Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުދިވެހި ޕްރިމިއާ ލީގު

ދިވެހި ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން ހޯދާ ނިއު އޭއެފްސީ ކަޕުން ޖާގަ ހޯދައިފި

19 ނޮވެމްބަރު 2017 | އާދީއްތަ 13:41

ނިއު އިން ލީގުގެ ޗެމްޕިއަންކަން ހޯދީ 2-3 ގެ ނަތީޖާއިން ޓީސީ ބަލިކުރުމަށްފަހު

ލީވާން އަލީ
ލީވާން އަލީ | 19 ނޮވެމްބަރު 2017 | އާދީއްތަ 13:41
ނިއު އިން ލަނޑު ޖެހުމަށްފަހު އުފާފާޅުކުރަނީ

ނިއު އިން ލަނޑު ޖެހުމަށްފަހު އުފާފާޅުކުރަނީ

އުރީދޫ ދިވެހި ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން ހޯދާ ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބް އޭއެފްސީ ކަޕުން ޖާގަ ހޯދައިފިއެވެ.

ލީގުގެ ޗެމްޕިއަންކަން ނިއު އިން ހޯދީ ޓީސީއާ ދެކޮޅަށް ކުޅުނު މެޗު 2-3 ގެ ނަތީޖާއިން ކާމިޔާބުކޮށްގެންނެވެ.

ގަލޮޅު ދަނޑުގައި ކުޅުނު މެޗު ފެށިގެން 10 މިނެޓު ތެރޭގައި ނިއު އިން ވަނީ ދެ ލަނޑުގެ ލީޑެއް ނަގާފައެވެ. އަލީ ފާސިރު (ސެންޓޭ) ގެ ލަނޑުން ދެވަނަ މިނެޓުގައި ނިއު އިން ލީޑު ނެގިއިރު، ހަތްވަނަ މިނެޓުގައި ނިއުގެ ސްޕެއިން ފޯވާޑް އެޑްރިއަން ގަލާޑޯ ވަނީ އެޓީމަށް ލީޑު ފުޅާކޮށްދީފައެވެ.

މި ލަނޑުތަކަށްފަހު ނިއު އިން މޮޅަށް ކުޅެމުންދިޔައިރު، ލަނޑު ޖަހަން ގިނަ ހުސް ފުރުސަތުތައް އެޓީމަށް ވަނީ ލިބިގެންގޮސްފައެވެ. ފުރަތަމަ ހާފްގައި ޓީސީ އަށް މާ އެދެވޭ ކުޅުމެއް ނުދެއްކޭ އިރު، އެޓީމަށް ލަނޑު ޖަހަންވެސް ރަނގަޅު ފުރުސަތުތަކެއް ލިބިގެންގޮސްފައެއް ނުވެއެވެ.

ފުރަތަމަ ހާފް ނިމުނީ 0-2 ގެ ނަތީޖާއިން ޓީސީގެ މައްޗަށް ނިއު ކުރީގައި އޮވެގެންނެވެ.

ދެވަނަ ހާފް ފެށިގެން ޓީސީން އެޓީމުގެ ކުޅުން ރަނގަޅުކޮށް އެޓޭކްތައް ވަރުގަދަކުރިއެވެ. އެހެންނަމަވެސް ނިއުގެ ވަރުގަދަ ޑިފެންސްލައިން ފޫއަޅުވާލުމަށްފަހު ލަނޑެއް ނުޖެހިގެން އުޅެނިކޮށް، ނިއު އިން ވަނީ އެޓީމުގެ ލީޑު އިތުރަށް ފުޅާކޮށްފައެވެ. މި ލަނޑު 74 ވަނަ މިނެޓުގައި ނިއު އަށް ކާމިޔާބުކޮށްދިނީވެސް ސެންޓޭއެވެ.

މެޗުގެ ފަހު 15 މިނެޓު ތެރޭގައި ޓީސީގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންގޮސްފައިވާއިރު، އެޓީމުން ވަނީ ދެ ލަނޑު ކާމިޔާބުކޮށްފައެވެ. މި ދެ ލަނޑުވެސް އެޓީމަށް ކާމިޔާބުކޮށްދިނީ އިބްރާހިމް މަހުދީ ހުސެއިން (ކުދުއިއްބެ) އެވެ.

މީގެއިތުރުން މެޗުގެ ފަހުވަގުތުކޮޅު ތެރޭގައިވެސް ޓީސީ އަށް ވަނީ ނަތީޖާ ހަމަހަމަކުރުމަށް ފުރުސަތުތަކެއް ލިބިގެންގޮސްފައެވެ. އެގޮތުން ޓީސީގެ ބިދޭސީ ކުޅުންތެރިޔާ ސްޓެވާޓް އަށް ލިބުނު ފުރުސަތުތައް ހިމެނެއެވެ.

މި ނަތީޖާއާއެކު ނިއު ވަނީ 36 ޕޮއިންޓް ހަމަކޮށް ޕޮއިންޓް ތާވަލުގެ އެއްވަނައިގައި ހަތް ޕޮއިންޓްގެ ލީޑެއް ނަގާފައެވެ. މެޗުން ބަލިވި ޓީސީ އޮތީ 29 ޕޮއިންޓާއެކު ޕޮއިންޓް ތާވަލުގެ ދެވަނައިގައެވެ.

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

އިތުރަށް ކިޔާލަން

15 ޖެނުއަރީ 2017

ކޭންގެ ހެޓްރިކާއެކީ ޓޮޓެންހަމް ލީގުގެ ދެވަނައަށް

15 ޖެނުއަރީ 2017
ކޭންގެ ހެޓްރިކާއެކީ ޓޮޓެންހަމް ލީގުގެ ދެވަނައަށް
15 ޖެނުއަރީ 2017

މޮޅަކާއެކު އާސެނަލް ލީގުގެ ތިންވަނައަށް

15 ޖެނުއަރީ 2017
މޮޅަކާއެކު އާސެނަލް ލީގުގެ ތިންވަނައަށް
12 ޖެނުއަރީ 2017

އަމާޒަކީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރުން: ސާންތި

12 ޖެނުއަރީ 2017
އަމާޒަކީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރުން: ސާންތި
06 ޖެނުއަރީ 2017

ކޮޕާ ޑެލްރޭ: ބާސާގެ މައްޗަށް އެތުލެޓިކް ކްލަބް ކުރިހޯދާ ކުއާޓާގެ އުންމީދު އާކޮށްފި

06 ޖެނުއަރީ 2017
ކޮޕާ ޑެލްރޭ: ބާސާގެ މައްޗަށް އެތުލެޓިކް ކްލަބް ކުރިހޯދާ ކުއާޓާގެ އުންމީދު އާކޮށްފި
06 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ޑެލެ އަލީގެ ދެ ލަނޑުން ޓޮޓެންހަމް އިން ޗެލްސީގެ އުންމީދުތައް ފެނަށް ދުއްވާލައިފި

06 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ޑެލެ އަލީގެ ދެ ލަނޑުން ޓޮޓެންހަމް އިން ޗެލްސީގެ އުންމީދުތައް ފެނަށް ދުއްވާލައިފި
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ފަހު ވަގުތު ޖިރޫ ކާމިޔާބުކޮށްދިން ލަނޑުން އާސެނަލް ސަލާމަތްވެއްޖެ

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ފަހު ވަގުތު ޖިރޫ ކާމިޔާބުކޮށްދިން ލަނޑުން އާސެނަލް ސަލާމަތްވެއްޖެ
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ސިޓީ އާއި ޔުނައިޓެޑް މޮޅުވިއިރު، ސަންޑަލޭންޑުން ލިވަޕޫލް ހިފަހައްޓައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ސިޓީ އާއި ޔުނައިޓެޑް މޮޅުވިއިރު، ސަންޑަލޭންޑުން ލިވަޕޫލް ހިފަހައްޓައިފި
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ކޭން އާއި ޑެލެއަލީގެ ލަނޑުތަކުން ވަޓްފޯޑްގެ މައްޗަށް ޓޮޓެންހަމް ކުރިހޯދައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ކޭން އާއި ޑެލެއަލީގެ ލަނޑުތަކުން ވަޓްފޯޑްގެ މައްޗަށް ޓޮޓެންހަމް ކުރިހޯދައިފި
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ކްރިސްޓަލް ޕަލަސް ބަލިކޮށް އާސެނަލް ތިންވަނަ އަށް ޖެހިލައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ކްރިސްޓަލް ޕަލަސް ބަލިކޮށް އާސެނަލް ތިންވަނަ އަށް ޖެހިލައިފި
04 ޖެނުއަރީ 2017

ޓީމަށް ދިމާވީ ޓެކްނިކަލް ގޯސްތަކެއް، ދެން ފަހަރަކުން ގޯލްޑް ހޯދާނަން: ކޯޗު

04 ޖެނުއަރީ 2017
ޓީމަށް ދިމާވީ ޓެކްނިކަލް ގޯސްތަކެއް، ދެން ފަހަރަކުން ގޯލްޑް ހޯދާނަން: ކޯޗު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް