Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއެމްޑީޕީ ކޮންގްރެސް

ކޮންގްރެސްގެ މަންދޫބުން އުކުޅަހަށް ފުރައިފި

30 ޖޫން 2018 | ހޮނިހިރު 02:42

ކޮންގްރެސް ފަށާނީ ހޮނިހިރު ދުވަހުގެ މެންދުރު

މުހަންމަދު ވިސާމް
މުހަންމަދު ވިސާމް | 30 ޖޫން 2018 | ހޮނިހިރު 02:42
އުކުޅަހަށް ދިއުމަށް ކޮންގްރެސްގެ މަންދޫބުން ލޯންޗުަގައި

އުކުޅަހަށް ދިއުމަށް ކޮންގްރެސްގެ މަންދޫބުން ލޯންޗުަގައި

އެމްޑީޕީގެ ކޮންގްރެސްގައި ބައިވެރިވުމަށް ކޮންގްރެސްގެ މަންދޫބުން އުކުޅަހަށް ފުރައިފިއެވެ.

އެމްޑީޕީގެ ކޮންގްރެސްގައި ބައިވެރިވުމުގެ ހައްގު 1184 މީހުނަން ލިބިފައިވާއިރު، ތަފާތު އެކި ސަބަބުތަކާ ހުރެ، ކޮންގްރެސްގައި ބައިވެރި ވާނީ ޖުމްލަ 800 އެއްހާ މަންދޫބުން ކަމަށް އެމްޑީޕީން ވަނީ އަންދާޒާ ކޮށްފައެވެ.

Advertisement - newsAdvertisement

އަތޮޅުތެރޭގެ ރަށްތަކުން ހުކުރު ދުވަހު ކޮންގްރެސްގައި ބައިވެރިވުމަށް މާލެ އައި މަންދޫބުން ރަޖިސްޓްރޭޝަންގެ ކަންކަން ނިންމުމަށް ފަހު ފުރާފައި ވަނީ ހޮނިހިރު ދުވަހު ހެނދުނު 7:00 ގައި ހަ ނަންބަރު ޖެޓީންނެވެ. ލޯންޗުތަކުގައި އުޅަހަށްދާން ހަ ނަންބަރު ޖެޓީން ފުރާފައި ވަނީ އަތޮޅުތެރޭގެ ރަށްތަކުގެ އެމްޑީޕީ ކައުންސިލަރުންނާއި، ގޮފިތަކުގެ ރައީސުންގެ އިތުރުން އެޕާޓީގެ ކޮމެޓީތަކުގެ މެންބަރުންނެވެ. ހުދުކުލައިގެ ގަމީހާ ރީދު ޓައީ ކޮންގްރެސްގެ ފިރިހެން މަންދޫބުން ބޭންކޮށްގެން ތިބިއިރު، ކޮންގްރެސްގެ އަންހެން މަންދޫބުން ލައިގެންތިބީ ދިވެހި ހެދުމެވެ.

ކޮންގްރެސްގެ މަންދޫބުން ހަ ނަންބަރު ފާލަން ކައިރީގައި މަޑުކޮށްލައިގެން

އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރުން އުކުޅަހަށް ދިއުމަށް ފުރާފައި ވަނީ ހެނދުނު 6:00 ގައި ޓީޖެޓީ ސަރަހައްދުނެވެ. ކޮންގްރެސްގެ މަންދޫބުން އަނބުރާ މާލެ އައުމަށް ހަމަޖެހިފައި ވަނީ ހޮނިހިރު ދުވަހުގެ ރޭ ކޮންގްރެސްގެ ހަރަކާތްތައް ނިންމާލުމަށްފަހުގައެވެ.

އެމްޑީޕީގެ ކޮންގްރެސްއަކީ އެ ޕާޓީގެ އެންމެ މުހިއްމު ނިންމުންތައް ނިންމާ މަހާސިންތާއެވެ. އެ ބައްދަލުވުމުގައި އެ ޕާޓީގެ އަސާސީ ގަވާއިދަށް ވެސް އިސްލާހުތަކެއް ގެންނާނެއެވެ. އަދި ކުރިން ނިންމާފައިވާ ނިންމުންތަކަށް ބަދަލު ގެނައުމުގެ ބާރުގެ ވެސް ކޮންގްރެސްއަށް ލިބިގެންވެއެވެ.

ކޮންގްރެސްގެ މަންދޫބުން ލޯންޗަށް އަރަނީ

އެމްޑީޕީގެ އެންމެ މުހިއްމު އެއް ގުނަވަން ކަމަށްވާ، އެ ޕާޓީގެ ކޮންގްރެސް ހޮނިހިރު ދުވަހުގެ 11:00 ގައި އުކުޅަހުގައި ފެށުމަށް ނިންމާފައިވާއިރު، މިއީ އެޕާޓީގެ "އާދަޔާ ހިލާފު ކޮންގްރެސް" އެކެވެ. ރިޔާސީ އިންތިހާބަށް 83 ދުވަހަށް ވެފައި ވަނިކޮށް، އެމްޑީޕީން ބާއްވާ ކޮންގްރެސް ވެގެންދާނީ އެ ޕާޓީގެ އާންމު މެމްބަރުންނަށް އުފާވެރި ނިންމުންތަކެއް ފާސްކުރާނެ ކޮންގްރެސްއަކަށް ކަމަށް އެމްޑީޕީން ބުނެއެވެ.

އެމްޑީޕީގެ ފުރަތަމަ ކޮންގްރެސް ބާއްވާފައި ވަނީ 2005 ވަނަ އަހަރުއެވެ. ދެ ވަނަ ކޮންގްރެސް ބާއްވާފައި ވަނީ 2010 ވަނަ އަހަރުއެވެ. އެ ދެ ކޮންގްރެސް ވެސް ދަރުބާރުގޭގައި ބާއްވާފައިވާއިރު، މިއީ މާލެއިން ބޭރުގައި ބާއްވާ ފުރަތަމަ ކޮންގްރެސްއެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

4

އީރާނުގެ ލީޑަރު ޚާމަނާއީގެ ވީޑިއޯ އާންމުކޮށް، ސިއްހީ ހާލަތާ މެދު ދައްކާވާހަކަތަކަށް ރައްދު ދީފި

5

ދުޝްމަނުން އީރާނުގެ ބިމުގައި ފައިޖައްސާލައިފި ނަމަ ފައިބުރިކޮށްލާނަން: ކޮމާންޑަރު

އިތުރަށް ކިޔާލަން

27 އޯގަސްޓު 2017

އިތުރަށް ލިބުނު ހައްޖު ކޯޓާގެ ދަށުން ހައްޖުވެރިން ފުރައިފި

27 އޯގަސްޓު 2017
އިތުރަށް ލިބުނު ހައްޖު ކޯޓާގެ ދަށުން ހައްޖުވެރިން ފުރައިފި
11 ޖޫން 2017

ކޮންގްރެސްގެ ކުރިން ގޮފި އުފެއްދުމުގެ ފުރުސަތު އެމްޑީޕީން ހުޅުވާލައިފި

11 ޖޫން 2017
ކޮންގްރެސްގެ ކުރިން ގޮފި އުފެއްދުމުގެ ފުރުސަތު އެމްޑީޕީން ހުޅުވާލައިފި
03 ޖޫން 2017

އިދިކޮޅު ޕާޓީތަކުގެ ވަފުދުން ޔޫރަޕިއަން ކޮމިޝަންގެ މަންދޫބުންނާއި ބައްދަލުކުރައްވައިފި

03 ޖޫން 2017
އިދިކޮޅު ޕާޓީތަކުގެ ވަފުދުން ޔޫރަޕިއަން ކޮމިޝަންގެ މަންދޫބުންނާއި ބައްދަލުކުރައްވައިފި
31 މެއި 2017

އިންޓަނޭޝަނަލް ރޮބޮޓިކް ކޮންޕެޓިޝަންގައި ބައިވެރިވުމަށް ޣިޔާސުއްދީން ސްކޫލްގެ ދަރިވަރުން ފުރައިފި

31 މެއި 2017
އިންޓަނޭޝަނަލް ރޮބޮޓިކް ކޮންޕެޓިޝަންގައި ބައިވެރިވުމަށް ޣިޔާސުއްދީން ސްކޫލްގެ ދަރިވަރުން ފުރައިފި
05 މެއި 2017

އިންތިހާބުގައި ސަލާމަތީކަންކަން ފުލުހުން ރަށްރަށަށް ފުރައިފި

05 މެއި 2017
އިންތިހާބުގައި ސަލާމަތީކަންކަން ފުލުހުން ރަށްރަށަށް ފުރައިފި
30 އެޕްރީލު 2017

ކައުންސިލް އިންތިޚާބަށް ފުރިހަމައަށް ތައްޔާރު، ޓީމްތައް އަތޮޅުތަކަށް ފުރައިފި: ފުލުހުން

30 އެޕްރީލު 2017
ކައުންސިލް އިންތިޚާބަށް ފުރިހަމައަށް ތައްޔާރު، ޓީމްތައް އަތޮޅުތަކަށް ފުރައިފި: ފުލުހުން
15 އެޕްރީލު 2017

އިންޓަރނޭޝަން ޔޫތު ފޯރަމްގައި ރާއްޖެ ތަމްސީލުކުރުމަށް ސަފާތު ޗައިނާއަށް ފުރައިފި

15 އެޕްރީލު 2017
އިންޓަރނޭޝަން ޔޫތު ފޯރަމްގައި ރާއްޖެ ތަމްސީލުކުރުމަށް ސަފާތު ޗައިނާއަށް ފުރައިފި
11 އެޕްރީލު 2017

އިމާމުން ތަމްރީނުވުމަށް ސައުދީއަށް ފުރައިފި

11 އެޕްރީލު 2017
އިމާމުން ތަމްރީނުވުމަށް ސައުދީއަށް ފުރައިފި
05 އެޕްރީލު 2017

އެމްޑީޕީގެ ކެމްޕޭން ޓީމް، ގއ. އަތޮޅަށް ފުރައިފި

05 އެޕްރީލު 2017
އެމްޑީޕީގެ ކެމްޕޭން ޓީމް، ގއ. އަތޮޅަށް ފުރައިފި
17 މާރިޗު 2017

އެމްޑީޕީން އުކުޅަހަށް!

17 މާރިޗު 2017
އެމްޑީޕީން އުކުޅަހަށް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް