Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރާއްޖެއަށް އެތެރެކުރާ މުދާ

އިންޑިއާއިން ރާއްޖެ އެތެރެކުރާ ތަކެތީގެ ކޯޓާގެ މިންވަރު ދަށްކޮށްފި

23 ޖޫން 2018 | ހޮނިހިރު 09:42

ކޯޓާ ކުޑަ ކުރިކަން އެނގިގެން ގޮސްފައިވަނީ އިންޑިޔާގެ ސަރުކާރުން އާންމުކުރި ލިޔުމުން

ފާތިމަތު ޝަނާ މުހައްމަދު
ފާތިމަތު ޝަނާ މުހައްމަދު | 23 ޖޫން 2018 | ހޮނިހިރު 09:42
ބާޒާރުތަކެތި

ބާޒާރުތަކެތި

އިންޑިއާއިން ރާއްޖެއަށް އެތެރެކުރާ ތަކެތީގެ މިންވަރު ދަށްވެފައިވާކަން ހާމަވެއްޖެ އެވެ.

އިންޑިއާގެ މިނިސްޓްރީ އޮފް ކޮމާސް އެންޑް އިންޑަސްޓްރީގެ ޑިޕާޓްމެންޓް އޮފް ކޮމާސް އިން އާންމުކޮށްފައިވާ ލިޔުމުގައި ވަނީ މިއަހަރުގެ ތެރޭގައި އިންޑިއާއިން ރާއްޖެއަށް އެތެރެ ކުރުމަށް ކަނޑައަޅާފައިވާ ކޯޓާތަކުގެ އަދަދުތައް ހާމަކޮށްފަ އެވެ. އެގޮތުން އަލުވިގެ 5308 މެޓްރިކް ޓަނު އެތެރެ ކުރުމަށް ވަނީ ކަނޑައަޅާފަ އެވެ. ފިޔާގެ 9892.03 މެޓްރިކް ޓަނު، ހަނޑޫގެ 24581.07 މެޓްރިކް ޓަނާއި ފުށުގެ ގޮތުގައި 946.21މެޓްރިކް ޓަނާއި 338.47 މެޓްރިކް ޓަނުގެ ހަކުރާއި 31.59 މެޓްރިކް ޓަނުގެ މުގާއި 111 މިލިއަން ބިސް އެތެރެ ކުރުމަށް ވަނީ ކަނޑައަލާފަ އެވެ.

Advertisement - newsAdvertisement

އެންމެ ބޮޑު ދަށްވުމެއް ފެނިގެން ގޮސްފައިވަނީ ފުށުންނެވެ. އެގޮތުން މިދިޔަ އަހަރާ އަޅާ ބަލާ އިރު 98.4 ޕަސެންޓް ގެ ދަށްވުމެއް ވަނީ ފެނިގެން ގޮސްފަ އެވެ. މިދިޔަ އަހަރުގައި 59442 މެޓްރިކް ޓަނުވަނީ އެތެރެ ކުރުމަށް ހުއްދަދީފަ އެވެ.

މީގެ އިތުރުން ހަކުރުން ވެސް ގާތްގަނޑަކަށް 97 ޕަސެންޓްގެ ދަށްވުމެއް ފެނިގެން ދިޔަ އެވެ. މީގެ އިތުރުން ފިޔާ އެތެރެ ކުރުމުގައި ވެސް ވަނީ ކޯޓާ ދަށްކޮށްފަ އެވެ.

މި މިންވަރަށް ތަކެތި ރާއްޖެއަށް އެތެރެ ކުރުމަށް ކަނޑައަޅާފައިވާ އިރު މިއީ މިފާއިތުވެދިޔަ އަހަރުތަކާ އަޅާ ބަލާއިރު ބައެއް ބާވަތްތަކުން މަދުން އިޕޯޓް ކުރުމަށް ކަނޑައަޅާފައިވާކަން ފާހަގަކުރެވެ އެވެ. މިފާއިތުވެ ދިޔަ އަހަރުތަކުގައި އިންޑިއާއިން އެއްބަސްވެފައިވަނީ ރާއްޖެއިން ހުށަހަޅާ މިންވަރުތަކަކަށް ކަމަށް އިންޑިއާގެ ދި ވަޔަރ ނޫހުގައި ފާހަގަކޮށްފައިވެ އެވެ. އެހެން ނަމަވެސް ކޯޓާ ކަނޑައެޅުމުގައި މިއަހަރު އިންޑިއާއިން ބަލާފައިވަނީ މިފާއިތިވެދިޔަ ތިން އަހަރުގައި ރާއްޖެއިން ކަނޑައަޅާފައިވާ ތަކެތި ބޭނުން ކުރި މިންވަރަށެވެ.

ކޮންމެ އަހަރަކު ވެސް ރާއްޖެއަށް އެތެރެކުރާނެ ތަކެތީގެ މިންވަރު ކަނޑައަޅަނީ 1981 ވަނަ އަހަރުގައި ރާއްޖެއާއި އިންޑިއާއާއި ދެމެދު ވެފައިވާ ވިޔަފާރީގެ އެއްބަސްވުމުގެ ދަށުންނެވެ. ދެގައުމުގެ ދެމެދުގައި ހެދިފައިވާ ވިޔަފާރީގެ އެއްބަސްވުމުގައި ވަނީ ކޯޓާ ކަނޑައަޅާނީ އިންޑިއާ ސަރުކާރުން ކަމަށާއި އެހެން ނަމަވެސް ތަކެތި އެތެރެ ކުރުމުގައި ކޯޓާ ކަނޑައެޅުމުގައި މާކެޓުގައި ތަކެތި ހުރި މިންވަރާއި ރާއްޖެއިން އެތަކެތި ބޭނުންވާ މިންވަރަށް ބަލަންޖެހޭނެ ކަމަށް ތަކެތި ވިއްކާ ފަރާތްތަކުން ބުނެ އެވެ.

އެންމެ ހިނގާ

1

ގެއްލިފައިވާ ފުލުސް އޮފިސަރުގެ 7 އަހަރުގެ ދަރިފުޅު: ބައްޕަ އަންނަން މިހާ ލަސްވަނީ ކީއްވެ؟ ބައްޕަ ހޯދަން ބަޔަކު ގޮސްފިތަ؟

2

"ގެއްލުނު 3 މީހުން ދޯނިތެރޭ ތާށިވި ކަމަށް ބެލެވޭ ނަމަވެސް ދޯނި މިހާރު އޮތް ހިސާބަށް ފީނުމަކީ ކުރެވޭނެ ކަމެއް ނޫން"

3

އީރާނުގެ ޕައިލެޓުން ޖީޕީއެސް ނެތި އެމެރިކާގެ މަރުކަޒުތަކަށް ބޮން އެޅި

4

ސިގްނަލްތަކަށް ހުރަސްއަޅައިގެން އިސްރާއީލުގެ ހާމީސް ޑްރޯނަކާއި އެމެރިކާގެ ރީޕަރ ޑްރޯނެއް އެއްވެސް ގެއްލުމެއް ނުދީ އަތުލައިގެންފައިވާ މަންޒަރު އީރާނުން ދައްކާލައިފި

5

މެސީގެ ބައްޕަ މަރުވެއްޖެ

އިތުރަށް ކިޔާލަން

20 ޖެނުއަރީ 2017

ރާއްޖެޓީވީގެ ނޫސްވެރިން ކުރި ކުށަކީ ހަރަކާތްތަކެއް ކަވަރުކުރުން: ސީޕީޖޭ

20 ޖެނުއަރީ 2017
ރާއްޖެޓީވީގެ ނޫސްވެރިން ކުރި ކުށަކީ ހަރަކާތްތަކެއް ކަވަރުކުރުން: ސީޕީޖޭ
19 ޖެނުއަރީ 2017

މަސްތުވާތަކެތީގެ މައްސަލައިގައި އެއްލައްކަ ރުފިޔާ އިން ޖޫރިމަނާކޮށް އަމުރަށް ޖަލަށް!

19 ޖެނުއަރީ 2017
މަސްތުވާތަކެތީގެ މައްސަލައިގައި އެއްލައްކަ ރުފިޔާ އިން ޖޫރިމަނާކޮށް އަމުރަށް ޖަލަށް!
17 ޖެނުއަރީ 2017

އުރީދޫގެ 4ޖީ ޕްލަސް މުޅި ރާއްޖެއަށް ފުޅާކޮށްފި

17 ޖެނުއަރީ 2017
އުރީދޫގެ 4ޖީ ޕްލަސް މުޅި ރާއްޖެއަށް ފުޅާކޮށްފި
17 ޖެނުއަރީ 2017

މަސްތުވާތަކެތީގެ މައްސަލައެއްގައި އުމުރަށް ޖަލަށްލުމަށް ހުކުމްކޮށްފައިވާ މީހަކު ކުޑަކުއްޖެއްގެ މައްސަލައެއްގައި ހޯދަނީ!

17 ޖެނުއަރީ 2017
މަސްތުވާތަކެތީގެ މައްސަލައެއްގައި އުމުރަށް ޖަލަށްލުމަށް ހުކުމްކޮށްފައިވާ މީހަކު ކުޑަކުއްޖެއްގެ މައްސަލައެއްގައި ހޯދަނީ!
16 ޖެނުއަރީ 2017

ރާއްޖެޓީވީގެ ޒަރީރަށް ހުކުމް ކުރުން މިއަދު

16 ޖެނުއަރީ 2017
ރާއްޖެޓީވީގެ ޒަރީރަށް ހުކުމް ކުރުން މިއަދު
14 ޖެނުއަރީ 2017

ރާއްޖެޓީވީގެ ކެމެރާމަން ޒަރީރަށް ހުކުމް ކުރުން ހޯމަ ދުވަހު

14 ޖެނުއަރީ 2017
ރާއްޖެޓީވީގެ ކެމެރާމަން ޒަރީރަށް ހުކުމް ކުރުން ހޯމަ ދުވަހު
11 ޖެނުއަރީ 2017

ރާއްޖެއެތެރެކުރި މަސް ހިފާ 21 ބަޑި އަތުލައިގަތްފި

11 ޖެނުއަރީ 2017
ރާއްޖެއެތެރެކުރި މަސް ހިފާ 21 ބަޑި އަތުލައިގަތްފި
07 ޖެނުއަރީ 2017

ލާމަރުކަޒީ ނިޒާމު އިޔާދަ ނުކޮށް "ދިވެހިރާއްޖެ ދެމިއޮންނާނެ ކަމަށް ޤަބޫލެއް ނުކުރެވޭ": ހަސަން ލަޠީފް

07 ޖެނުއަރީ 2017
ލާމަރުކަޒީ ނިޒާމު އިޔާދަ ނުކޮށް "ދިވެހިރާއްޖެ ދެމިއޮންނާނެ ކަމަށް ޤަބޫލެއް ނުކުރެވޭ": ހަސަން ލަޠީފް
07 ޖެނުއަރީ 2017

ޔުނިވާސިޓީން އާ ދެ ކޯހެއް ރާއްޖެއަށް ތައާރަފްކޮށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

07 ޖެނުއަރީ 2017
ޔުނިވާސިޓީން އާ ދެ ކޯހެއް ރާއްޖެއަށް ތައާރަފްކޮށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
06 ޖެނުއަރީ 2017

ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ

06 ޖެނުއަރީ 2017
ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް