Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
އެޑެން ހަޒާޑް

މިދިޔަ ސީޒަނަށް ވުރެ ޔުނައިޓެޑް އަދި ސިޓީ ވަރުގަދަ: ހަޒާޑް

ޕްރިމިއާ ލީގުގެ ތަށި ހޯދުމުގެ ފުރުސަތު އަދި ޗެލްސީއަށް ނުގެއްލޭ

ލީވާން އަލީ
ލީވާން އަލީ, ރާއްޖެ އެމްވީ | 20 އޮކްޓޯބަރު 2017 | ހުކުރު 10:20
ޗެލްސީއަށް ކުޅެމުން އަންނަ އެޑެން ހަޒާޑް

ޗެލްސީއަށް ކުޅެމުން އަންނަ އެޑެން ހަޒާޑް

މިދިޔަ ސީޒަނަށްވުރެ މެންޗެސްޓާ އަށް ނިސްބަތްވާ ކްލަބްތައް ކަމަށްވާ ޔުނައިޓެޑް އަދި ސިޓީ ވަރުގަދަ ކަމަށް ޗެލްސީއަށް ކުޅެމުން އަންނަ ބެލްޖިއަމްގެ ކެޕްޓަން އެޑެން ހަޒާޑް ބުނެފިއެވެ.

ނޫސްވެރިންނަށް މައުލޫމާތު ދެމުން ހަޒާޑް ބުނީ ޕްރިމިއާ ލީގުގެ ތަށި ޗެލްސީއަށް ގެއްލުނު ކަމަށް އޭނާ ގަބޫލުނުކުރާ ކަމަށާއި، އެހެންނަމަވެސް ސިޓީ އަދި ޔުނައިޓެޑް މިދިޔަ ސީޒަނަށްވުރެ ވަރުގަދަ ކަމަށް އޭނާ ގަބޫލުކުރާ ކަމަށެވެ.

ހަޒާޑް ބުނީ ޕްރިމިއާ ލީގުގެ ތަށި ހޯދުމުގެ ފުރުސަތު އަދިވެސް ޗެލްސީއަށް ނުގެއްލޭ ކަމަށާއި، ޗެލްސީ އެނބުރި އަންނާނީ ވަރުގަދަކޮށް ކަމަށެވެ. އެގޮތުން އެންމެ ރަނގަޅު ވަގުތު ޗެލްސީ އޮންނާނީ ރަނގަޅު ހިސާބެއްގައި ކަމަށް ގަބުލުކުރެވޭ ކަމަށް ވެސް އޭނާ ވަނީ ބުނެފައެވެ.

ޗެމްޕިއަންސް ލީގުގައި ރޯމާ އަތުން 3-3 ގެ ނަތީޖާއިން ޗެލްސީ އެއްވަރުވި މެޗަށް އަލިއަޅުވާލަމުން ހަޒާޑް ބުނީ އެ މެޗުން ޗެލްސީ ބަލިވި ނަމަ، ތިން މެޗުން ޖައްސަ ޖައްސައިގެން ބަލިވާނެ ކަމަށެވެ. އެގޮތުން މެޗުން އެއްވަރުވުމުން ވެސް ހިތްހަމަޖެހޭ ކަމަށް އޭނާ ވަނީ ބުނެފައެވެ.

ހަޒާޑް ބުނީ ފާއިތުވެދިޔަ މެޗުތަކުގެ ނަތީޖާމަތިން ހަނދާން ނައްތާލުމަށް ފަހު މި ހަފްތާގައި ވަޓްފޯޑްއާ ދެކޮޅަށް ކުޅޭ މެޗަށް ހުރިހާ ކުޅުންތެރިން ވެސް ތިބީ ތައްޔާރަށް ކަމަށާއި، އެ މެޗު ކާމިޔާބުކުރަން އެންމެން އަޒުމު ކަނޑައަޅާފައިވާ ކަމަށެވެ.

ފްރާންސްގެ ލިއްލޭ އިން ކެރިޔަރު ފެށި ހަޒާޑް ވަނީ އެޓީމަށް ކުޅުނު 193 މެޗުގައި 50 ލަނޑު ކާމިޔާބުކޮށްފައެވެ. އޭނާ ޗެލްސީއަށް ބަދަލުވީ 2012 ވަނަ އަހަރެވެ. އެގޮތުން އޭނާ ވަނީ އެޓީމަށް މިހާތަނަށް ކުޅުނު 258 މެޗުގައި 74 ލަނޑު ކާމިޔާބުކޮށްފައެވެ.

ޗެލްސިއާ އެކު ޔޫރޮޕާ ލީގު ކާމިޔާބުކޮށްފައިވާ ހަޒާޑް ވަނީ އެޓީމާއެކު ޕްރިމިއާ ލީގު ދެފަހަރު އަދި ފުޓްބޯލް ލީގު ކަޕް ވެސް ކާމިޔާބުކޮށްފައެވެ. އޭނާ ވަނީ ބެލްޖިއަމް ގައުމީ ޓީމަށް ކުޅުނު 80 މެޗުގައި 20 ލަނޑު ކާމިޔާބުކޮށްފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އާ ސީޒަނަށް ނުކުންނާނީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރަން: ޝަޒީން

އާ ސީޒަނަށް ނުކުންނާނީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރަން: ޝަޒީން

17 ޖެނުއަރީ 2017
ހަލް ސީޓީ އަތުން ޔުނައިޓެޑް މޮޅުވެއްޖެ

ހަލް ސީޓީ އަތުން ޔުނައިޓެޑް މޮޅުވެއްޖެ

11 ޖެނުއަރީ 2017
ހަތަރުވަނަ ބުރުގައި ޔުނައިޓެޑް ބައްދަލުކުރާނީ ވިގަންއާ

ހަތަރުވަނަ ބުރުގައި ޔުނައިޓެޑް ބައްދަލުކުރާނީ ވިގަންއާ

10 ޖެނުއަރީ 2017
ކުރިއަށް އޮތް ސީޒަނަށް ނިޔާ ވެސް ވިކްޓްރީއާ ގުޅިއްޖެ

ކުރިއަށް އޮތް ސީޒަނަށް ނިޔާ ވެސް ވިކްޓްރީއާ ގުޅިއްޖެ

10 ޖެނުއަރީ 2017
އެފްއޭކަޕް: ރަޝްފަޑްގެ ދެ ލަނޑުން ރެޑިން ބަލިކޮށް ޔުނައިޓެޑް ހަތަރުވަނަ ބުރަށް

އެފްއޭކަޕް: ރަޝްފަޑްގެ ދެ ލަނޑުން ރެޑިން ބަލިކޮށް ޔުނައިޓެޑް ހަތަރުވަނަ ބުރަށް

08 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

3 ޖޫން
ޢަރަފާތު ދުވަހަށް ވުރެ، ގިނައިން الله އެކަލާނގެ އަޅުތަކުން ނަރަކައިން މިންޖުކުރައްވާ ދުވަހެއް ނުވެއެވެ.
20251 އަހަރު ކުރިން
އިސްލާމް

ޢަރަފާތު ދުވަހަށް ވުރެ، ގިނައިން الله އެކަލާނގެ އަޅުތަކުން ނަރަކައިން މިންޖުކުރައްވާ ދުވަހެއް ނުވެއެވެ.

ރައްޔިތުންގެ މަޖިލިސް ގަނޑުވަރަކަށް ބަދަލުވަނީ؟
20242 އަހަރު ކުރިން
ރިޕޯޓު

ރައްޔިތުންގެ މަޖިލިސް ގަނޑުވަރަކަށް ބަދަލުވަނީ؟

"ދަގަނޑުތައް ދަށުވެ ދަރިފުޅު މަރުވީ އަހަރެންގެ ލޯ ކުރިމަތީ"
20233 އަހަރު ކުރިން
ރިޕޯޓު

"ދަގަނޑުތައް ދަށުވެ ދަރިފުޅު މަރުވީ އަހަރެންގެ ލޯ ކުރިމަތީ"

އެއްލައްކަ ރުފިޔާއާއެކު، ސެލެބްރިޓީ ރޭސް ސީޒަން 2 ކާމިޔާބުކުރީ އައްޒަ
20224 އަހަރު ކުރިން
ރާއްޖެ

އެއްލައްކަ ރުފިޔާއާއެކު، ސެލެބްރިޓީ ރޭސް ސީޒަން 2 ކާމިޔާބުކުރީ އައްޒަ

އެއްފަހަރު ކޮވިޑަށް ޕޮޒިޓިވްވެއްޖެ ނަމަ 10 މަސް ކުރިން ދެ ވަނަ ފަހަރަށް ޕޮޒިޓިވްވުން ދުރު- ދިރާސާ
20215 އަހަރު ކުރިން
ދުނިޔެ

އެއްފަހަރު ކޮވިޑަށް ޕޮޒިޓިވްވެއްޖެ ނަމަ 10 މަސް ކުރިން ދެ ވަނަ ފަހަރަށް ޕޮޒިޓިވްވުން ދުރު- ދިރާސާ

މަލީކުގެ މަދިރިހޯހޯ މެސެޖު ރައީސަށް ވަރަށް ކަމުގޮސްފި
20197 އަހަރު ކުރިން
ރިޕޯޓު

މަލީކުގެ މަދިރިހޯހޯ މެސެޖު ރައީސަށް ވަރަށް ކަމުގޮސްފި

ކުރުނބާ: ފައްކާ ފެނެއް އެކުލެވޭ
20188 އަހަރު ކުރިން
ސިއްހަތު

ކުރުނބާ: ފައްކާ ފެނެއް އެކުލެވޭ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު