Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ސްޓެލްކޯ

މާލެ-ހުޅުމާލެ ޕަވަރ އިންޓަރ ކަނެކްޝަން ނެޓްވާރކްގެ މަސައްކަތް ހުއްޓާލީ އޭސީސީން ވަކި ގޮތެއް އަންގެންދެން: ސްޓެލްކޯ

އެންޓި-ކޮރަޕްޝަން ކޮމިޝަނުން މަސައްކަތާގުޅޭ މުޢާމަލާތްތައް ފޯރުކޮށްދޭން އެދިފައިވޭ

އަބުދުﷲ ނަސީރު އިބްރާހިމް
އަބުދުﷲ ނަސީރު އިބްރާހިމް, ރާއްޖެ އެމްވީ | 11 ޖެނުއަރީ 2018 | ބުރާސްފަތި 18:06
މާލެ-ހުޅުލެ ބްރިޖް: މާލެ-ހުޅުމާލެ ޕަވަރ އިންޓަރ ކަނެކްޝަން ނެޓްވާރކްގެ މަސައްކަތް އޭސީސީން އަންނަނީ ތަހުޤީޤްކުރަމުން

މާލެ-ހުޅުލެ ބްރިޖް: މާލެ-ހުޅުމާލެ ޕަވަރ އިންޓަރ ކަނެކްޝަން ނެޓްވާރކްގެ މަސައްކަތް އޭސީސީން އަންނަނީ ތަހުޤީޤްކުރަމުން

މާލެ-ހުޅުމާލެއާ ދެމެދު ހައި ވޮލްޓޭޖް ކޭބަލް އެޅުމުގެ މަސައްކަތް ޙަވާލުކުރުން މަޑުޖައްސާލަން އޭސީސީން އަންގައިފައިވާ ނުވާ ކަމަށާއި، ނަމަވެސް އެ މަސައްކަތް ހުއްޓާލީ އޭސީސީން ކުރިއަށްގެންދާ ތަހުޤީޤް ނިންމައި ވަކި އެއްޗެއް އަންގަންދެން ކަމަށް ސްޓެލްކޯ އިން ބުނެފިއެވެ.

"މާލެ-ހުޅުމާލެއާ ދެމެދު ހައި ވޮލްޓޭޖް ކޭބަލް އެޅުމުގެ މަސައްކަތް ޙަވާލުކުރުން މަޑުޖައްސާލަން އޭސީސީން އަންގައިފި" މި ސުރުޚީގެ ދަށުން މިހާރު އޮންލައިންގައި ޝާއިރުކުރި ޚަބަރު ދޮގުކޮށް ސްޓެލްކޯ އިން އާންމުކުރި ބަޔާނެއްގައި ބުނެފައި ވަނީ މައްސަލަ އޭސީސީން ތަހުޤީޤްކުރަމުންދާ ކަމަށެވެ. އެގޮތުން 2018 ޖަނަވަރީ 07 ވަނަ ދުވަހު މަސައްކަތާގުޅޭ މުޢާމަލާތްތައް ހޯދުމަށް އެންޓި-ކޮރަޕްޝަން ކޮމިޝަނުން އެދުމުން އެ މަސައްކަތާ ގުޅޭ އެންމެހާ ޑޮކިއުމަންޓްތަކެއް އެ ކޮމިޝަނަށް ޙަވާލު ކޮށްފައިވާ ކަމަށް ސްޓެލްކޯ އިން ބުނެއެވެ. އަދި މައްސަލައިގެ ތަޙްޤީޤު ނިންމައި އެ މަޝްރޫޢުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް އެކޮމިޝަނުން އަންގަންދެން، ހަމަ އެދުވަހުން ފެށިގެން މަޝްރޫޢާ ގުޅޭ ހުރިހާ މަސައްކަތެއް ހުއްޓާލާފައިވާ ކަމަށް ބަޔާނުގައި ބުނެފައިވެއެވެ.

ސްޓެލްކޯއިން ބުނީ، "ހުޅުވާލެވިފައިވާ އިންޓަރނޭޝަނަލް ޓެންޑަރއަކުން" މި މަޝްރޫޢުގެ މަސައްކަތަށް ކުރިމަތިލީ، ޗައިނާ ނެޝަނަލް އިލެޓްރިކް އިންޖިނިއަރިންގ ކޯ ލިމިޓެޑް (ސީ.އެން.އީ.އީ.ސީ) ގެ އިތުރުން ޗައިނާގެ ޑޮންފަންގ އިލެކްޓްރިކް އިންޓަރނޭޝަނަލް ކޯޕަރޭޝަން (ޑީ.އީ.ސީ) އިން ކަމަށެވެ. އެއީ ކޮންޓްރެކްޓަރ ފައިނޭންސް އުޞޫލުން މަސައްކަތް ކުރިއަށް ގެންދިއުމަށް ކަމަށް ބަޔާނުގައި ބުނެފައި ވެއެވެ.

ތަފްސީލް ހާމަކުރަމުން ސްޓެލްކޯގެ ބަޔާނުގައި ބުނެފައި ވަނީ މަސައްކަތް ހަވާލުކުރުމަށް ނިންމާފައިވާ، ޑީ.އީ.ސީ އިން މަސައްކަތުގެ އަގުގެ ގޮތުގައި ހުށަހަޅާފައި ވަނީ 44،462،087 (ސާޅީސް ހަތަރު މިލިޔަން ހަތަރުސަތޭކަ ފަސްދޮޅަސް ދެހާސް އަށްޑިހަ ހަތެއް) ޑޮލަރު، ހަތް އަހަރުން ދައްކާ ޚަލާސް ކުރާ ގޮތަށް ކަމަށް ވާއިރު، ބީލަމަށް ވާދަކުރި ސީ.އެން.އީ.އީ.ސީ އިން މަސައްކަތުގެ އަގުގެ ގޮތުގައި ހުށަހަޅާފައިވަނީ 56،640،262 (ފަންސާސް ހަ މިލިޔަން ހަސަތޭކަ ސާޅީސްހާސް ދުއިސައްތަ ފަސްދޮޅަސް ދޭއް) ޑޮލަރު، ފަސް އަހަރުން ދައްކާ ޚަލާސް ކުރާ ގޮތަށް ކަމަށެވެ. އަދި މަސައްކަތް ކުންފުންޏާއި ހަވާލުކުރެވިފައި ވަނީ ދައުލަތަށް އެންމެ ފައިދާހުރި ގޮތުގައި ކަމަށް ބަޔާނުގައި ބުނެފައި ވެއެވެ.

"ބްރިޖް މެދުވެރިކޮށް އަޅާ ހައިވޮލްޓޭޖް ކޭބްލަކީ، މިކުންފުނިން ހުޅުމާލޭގައި ޤާއިމްކުރާ 50 މެގަވޮޓް އިންޖީނުގެއިން ބްރިޖް ހުރަސްކޮށް މާލެއާއި ގުޅާލެވޭ، 132 ކިލޯވޯލްޓްގެ ހައިވޮލްޓޭޖް ކޭބަލެކެވެ. މިމަސައްކަތަކީ ބުރިޖާ އެކުއެކީ ނިމިގެން ދިއުން ނޫން ގޮތަކަށް ފަހަރެއްގައި ވެސް ކުރެވޭނެ މަސައްކަތަކަށް ނުވާތީ، ދައުލަތަށާއި މިކުންފުންޏަށް އެންމެ ފައިދާ ހުރި ގޮތަކީ ބަޔާންވެދިޔަ ގޮތަށް މަސައްކަތް ހަވާލުކުރެވި، އަދި އަވަހަށް ވެސް މަސައްކަތްކޮށް ނިންމުންކަމުގައި މިކުންފުނި ދެކޭ ވާހަކަ އެންމެހާ ފަރާތްތަކަށް ދަންނަވަމެވެ،" ސްޓެލްކޯގެ ބަޔާނުގައި ބުނެފައިވެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޣިޔާސުއްދީން އިންޓަރނެޝަނަލް ސުކޫލުން ޝްކޮލަރޝިޕްގެ ފުރުސަތު ހުޅުވާލައިފި

ޣިޔާސުއްދީން އިންޓަރނެޝަނަލް ސުކޫލުން ޝްކޮލަރޝިޕްގެ ފުރުސަތު ހުޅުވާލައިފި

02 ޖެނުއަރީ 2018
ރަގަޅު ނޫން ބަޔަކަށް އެބްސޮލިއުޓް ޕަވަރ ލިބުމުން ވާނެ ގޮތް މިއަދު ގައުމުން މި ފެނިގެންދަނީ: ޔުމްނާ

ރަގަޅު ނޫން ބަޔަކަށް އެބްސޮލިއުޓް ޕަވަރ ލިބުމުން ވާނެ ގޮތް މިއަދު ގައުމުން މި ފެނިގެންދަނީ: ޔުމްނާ

22 ނޮވެމްބަރު 2017
ގަވަރނަރ އިންޓަރވިއު ކުރުމުގެ ކޮމިޓީ މިރޭ 9:50 ގައި

ގަވަރނަރ އިންޓަރވިއު ކުރުމުގެ ކޮމިޓީ މިރޭ 9:50 ގައި

22 އޯގަސްޓު 2017
އިންޓަރ ސުކޫލް ހިއުމަން ރައިޓްސް ކުއިޒް ޕްރޮގްރާމް ނިންމާލައިފި

އިންޓަރ ސުކޫލް ހިއުމަން ރައިޓްސް ކުއިޒް ޕްރޮގްރާމް ނިންމާލައިފި

01 ޖުލައި 2017
ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން ކަރަންޓް ހިނގައްޖެ

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން ކަރަންޓް ހިނގައްޖެ

20 މެއި 2017

އަހަރުތަކުން މިއަދު

7 އެޕްރީލު
ފައިސަލްގެ ގެކޮޅަށް ރެއިޑްކުރަން އުޅުނުކަމަށް ދެކެވޭ ވާހަކަ ފުލުހުން ދޮގުކޮށްފި، ފައިސަލްގެ ކޮމެންޓެއް އަދި ނެތް
20251 އަހަރު ކުރިން
ރާއްޖެ

ފައިސަލްގެ ގެކޮޅަށް ރެއިޑްކުރަން އުޅުނުކަމަށް ދެކެވޭ ވާހަކަ ފުލުހުން ދޮގުކޮށްފި، ފައިސަލްގެ ކޮމެންޓެއް އަދި ނެތް

ސިމްޑީ ރަމަޟާން ޕްރޮމޯޝަންގެ ހަތަރުވަނަ ހަފުތާގެ ނަސީބުވެރިން ހޮވައިފި
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ސިމްޑީ ރަމަޟާން ޕްރޮމޯޝަންގެ ހަތަރުވަނަ ހަފުތާގެ ނަސީބުވެރިން ހޮވައިފި

ނައީމާއްތަގެ މަރު: ފުލުހުން ދޮރު ވައްޓާލިއިރުވެސް ކޮޓަރި ތެރެއިން ކުނި ވަސް ދުވާ!
20233 އަހަރު ކުރިން
ރިޕޯޓު

ނައީމާއްތަގެ މަރު: ފުލުހުން ދޮރު ވައްޓާލިއިރުވެސް ކޮޓަރި ތެރެއިން ކުނި ވަސް ދުވާ!

އިންސާނުންގެ ހަށިގަނޑުން މައިކްރޯޕްލާސްޓިކް ފެނުން: ބޮޑު ނުރައްކަލެއްގެ ރަނގަބީލެއް
20224 އަހަރު ކުރިން
ރިޕޯޓު

އިންސާނުންގެ ހަށިގަނޑުން މައިކްރޯޕްލާސްޓިކް ފެނުން: ބޮޑު ނުރައްކަލެއްގެ ރަނގަބީލެއް

ވޯޓު ބާތިލްވާގޮތާއި ސައްހަވާގޮތް އަދި ކަރުދާސް ބާތިލްވާގޮތް މިއޮތީ
20215 އަހަރު ކުރިން
ރިޕޯޓު

ވޯޓު ބާތިލްވާގޮތާއި ސައްހަވާގޮތް އަދި ކަރުދާސް ބާތިލްވާގޮތް މިއޮތީ

އަލުން ގުނަނީ މާވަށު ދާއިރާގެ ތިން ވޯޓު ފޮށްޓެއް
20197 އަހަރު ކުރިން
ރާއްޖެ

އަލުން ގުނަނީ މާވަށު ދާއިރާގެ ތިން ވޯޓު ފޮށްޓެއް

އެއް ދުވަހުން ރެކޯޑު އަދަދަކަށް މަސް ބާނައިފި، އިއްޔެ އެކަނި ވެސް 700 ޓަނު!
20188 އަހަރު ކުރިން
ރާއްޖެ

އެއް ދުވަހުން ރެކޯޑު އަދަދަކަށް މަސް ބާނައިފި، އިއްޔެ އެކަނި ވެސް 700 ޓަނު!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު