Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ޔުއެފާ ޗެމްޕިއަންސް ލީގު

ޗެމްޕިއަންސް ލީގު: ސިޓީ ފަސްބެލުމެއް ނެތި ކުރިޔަށް، ނަޕޯލީ އުއްމީދު ދަމަހައްޓައިފި

ސިޓީ ވަނީ 1-0 ގެ ނަތީޖާއަކުން ނެދަލޭންޑްސްގެ ފެޔަނޫދް ބަލިކޮށްފަ

އަހްމަދު ސާއިފް ޝިޔާދް
އަހްމަދު ސާއިފް ޝިޔާދް, ރާއްޖެ އެމްވީ | 22 ނޮވެމްބަރު 2017 | ބުދަ 05:25
ސިޓީއާއި ނަޕޯލީ ބައްދަލުކުރި މެޗުގެ ތެރެއިން

ސިޓީއާއި ނަޕޯލީ ބައްދަލުކުރި މެޗުގެ ތެރެއިން

ޔުއެފާ ޗެމްޕިއަންސް ލީގުގައި މެންޗެސްޓާ ސިޓީ ކުޅުނު މެޗު އެ ޓީމުން ކާމިޔާބުކުރިއިރު ނަޕޯލީ ވެސް މެޗު ކާމިޔާބުކޮށް ދެވަނަ ބުރުގެ އުއްމީދު ދަމަހައްޓައިފިއެވެ.

ޗެމްޕިއަންސް ލީގުގެ ގްރޫޕް 'އެފް' ގައި އަމިއްލަ ދަނޑުގައި ސިޓީ ވަނީ 1-0 ގެ ނަތީޖާއަކުން ނެދަލޭންޑްސްގެ ފެޔަނޫދް ބަލިކޮށްފައެވެ. ސިޓީގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔަ މި މެޗުގައިއ އެ ޓީމުން ވަނީ ނުރައްކާތެރި ގިނަ ހަމަލާތަކެއް އުފައްދާފައެވެ. އެ ޓީމުން ވަނީ މި މެޗުގައި ގިނަ ވަގުތު ބޯޅަ ގެންގުޅެ މޮޅޫ އެޓޭކިން ފުޓްބޯޅައެއް ކުޅެފައެވެ.

ފެޔަނޫދްއިން ވަނީ ސިޓީއަށް ލަނޑެއް ޖެހިޔަނުދީ 87 މިނެޓު ހިފަހައްޓާފައެވެ. އެހެނަސް މެޗު ނިމެން ދެ މިނެޓަށް ވެފައިވަނިކޮށް ފެޔަނޫދްގެ މޮޅު ޑިފެންސް ސިޓީއަށް ފޫ އަޅުވާލަ ދިނީ ޒުވާން ވިންގާރ ރަހީމް ސްޓާލިންއެވެ. އޭނާއަށް މި ލަނޑު ޖަހައިދިނުމަށް އެހީތެރިވެ ދިނީ އިކޭ ގުންޑޮގަންއެވެ.

މި މޮޅާއެކު ސިޓީއިން ވަނީ ބާކީ އެއް މެޗު އޮއްވައި މި ގްރޫޕުގެ އެއްވަނަ ކަށަވަރު ކޮށްފައެވެ. ފެޔަނޫދްއަށް މުބާރާތުގައި އިތުރަށް ކުރިޔަށް ދިޔުމުގެ ހުރިހާ ދޮރެއް ވަނީ ބަންދުވެފައެވެ. ސިޓީއިން ވަނީ މި މޮޅާއެކު އެ ޓީމު މެޗަކުން ބަލިނުވުމުގެ ރެކޯޑު 25 މެޗަށް އިތުރު ކޮށްފައެވެ.

މި ގްރޫޕުގެ ދެވަނަ މެޗުގައި ނަޕޯލީ ވަނީ އަމިއްލަ ދަނޑުގައި 3-0 ގެ ނަތީޖާއަކުން ޔޫކްރެއިންގެ ޝަކްތަރް ޑޮނޭޓްސްކް ބަލިކޮށް ދެވަނަ ބުރުގެ އުއްމީދު ދަމަހައްޓާފައެވެ.

ދެ ޓީމުގެ ފަރާތުން ވެސް މޮޅު ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި ދެ ޓީމުން ވެސް ވަނީ ފޯރިގަދަ ބަލާހިތްވާ ޒާތުގެ ކުޅުމެއް ދައްކާފައެވެ.

މި މެޗުގެ ފުރަތަމަ ހާފުގައި އެއްވެސް ލަނޑެއް ފެނިގެން ގޮސްފައިނުވާއިރު ނަޕޯލީގެ ތިން ލަނޑު ވެސް ފެނިގެން ގޮސްފައިވަނީ ދެވަނަ ހާފުގައެވެ. ނަޕޯލީގެ ފުރަތަމަ ލަނޑު މެޗުގެ މެޗުގެ 56 ވަނަ މިނެޓުގައި އިޓަލީގެ ޒުވާން ފޯވާޑް ލޮރެންޒީ އިންސައިން ޖަހައިދިންއިރު އެ ޓީމުގެ ދެވަނަ ލަނޑު 81 ވަނަ މިނެޓުގައި ޖަހައިދިނީ މިޑްފީލްޑަރު ޕިއެޓްރަ ޒިލެންސްކީއެވެ. ނަޕޯލީއިން މެޗުގައި ޖެހި ތިންވަނަ ލަނޑު މެޗުގެ 83 ވަނަ މިނެޓުގައި ރައުލް އަލްބިއޯލްގެ އެހީތެރިކަމާއެކު ޖަހައިދިނީ ޑްރައިސް މާޓެންސްއެވެ.

ނަޕޯލީއަށް ދެވަނަ ބުރުގެ ޖާގައެއް ލިބޭނީ ގްރޫޕުގެ ފަހު މެޗުގައި ފެޔަނޫދް ބަލިކޮށްގެންނެވެ. ހަމައެހެންމެ މިވަގުތު ގްރޫޕުގެ ދެވަނައިގައި އޮތް ޝަކްތަރު އެ ޓީމު ދެން ކުޅޭ މެޗުން ބަލިވެއްޖެ ނަމަވެސް ނަޕޯލީ ދެވަނަ ބުރަށް ކޮލިފައިވުމަށް މަގުފަހި ވާނެއެވެ.

މި ގްރޫޕުގެ އެއްވަނައިގައި ކުޅުނު ފަސް މެޗު ވެސް ކާމިޔާބުކޮށް 15 ޕޮއިންޓާއެކު އޮތީ މެންޗެސްޓާ ސިޓީއެވެ. ދެވަނައިގައި ނުވަ ޕޮއިންޓާއެކު ޝަކްތަރު އޮތްއިރު ތިންވަނައިގައި ހަ ޕޮއިންޓާއެކު އޮތީ ނަޕޯލީއެވެ. މި ގްރޫޕުގެ ފުލުގައި އެއްވެސް ޕޮއިންޓެއް ނުލިބި އޮތީ ފެޔަނޫދްއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ކޭންގެ ހެޓްރިކާއެކީ ޓޮޓެންހަމް ލީގުގެ ދެވަނައަށް

ކޭންގެ ހެޓްރިކާއެކީ ޓޮޓެންހަމް ލީގުގެ ދެވަނައަށް

15 ޖެނުއަރީ 2017
މޮޅަކާއެކު އާސެނަލް ލީގުގެ ތިންވަނައަށް

މޮޅަކާއެކު އާސެނަލް ލީގުގެ ތިންވަނައަށް

15 ޖެނުއަރީ 2017
އަމާޒަކީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރުން: ސާންތި

އަމާޒަކީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރުން: ސާންތި

12 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ޑެލެ އަލީގެ ދެ ލަނޑުން ޓޮޓެންހަމް އިން ޗެލްސީގެ އުންމީދުތައް ފެނަށް ދުއްވާލައިފި

ޕްރިމިއާ ލީގު: ޑެލެ އަލީގެ ދެ ލަނޑުން ޓޮޓެންހަމް އިން ޗެލްސީގެ އުންމީދުތައް ފެނަށް ދުއްވާލައިފި

06 ޖެނުއަރީ 2017
ސިޓީ އޮތީ ޔުނައިޓެޑަށްވުރެ 10 އަހަރު ފަހަތުގައި: ގާޑިއޯލާ

ސިޓީ އޮތީ ޔުނައިޓެޑަށްވުރެ 10 އަހަރު ފަހަތުގައި: ގާޑިއޯލާ

04 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

11 ޖޫން
ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފްލެޓް ނުލިބޭ މީހުންނަށް އެކަން އަންގަން ފަށައިފި
20251 އަހަރު ކުރިން
ރާއްޖެ

ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފްލެޓް ނުލިބޭ މީހުންނަށް އެކަން އަންގަން ފަށައިފި

މަދު ބަންގްލަދޭޝް މީހުން ކޮޅެއް ކުރާ މުޒާހަރާ އެއް ވީމާ އެތާކަށް ނުދާނަން: ފިޝަރީޒް މިނިސްޓަރ ޝިޔާމް
20242 އަހަރު ކުރިން
ރާއްޖެ

މަދު ބަންގްލަދޭޝް މީހުން ކޮޅެއް ކުރާ މުޒާހަރާ އެއް ވީމާ އެތާކަށް ނުދާނަން: ފިޝަރީޒް މިނިސްޓަރ ޝިޔާމް

މަންމަ މަރުވިތާ 40 ދުވަސް ފަހުން ސަލާމަތްވި ދަރިންކޮޅުގެ އިންތިޒާރުގައި މާމައާއި ކާފަ ކެތްމަދުވެފައި
20233 އަހަރު ކުރިން
ރިޕޯޓު

މަންމަ މަރުވިތާ 40 ދުވަސް ފަހުން ސަލާމަތްވި ދަރިންކޮޅުގެ އިންތިޒާރުގައި މާމައާއި ކާފަ ކެތްމަދުވެފައި

މާބްލް ޝީޓްތަކެއްގެ ތެރޭގައި ތާށިވެ ބިދޭސީއަކު މަރުވެއްޖެ
20224 އަހަރު ކުރިން
ރާއްޖެ

މާބްލް ޝީޓްތަކެއްގެ ތެރޭގައި ތާށިވެ ބިދޭސީއަކު މަރުވެއްޖެ

ސައްމެ، ވަކިވެގެން އެ ދިޔައީ މުޅި ނިލަންދޫ ރޮއްވާލާފައި!
20215 އަހަރު ކުރިން
ރިޕޯޓު

ސައްމެ، ވަކިވެގެން އެ ދިޔައީ މުޅި ނިލަންދޫ ރޮއްވާލާފައި!

ސުޕްރީމް ކޯޓުގެ ފަނޑިޔާރަކާއި، ފެމިލީ ކޯޓުގެ އިސް ފަނޑިޔާރު ސަސްޕެންޑްކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ސުޕްރީމް ކޯޓުގެ ފަނޑިޔާރަކާއި، ފެމިލީ ކޯޓުގެ އިސް ފަނޑިޔާރު ސަސްޕެންޑްކޮށްފި

ރޯދަހިފުން: ބަރުދަން ލުއި ކުރުމަށް އޮތް ރަނުގެ ފުރުސަތެއް
20188 އަހަރު ކުރިން
ސިއްހަތު

ރޯދަހިފުން: ބަރުދަން ލުއި ކުރުމަށް އޮތް ރަނުގެ ފުރުސަތެއް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު