Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއުއްތަމަ ފަނޑިޔާރު

އުއްތަމަ ފަނޑިޔާރުގެ މައްސަލަ ބައްލަވާ ގާޒީ ބަދަލުކުރިއިރު، ގާޒީއަށް ވެސް އެކަން ނޭނގޭ!

22 އެޕްރީލު 2018 | އާދީއްތަ 18:17

ކުށް ސާބިތު ކުރަން ސިއްރު ހެކި ހުށަހަޅާ

ޙުސައިން ޙަސަން
ޙުސައިން ޙަސަން | 22 އެޕްރީލު 2018 | އާދީއްތަ 18:17
އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު، އުއްތަމަ ފަނޑިޔާރުގެ މައްޗަށް ހިންގާ ޝަރީއަތުގެ އަޑުއެހުމެއް އާދިއްތަ ދުވަހު ވަނީ ކުރިއަށްގެންގޮސްފަ

އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު، އުއްތަމަ ފަނޑިޔާރުގެ މައްޗަށް ހިންގާ ޝަރީއަތުގެ އަޑުއެހުމެއް އާދިއްތަ ދުވަހު ވަނީ ކުރިއަށްގެންގޮސްފަ

ދައުލަތުގެ މަސައްކަތަށް ހުރަސް އެޅި ކަމުގެ ކުށުގައި އުއްތަމަ ފަނޑިޔާރުގެ މައްޗަށް އުފުލާފައިވާ ދައުވާގެ އަޑުއެހުން ކުރިއަށް ގެންދިޔަ ގާޒީ ބަދަލުކުރިކަން، އެ މައްސަލަ އަލުން ބައްލަވަން ފެއްޓެވި ގާޒީއަށް ނޭނގޭކަން ހާމަވެއްޖެއެވެ.

ދައުލަތުގެ މަސައްކަތަށް ހުރަސް އެޅިކަމުގެ ދައުވާގެ އިބްތިދާއީ އަޑުއެހުން އެންމެ ފުރަތަމަ ހިންގެވީ ގާޒީ އަހުމަދު ހައިލަމެވެ. ނަމަވެސް މިހާރު އެ މައްސަލަ ބައްލަވަނީ ގާޒީ އިބްރާހިމް އަލީއެވެ.

Advertisement - newsAdvertisement

އާދީއްތަ ދުވަހު ބޭއްވި އަޑު އެހުމުގައި ދިފާއީ ވަކީލް، ހިސާން ހުސައިން ވަނީ ފަނޑިޔާރު ބަދަލުކުރި ސަބަބު އޮޅުން ފިލުވައިދިނުމަށް ކޯޓުގައި އެދިވަޑައިގެންފައެވެ. އަދި އެކަން ކުރީ ދައުލަތުން އެދިގެންތޯ ހިސާން ސުވާލު ކުރެއްވިއެވެ.

އެކަމާ ގުޅިގެން ގާޒީ އިބްރާހިމް އަލީ ވިދާޅުވީ މީގެ ކުރިން އެ މައްސަލައިގެ އަޑުއެހުމެއް ބޭއްވިކަން އެނގިފައިނުވާ ކަމަށެވެ. ގާޒީ އެހެން ވިދާޅުވާން ފެއްޓެވުމާއެކު، ކޯޓުގެ އިދާރީ މުވައްޒަފަކު ތެދުވެގެން ގޮސް، ގާޒީ އަރިހުގައި އެ މައްސަލަ ކުރިން ހިނގައިދިޔަ ގޮތް އޮޅުންފިލުވައި ދިނެވެ.

އެއަށްފަހު ގާޒީ ވިދާޅުވީ އެ މައްސަލައިގެ އިބްތިދާއީ އަޑުއެހުމެއް ކުރިން ބޭއްވި ކަމަށް މުވައްޒަފުން ފާހަގަކޮށްފައިވާ ކަމަށާއި ނަމަވެސް އެ މައްސަލަ އެމަނިކުފާނުގެ ސެކްޝަނަށް ހުށަހަޅާފައި ވަނީ އަލަށް ކަމަށެވެ. އަދި އެ މައްސަލަ އެހެން ގާޒީއަކު ބެއްލެވިކަން ކޯޓުގެ ލިޔެކިޔުންތަކުން އެނގެން ނެތް ކަމަށެވެ.

އެހެންކަމުން އެ މައްސަލަ ފެށިގެން ނިމެންދެން ބައްލަވާނީ އޭނާ ކަމަށް ގާޒީ ތަކުރާރުކޮށް ވިދާޅުވިއެވެ. ގާޒީ ބަދަލު ކުރެއްވި ސަބަބު އޮޅުން ފިލުވައި ދިނުމަށް ދިފާއީ ވަކީލުންގެ އެކި ފަހަރުމަތިން އެދިވަޑައިގަތުމުން، ގާޒީ ވިދާޅުވީ "ނިމުމާ ހަމައަށް" އެ މައްސަލަ ބައްލަވާނީ އޭނާ ކަމަށެވެ.

މައްސަލަ ބައްލަވާ ގާޒީ ބަދަލު ކުރަން ދައުލަތުން ކޯޓުގައި އެދިފައިވޭތޯ ހިސާން ކުރެއްވި ސުވާލާ ގުޅިގެން، ޕްރޮސެކިއުޓާ ޖެނަރަލް (ޕީޖީ) އޮފީހުގެ ވަކީލާ ޝަމްލާ ޝަމީމް ވިދާޅުވީ އެ ސުވާލަކީ ދައުލަތާ ކުރެވިދާނެ ސުވާލެއް ކަމަށް ގަބޫލުފުޅު ނުކުރައްވާ ކަމަށެވެ.

އާދީއްތަ ދުވަހު ބޭއްވި އިބްތިދާއީ އަޑުއެހުމުގައި އުއްތަމަ ފަނޑިޔާރުގެ މައްޗަށް އުފުލާފައިވާ ދައުލަތުގެ މަސައްކަތަށް ހުރަސް އެޅި ކަމުގެ ދައުވާ އިއްވުމަށްފަހު، ދައުވާ ސާފުވެތޯ އެމަނިކުފާނު އަރިހުން ގާޒީ ސުވާލު ކުރެއްވިއެވެ. އެމަނިކުފާނުގެ ފަރާތްޕުޅުން ޖަވާބުދާރީވެ ވަޑައިގަންނަވަމުން ގާނޫނީ ވަކީލު ނޫރުއްސަލާމް އަބޫބަކުރު ވިދާޅުވީ ދައުވާ ސާފު ނުވާ ކަމަށެވެ.

އުއްތަމަ ފަނޑިޔާރުގެ މައްޗަށް ދައުލަތުގެ މަސައްކަތަށް ހުރަސް އެޅި ކަމުގެ ދައުވާ އުފުލީ ގަވާމެންޓް އީލެޓާ މެނޭޖުމަންޓް ސިސްޓަމް (ޖެމްސް) މެދުވެރިކޮށް، ސުޕްރީމް ކޯޓަށް ހުށަހަޅަންޖެހޭ ލިޔުންތައް ހުށަނޭޅޭ ގޮތަށް އެ ސިސްޓަމްގެ ހިދުމަތް މެދުކަނޑާލަން އެ ކޯޓުގެ މުވައްޒަފުންނަށް އެންގި ކަމަށް ބުނެއެވެ. ޖެމްސްގެ ހިދުމަތް މެދުކަނޑާލަން ސުޕްރީމް ކޯޓުގެ މުވައްޒަފުންނަށް އުއްތަމަ ފަނޑިޔާރު އެންގެވީ މި އަހަރުގެ ފެބްރުއަރީ މަހުގެ ހަތަރު ވަނަ ދުވަހާއި ފަސް ވަނަ ދުވަހު ކަމަށް އެމަނިކުފާނުގެ މައްޗަށް އުފުލި ދައުވާގައިވެ އެވެ.

ދައުވާ ސާފު ނުވާ ކަމަށް ބުނެ، ދިފާއީ ވަކީލުން ވިދާޅުވީ އެ ދައުވާ ކުރަނީ ގާނޫނުލް އުގޫބާތުގައި ބުނާ ކޮން ކުށަކާ ގުޅިގެން ކަމެއް ސާފު ނުވާ ކަމަށެވެ. އަދި ގާނޫނީ ގޮތުން ކުށުގެ ބާވަތް ދައުލަތަށް ސާފުކޮށްދެވިފައި ނުވާ ކަމަށް ވަކީލުން ވިދާޅުވިއެވެ. އަދި ދައުވާ އުފުލުމަށްފަހު، ދައުވާއާ ގުޅޭ ހުރިހާ ލިޔެކިޔުންތަކެއް ދައުވާ ލިބޭ ފަރާތަށް ލިބެންޖެހޭނެ ކަމަށް ބުނެފައިވިޔަސް، ބައެއް ލިޔެކިޔުންތައް ސިއްރުކޮށްފައިވާ ކަމަށް ދިފާއީ ވަކީލުން ވިދާޅުވިއެވެ.

ސިއްރު ހެކިންގެ ބަޔާންތައް ސިއްރު ކުރުމަށް އަމުރު ކުރެއްވުމަށްފަހު، މައްސަލަ ބައްލަވާ ގާޒީ އިބްރާހިމް އަލީ ނިންމެވީ މަދަނީ މިންގަނޑުން އެ މައްސަލަ ކުރިއަށް ގެންދިއުމަށެވެ. އާދީއްތަ ދުވަހުގެ އިރުއޮއްސި 6:30ގެ ފަހުން ފެށި އެ އަޑުއެހުން ރޭގަނޑު 8:30އާ ހަމައަށް ކުރިއަށް ގެންދިޔައެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

4

މިނިސްޓަރު އަމީން ރަޝިޔާ އަށް ކުރެއްވި ދަތުރުފުޅާ މެދު ރާއްޖޭގެ ޓްރެވަލް އެޖެންޓުންގެ ޖަމްއިއްޔާ އިން ކަންބޮޑުވެއްޖެ

5

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

އިތުރަށް ކިޔާލަން

10 ޖެނުއަރީ 2017

ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި

10 ޖެނުއަރީ 2017
ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި
10 ޖެނުއަރީ 2017

ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

10 ޖެނުއަރީ 2017
ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް
09 ޖެނުއަރީ 2017

ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

09 ޖެނުއަރީ 2017
ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު
08 ޖެނުއަރީ 2017

ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ

08 ޖެނުއަރީ 2017
ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ
08 ޖެނުއަރީ 2017

މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!

08 ޖެނުއަރީ 2017
މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!
08 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!

08 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!
08 ޖެނުއަރީ 2017

އިންތިހާބުގެ މައްސަލަ ދަށު ކޯޓުން ބަލަނީ ގާނޫނު އަސާސީ އޮޅުންބޮޅުން ކޮއްލަން: ނާޒިމް

08 ޖެނުއަރީ 2017
އިންތިހާބުގެ މައްސަލަ ދަށު ކޯޓުން ބަލަނީ ގާނޫނު އަސާސީ އޮޅުންބޮޅުން ކޮއްލަން: ނާޒިމް
06 ޖެނުއަރީ 2017

ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ

06 ޖެނުއަރީ 2017
ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ
06 ޖެނުއަރީ 2017

މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ

06 ޖެނުއަރީ 2017
 މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ
06 ޖެނުއަރީ 2017

ކޯޓުތަކަށް ހުށަހެޅުނު އަދި ނިންމި މައްސަލަތަކުގެ ޢަދަދު 20000 އަށްވުރެ މަތީގައި

06 ޖެނުއަރީ 2017
ކޯޓުތަކަށް ހުށަހެޅުނު އަދި ނިންމި މައްސަލަތަކުގެ ޢަދަދު 20000 އަށްވުރެ މަތީގައި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް