Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެދ. ބަނޑިދޫ

ބަނޑިދޫގައި ތަރައްގީގެ އެންމެ ގިނަ މަޝްރޫއުތައް ހިންގާފައިވަނީ ކުރީގެ ރައީސް ސޯލިހުގެ ސަރުކާރުގައި: ކައުންސިލް

26 ސެޕްޓެމްބަރު 2026 | ހޮނިހިރު 08:24

ބަނޑިދޫގައި ނަރުދަމާއާއި ފެނަކަ އޮފީސް ފަދަ މުހިންމު މަޝްރޫއުތަކެއް ނިންމާފައިވާއިރު، ކައުންސިލުން މިހާރު އެންމެ އިސްކަމެއް ދެނީ ކުނި މެނޭޖުކުރުމާއި 25 އަހަރަށްފަހު ދޫކުރާ ގޯތިތައް ހަވާލުކުރުމަށް. ރަށަށް ދިމާވެފައިވާ ބިމުގެ ދަތިކަން ހައްލުކުރުމަށްޓަކައި، ސަރުކާރުން ވައުދުވެފައިވާ ގޮތަށް ބިން ހިއްކައިދިނުމަކީ ރަށުގެ ރައްޔިތުންގެ އެންމެ ބޮޑު އުންމީދު ކަމަށް ކައުންސިލްގެ ނައިބު ރައީސް ވިދާޅުވި

އަމްނާ އިމާދު
އަމްނާ އިމާދު | 26 ސެޕްޓެމްބަރު 2026 | ހޮނިހިރު 08:24
ހޮނިހިރު ދުވަހުގެ ފަށާއިރު ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ބަނޑިދޫ ކައުންސިލްގެ ނައިބު ރައީސް އަހުމަދު އީސަ ވާހަކަ ދައްކަވަނީ

ހޮނިހިރު ދުވަހުގެ ފަށާއިރު ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ބަނޑިދޫ ކައުންސިލްގެ ނައިބު ރައީސް އަހުމަދު އީސަ ވާހަކަ ދައްކަވަނީ | ރާއްޖެއެމްވީ

ދ.ޗބަނޑިދޫގައި ތަރައްގީގެ އެންމެ ގިނަ މަޝްރޫއުތައް ހިންގާފައިވަނީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ކަމަށް އެ ރަށުގެ ކައުންސިލުން ބުނެފި އެވެ. 

ހޮނިހިރު ދުވަހުގެ ފަށާއިރު ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ބަނޑިދޫ ކައުންސިލްގެ ނައިބު ރައީސް އަހުމަދު އީސަ ވިދާޅުވީ، ރައްޔިތުން އެދޭ ގޮތަށް ގިނަ މަޝްރޫއުތަކެއް ކުރީ ސަރުކާރުގައި ހިންގާފައިވާ ކަމަށާއި، ވަރަށް ގިނަ މަޝްރޫއުތައް ނިންމާފައިވާ ކަމަށެވެ. އަދި ވިދާޅުވީ އެ މަޝްރޫއުތައް ކުރިއަށް ގެންގޮސްފައިވަނީ ރައްޔިތުންގެ މަޝްވަރާގެ މަތިން ކަމަށެވެ. 

Advertisement - newsAdvertisement

އީސަ ވިދާޅުވީ ވޭތުވެދިޔަ ރައީސް ސޯލިހުގެ ވެރިކަމުގައި ނަރުދަމާ ނިޒާމާއި، ފެނަކަ އޮފީސް އަދި ކޯޓު އިމާރާތް ފަދަ ގިނަ ބޮޑެތި މަޝްރޫއުތަކެއް އެ ރަށުގައި ހިންގާފައިވާ ކަމަށެވެ. އެއީ މިހާތަނަށް އެ ރަށަށް އެންމެ ގިނަ ތަރައްގީގެ މަސައްކަތްތަކެއް ކޮށްދިން ދައުރު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އާދެ، ބަނޑިދޫގައި މިދިޔަ ވެރިކަމުގައި މިހާތަނަށް ބަނޑިދޫއަށް ކުރި އެންމެ ގިނަ މަސައްކަތްތަކެއް، ޕްރޮޖެކްޓްތަކެއް ހިންގާފައި ހުރި މިދިޔަ އެމްޑީޕީ ވެރިކަމުގައި
އަހުމަދު އީސަ

މީގެ އިތުރުން އީސަ ވަނީ ރަށުގެ ތަރައްގީއަށް ކައުންސިލުން އެކުލަވާލާފައިވާ ޕްލޭނަށް ވެސް އިޝާރާތް ކުރައްވާ ވާހަކަ ދައްކަވާފަ އެވެ.

އީސަ ވިދާޅުވީ އެ ޕްލޭނާ އެއްގޮތަށް މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ބާރުއަޅާ ކަމަށާއި، އެންމެ އިސްކަމެއް ދީގެން ކުރިއަށް ގެންދަނީ ކުނި މެނޭޖުކުރުމުގެ މަސައްކަތް ކަމަށެވެ. 

ވޭތުވެދިޔަ 25 އަހަރު ތެރޭގައި އެ ރަށުން ގޯތި ދޫކޮށްފައި ނުވާކަން ފާހަގަކުރައްވައި އީސަ ވިދާޅުވީ، ކުރިއަށް އޮތް މަސްތެރޭގައި ހައްގުވެރިންނަށް ގޯތި ހަވާލުކުރުމުގެ މަސައްކަތް ބާރަށް ކުރިއަށްދާނެ ކަމަށެވެ. މި ގޯތިތައް ދޫކުރުމުން ބިމުގެ ޖާގައަށް ދަތިކަމެއް އަންނާނެ ކަމަށް ވެސް ވިދާޅުވި އެވެ.

އެހެންކަމުން ސަރުކާރުން ވެފައިވާ ވައުދާ އެއްގޮތަށް ރަށުގެ ބިން ހިއްކައިދިނުމަކީ ނުވަތަ ރަށް ގިރާ ސަރަހައްދު ހިމާޔަތް ކޮށްދިނުމަކީ ރައްޔިތުންގެ އެންމެ ބޮޑު އުންމީދު ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ރަށުން 10 ހެކްޓަރުގެ ބިން ހިއްކައިދީފިނަމަ ރަށުގެ ތަރައްގީއަށް ބޮޑެތި ފައިދާތަކެއް ކުރާނެ ކަމަށް ވެސް އީސަ ވިދާޅުވި އެވެ.

ދ.ބަނޑިދޫ

އެންމެ ހިނގާ

1

މީދޫ އިން ރައީސްގެ އަނބިކަނބަލުން ސާޖިދާގެ ބޮޑުބޭބެ އާއި ޕީއެންސީގެ ބަޔަކު ރާއްޖެޓީވީގެ ޓީމަށް ހަމަލާދޭން މަސައްކަތްކޮށް، މާރާމާރީ ހިންގައިފި

2

ރަސްމާލެ މަޝްރޫއާ ގުޅޭ ލިޔެކިޔުންތަކެއް ގެއްލިގެން ފުލުހުންގެ ފޮރެންސިކް ޓީމެއް ހައުސިންގ މިނިސްޓްރީ އަށް!

3

ސޯސަންމަގުގައި ހިނގި ނުރައްކާތެރި އެކްސިޑެންޓް: އަނިޔާވި 26 އަހަރުގެ ޒުވާނާ ނިޔާވެއްޖެ

4

އދ. އަށްފަހު އީރާނުގެ ވަފުދުން އެނބުރި ގައުމަށްދާނެ ގޮތަކާމެދު ސުވާލު އުފައްދައިފި

5

25 އަހަރަށް އެއަރޕޯޓް ދިނުން ގައުމީ ޣައްދާރުވުމަކަށް ވެފައި، 99 އަހަރަށް ރަސްމާލެ ދިނުން ގައުމީ ޚިދުމަތަކަށް ވަނީ ކޮން އުސޫލަކުން؟

އިތުރަށް ކިޔާލަން

05 ފެބުރުއަރީ 2017

ހަތަރު ރަށެއްގެ ނަރުދަމާ ޑިޒައިން ކުރުމަށް ދެ މިލިއަނަށްވުރެ ގިނަ ރުފިޔާއަށް ފެނަކަ ކޯޕަރޭޝަނާ ހަވާލުކޮށްފި

05 ފެބުރުއަރީ 2017
ހަތަރު ރަށެއްގެ ނަރުދަމާ ޑިޒައިން ކުރުމަށް ދެ މިލިއަނަށްވުރެ ގިނަ ރުފިޔާއަށް ފެނަކަ ކޯޕަރޭޝަނާ ހަވާލުކޮށްފި
01 ފެބުރުއަރީ 2017

އައިޖީއެމްއެޗަށް ލިބެން ޖެހޭ 360 މިލިއަނަށްވުރެ ގިނަ ރުފިޔާ ނުލިބި އެބައޮތް: އޮޑިޓަރ ޖެނެރަލް

01 ފެބުރުއަރީ 2017
އައިޖީއެމްއެޗަށް ލިބެން ޖެހޭ 360 މިލިއަނަށްވުރެ ގިނަ ރުފިޔާ ނުލިބި އެބައޮތް: އޮޑިޓަރ ޖެނެރަލް
01 ފެބުރުއަރީ 2017

ހެލްތުން މުއްދަތުގައި ބިލްތައް ނުދައްކައިގެން 8 މިލިއަނަށްވުރެ ގިނަ ރުފިޔާ ޖޫރިމަނާއަށް ދައްކަން ޖެހިއްޖެ

01 ފެބުރުއަރީ 2017
ހެލްތުން މުއްދަތުގައި ބިލްތައް ނުދައްކައިގެން 8 މިލިއަނަށްވުރެ ގިނަ ރުފިޔާ ޖޫރިމަނާއަށް ދައްކަން ޖެހިއްޖެ
01 ފެބުރުއަރީ 2017

މަސް ނިމުނުއިރު ދައުލަތުގެ ގިނަ މުވައްޒަފުންނަށް މުސާރައެއް ނުދޭ

01 ފެބުރުއަރީ 2017
މަސް ނިމުނުއިރު ދައުލަތުގެ ގިނަ މުވައްޒަފުންނަށް މުސާރައެއް ނުދޭ
31 ޖެނުއަރީ 2017

މައްސަލައެއްގަ ފުލުހުން އަތުލައިގަނެފައިވާ ގިނަ އަދަދެއްގެ މަސްތުވާތަކެތި ނައްތާލައިފި

31 ޖެނުއަރީ 2017
މައްސަލައެއްގަ ފުލުހުން އަތުލައިގަނެފައިވާ ގިނަ އަދަދެއްގެ މަސްތުވާތަކެތި ނައްތާލައިފި
30 ޖެނުއަރީ 2017

2016 އޯލެވެލް އިމްތިހާނު: 500 އަށް ވުރެ ގިނަ ކުދިން ވަނީ ޓޮޕް ޓެން އަށް ގޮސްފަ

30 ޖެނުއަރީ 2017
2016 އޯލެވެލް އިމްތިހާނު: 500 އަށް ވުރެ ގިނަ ކުދިން ވަނީ ޓޮޕް ޓެން އަށް ގޮސްފަ
26 ޖެނުއަރީ 2017

މިނިސްޓަރު ތޯރިގް އޮމަދުއަށް ވަޑައިތުމުން ގިނަ އަދަދެއްގެ ރައްޔިތިން ނިކުމެ އިޚްތިޖާޖު ކޮށްފި

26 ޖެނުއަރީ 2017
މިނިސްޓަރު ތޯރިގް އޮމަދުއަށް ވަޑައިތުމުން ގިނަ އަދަދެއްގެ ރައްޔިތިން ނިކުމެ އިޚްތިޖާޖު ކޮށްފި
20 ޖެނުއަރީ 2017

ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް އިންޑިޔާ ފަދަ ގައުމުތަކަށް ރާއްޖެއިން އަބަދުވެސް މަރުހަބާ ކިޔަން : ޝައިނީ

20 ޖެނުއަރީ 2017
ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް އިންޑިޔާ ފަދަ ގައުމުތަކަށް ރާއްޖެއިން އަބަދުވެސް މަރުހަބާ ކިޔަން : ޝައިނީ
15 ޖެނުއަރީ 2017

ރެއިންބޯގެ ދެ ލައްކައަށްވުރެ ގިނަ ރުފިޔާ ފޭރިގަތް ހަތަރު މީހަކު ހައްޔަރުކޮށްފި

15 ޖެނުއަރީ 2017
ރެއިންބޯގެ ދެ ލައްކައަށްވުރެ ގިނަ ރުފިޔާ ފޭރިގަތް ހަތަރު މީހަކު ހައްޔަރުކޮށްފި
06 ޖެނުއަރީ 2017

ވަގަށް ނަގާފައިވާ ގިނަ އަދަދެއްގެ ފައިސާ ހޯދާ މީހަކު ހައްޔަރުކޮށްފި

06 ޖެނުއަރީ 2017
ވަގަށް ނަގާފައިވާ ގިނަ އަދަދެއްގެ ފައިސާ ހޯދާ މީހަކު ހައްޔަރުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް