Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - businessAdvertisement
ވިޔަފާރި-އިގްތިސާދުހޮޓެލިއަރ މޯލްޑިވްސް

ހޮޓެލިއަރ މޯލްޑިވްސް މަޖައްލާ މަހަކު އެއް ފަހަރު ނެރެން ނިންމައިފި

30 ނޮވެމްބަރު 2017 | ބުރާސްފަތި 21:03

މި މަޖައްލާއަކީ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކަށް ހާއްސަކޮށްގެން ނެރޭ މަޖައްލާއެއް

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 30 ނޮވެމްބަރު 2017 | ބުރާސްފަތި 21:03
ޕަރސްޕެކްޓިވް މޯލްޑިވްސްގެ ފަރާތުން ސިޓީ ގާޑަންގައި ބޭއްވި ހަފްލާގެ ތެރެއިން

ޕަރސްޕެކްޓިވް މޯލްޑިވްސްގެ ފަރާތުން ސިޓީ ގާޑަންގައި ބޭއްވި ހަފްލާގެ ތެރެއިން

ހޮޓެލިއަރ މޯލްޑިވްސް މަޖައްލާ މަހަކު އެއް ފަހަރު ނެރެން ނިންމައިފިއެވެ.

މީގެ ކުރިން ކޮންމެ ދެ މަހަކުން އެއްފަހަރު ނެރެމުންދިޔަ މި މަޖައްލާ އަންނަ ޖަނަވަރީ މަހުން ފެށިގެން ނެރެން ނިންމާފައިވާކަން ރަސްމީކޮށް އިއުލާންކޮށްފައި ވަނީ ބުދަ ދުވަހުގެރޭ ސިޓީ ގާޑަން ރެސްޓޯރެންޓުގައި ބޭއްވި ކުޑަ ރަސްމިއްޔާތެއްގައެވެ. މި ރަސްމިއްޔާތުގައި ސަޕްލަޔަރ ޑިރެކްތްރީގެ ނަމުގައި އައު ޚިދުމަތެއްވެސް ވަނީ ތަޢާރުފު ކޮށްފައެވެ.

ސަޕްލަޔަރ ޑިރެކްޓްރީ އަކީ ރިސޯޓް އަދި ހޮޓާތަކަށް ބޭނުންވާ ޚިދުމަތްތައް ފޯރުކޮށްދޭ ކުންފުނިތަކުގެ މަޢުލޫމާތު އެއްތަނަކުން ހޯދުމަށް މަގު ފަހިކޮށްދޭ ވަސީލަތެކެވެ. މި ޑިރެކްޓްރީގައި ކުންފުނިތައް ލިސްޓުކުރުމުގެ ފުރުސަތު އެއްވެސް އަގަކާއި ނުލައި ޕާސްޕެކްޓިވް މޯލްޑިވްސް ޕްރައިވެޓް ލިމިޓަޑުން ވަނީ ހުޅުވާލާފައެވެ. އަދި މީގެއިތުރުން މި ޑިރެކްޓްރީގައި އިސްތިހާރު ކުރުމުގެ ފުރުޞަތުވެސް ވަނީ ހުޅުވާލާފައެވެ.

ޕަރސްޕެކްޓިވް މޯލްޑިވްސް ޕްރައިވެޓް ލިމިޓަޑްގެ ފަރާތުން ނެރޭ ހޮޓެލިއަރ މޯލްޑިވްސް މަޖައްލާއަކީ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކަށް ހާއްސަކޮށްގެން ނެރޭ މަޖައްލާއެކެވެ.

ޕަރސްޕެކްޓިވް މޯލްޑިވްސް ޕްރައިވެޓް ލިމިޓަޑްގެ ހެޑް އޮފް އޮޕަރޭޝަންސް އައިމިނަތު އަލީ ވިދާޅުވީ، ހޮޓެލިއަރ މޯލްޑިވްސް މަޖައްލާގެ ބޭނުމަކީ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ރިސޯޓް އަދި ހޮޓާތަކާއި، ފަތުރުވެރިކަމުގެ ދާއިރާއަށް ބޭނުންވާ މުދަލާއި ޚިދުމަތްތައް ފޯރުކޮށްދޭ ފަރާތްތަކާއި ދެމެދު މެދުވެރިއެއްގެ ދައުރު އަދާކުރުން ކަމުގައެވެ.

2014 ވަނަ އަހަރުން ފެށިގެން ނެރެމުން އަންނަ ހޮޓެލިއަރ މޯލްޑިވްސް މަޖައްލާގެ 24 އަދަދު މިހާތަނަށް ވަނީ ނެރެފައެވެ.

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ތުރުކީގެ އަޝްޓާޝް އިން 300 މިލިއަން ޑޮލަރުގެ ލަގްޒަރީ ރިސޯޓެއް ރާއްޖޭގައި ތަރައްގީކުރަނީ

3

ޓްރަމްޕްގެ "ތިންވަނަ ހަނގުރާމަ" ވެސް ނާކާމިޔާބުވެ އެމެރިކާ ބަލިވެއްޖެ: އީރާނުގެ ލީޑަރުގެ އެޑްވައިޒަރ

4

އުތުރު ކޮރެއާއިން ޖަޕާނަށް އަސްކަރީ ފިޔަވަޅުއަޅާނެ ކަމުގެ އިންޒާރުދީފި

5

އީރާން ބަލިވެފައިވާކަމަށް 106 ފަހަރު އަދި އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށް 80 ފަހަރު ޓްރަމްޕް ވިދާޅުވެފައިވާތީ، އީރާންގެ ޤައުމީ ސަލާމަތާ ބެހޭ ކޮމެޓީގެ މެންބަރެއްގެ މަލާމާތް ޓްރަމްޕް އަށް!

އިތުރަށް ކިޔާލަން

04 މެއި 2017

މޯލްޑިވްސް ކޮންސިއުމަރ ފެއަރ 2017 ހުޅުވައިފި

04 މެއި 2017
މޯލްޑިވްސް ކޮންސިއުމަރ ފެއަރ 2017 ހުޅުވައިފި
04 އެޕްރީލު 2017

އުރީދޫ މޯލްޑިވްސްގެ ސީއީއޯ އަކަށް ނަޖީބް ޚާން އައްޔަނުކޮށްފި

04 އެޕްރީލު 2017
އުރީދޫ މޯލްޑިވްސްގެ ސީއީއޯ އަކަށް ނަޖީބް ޚާން އައްޔަނުކޮށްފި
29 މާރިޗު 2017

ކޮކޫން މޯލްޑިވްސް އިޓަލީގައި ލޯންޗްކޮށްފި

29 މާރިޗު 2017
ކޮކޫން މޯލްޑިވްސް އިޓަލީގައި ލޯންޗްކޮށްފި
20 މާރިޗު 2017

ދިއްލީއަށް ކުރާ ދަތުރުތައް މެގަ މޯލްޑިވްސް އިން ހުއްޓާލައިފި

20 މާރިޗު 2017
ދިއްލީއަށް ކުރާ ދަތުރުތައް މެގަ މޯލްޑިވްސް އިން ހުއްޓާލައިފި
14 ފެބުރުއަރީ 2017

މޯލްޑިވްސް ލިވިން އެކްސްޕޯ 2017 އަންނަ ބުރާސްފަތި ދުވަހު ފަށަނީ

14 ފެބުރުއަރީ 2017
މޯލްޑިވްސް ލިވިން އެކްސްޕޯ 2017 އަންނަ ބުރާސްފަތި ދުވަހު ފަށަނީ
14 ފެބުރުއަރީ 2017

2.2 ބިލިއަން ރުފިޔާއާ އެކު މިރާ އަށް މަހަކު އެންމެ ބޮޑު އާމްދަނީއެއް ލިބުނީ މިއަހަރުގެ ޖެނުއަރީ މަހު!

14 ފެބުރުއަރީ 2017
2.2 ބިލިއަން ރުފިޔާއާ އެކު މިރާ އަށް މަހަކު އެންމެ ބޮޑު އާމްދަނީއެއް ލިބުނީ މިއަހަރުގެ ޖެނުއަރީ މަހު!
06 ފެބުރުއަރީ 2017

މޯލްޑިވްސް އެޑިއުކޭޝަން އެންޑް ކެރިއަރ އެކްސްޕޯ 2017 ލޯންޗްކޮށްފި

06 ފެބުރުއަރީ 2017
މޯލްޑިވްސް އެޑިއުކޭޝަން އެންޑް ކެރިއަރ އެކްސްޕޯ 2017 ލޯންޗްކޮށްފި
29 ޖެނުއަރީ 2017

ހޮންޑާ މޯލްޑިވްސް ވެބްސައިޓް ލޯންޗްކޮށް އޮންލައިން ހިދުމަތް ފަށައިފި

29 ޖެނުއަރީ 2017
ހޮންޑާ މޯލްޑިވްސް ވެބްސައިޓް ލޯންޗްކޮށް އޮންލައިން ހިދުމަތް ފަށައިފި
23 ޖެނުއަރީ 2017

އޮލަ ވާހަކަ ސްޓިކާތައް 2 މިލިއަން ފަހަރު ބޭނުންކޮށްފި

23 ޖެނުއަރީ 2017
އޮލަ ވާހަކަ ސްޓިކާތައް 2 މިލިއަން ފަހަރު ބޭނުންކޮށްފި
14 ޖެނުއަރީ 2017

ބޭރުގެ އުޅަނދުފަހަރުން އާ ފީއެއް ނަގަނީ

14 ޖެނުއަރީ 2017
ބޭރުގެ އުޅަނދުފަހަރުން އާ ފީއެއް ނަގަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް