Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުވެހިކަލް ދުއްވުން

އެންމެ ފަހުން ކޮފީން ތެޔޮ އުފައްދައިގެން ވެހިކަލް ދުއްވަން ފަށައިފި!

އެ ކުންފުނިން ބުނި ގޮތުގައި 200,000 އަށްވުރެ ގިނަ ޓަނުގެ ކޮފީ ލަންޑަނުގައި ދިރިއުޅޭ މީހުން އަހަރެއްގެ މައްޗަށް އިސްރާފު ކުރޭ

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 21 ނޮވެމްބަރު 2017 | އަންގާރަ 16:53
ބަޔޯ-ބީންގެ ފައުންޑަރ އަތޫރް ކޭ

ބަޔޯ-ބީންގެ ފައުންޑަރ އަތޫރް ކޭ

މުސްލިމުންގެ ހިތި ބުއިމުގެ ގޮތުގައި ބޭނުންކުރަމުންދިޔަ ކޮފީއަށް މުޅި ދުނިޔޭގެ ހިތްޖެހިފައިވާއިރު، ކޮފީގެ އެކި ބާވަތްތައް ބާޒުން ލިބެން އެބަހުއްޓެވެ. އެހެންނަމަވެސް، ޕެޓްރޯލުގެ ބަދަލުގައި ކޮފީ ބޭނުންކޮށްގެން އުޅަނދެއް ދުއްވަފާނެ ކަމަށް ގަބޫލުކުރުން ވާނީ ދަތި ކަމަކަށެވެ.

އެހެން ނަމަވެސް، މިދިޔަ ހޯމަ ދުވަހާ ހަމައިން މިއީ ވެދާނެ ކަމެއް ކަމާ މެދު ސުވާލު އުފެއްދި ފަރާތްތަކަށް މިވަނީ ފުރިހަމަ ޖަވާބެއް ލިބިފައެވެ. ލަންޑަނުގެ ބަޔޯ-ބީން އިން ޝެލް ކުންފުންޏާއި އަރޖެންޓް އެނަރޖީއާ ގުޅިގެން މިވަނީ ކޮފީ ބޭނުންކޮށްގެން ބަޔޯ ފިޔުލްއެއް އުފައްދާފަ އެވެ.

ބަޔޯ-ބީން އިން ވަނީ، ކޮފީގެ ވޭސްޓް ބްލެންޑު ކޮށްގެން އެއިން ނުކުންނަ ތެލާއި ޑީސަލް އެއްކޮށްގެން ބަސް އޮފަރޭޓް ކުރެވޭނެ ގޮތަށް މަގު ފަހިކޮށްފައެވެ.

އެ ކުންފުނިން ބުނިގޮތުގައި 200,000 އަށްވުރެ ގިނަ ޓަނުގެ ކޮފީ ލަންޑަނުގައި ދިރިއުޅޭ މީހުން އަހަރެއްގެ މައްޗަށް އިސްރާފު ކުރެއެވެ.

އެ ކުންފުނިން ލަފާކުރާ ގޮތުގައި އަހަރެއްގެ މައްޗަށް 2.55 މިލިއަން ތައްޓަށްވާވަރުގެ ކޮފީ ބޭނުންކޮށްގެން އުފައްދާ ތެލާއި ޑީސަލް އެއްކޮށްގެން އެއް އަހަރު ދުވަހުގެ މުއްދަތަކަށް ބަސް އޮފަރޭޓު ކުރެވިދާނެއެވެ.

މި ކުންފުނިން މިހާތަނަށް ވަނީ ހަ ހާސް ލީޓަރުގެ ކޮފީ ތެޔޮ އުފައްދާފައެވެ.

އިތުރަށް ކިޔާލަން

21 މާރިޗު 2024

ބޭނުންކޮށް ނިމިގެން އުކާލާ ތެޔޮގަނޑުން ވެށި ސަލާމަތް ކުރެވިދާނެ ކަން އެނގޭތަ؟

21 މާރިޗު 2024
ބޭނުންކޮށް ނިމިގެން އުކާލާ ތެޔޮގަނޑުން ވެށި ސަލާމަތް ކުރެވިދާނެ ކަން އެނގޭތަ؟
15 ޑިސެމްބަރު 2023

އެއްގަމު އުޅަނދު ދުއްވަން ލައިސަންސް ނުލިބުނަސް ޕައިލެޓް ލައިސަންސް ލިބިދާނެ!

15 ޑިސެމްބަރު 2023
އެއްގަމު އުޅަނދު ދުއްވަން ލައިސަންސް ނުލިބުނަސް ޕައިލެޓް ލައިސަންސް ލިބިދާނެ!
15 ޑިސެމްބަރު 2023

ސާފު ފެންގަނޑެއްގެ ތެރެއިން އެންމެ މަތީ ފެންވަރުގެ ޒައިތޫނި ތެޔޮ: މި ވަނީ ކިހިނެއް؟

15 ޑިސެމްބަރު 2023
ސާފު ފެންގަނޑެއްގެ ތެރެއިން އެންމެ މަތީ ފެންވަރުގެ ޒައިތޫނި ތެޔޮ: މި ވަނީ ކިހިނެއް؟
22 ޖެނުއަރީ 2023

ނާމްސޫފީގެ ބޮޑުކަމުދާ ތަކެތިން ކަރަންޓް އުފައްދައިގެން ދެކޮޅު ޖެހިދާނެތަ؟

22 ޖެނުއަރީ 2023
ނާމްސޫފީގެ ބޮޑުކަމުދާ ތަކެތިން ކަރަންޓް އުފައްދައިގެން ދެކޮޅު ޖެހިދާނެތަ؟
21 މާރިޗު 2017

އިންޖީނުލީ އެއްޗެހި ނުދުއްވަން އެއްބަސްވާ ޖަޕާނުގެ މުސްކުޅިންނަށް އެމީހުންގެ ޖަނާޒާއިން 15 ޕަސެންޓް ޑިސްކައުންޓް ދެނީ

21 މާރިޗު 2017
އިންޖީނުލީ އެއްޗެހި ނުދުއްވަން އެއްބަސްވާ ޖަޕާނުގެ މުސްކުޅިންނަށް އެމީހުންގެ ޖަނާޒާއިން 15 ޕަސެންޓް ޑިސްކައުންޓް ދެނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު