Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއަދީބުގެ ބޭސްފަރުވާގެ މައްސަލަ

ސިވިލް ކޯޓަށް އަދީބު ހުށަހެޅުއްވި މައްސަލަ ބޭރުކޮށްލައިފި

8 މެއި 2018 | އަންގާރަ 11:46

ބޭރުކޮށްލީ އިޖުރާއަތުތައް ފުރިހަމަ ނުވާ ކަމަށް ބުނެ

ޙުސައިން ޙަސަން
ޙުސައިން ޙަސަން | 8 މެއި 2018 | އަންގާރަ 11:46
އަހުމަދު އަދީބު: ރާއްޖެއިން ބޭރުން ބޭސްފަރުވާއަށް އެދި ކުރި ދައުވަ ވަނީ ބޭރުކޮށްލާފައި

އަހުމަދު އަދީބު: ރާއްޖެއިން ބޭރުން ބޭސްފަރުވާއަށް އެދި ކުރި ދައުވަ ވަނީ ބޭރުކޮށްލާފައި

ރާއްޖެއިން ބޭރުން ބޭސްފަރުވާ ހޯއްދެވުމަށް، ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ސިވިލް ކޯޓަށް ހުށަހެޅުއްވި މައްސަލަ އެ ކޯޓުން ބޭރުކޮށްލައިފިއެވެ.

ރާއްޖެއިން ބޭރުން ބޭސްފަރުވާ ހޯއްދެވުމަށް އެދި އަދީބު ސިވިލް ކޯޓުގައި ދައުވާ ކުރީ "ގްލުކޮމާ" ކިޔާ ލޮލުގެ ބައްޔެއް ޖެހި، ރާއްޖެއިން ބޭރުން ބޭސްފަރުވާ ހޯދުމަށް ޑޮކްޓަރުން ލަފާ ދެއްވާފައިވާއިރު، ވެސް ދައުލަތުން އެކަންކަން ފުރިހަމަ ނުކުރާތީއެވެ. ކަރެކްޝަނަލް ސާވިސް އާއި ފުލުހުންނާއި ހޯމް މިނިސްޓްރީ މައްޗަށް އަދީބު އުފުލި ދައުވާއާ ގުޅިގެން ސިވިލް ކޯޓުގައި ދައުލަތް ތަމްސީލު ކުރީ ބަންޑާރަ ނައިބުގެ އޮފީހުގެ ވަކީލުންނެވެ.

Advertisement - newsAdvertisement

އެ މައްސަލައިގެ ފުރަތަމަ އަޑުއެހުން ބޭއްވީ މިދިޔަ މަހުގެ 26 ވަނަ ދުވަހުއެވެ. އެ އަޑުއެހުމުގައި އަދީބު ވިދާޅުވެފައި ވަނީ ލޮލުގެ ފެނުން ގެއްލި ދިއުމުގެ ކުރިން، ގާޒީ ގޮތެއް ނިންމަވައި ދެއްވުމަށެވެ. އޭނާއަށް ލިބެންޖެހޭ ބޭސްފަރުވާ ދައުލަތުން ފުރިހަމަ ނުކުރުމަކީ މަދަނީ ހައްގެއް ގެއްލިގެން ދިއުން ކަމަށާއި ސިވިލް ކޯޓުގައި ދައުވާ އުފުލީ އޭނާގެ ލޮލުގެ ފެނުން ގެއްލި ދިއުމުގެ ކުރިން ހައްގު ހޯދުމަށް ކަމަށް އަދީބު ވިދާޅުވެފައިވެއެވެ.

ބަންޑާރަ ނައިބުގެ އޮފީހުގެ ވަކީލު ސިވިލް ކޯޓުގައި ވިދާޅުވެފައި ވަނީ އަދީބު ކުރެއްވި ދައުވާއަކީ އެ ކޯޓުގައި ކުރިއަށް ގެންދެވޭނެ ދައުވާއެއް ނޫން ކަމަށާއި ސަބަބަކީ ގައިދީންނަށް ރާއްޖެއިން ބޭރުން ފަރުވާ ހޯދުމަށް ފުރިހަމަ ކުރަންޖެހޭ އިޖުރާއަތުތައް އޭނާ ފުރިހަމަ ކުރައްވާފައި ނުވުމުން ކަމަށެވެ. އަދީބަށް ރާއްޖެއިން ބޭރުން ފަރުވާ ދިނުމަށް މޯލްޑިވްސް މެޑިކަލް ކައުންސިލުން ހުއްދަ ދީފައި ނުވާ ކަމަށް ބަންޑާރަ ނައިބުގެ އޮފީހުގެ ވަކީލު ވިދާޅުވެފައިވެއެވެ.

ގާޒީ ކުރެއްވި ހުކުމުގައި ބުނެފައި ވަނީ ގައިދީންނަށް ރާއްޖެއިން ބޭރުން ފަރުވާ ހޯދަންޖެހޭ ގަވާއިދުގެ އިޖުރާތުތައް އަދީބު ފުރިހަމަ ކުރައްވާފައި ނުވާ ކަން، ލިޔެކިޔުންތަކުންނާއި އެމަނިކުފާނުގެ ބަހުން ޝަރީއަތަށް ސާބިތުވާ ކަމަށެވެ.

އެކަމާ ގުޅިގެން އަދީބުގެ ގާނޫނީ ވަކީލު މޫސާ ސިރާޖު ވިދާޅުވީ އަދީބު ބަލަހައްޓަވަމުން ގެންދަވަނީ ދައުލަތުން ކަމަށާއި ފުރިހަމަ ކުރަންޖެހޭ އިޖުރާއަތުތައް ފުރިހަމަ ކުރަންޖެހޭނީ ދައުލަތުން ކަމަށެވެ. އަދި އެ އިޖުރާއަތު ފުރިހަމަ ނުވާ ކަމަށް ބުނެ، ގާޒީ ހުކުމް ކުރެއްވީ ގަވާއިދު ނެތް މާއްދާތަކެއް ހިމަނުއްވައިގެން ކަމަށް ސިރާޖު ވިދާޅުވިއެވެ.

"ބަންދުގައި ހުންނަ މީހާ ފުރިހަމަ ކުރަންޖެހޭ ހަމައެކަނި އިޖުރާއަތަކީ އޭނާ ބަލިވީމަ ތިމަންނަ ބަލިވެއްޖެއޭ ޑޮކްޓަރަށް ދައްކައިދޭށޭ ބުނުން. އެއީކީ އަޅުގަނޑުމެންނާ ބެހޭ ކަމެއް ނޫން. އޭގެ ބަދަލުގައި އަޅުގަނޑު ކަންބޮޑުވަނީ މައްސަލައިގެ މައުޟޫއަށް ދިއުމުގެ ބަދަލުގައި މިހާ ތާކުންތާކުން ނުޖެހޭ ހުކުމްތައް ކުރާތީ. ގަވާއިދަކަށް ހަވާލާދޭއިރުގައި ތިން ސަފްހާގެ ގަވާއިދަކަށް ހަވާލާދޭއިރުގައި ތަންކޮޅެއް ބޮޑަށް ބަލާލަންވާދޭއިރުގައި މީއިކީ ގަބޫލު ކުރެވޭނެ ކަމެއް ނޫން،" ސިރާޖު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އަދީބުގެ ލޮލުގެ ހާލަތު ސީރިއަސްވަމުންދާއިރު ވެސް ޑޮކްޓަރަށް ނުދައްކަވާތާ ތިން މަސްވެފައިވާ ކަމަށާއި އެންމެފަހުން ޑޮކްޓަރަށް ދައްކާފައި ވަނީ ފެބްރުއަރީ މަހުގެ އެއް ވަނަ ދުވަހު ކަމަށެވެ. އޭގެ ފަހުން ޑޮކްޓަރަށް ނުދަނީ މެޑިކަލް ބޯޑަށް ހުށަހަޅައިގެން ރާއްޖެއިން ބޭރުން ފަރުވާ ހޯދަން ޑޮކްޓަރުން ލަފާދީފާނެތީ ކަމަށް ސިރާޖު ވިދާޅުވިއެވެ.

"ޑޮކްޓަރަށް ދެއްކީމަ ޑޮކްޓަރުން ލޯ ބަލާފަ މި ބުނަނީ ތިމަންނަމެންނަކަށް ނުވާނެއޭ. ޖެހޭނީ ރާއްޖެއިން ބޭރުން ފަރުވާ ހޯދަން ލިޔާށޭ. މިރާއްޖޭގައި ނެތޭ ނެތޭ ފަރުވާ ކުރެވޭކަށް،" ސިރާޖު ވިދާޅުވިއެވެ.

އަދީބު ހުށަހެޅުއްވި މައްސަލަ ސިވިލް ކޯޓުން އަންގާރަ ދުވަހު ބޭރުކޮށްލީ ދައުލަތުން ހުށަހެޅުއްވި ކަންކަމަކަށް ރިޔާއަތް ކުރެއްވުމަށްފަހުއެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

3

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

4

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

5

މިނިސްޓަރު އަމީން ރަޝިޔާ އަށް ކުރެއްވި ދަތުރުފުޅާ މެދު ރާއްޖޭގެ ޓްރެވަލް އެޖެންޓުންގެ ޖަމްއިއްޔާ އިން ކަންބޮޑުވެއްޖެ

އިތުރަށް ކިޔާލަން

10 ޖެނުއަރީ 2017

ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި

10 ޖެނުއަރީ 2017
ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި
10 ޖެނުއަރީ 2017

ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

10 ޖެނުއަރީ 2017
ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް
09 ޖެނުއަރީ 2017

ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

09 ޖެނުއަރީ 2017
ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު
08 ޖެނުއަރީ 2017

ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ

08 ޖެނުއަރީ 2017
ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ
08 ޖެނުއަރީ 2017

މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!

08 ޖެނުއަރީ 2017
މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!
08 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!

08 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!
08 ޖެނުއަރީ 2017

އިންތިހާބުގެ މައްސަލަ ދަށު ކޯޓުން ބަލަނީ ގާނޫނު އަސާސީ އޮޅުންބޮޅުން ކޮއްލަން: ނާޒިމް

08 ޖެނުއަރީ 2017
އިންތިހާބުގެ މައްސަލަ ދަށު ކޯޓުން ބަލަނީ ގާނޫނު އަސާސީ އޮޅުންބޮޅުން ކޮއްލަން: ނާޒިމް
06 ޖެނުއަރީ 2017

ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ

06 ޖެނުއަރީ 2017
ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ
06 ޖެނުއަރީ 2017

މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ

06 ޖެނުއަރީ 2017
 މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ
06 ޖެނުއަރީ 2017

ކޯޓުތަކަށް ހުށަހެޅުނު އަދި ނިންމި މައްސަލަތަކުގެ ޢަދަދު 20000 އަށްވުރެ މަތީގައި

06 ޖެނުއަރީ 2017
ކޯޓުތަކަށް ހުށަހެޅުނު އަދި ނިންމި މައްސަލަތަކުގެ ޢަދަދު 20000 އަށްވުރެ މަތީގައި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް