައި ހޯޓާތަކާއި ގެސްޓް ހައުސްތައް ތަރައްގީ ކުރުމަށް ވައުދުވި އިރު އެވައުދުވެސް މިއަދާ ހަމައަށް ފުއްދިފައި ނުވާކަމަށް މަލީހު ވިދާޅުވި އެވެ.

މަލީހު ވިދާޅުވީ ލ. އަތޮޅު ބަރެސްދޫގައި އިންޓަގްރޭޓަޑް ޓޫރިޒަމްގެ ދަށުން ހޮޓާތަކާއި ގެސްޓް ހައުސްތައް ތަރައްގީ ކުރުމުގެ މަސައްކަތް މި ސަރުކަރުން ކުރިނަމަވެސް އެވެސް އެންމެފަހުންވީ ބިލާހަކަށް ކަމަށެވެ.

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

އިތުރަށް ކިޔާލަން

15 ޖެނުއަރީ 2017

ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!

15 ޖެނުއަރީ 2017
ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!
14 ޖެނުއަރީ 2017

ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް

14 ޖެނުއަރީ 2017
ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް
13 ޖެނުއަރީ 2017

ލަންކާގެ ދެ މަސް ބޯޓާއި މަސްވެރިން ސަލާމަތްކޮށްދިނުމުން ލަންކާ ސަރުކާރުގެ ތަޢުރީގް ދިވެހި ސިފައިންނަށް

13 ޖެނުއަރީ 2017
ލަންކާގެ ދެ މަސް ބޯޓާއި މަސްވެރިން ސަލާމަތްކޮށްދިނުމުން ލަންކާ ސަރުކާރުގެ ތަޢުރީގް ދިވެހި ސިފައިންނަށް
13 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު
07 ޖެނުއަރީ 2017

ލާމަރުކަޒީ ނިޒާމު އިޔާދަ ނުކޮށް "ދިވެހިރާއްޖެ ދެމިއޮންނާނެ ކަމަށް ޤަބޫލެއް ނުކުރެވޭ": ހަސަން ލަޠީފް

07 ޖެނުއަރީ 2017
ލާމަރުކަޒީ ނިޒާމު އިޔާދަ ނުކޮށް "ދިވެހިރާއްޖެ ދެމިއޮންނާނެ ކަމަށް ޤަބޫލެއް ނުކުރެވޭ": ހަސަން ލަޠީފް
06 ޖެނުއަރީ 2017

ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ

06 ޖެނުއަރީ 2017
ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ
06 ޖެނުއަރީ 2017

!ފޭދޫފިނޮޅު ވިއްކާލުމުން އިންޑިއާގެ ކަންބޮޑުވުން: ދިވެހި ފޮރިން މިނިސްޓަރާ މަޝްވަރާ ކުރުން އެކަށީގެންވޭ

ފެނަށްޖެހޭ ރަށްރަށަށް ސަރުކާރުން ބޯފެން ފޯރުކޮށްދިނުމުގެ މަސައްކަތަށް ބަދަލު ގެނެސްފި

06 ޖެނުއަރީ 2017
ފެނަށްޖެހޭ ރަށްރަށަށް ސަރުކާރުން ބޯފެން ފޯރުކޮށްދިނުމުގެ މަސައްކަތަށް ބަދަލު ގެނެސްފި
04 ޖެނުއަރީ 2017

ދިވެހި ޓީޗަރުން ހޯދުމަށް ކުރި އިއުލާނާއި ގުޅިގެން ކުރިމަތީ 26 ފަރާތަކުން: އެޑިއުކޭޝަން

04 ޖެނުއަރީ 2017
ދިވެހި ޓީޗަރުން ހޯދުމަށް ކުރި އިއުލާނާއި ގުޅިގެން ކުރިމަތީ 26 ފަރާތަކުން: އެޑިއުކޭޝަން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް