Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރާއްޖެ-އިނގިރޭސިވިލާތް

ރާއްޖެ-އިނގިރޭސި ސްޓްރެޓީޖިކް ޑައިލޮގް: މަސްވެރިކަމާއި ސަލާމަތީ އަދި ތައުލީމީ ދާއިރާއިން އެއްބާރުލުން އިތުރުކުރަނީ

18 ސެޕްޓެމްބަރު 2026 | ހުކުރު 06:18

ލަންޑަނުގައި ބޭއްވި މި މަޝްވަރާތަކުގައި އިންޑިއާ ކަނޑުގެ ސަލާމަތާއި، ޓެރަރިޒަމާ ދެކޮޅަށް މަސައްކަތްކުރުމުގެ އިތުރުން ރާއްޖޭގެ ދިފާއީ ދާއިރާ ހަރުދަނާކުރުމަށް ފަންނީ އެހީތެރިކަން ދިނުމަށް ވަނީ އެއްބަސްވެފައި. މީގެ އިތުރުން، ރާއްޖޭގެ މަހުގެ ބާވަތްތަކުން ޑިއުޓީ ކަނޑާލުމާއި ތިމާވެށި ހިމާޔަތްކުރުމާއި ތައުލީމީ ދާއިރާއިން ގުޅުން ބަދަހިކުރުމަށް ވެސް ދެ ގައުމުން ވަނީ ނިންމާފައި

ޝަރާ އަޙްމަދު
ޝަރާ އަޙްމަދު | 18 ސެޕްޓެމްބަރު 2026 | ހުކުރު 06:18
އިނގިރޭސިވިލާތާއި ދިވެހިރާއްޖޭގެ ދެމެދުގައި ބާއްވާ ތިންވަނަ ސްޓްރެޓީޖިކް ޑައިލޮގްގެ ތެރެއިން

އިނގިރޭސިވިލާތާއި ދިވެހިރާއްޖޭގެ ދެމެދުގައި ބާއްވާ ތިންވަނަ ސްޓްރެޓީޖިކް ޑައިލޮގްގެ ތެރެއިން | ސަން އޮންލައިން

ދިވެހިރާއްޖެ އާއި އިނގިރޭސިވިލާތާ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިކޮށް، މަސްވެރިކަމާއި ސަލާމަތީ އަދި ތައުލީމީ ދާއިރާއިން އެއްބާރުލުން އިތުރުކުރުމަށް ދެ ގައުމުގެ ދެމެދުގައި ބޭއްވި ތިންވަނަ ސްޓްރެޓީޖިކް ޑައިލޮގްގައި އެއްބަސްވެއްޖެ އެވެ.

އިނގިރޭސިވިލާތުގެ ވެރިރަށް ލަންޑަނުގައި އިއްޔެ ކުރިއަށްދިޔަ މި މަޝްވަރާތަކުގައި ރާއްޖޭގެ ވަފުދުގެ އިސްވެރިއެއްގެ ގޮތުން ބައިވެރިވެވަޑައިގެންނެވީ ފޮރިން މިނިސްޓްރީގެ ސެކްރެޓަރީ ޑރ. ހާލާ ހަމީދު އެވެ. އިނގިރޭސިވިލާތުގެ ފަރާތުން މި ވަފުދުގައި އިސްކޮށް ހުންނެވީ އެ ގައުމުގެ ފޮރިން، ކޮމަންވެލްތު އެންޑް ޑިވެލޮޕްމަންޓް އޮފީހުގެ ޑިރެކްޓަރ ފޯރ ސައުތު އޭޝިއާ އެންޑް އަފްޣާނިސްތާން ލޯރާ ބޯފިލްސް އެވެ.

Advertisement - newsAdvertisement

ފޮރިން މިނިސްޓްރީން މައުލޫމާތުދިން ގޮތުގައި، މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރެވުނީ އިންޑިއާ ކަނޑުގެ ސަރަހައްދުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ދެ ގައުމު ގުޅިގެން މަސައްކަތްކުރުމާ ގުޅޭގޮތުންނެވެ. އެގޮތުން ދިފާއީ ގުޅުން ވަރުގަދަކުރުމާއި ކަނޑުމަތީގެ ސަލާމަތްތެރިކަން ދެމެހެއްޓުމާއި ޓެރަރިޒަމާ ދެކޮޅަށް ގުޅިގެން މަސައްކަތްކުރުމަށް ވަނީ އެއްބަސްވެފަ އެވެ. މީގެ އިތުރުން، ރާއްޖޭގެ ފުލުހުންނާއި ދިފާއީ ދާއިރާގެ ގާބިލުކަން އިތުރުކުރުމަށް ފަންނީ އެހީތެރިކަމާއި ތަމްރީނު ދިނުމަށް އިނގިރޭސިވިލާތުން ވަނީ ޝައުގުވެރިކަން ފާޅުކޮށްފަ އެވެ. އަދި ޖިނާއީ އަދުލުގެ ނިޒާމު އިސްލާހުކުރުމާއި ޝަރުއީ ދާއިރާގެ މިނިވަންކަމާއި އިންސާނީ ހައްގުތައް ހިމާޔަތްކުރުމާ ގުޅޭގޮތުން ވެސް ދެ ގައުމުގެ އިސް އޮފިޝަލުން ފުޅާދާއިރާއެއްގައި މަޝްވަރާކުރެއްވި އެވެ.

އިގުތިސާދީ އަދި ވިޔަފާރީގެ ގުޅުމަށް އަލިއަޅުވާލަމުން، ރާއްޖެއިން އިނގިރޭސިވިލާތަށް އެކްސްޕޯޓުކުރާ ކަނޑުމަހުގެ ބާވަތްތަކުން ނަގަމުން އައި ޑިއުޓީ، 20 މެއި 2026 އިން ފެށިގެން 31 ޑިސެންބަރު 2028 ގެ ނިޔަލަށް ކަނޑާލަން ނިންމި ނިންމުމަށް ރާއްޖެއިން ވަނީ މަރުހަބާ ކިޔާފަ އެވެ. މި ބައްދަލުވުމުގައި މަސްވެރިކަމުގެ އިތުރުން ފަތުރުވެރިކަމާއި އިއާދަކުރަނިވި ހަކަތައާއި މާލީ ހިދުމަތްތަކުގެ ދާއިރާއިން ގުޅުން އިތުރަށް ބަދަހިކުރުމަށް ވެސް މަޝްވަރާކުރެވުނެވެ. މިގޮތުން ވޭތުވެދިޔަ އަހަރު އިނގިރޭސިވިލާތުން ދެ ލައްކައަށް ވުރެ ގިނަ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވާކަން ދެ ފަރާތުން ވެސް ފާހަގަކޮށްފައިވެ އެވެ.

މީގެއިތުރުން ތައުލީމީ ދާއިރާއިން މީހުން ބިނާކުރުމުގައި އިނގިރޭސިވިލާތުން ފޯރުކޮށްދޭ ޗީވްނިންގ އަދި ކޮމަންވެލްތު ސްކޮލަރޝިޕްގެ މުހިންމު ދައުރު މި ބައްދަލުވުމުގައި ފާހަގަކުރި އެވެ. ހަމައެއާއެކު، މޫސުމަށް އަންނަ ބަދަލުތަކުން އަރައިގަތުމަށާއި ތިމާވެށި ހިމާޔަތްކުރުމަށް ގުޅިގެން މަސައްކަތްކުރުމަށާއި، 'އޯޝަން ކަންޓްރީ ޕާޓްނަރޝިޕް ޕްރޮގްރާމް' ގެ ދަށުން ކަނޑުތައް ހިމާޔަތްކުރުމަށާއި ކުރިއަށް އޮތް ކޮޕް31 ސަމިޓަށް ގުޅިގެން ތައްޔާރުވުމަށް ދެ ގައުމުން ވަނީ ނިންމާފަ އެވެ.

މި މަޝްވަރާތައް ނިންމާލާފައިވަނީ ދެ ގައުމުގެ މެދުގައި އޮތް ގާތް ގުޅުން ދެމެހެއްޓުމަށްޓަކައި، ކޮންމެ އަހަރަކު ވެސް މިފަދަ ސްޓްރެޓީޖިކް ޑައިލޮގެއް ބޭއްވުމަށާއި އދ. އަދި ކޮމަންވެލްތު ފަދަ ބައިނަލްއަގުވާމީ މައިދާންތަކުގައި ގުޅިގެން އެކުގައި މަސައްކަތްކުރުމަށް އެއްބަސްވަމުންނެވެ.

ދިވެހިރާއްޖެ-އިނގިރޭސިވިލާތް

އެންމެ ހިނގާ

1

ކޮޗިންއިން ރާއްޖެއަށް އަންނަން އޮތް މޯލްޑިވިއަންގެ ފްލައިޓެއް ކެންސަލްވެ، ގިނަ އަދަދެއްގެ ދިވެހިން ހާލުގައި ޖެހިއްޖެ

2

ބޭނުންކުރެވޭ ރިޒާވް ދަށަށް ދިއުމާއެކު ޑޮލަރު މާރުކުރުމުގެ ގަވާއިދަށް ސަރުކާރުން ބޮޑެތި ބަދަލުތަކެއް ގެނެސްފި

3

ޕީއެންސީ ކޮންގްރެސްގެ ބެކްޑްރޮޕް އާއި ޤައުމީ ދިދައިގެ ހުރުމަތް

4

އީރާނުގެ ހަމަލާތަކުން އެމެރިކާ އަސްކަރިއްޔާ "ހުއްޓުމަކަށް" އައުމުގެ ނުރައްކަލުގައި

5

ސްޓެލްކޯއަށް ގޮސް ޝަކުވާކުރުމުން 17،000 ރުފިޔާގެ ބިލެއް 1000 އަށް އަދި 12،000 ރުފިޔާގެ ބިލެއް 600 އަށް ކުޑަކޮށްދީފި

އިތުރަށް ކިޔާލަން

09 ސެޕްޓެމްބަރު 2026

އާޒިމާގެ ފުރަތަމަ ޓާސްކް ފްލޮޕް!

09 ސެޕްޓެމްބަރު 2026
އާޒިމާގެ ފުރަތަމަ ޓާސްކް ފްލޮޕް!
31 އޯގަސްޓު 2017

ކުލީ ސިފައިން ގެނެސްގެން ވެރިކަން ވައްޓާލަން އުޅޭ ކަމަށް ބުނާ ވާހަކައަށް ސަލާމަތީ ހިދުމަތްތައް ހިމޭނުން

31 އޯގަސްޓު 2017
ކުލީ ސިފައިން ގެނެސްގެން ވެރިކަން ވައްޓާލަން އުޅޭ ކަމަށް ބުނާ ވާހަކައަށް ސަލާމަތީ ހިދުމަތްތައް ހިމޭނުން
28 އޯގަސްޓު 2017

ސުޕްރީމް ކޯޓަށް ގޮންޖަހައި ބާއްވާ ބައި އިލެކްޝަން ސަލާމަތީ ބާރުތަކުން ހުއްޓުވަން ޖެހޭ: މަހްފޫޒް

28 އޯގަސްޓު 2017
ސުޕްރީމް ކޯޓަށް ގޮންޖަހައި ބާއްވާ ބައި އިލެކްޝަން ސަލާމަތީ ބާރުތަކުން ހުއްޓުވަން ޖެހޭ: މަހްފޫޒް
14 އޯގަސްޓު 2017

އިދިކޮޅުު ޖަލްސާގެ ސަލާމަތީ ކަންކަން ހަމަޖައްސައިދޭން އެދުމުން ފުލުހުން އެންގީ ހައުސިން އަށް ދާން!

14 އޯގަސްޓު 2017
އިދިކޮޅުު ޖަލްސާގެ ސަލާމަތީ ކަންކަން ހަމަޖައްސައިދޭން އެދުމުން ފުލުހުން އެންގީ ހައުސިން އަށް ދާން!
31 ޖުލައި 2017

ޖަލްސާ ނުފެށެނީސް މަޖިލީހަށް ސަލާމަތީ ބާރުތަކުން ނުވަދެވޭނެ: އިބޫ

31 ޖުލައި 2017
ޖަލްސާ ނުފެށެނީސް މަޖިލީހަށް ސަލާމަތީ ބާރުތަކުން ނުވަދެވޭނެ: އިބޫ
30 ޖުލައި 2017

ސަލާމަތީ ހިދުމަތްތަކުން މަޖިލީހަށާއި މެމްބަރުންގެ އިމްތިޔާޒަށް އަރައިގަތް މައްސަލަ ހުށަހަޅައިފި

30 ޖުލައި 2017
ސަލާމަތީ ހިދުމަތްތަކުން މަޖިލީހަށާއި މެމްބަރުންގެ އިމްތިޔާޒަށް އަރައިގަތް މައްސަލަ ހުށަހަޅައިފި
19 ޖުލައި 2017

ގާނޫނު މުގުރާލުމަށް ސަލާމަތީ ބާރުތަކުން ރައީސްއަށް އެހީތެރިވެދީގެން ނުވާނެ: ރައީސް ނަޝީދު

19 ޖުލައި 2017
ގާނޫނު މުގުރާލުމަށް ސަލާމަތީ ބާރުތަކުން ރައީސްއަށް އެހީތެރިވެދީގެން ނުވާނެ: ރައީސް ނަޝީދު
19 މެއި 2017

ތިރިވަނަންތަޕޫރަމްއަށް ދިވެހިން ގޮސް އުޅޭ ތަންތަން ފާސް ކުރުމުގެ ޚާއްސަ އޮފަރޭޝަނެއް އިންޑިއާގެ ސަލާމަތީ ބާރުތަކުން ފަށައިފި

19 މެއި 2017
ތިރިވަނަންތަޕޫރަމްއަށް ދިވެހިން ގޮސް އުޅޭ ތަންތަން ފާސް ކުރުމުގެ ޚާއްސަ އޮފަރޭޝަނެއް އިންޑިއާގެ ސަލާމަތީ ބާރުތަކުން ފަށައިފި
05 މެއި 2017

އިންތިހާބުގައި ސަލާމަތީކަންކަން ފުލުހުން ރަށްރަށަށް ފުރައިފި

05 މެއި 2017
އިންތިހާބުގައި ސަލާމަތީކަންކަން ފުލުހުން ރަށްރަށަށް ފުރައިފި
15 އެޕްރީލު 2017

‎އދ. ގެ ސަލާމަތީ މަޖިލީހުގެ ގޮނޑިއަށް އިންޑޮނޭޝިއާ އިން ރާއްޖެއާ ވާދަކުރަނީ!

15 އެޕްރީލު 2017
‎އދ. ގެ ސަލާމަތީ މަޖިލީހުގެ ގޮނޑިއަށް އިންޑޮނޭޝިއާ އިން ރާއްޖެއާ ވާދަކުރަނީ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް