Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެދ. ހުޅުދެލި

އިންތިޚާބުތަކާ ދިމާކޮށް ވަޒީފާތަކަށް މީހުން ނެގީ ސުމާރެއް ނުބަލައި: ހުޅުދެލި ކައުންސިލް ރައީސް

28 ސެޕްޓެމްބަރު 2026 | ހޯމަ 07:32

ދިރިއުޅުމުގެ ޚަރަދުތައް ބޮޑުވެ އަތްމަތި ދަތިވުމުގެ ޝަކުވާ ހުޅުދެލީ ރައްޔިތުން ކުރަމުންދާއިރު، ރަށުގެ ތަރައްގީގެ މަޝްރޫއުތައް އެކަށީގެންވާ ބާރުމިނެއްގައި ކުރިއަށް ނުދާތީ ކައުންސިލުން ކަންބޮޑުވުން ފާޅުކޮށްފި. މީގެ އިތުރުން އިންތިޚާބާ ދިމާކޮށް އުސޫލެއް ނެތި ވަޒީފާތަކަށް މީހުން އިތުރުކުރުމުގެ ސަބަބުން، މަސައްކަތެއް ނެތި ގިނަ މުވައްޒަފުންތަކެއް ތިބެންޖެހޭ މައްސަލަ ވެސް އެ ރަށު ކައުންސިލްގެ ރައީސް ވަނީ ފާހަގަކުރައްވާފައި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 28 ސެޕްޓެމްބަރު 2026 | ހޯމަ 07:32
ހުޅުދެލި ރައްޔިތުންނާ ރައީސް މުއިއްޒު ބައްދަލުކުރައްވާ ވާހަކަފުޅުދައްކަވަނީ

ހުޅުދެލި ރައްޔިތުންނާ ރައީސް މުއިއްޒު ބައްދަލުކުރައްވާ ވާހަކަފުޅުދައްކަވަނީ | ރައީސް އޮފީސް

އިންތިޚާބުތަކާ ދިމާކޮށް ވަޒީފާތަކަށް މީހުން ނެގި ސުމާރެއް ނުބަލާކަމަށާއި، އަދި ބައެއް މުވައްޒަފުން ޖޯލިފަތީގައި ވެސް ތިބެންޖެހޭކަމަށް ދ. ހުޅުދެލި ކައުންސިލްގެ ރައީސް އަހުމަދު ނަސްރު ވިދާޅުވެއްޖެ އެވެ.

ރާއްޖެޓީވީގެ ފަށާއިރު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން އެ ރަށު ކައުންސިލްގެ ރައީސް ވިދާޅުވީ، ރަށުތެރޭގެ އާންމު ހާލަތު ރަނގަޅުކަމަށާއި، ނަމަވެސް ތަކެތީގެ އަގު ބޮޑުވުމާއި އަތްމަތި ދަތިވުން ފަދަ މައްސަލަތައް ރައްޔިތުން ފާހަގަކުރާކަމަށެވެ.

Advertisement - newsAdvertisement

އޭނާ ވިދާޅުވީ، މަޝްރޫއުތައް ނުހިނގާތީ އެކަމުގެ ވާހަކަތައް ދެއްކެވުނު ފަހުން ކޮންމެވެސް ވަރަކަށް ބައެއް މަޝްރޫއުތައް މަޑުމަޑުން ހިނގަން ފަށާފައިވާ ކަމަށެވެ. ނަމަވެސް އެކަށީގެންވާ އަވަސް މިނެއްގައި ކަންކަން ކުރިއަށްނުދާތީ ކަންބޮޑުވުން އެބަހުރިކަމަށް އޭނާ ފާހަގަކުރެއްވި އެވެ.

ނަސްރު އިތުރަށް ވިދާޅުވީ، އިންތިޚާބުތަކާ ދިމާކޮށް ވަޒީފާތަކަށް މީހުން ނެގީ ސުމާރެއް ނުބަލާކަމަށާއި، އަދި ބައެއް މުވައްޒަފުން ޖޯލިފަތީގައި ވެސް ތިބެންޖެހޭ ކަމަށެވެ. އެ މުވައްޒަފުންނަށް ކުރަންވީ މަސައްކަތެއް ދައްކާނެ ބަޔަކު ނެތްކަން ވެސް އޭނާ ފާހަގަކުރެއްވި އެވެ.

ރަށުގައި ކުރިއަށްދާ ތަރައްގީގެ މަޝްރޫއުތަކުގެ ކުރިއެރުން ލަސްވުމަކީ ރައްޔިތުން ކަންބޮޑުވާ މައިގަނޑު ކަމެއްކަމަށް ކައުންސިލްގެ ރައީސް ފާހަގަކުރެއްވި އެވެ. 

މީގެއިތުރުން ރާއްޖޭގެ އިގުތިސާދީ ހާލަތާ ގުޅިގެން ރައްޔިތުންނަށް ދިމާވެފައިވާ ދަތިތަކާ ގުޅޭގޮތުން ވެސް ނަސްރު ވަނީ ވާހަކަދައްކަވާފަ އެވެ. އެގޮތުން ތަކެތީގެ އަގު ބޮޑުވުމާއި އަތްމަތި ދަތިވުމަކީ ރައްޔިތުން ދިރިއުޅުމުގައި ދިމާވެފައިވާ ބޮޑެތި ގޮންޖެހުންތަކެއްކަމަށް އޭނާ ފާހަގަކުރެއްވި އެވެ.

ނަމަވެސް މި ހުރިހާ ގޮންޖެހުންތަކެއް އޮތް ނަމަވެސް، ރައްޔިތުން ތިބީ ކަންކަން ރަނގަޅުވެ، މަޝްރޫއުތައް ހުރި ބާރަކަށް ކުރިއަށްދާނެކަމަށް އުއްމީދުކުރަމުންކަމަށް ހުޅުދެލި ކައުންސިލްގެ ރައީސް ވިދާޅުވި އެވެ.

ދ. ހުޅުދެލިއަހުމަދު ނަސްރު

އެންމެ ހިނގާ

1

ފްލައިޓް ލަސްވެގެން ވީއައިއޭގައި ޗައިނާ ފަތުރުވެރިންނާއި ފުލުހުންގެ މެދުގައި ހިނގި ހަމަނުޖެހުމުގެ ފަހަތުގައިވަނީ ކޮންކަމެއް؟

2

އިންޑިއާގެ ބަދަލުގައި ޕާކިސްތާނުން ޑޮކްޓަރުންނާއި ޓީޗަރުން ގެންނަން ނިންމާ، ރައީސް މުއިއްޒު ސަރުކާރުން އެ މަސައްކަތް ފަށައިފި

3

ގެދޮރު ލޯނުގެ އިކުއިޓީއަށް ކޮންމެ ރައްޔިތަކަށް ދެ ލައްކަ ރުފިޔާގެ އެހީއެއް ދޭނަން، ގޭގައި ގިނަ މީހުން ތިބިއްޔާ މިލިއަނެއްވެސް ލިބިދާނެ: ރައީސް

4

ބެއިޖިންގގެ ހުއްދަ ނެތި އެމެރިކާގެ މަނަވަރެއް ޗައިނާ ކަނޑަށް، މަސްރަހު ހޫނުވެ ޗައިނާގެ އިންޒާރެއް

5

އެއްބަސްވުމެއް ހެދުން، ނޫނީ "ފަނާވުން" ނޫން އިތުރު ގޮތެއް އީރާނަކަށް ނޯންނާނެ: ހެގްސެތު

އިތުރަށް ކިޔާލަން

28 ސެޕްޓެމްބަރު 2026

ލާމަރުކަޒީ ޤާނޫނަށް މި ސަރުކާރުން ގެނައި ބަދަލުތަކާއެކު މައިސަރުކާރަށް ސަލާން ޖެހުން ވަނީ އިޔާދަވެފައި: ހުޅުދެލި ކައުންސިލް

28 ސެޕްޓެމްބަރު 2026
ލާމަރުކަޒީ ޤާނޫނަށް މި ސަރުކާރުން ގެނައި ބަދަލުތަކާއެކު މައިސަރުކާރަށް ސަލާން ޖެހުން ވަނީ އިޔާދަވެފައި: ހުޅުދެލި ކައުންސިލް
09 ސެޕްޓެމްބަރު 2026

ހުޅުދެލީ ޕޮލިސް ސްޓޭޝަން އިމާރަތް ގާއިމުކުރަން ކައުންސިލުން 7000 އަކަފޫޓުގެ ބިމެއް ސަރުކާރަށް ދީފައި އޮންނަތާ 6 މަސް: ބިންގަލެއްވެސް އެޅިފައި ނެތް!

09 ސެޕްޓެމްބަރު 2026
ހުޅުދެލީ ޕޮލިސް ސްޓޭޝަން އިމާރަތް ގާއިމުކުރަން ކައުންސިލުން 7000 އަކަފޫޓުގެ ބިމެއް ސަރުކާރަށް ދީފައި އޮންނަތާ 6 މަސް: ބިންގަލެއްވެސް އެޅިފައި ނެތް!
04 ސެޕްޓެމްބަރު 2026

ކައުންސިލް އިންތިހާބާ ދިމާކޮށް ހުޅުދެލި ބިން ހިއްކާ ސަރަހައްދު ފާހަގަކުރަން ދިދަ ޖެހި، މިހާރު އެ ދިދަތައް ވަނީ ވަޔާ ވެއްޓިފައި

04 ސެޕްޓެމްބަރު 2026
ކައުންސިލް އިންތިހާބާ ދިމާކޮށް ހުޅުދެލި ބިން ހިއްކާ ސަރަހައްދު ފާހަގަކުރަން ދިދަ ޖެހި، މިހާރު އެ ދިދަތައް ވަނީ ވަޔާ ވެއްޓިފައި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް