Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދު
މިސްޓަރ ރޮށި

މިސްޓަރ ރޮށި: ގަޑިއަކު ތިންހާސް ރޮށި ފިހެވޭ!

ތިން ވައްތަރުގެ ރޮށި ތައްޔާރުކުރޭ

ސިމާހާ ނަސީމް
ސިމާހާ ނަސީމް, ރާއްޖެ އެމްވީ | 4 އެޕްރީލު 2018 | ބުދަ 09:11
ރޮށި ތައްޔާރުކުރަނީ

ރޮށި ތައްޔާރުކުރަނީ

ރަނގަޅު ފެންވަރުގައި ތިން ވައްތަރެއްގެ ރޮށި އުފައްދާ، މިސްޓަރ ރޮށި މެދުވެރިކޮށް ވިއްކަން ފަށައިފިއެވެ.

އެ ކުންފުނިން ވިއްކަން ފަށާފައިވާ ތިން ވައްތަރުގެ ރޮށީގެ ތެރޭގައި ހިމެނެނީ އާދައިގެ ރޮއްޓާއި އޮލިވް އޮއިލް ރޮށީގެ އިތުރުން އާޓާ ރޮއްޓެވެ. އާދައިގެ ރޮށި ވެޖިޓަބަލް އޮއިލްގައި ތައްޔާރުކޮށްފައިވާއިރު އޮލިވް އޮއިލް ރޮއްޓާއި އާޓާ ރޮށި ތައްޔާރުކޮށްފައިވަނީ އޮލިވް އޮއިލްގައެވެ.

މިސްޓަރ ރޮށީގެ މެނޭޖިންގް ޑިރެކްޓަރ މުހައްމަދު ނަޖްމީ ވިދާޅުވީ ކޮންމެ ވައްތަރެއްގެ ޕެކެޓެއްގައި ދިހަ ރޮށި ހިމެނޭ ކަމަށާއި އެ ރޮށިތައް ޕެކް ކުރަނީ ވަރަށް ރަނގަޅު ފެންވަރުގައި ކަމަށެވެ.

މިސްޓަރ ރޮށި ކުންފުނިން މެޝިން ބޭނުންކޮށްގެން ރޮށި ތައްޔާރު ކުރާއިރު މި މެޝިން މެދުވެރިކޮށް ގަޑިއަކު ތިންހާސް ރޮށި ފިހެވެއެވެ. މިސްޓަރ ރޮށި އައުޓްލެޓް މެދުވެރިކޮށް އާދައިގެ ރޮށި ޕެކެޓެއް 15 ރުފިޔާއަށް ވިއްކާއިރު އޮލިވް އޮއިލް ރޮށި ޕެކެޓެއް ވިއްކަނީ 20 ރުފިޔާއަށެވެ. އަދި އާޓާ ރޮށި ޕެކެޓެއް ވިއްކަނީ 22 ރުފިޔާއަށެވެ. އެ ކުންފުނިން ބުނީ، އެއް ޕެކެޓަށް ވުރެ ގިނައިން ގަންނަ ކަމުގައިވާނަމަ ހިލޭ ޑެލިވަރ ކޮށްދޭނެ ކަމަށެވެ. އެ ކުންފުނިން ރޮށި ޑެލިވަރ ކޮށްދިނުމަށް ނިންމާފައިވަނީ ހެނދުނު 8 އާއި ރޭގަނޑު 12 އާއި ދެމެދުއެވެ.

މީގެ އިތުރުން މާލޭގެ ގިނަ ފިހާރަތަކުން މިސްޓަރ ރޮށި ލިބެން ހުންނާނެ ކަމަށް އެ ފަރާތުން މައުލޫމާތުދެއެވެ. މި އުފެއްދުމުގެ މުއްދަތު ހަމަވާނީ އުފައްދާތާ ތިން ދުވަސް ފަހުންނެވެ.

ޑަޒަނުން ރޮށި ގަންނަކަމުގައިވާނަމަ ހާއްސަ ޑިސްކައުންޓުތަކެއް ލިބޭނެ ކަމަށްވެސް މިސްޓަރ ރޮށި ކުންފުނިން ވަނީ ބުނެފައެވެ.

އިތުރަށް ކިޔާލަން

25 މެއި 2021

އެސްޓީއޯގެ އީސްޓޯރ މެދުވެރިކޮށް ކޮންމެގަޑިއަކު ވެސް ވިޔަފާރި ކުރެވޭނެ

25 މެއި 2021
އެސްޓީއޯގެ އީސްޓޯރ މެދުވެރިކޮށް ކޮންމެގަޑިއަކު ވެސް ވިޔަފާރި ކުރެވޭނެ
15 އޮކްޓޯބަރު 2018

މޯބައިލް އެޕްލިކޭޝަންއަކާއެކު މިސްޓަރ ފިއްޒާގެ ހިދުމަތް ތައާރަފުކޮށްފި

15 އޮކްޓޯބަރު 2018
މޯބައިލް އެޕްލިކޭޝަންއަކާއެކު މިސްޓަރ ފިއްޒާގެ ހިދުމަތް ތައާރަފުކޮށްފި
04 ޖުލައި 2018

ހަ މަސްވަންދެން ކަވާންގެ ތައްޔާރީ ރޮށި ހިލޭ ލިބޭ ޕްރޮމޯޝަނެއް

04 ޖުލައި 2018
ހަ މަސްވަންދެން ކަވާންގެ ތައްޔާރީ ރޮށި ހިލޭ ލިބޭ ޕްރޮމޯޝަނެއް
ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު