Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ވޯލްޑްކަޕް ކޮލިފައިން

ލަނޑުގެ ތަފާތުން ޕޯޗުގަލް ކޮލިފައިވި އިރު ސުވިޒަލޭންޑް ޕްލޭއޮފްއަށް

ސުވިޒަލޭންޑާ ވާދަކޮށް ޕޯޗުގަލްއިން ކާމިޔާބު ކޮށްފައިވަނީ ދެ ލަނޑު ސުން ލަނޑުން

އަހްމަދު ސާއިފް ޝިޔާދް
އަހްމަދު ސާއިފް ޝިޔާދް, ރާއްޖެ އެމްވީ | 11 އޮކްޓޯބަރު 2017 | ބުދަ 07:00
ޕޯޗުގަލްގެ ކުޅުންތެރިން ލަނޑު ޖެހުމަށްފަހު އުފާ ފާޅުކުރަނީ

ޕޯޗުގަލްގެ ކުޅުންތެރިން ލަނޑު ޖެހުމަށްފަހު އުފާ ފާޅުކުރަނީ

ފައިދާ ލަނޑުގެ ތަފާތުން އަންނަ އަހަރު ރަޝިއާގައި އޮންނަ ފީފާ ވޯލްޑް ކަޕްގެ ޖާގައެއް ޕޯޗުގަލްއިން ކަށަވަރު ކުރިއިރު ސުވިޒަލޭންޑް ޕްލޭއޮފް ކުޅެން ޖެހިއްޖެއެވެ.

ޔޫރަޕުގެ ވޯލްޑް ކަޕް ކޮލިފައިންގެ ގްރޫޕް ބީ ގައި އަމިއްލަ ގައުމުގައި ކުޅުނު މި މެޗު ސުވިޒަލޭންޑާ ވާދަކޮށް ޕޯޗުގަލް ކާމިޔާބު ކޮށްފައިވަނީ ދެ ލަނޑު ސުން ލަނޑުންނެވެ. މި ގްރޫޕުގެ އެއްވަނަ ކަށަވަރު ކުރަން ކުޅުނު މި މެޗު ސުވިޒަލޭންޑުން ކާމިޔާބު ކުރި ނަމަ އެ ގައުމަށް މި ގްރޫޕުގެ އެއްވަނަ ލިބެން އޮތް ނަމަވެސް ޕޯޗުގަލްއިން ވަނީ ސުވިޒަލޭންޑުން ކުރަމުންއައި މި އުއްމީދު ފުނޑުފުނޑު ކޮށްލާފައެވެ.

މި މެޗުގެ ލީޑު ޕޯޗުގަލްއިން ނެގީ ސުވިޒަލޭންޑުގެ ޑިފެންޑާ ޔޯހާން ޖޫރޫ އަތުން މެޗުގެ 41 ވަނަ މިނިޓުގައި ބައިކޮޅަށް ވަން ލަނޑުންނެވެ. މި ލަނޑަށްފަހުވެސް ޕޯޗުގަލްއިން އެ ޓީމުގެ ކުޅުން ރަނގަޅުކޮށް ގިނަ ހަމަލާތަކެއް އުފައްދާފައިވެއެވެ. ނަތީޖާއެއްގެ ގޮތުން 57 ވަނަ މިނިޓުގައި އޭސީ މިލާންގެ ފޯވާޑް އަންދަރޭ ސިލްވާ ވަނީ ލަނޑެއް ޖަހާ ޕޯޗުގަލްއަށް ވޯލްޑް ކަޕްގެ ޖާގައެއް ކަށަވަރު ކޮށްދީފައެވެ.

މި ގްރޫޕުގެ ދެވަނަ މެޗުގައި ހަންގޭރީއިން ވަނީ އަމިއްލަ ގައުމުގައި އެއް ލަނޑު ސުން ލަނޑުން ފެރޯ އައިލެންޑްސް ބަލިކޮށްފައެވެ. މި މެޗުގެ ހަމައެކަނި ލަނޑު 81 ވަނަ މިނިޓުގައި ހަންގޭރީއަށް ކާމިޔާބު ކޮށްދިނީ ބެންޗުން ކުޅެން އެރި އެ ޓީމުގެ ފޯވާޑް ޑެނިއެލް ބޯޑްއެވެ.

މިގްރޫޕުގެ ތިންވަނަ މެޗުގައި ލެޓްވިއާ އިން ވަނީ އަމިއްލަ ގައުމުގައި ހަތަރު ލަނޑު ސުން ލަނޑުން އެންޑޮރާ ބަލިކޮށްފައެވެ. މި މެޗުގެ ފުރަތަމަ ލަނޑު 11 ވަނަ މިނިޓުގައި ލެޓްވިއާއަށް ކާމިޔާބު ކޮށްދިނީ ޑޭވިސް ކޮނިއޭކިސްއެވެ. އޭގެ އަށް މިނިޓު ފަހުން ވަލާޖިސް ސަބާލާ ލަނޑެއް ޖަހާ ލެޓްވިއާގެ ލީޑު ފުޅާކޮށްދިނެވެ. ފުރަތަމަ ހާފު ދެ ލަނޑު ސުން ލަނޑުން ލެޓްވިއާ ކުރީގަ އޮވެގެން ނިމުނުއިރު މެޗުގެ 59 ވަނަ މިނިޓުގައި ސަބާލާ ވަނީ އޭނާގެ ދެވަނަ ލަނޑު ޖަހާފައެވެ. މި މެޗުން ލެޓްވިއާ އަށް ތިން ޕޮއިންޓް ޔަގީން ވެގެން ދިޔައީ 63 ވަނަ މިނިޓުގައި އީގޯސް ޓަރަސޯވްސް ކާމިޔާބު ކޮށްދިން ލަނޑުންނެވެ.

ވޯލްޑް ކަޕްގެ އޮޓަމެޓިކް ކޮލިފިކޭޝަންގެ ޖާގައެއް ޕޯޗުގަލްއަށް ލިބިގެން ދިޔައީ ކުޅުނު 10 މެޗުން 27 ޕޮއިންޓް ހޯދައި، ފައިދާ 28 ލަނޑު ހަމަކޮށްގެންނެވެ. ސުވިޒަލޭންޑަށް ވެސް ޕޯޗުގަލްއާ އެއް އަދަދަކަށް ޕޮއިންޓް ލިބިފައިވީ ނަމަވެސް އެ ޓީމަށް ހަމަކުރެވުނީ ފައިދާ 16 ލަނޑެވެ. 13 ޕޮއިންޓާއެކު ހަންގޭރީއަށް ތިންވަނަ ލިބޭއިރު 9 ޕޮއިންޓާއެކު ހަތަރު ވަނަ ލިބެނީ ފެރޯ އައިލެންޑްސް އަށެވެ. ފަސް ވަނައިގައި ހަތް ޕޮއިންޓާއެކު ލެޓްވިއާ އޮތްއިރު ގްރޫޕް ބީގެ ފުލުގައި ހަތަރު ޕޮއިންޓާއެކު އޮތީ އެންޑޮރާއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޕްރިމިއާ ލީގު: އާސެނަލް އަދި ޔުނައިޓެޑް މޮޅުވިއިރު، ލިވަޕޫލް އަތުން ޓޮޓެންހަމް ބަލިވެއްޖެ

ޕްރިމިއާ ލީގު: އާސެނަލް އަދި ޔުނައިޓެޑް މޮޅުވިއިރު، ލިވަޕޫލް އަތުން ޓޮޓެންހަމް ބަލިވެއްޖެ

12 ފެބުރުއަރީ 2017
ފްރެންޗް ލީގް: ލޫކަސްގެ ލަނޑުން ޕީއެސްޖީ މޮޅުވިއިރު، މޮނާކޯ އަށްވެސް މޮޅެއް

ފްރެންޗް ލީގް: ލޫކަސްގެ ލަނޑުން ޕީއެސްޖީ މޮޅުވިއިރު، މޮނާކޯ އަށްވެސް މޮޅެއް

08 ފެބުރުއަރީ 2017
ޕްރިމިއާ ލީގު: ސިޓީ ތިންވަނަ އަށް ޖެހުނުއިރު، ޔުނައިޓެޑަށް ބޮޑު މޮޅެއް

ޕްރިމިއާ ލީގު: ސިޓީ ތިންވަނަ އަށް ޖެހުނުއިރު، ޔުނައިޓެޑަށް ބޮޑު މޮޅެއް

06 ފެބުރުއަރީ 2017
ޕްރިމިއާ ލީގު: ކޭންގެ ލަނޑުން ޓޮޓެންހަމް ސަލާމަތްވިއިރު، ލިވަޕޫލް ބަލިވެއްޖެ

ޕްރިމިއާ ލީގު: ކޭންގެ ލަނޑުން ޓޮޓެންހަމް ސަލާމަތްވިއިރު، ލިވަޕޫލް ބަލިވެއްޖެ

05 ފެބުރުއަރީ 2017
ޕްރިމިއާ ލީގު: ޗެލްސީ އާއި ލިވަޕޫލްގެ ކުރިމަތިލުން އެއްވަރުވިއިރު، އާސެނަލުން ފުރުސަތު ނަގާލައިފި

ޕްރިމިއާ ލީގު: ޗެލްސީ އާއި ލިވަޕޫލްގެ ކުރިމަތިލުން އެއްވަރުވިއިރު، އާސެނަލުން ފުރުސަތު ނަގާލައިފި

01 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

16 އެޕްރީލު
އަހަރުނުވާ ތުއްތު ކުއްޖެއް ފިހުނު ހާދިސާ، ބޮޑެތި އިހުމާލުތަކެއް
20251 އަހަރު ކުރިން
ރިޕޯޓު

އަހަރުނުވާ ތުއްތު ކުއްޖެއް ފިހުނު ހާދިސާ، ބޮޑެތި އިހުމާލުތަކެއް

ލަކުޑިކޮޅެއް ކަމަށް ހީކުރި އެތި އެންމެ ފަހުން ވީ، 10 މިލިއަން އަހަރުވީ އެތެއްގެ ކަށިކޮޅަކަށް!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ލަކުޑިކޮޅެއް ކަމަށް ހީކުރި އެތި އެންމެ ފަހުން ވީ، 10 މިލިއަން އަހަރުވީ އެތެއްގެ ކަށިކޮޅަކަށް!

ތައުފީގް: މޮޅަށް ކުލަބު ހިންގެވި މިސްޓަރ އީގަލްސް
20233 އަހަރު ކުރިން
މީހުން

ތައުފީގް: މޮޅަށް ކުލަބު ހިންގެވި މިސްޓަރ އީގަލްސް

ބިދޭސީ މީހާގެ މަރާއި ގުޅިގެން ތުހުމަތުވާ ޕާކިސްތާނު މީހާ ހައްޔަރުކޮށްފި
20224 އަހަރު ކުރިން
ރާއްޖެ

ބިދޭސީ މީހާގެ މަރާއި ގުޅިގެން ތުހުމަތުވާ ޕާކިސްތާނު މީހާ ހައްޔަރުކޮށްފި

ޑރ. ޒާހިރު ހުސައިންގެ އަނބިކަނބަލުން ނާއިލާ އިބްރާހިމް ކަލޭފާނު އަވަހާރަވެއްޖެ
20215 އަހަރު ކުރިން
ރާއްޖެ

ޑރ. ޒާހިރު ހުސައިންގެ އަނބިކަނބަލުން ނާއިލާ އިބްރާހިމް ކަލޭފާނު އަވަހާރަވެއްޖެ

ސަލްމާންގެ ޒުވާންކަމުގެ އަސަރު ޕެރިސް ހިލްޓަން އަށް ކޮށްފި!
20197 އަހަރު ކުރިން
ތަފާތު ޚަބަރު

ސަލްމާންގެ ޒުވާންކަމުގެ އަސަރު ޕެރިސް ހިލްޓަން އަށް ކޮށްފި!

ރައީސް ޔާމީނަށް އެވޯޑް އެރުއްވި ސޫދާނުގެ ކުރީގެ ބޮޑުވަޒީރަށް ފާޑުކިޔުންތަކެއް އަމާޒު ވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމީނަށް އެވޯޑް އެރުއްވި ސޫދާނުގެ ކުރީގެ ބޮޑުވަޒީރަށް ފާޑުކިޔުންތަކެއް އަމާޒު ވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު