Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ރިޔާސީ އިންތިޚާބު 2018

ރަނިންގ މޭޓްކަމާއި ޕީއެޗްޑީ:ޑރ ޝަހީމްވެސް އެމަގަށްތަ؟

އާ ގާނޫނުއަސާސީގެ ދަށުން ނައިބު ރައީސްކަމަށް އިންތިޚާބުވި ދެ ބޭފޫޅުންވެސް ޕީއެޗްޑީ ހައްދަވާފައިވޭ

އަބުދުﷲ މުހައްމަދު
އަބުދުﷲ މުހައްމަދު, ރާއްޖެ އެމްވީ | 14 ޖެނުއަރީ 2018 | އާދީއްތަ 03:22
ޑރ ޝަހީމް އަދާލަތު ޕާޓީގައި އުޅުއްވިއިރު އެ ޕާޓީގެ އިސް ބޭފުޅުންނާއިއެކު

ޑރ ޝަހީމް އަދާލަތު ޕާޓީގައި އުޅުއްވިއިރު އެ ޕާޓީގެ އިސް ބޭފުޅުންނާއިއެކު

ދިވެހިރާއްޖޭގައި ގިނަ ޕާޓީ އެކުލެވޭ ނިޒާމްގެ ދަށުން ރިޔާސީ އިންތިޚާބު ބާއްވަން ފެށި ފަހުން ބާއްވާފައިވާ ރިޔާސީ ދެ އިންތިޚާބުގައި ވެސް ރަނިންގ މޭޓުންގެ ގޮތުގައި ޕީއެޗްޑީ ހައްދަވާފައިވާ ބޭފުޅުން ފެނިގެން ގޮސްފައިވެއެވެ.

އާ ގާނޫނުއަސާސީގެ ދަށުން ފުރަތަމަ ބޭއްވި ރިޔާސީ އިންތިޚާބު 2008 ވަނަ އަހަރު ބާއްވާފައިވާއިރު އެ ފަހަރުވެސް ދެ ބޭފުޅެއްގެ ފަހަތްޕުޅުގައި ޕީއެޗްޑީ ހިތްޕަވައިގެން ތިއްބެވި ރަނިންމޭޓުން ތިއްބެވިއެވެ. ޑރ. ހަސަން ސައީދުގެ ފަހަތްޕުޅުގައި ރަނިންގް މޭޓެއްގެ ގޮތުގައި ނުކުންނެވީ ޑރ. އަހުމަދު ޝަހީދެވެ. ރައީސް މައުމޫނުގެ ކެބިނެޓްގައި މަސައްކަތްކުރައްވާފައިވާ ދެ ބޭފުޅުން އެކުގައި ނުކުންނެވިއިރު، ރައީސް މައުމޫނުގެ ވެރިކަމުގެ ފަހު ދައުރުގައި ފިނޭންސް މިނިސްޓަރުކަން ކުރައްވާފައިވާ ކާމިޔާބު ވިޔަފާރިވެރިޔާ ގާސިމް އިބްރާހިމްގެ ފަހަތްޕުޅުންވެސް ނުކުންނެވީ ޑޮކްޓަރޭޓް ހައްދަވާފައި ހުންނެވި ބޭފުޅެކެވެ. އެ މަނިކުފާނުގެ ރަނިންގް މޭޓެއްގެ ގޮތުގައި ނުކުންނެވުމުގެ ކުރިން ސިޔާސީ މައިދާނުން ފެނިފައިނުވާ ޑރ. އަހުމަދު އަލީ ސަވާދެވެ. ޑރ ސަވާދު ވަނީ ފުރަތަމަ އުފެދުނު ޑިމޮކްރެޓިކް ވެރިކަމުގައި ބަންޑާރަ ނައިބުކަން ކުރައްވާފައެވެ. އަދި 2008 އިންތިޚާބުގައި މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީގެ ރިޔާސީ ކެނޑިޑޭޓް މުހައްމަދު ނަޝީދުގެ ރަނިންގ މޭޓަކީ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކެވެ. އިންތިޚާބުގެ ދެ ވަނަ ބުރަކަށް ގޮސް އިއްތިހާދެއްގެ ތެރެއިން އިންތިޚާބު ކާމިޔާބު ކުރައްވާފައިވަނީ ރައީސް މުހައްމަދު ނަޝީދެވެ. އެއާއެކު ފުރަތަމަ އުފެދިގެންދިޔަ ޑިމޮކްރެޓިކް ވެރިކަމުގެ ނައިބު ރައިސް ކަމަށް ވަޑައިގެންފައިވަނީ ޑޮކްޓަރޭޓް ހާސިލް ކުރައްވާފައިވާ ބޭފުޅެކެވެ.

ދެވަނަ އަށް ބޭއްވުނު ގިނަ ޕާޓީ އެކުލެވޭ ރިޔާސީ އިންތިޚާބުގައި އެ އިންތިޚާބު ކާމިޔާބުކުރެއްވި މިހާރުގެ ރައީސްގެ ފުރަތަމަ ނައިބަކީ ވެސް ޕީއެޗްޑީ ހާސިލްކުރައްވާފައިވާ ބޭފުޅެކެވެ. 2013 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސް ޔާމީންގެ ރަނިން މޭޓަކީ ޑރ. މުހައްމަދު ޖަމީލް އަހުމަދެވެ. އެ މަނިކުފާނުގެ ބުރަ މަސައްކަތް ޕުޅުތަކާއެކު ރައީސް އަބްދުﷲ ޔާމީން އެ އިންތިޚާބު ކާމިޔާބު ކުރެވުމުން ރާއްޖޭގައި ގިނަ ޕާޓީ ވާދަކުރި ރިޔާސީ އިންތިޚާބަކުން އުފެދިގެންދިޔަ ދެވަނަ ސަރުކާރުގެ ނައިބު ރައީސްކަން ވެސް ފުރުއްވާފައި ވަނީ ޕީއެޗްޑީ ހާސިލްކުރައްވާފައިވާ ފަރާތެކެވެ. އެ އަހަރުގެ އިންތިޚާބުގައި ހަނި ގޮތަކަށް ނާކާމިޔާބީއާ ކުރިމަތިވެވަޑައިގެންނެވި ރާއްޖޭގެ ފުރަތަމަ ޑިމޮކްރެޓިކް ވެރިކަމުގެ ރައީސް ވެސް ނުކުންނެވީ ޕީއެޗްޑީ ހައްދަވާފައިވާ ރަނިންގ މޭޓަކާއެކުއެވެ. ތައުލީމީ ދާއިރާގައި މަސައްކަތްކުރައްވާފައިވާ ޑރ މުސްތަފާ ލުތުފީއެވެ.

ރާއްޖޭގެ ގާނޫނުއަސާސީ ބުނާ ގޮތުން މިހާރު އޮތް ވެރިކަމުގެ ރިޔާސީ ދައުރު މިއަހަރު ހަމަވާނެއެވެ. މިއާއިއެކު މި އަހަރަކީ އިންތިޚާބުގެ އަހަރެވެ. ރިޔާސީ ރޭހަށް ސިޔާސީ ޕާޓީތައް ތައްޔާރުވާން ފަށާފައިވަނިކޮށް އިސްލާމިކް މިނިސްޓަރުކަން ކުރައްވާފައިވާ އަދި މިހާރު އިސްލާމިކް ޔުނިވާސިޓީގެ ޗާންސެލަރ ޑރ މުހައްމަދު ޝަހީމް އަލީ ސައީދު ވަނީ ސިޔާސީ މަސައްކަތްތަކުގައި އަލުން ފެނިގެން ހިނގައިދާނެ ކަމަށް ވިދާޅުވެ ހޮނިހިރު ދުވަހު ޓްވީޓެއް ކުރައްވާފައެވެ. ވަޒީރުކަމާއި ޔުނިވާސިޓީގެ ޗާންސެލަރކަން އަދާކުރެއްވުމަށް ފަހު އަލުން ސިޔާސީ މައިދާނަށް ވަޑައިގަންނަވަނީ އެއަށްވުރެ ބޮޑު މަގާމަކަށް ކަމަށްވަނީނަމަ ނައިބު ރައީސްކަން ނުވަތަ ރައީސް ކަމަކަމަށް ކުރިމަތި ލެއްވުމަށް މަސަކަތް ކުރެއްވުމުގެ މޫސުމަކީ މިއީއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޕީޕީއެމްގެ ރަނިންގ މޭޓަށް ޝައުގުވެރިކަން ނެތީ؟

ޕީޕީއެމްގެ ރަނިންގ މޭޓަށް ޝައުގުވެރިކަން ނެތީ؟

04 ޖުލައި 2018
ރަނިންގމޭޓަކު އަވަހަށް ދައްކަން ޖެހޭ

ރަނިންގމޭޓަކު އަވަހަށް ދައްކަން ޖެހޭ

04 ޖުލައި 2018
ރައީސް ޔާމީންގެ ރަނިންގމޭޓަކަށް ވާނީ ކޮންބޭފުޅެއް؟

ރައީސް ޔާމީންގެ ރަނިންގމޭޓަކަށް ވާނީ ކޮންބޭފުޅެއް؟

27 ޖޫން 2018

އަހަރުތަކުން މިއަދު

14 ޖޫން
އީރާނުގެ ވަރުގަދަ ހަމަލާއެއް - ހައިފާ އާއި ތެލް އަވީވް އަށް މިސައިލްގެ ވާރޭ ވެހެނީ
20251 އަހަރު ކުރިން
ދުނިޔެ

އީރާނުގެ ވަރުގަދަ ހަމަލާއެއް - ހައިފާ އާއި ތެލް އަވީވް އަށް މިސައިލްގެ ވާރޭ ވެހެނީ

ސިޑްސް ކޮންފަރެންސަށް ރާއްޖޭން 16 ބޭފުޅުންގެ ވަފްދެއް ދިޔަ، ޚަރަދަށް 3.8 މިލިއަން ރުފިޔާ
20242 އަހަރު ކުރިން
ރާއްޖެ

ސިޑްސް ކޮންފަރެންސަށް ރާއްޖޭން 16 ބޭފުޅުންގެ ވަފްދެއް ދިޔަ، ޚަރަދަށް 3.8 މިލިއަން ރުފިޔާ

ރާއްޖެއިން މަދުން ފެންނަ ކަމަށް ބުނެވެން ނެތް ''ގޯޝަރ'' ބަލީގެ ހަގީގަތަކީ ކޮބާ؟
20233 އަހަރު ކުރިން
ރިޕޯޓު

ރާއްޖެއިން މަދުން ފެންނަ ކަމަށް ބުނެވެން ނެތް ''ގޯޝަރ'' ބަލީގެ ހަގީގަތަކީ ކޮބާ؟

ދިރާގު ފައިބަރ އިންޓަނެޓްގެ ހިދުމަތް ފެހެންދޫ އަށް
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ދިރާގު ފައިބަރ އިންޓަނެޓްގެ ހިދުމަތް ފެހެންދޫ އަށް

އިތުރު ފީޗާތަކާއެކު ބީއެމްއެލްގެ އައު އެޕް ތައާރަފްކުރަނީ
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އިތުރު ފީޗާތަކާއެކު ބީއެމްއެލްގެ އައު އެޕް ތައާރަފްކުރަނީ

ޖޭއެސްސީގެ މައްސަލަ އަށް ހިޔާލު ފާޅުކޮށް ޓްވީޓް ކުރެވުނީ އޮޅުމަކުން: ފެނަކަ
20197 އަހަރު ކުރިން
ރާއްޖެ

ޖޭއެސްސީގެ މައްސަލަ އަށް ހިޔާލު ފާޅުކޮށް ޓްވީޓް ކުރެވުނީ އޮޅުމަކުން: ފެނަކަ

އިންޑިއާ ހޭލައިފި، ދިވެހި ސަރުކާރަށް ކެތްވާނެ؟
20188 އަހަރު ކުރިން
ރިޕޯޓު

އިންޑިއާ ހޭލައިފި، ދިވެހި ސަރުކާރަށް ކެތްވާނެ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު