Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެށ. ކަނޑިތީމު

ށ. ކަނޑިތީމުގެ ރަށް ގިރުމުގެ މައްސަލަ އިންތިހާއަށް ބޮޑުވެ ރައްޔިތުންގެ ގެދޮރަށް ނުރައްކާވަނީ!

13 އޯގަސްޓު 2026 | ބުރާސްފަތި 13:09

ށ. ކަނޑިތީމު ބަނދަރު މަޝްރޫއުގެ ސަބަބުން ރަށުގެ އޮއިވަރަށް ބަދަލު އައިސް، އުތުރު ފަރާތުން ބޮޑު ސަރަހައްދެއް ގިރަމުންދާތީ އެ ރަށު ކައުންސިލުގެ ނައިބު ރައީސް ކަންބޮޑުވުން ފާޅުކުރައްވައިފި. ބަނދަރުގެ މަސައްކަތް ހުއްޓިފައިވާއިރު، ރަށްގިރުމުގެ ސަބަބުން މީހުން ދިރިއުޅޭ ގެދޮރަށް ނުރައްކާވެ، ތިމާވެއްޓަށް އިއާދަނުކުރެވޭ ފަދަ ގެއްލުންތަކެއް ލިބިދާނެ ކަމުގެ ބިރު އޮތް ކަމަށް

ޝާއިން މުޙައްމަދު
ޝާއިން މުޙައްމަދު | 13 އޯގަސްޓު 2026 | ބުރާސްފަތި 13:09
ށ. ކަނޑިތީމުގައި ގިރަމުންދާ ސަރަހައްދު

ށ. ކަނޑިތީމުގައި ގިރަމުންދާ ސަރަހައްދު | ސޯޝަލް މީޑިއާ

ސިޔާސީ މަންފާއެއް ހާސިލު ކުރުމަށްޓަކައި ށ. ކަނޑިތީމުގައި ފެށި ބަނދަރުގެ މަޝްރޫއުގައި އެ ރަށު ފަރު ހުރަސްކޮށް ދިގު ވެލިގަނޑެއް އެޅުމުގެ ސަބަބުން، ކަނޑުގެ އޮއިވަރަށާއި ރަށުގެ ފަސްގަނޑު ގުދުރަތީ ގޮތުން ދައުރުވާ ނިޒާމަށް ބޮޑެތި ބަދަލުތަކެއް އައިސް، ރަށްގިރުމުގެ މައްސަލަ އިންތިހާއަށް ބޮޑުވެފައިވާ ކަމަށް ކަނޑިތީމު ކައުންސިލްގެ ނައިބު ރައީސް ހަސަން ޝަހީމް ވިދާޅުވެއްޖެ އެވެ.  

މިކަމާ ކަންބޮޑުވުން ފާޅުކުރައްވާ ޝަހީމް ނެރުއްވާފައިވާ ބަޔާނެއް ވިދާޅުވީ، ލޯކަލް ކައުންސިލް އިންތިޚާބާ ދިމާކޮށް ސިޔާސީ މަންފާއެއް ހާސިލު ކުރުމަށްޓަކައި އެ ރަށުގައި ފެށި ބަނދަރުގެ މަޝްރޫއުގެ ނަމުގައި ކުރިއަށް ގެންދިޔަ އަމަލުތަކުގެ ހިތި ނަތީޖާ މިހާރު ފެންނަމުންދާ ކަމަށެވެ. އެގޮތުން އެ ރަށުގެ ފަރު ހުރަސްކޮށް ގާތްގަނޑަކަށް 180 މީޓަރުގެ ދިގު ވެލިގަނޑެއް އެޅުމުގެ ސަބަބުން ކަނޑުގެ އޮއިވަރަށާއި ރަށުގެ ފަސްގަނޑު ގުދުރަތީ ގޮތުން ދައުރުވާ ނިޒާމަށް ބޮޑެތި ބަދަލުތަކެއް އައިސްފައިވާ ކަމަށެވެ. އަދި މި ބަދަލުތަކުގެ ސަބަބުން ކަނޑިތީމުގެ އުތުރުފަރާތު 152 މީޓަރުގެ ދިގު ސަރަހައްދަކުން 15 މީޓަރުގެ ބިން ގިރައިގެން ގޮސްފައިވާ ކަމަށެވެ. އަދި މިހާރު ރަށް ގިރަމުންދާ ސަރަހައްދާއި މީހުން ދިރިއުޅޭ ގެތަކުގެ ދުރުމިނުގައި ހުރީ 20 މީޓަރު ކަމަށް ވެސް އޭނާ ވިދާޅުވެފައިވެ އެވެ. 

Advertisement - newsAdvertisement

ށ. ކަނޑިތީމު ގިރަމުންދާ ސަރަހައްދު

އިންތިހާބާ ދިމާކޮށް ފެށި ބަނދަރު ހެދުމުގެ އެއްވެސް މަސައްކަތެއް މިހާރު ކުރިއަށް ނުދާކަން ފާހަގަކުރައްވާ، ޝަހީމް ވިދާޅުވީ އެންމެ ބޮޑު ކަންބޮޑުވުމަކީ ރަށް ގިރަން ފެށުމާ އެކު، ބަނދަރު ހެދުމަށް ގެނައި އެކްސްކަވޭޓަރު ވެސް އެ ރަށުން ގެންދިޔުން ކަމަށެވެ. އަދި ގިރާފައިވާ ސަރަހައްދުގައި ދިރިއުޅޭ މީހުންނަށް ލޮނުގެ އަސަރުކުރަމުންދާ ކަމަށާއި ރަށުގެ ގުދުރަތީ ވެށްޓަށް އިއާދަނުކުރެވޭ ފަދަ ބޮޑު ގެއްލުމަކާއި ކުރިމަތިލާން ޖެހިދާނެ ކަމުގެ ބިރު އޮތް ކަމަށް ވެސް މި ބަޔާނުގައި އޭނާ ވިދާޅުވެފައިވެ އެވެ. 

ށ. ކަނޑިތީމު ގިރަމުންދާ ސަރަހައްދު

ށ. ކަނޑިތީމު ގިރަމުންދާ ސަރަހައްދު | ސޯޝަލް މީޑިއާ

މި ބަޔާނުގައި ޝަހީމް ވަނީ ކަނޑިތީމުގައި ހުއްޓިފައިވާ ބަނދަރުގެ މަސައްކަތް އަލުން ފަށައި ދިނުމަށާއި އެ މަސައްކަތް ހަލުވިކޮށް ދިނުމަށް ސަރުކާރަށް ގޮވާލައްވާފަ އެވެ. އަދި ރަށް ގިރުމުގެ މައްސަލައިގެ ތެރެއަށް ސަރުކާރުގެ ކަމާބެހޭ މުއައްސަސާތަކުން ވަދެ، އެ ރަށު ގޮނޑުދޮށް ހިމާޔަތް ކުރުމަށް އަވަސް މަސައްކަތްތަކެއް ފެށުމަށާއި ދިގު މުއްދަތުގެ ރައްކާތެރިކަމުގެ ޕްލޭނަކަށް އިސްކަންދިނުމަށް ވެސް ޝަހީމް ވަނީ ސަރުކާރަށް ގޮވާލައްވާފަ އެވެ. 

ށ. ކަނޑިތީމުހަސަން ޝަހީމްރަށްގިރުން

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

06 ޑިސެމްބަރު 2025

އުނގޫފާރުގެ ބިން ހިއްކި ސަރަހައްދުގައި ރިވެޓްމަންޓް ނުޖަހާ ހުރުމުގެ ސަބަބުން ނެރު ތިލަވެ ރައްޔިތުންނަށް ބޮޑު ތަކުލީފަކަށް

06 ޑިސެމްބަރު 2025
އުނގޫފާރުގެ ބިން ހިއްކި ސަރަހައްދުގައި ރިވެޓްމަންޓް ނުޖަހާ ހުރުމުގެ ސަބަބުން ނެރު ތިލަވެ ރައްޔިތުންނަށް ބޮޑު ތަކުލީފަކަށް
22 ސެޕްޓެމްބަރު 2025

މުލަކުގައި މި އަހަރުގެ 50 ހައުސިން ޔުނިޓްގެ އެޅުމުގެ އަމަލީ މަސައްކަތް ފަށާނަން: ރައީސް މުއިއްޒު

22 ސެޕްޓެމްބަރު 2025
މުލަކުގައި މި އަހަރުގެ 50 ހައުސިން ޔުނިޓްގެ އެޅުމުގެ އަމަލީ މަސައްކަތް ފަށާނަން: ރައީސް މުއިއްޒު
07 ސެޕްޓެމްބަރު 2025

ވެރިކަން ބަދަލުވުމާއެކު ހުއްޓުނު ދިގުރަށު ރަށްގިރާ މައްސަލަ ހައްލުކުރުމުގެ މަސައްކަތް ރައިސް މުއިއްޒު ވަޑައިގެން އަލުން ފައްޓަވައިދެއްވަނީ!

07 ސެޕްޓެމްބަރު 2025
ވެރިކަން ބަދަލުވުމާއެކު ހުއްޓުނު ދިގުރަށު ރަށްގިރާ މައްސަލަ ހައްލުކުރުމުގެ މަސައްކަތް ރައިސް މުއިއްޒު ވަޑައިގެން އަލުން ފައްޓަވައިދެއްވަނީ!
08 ޖެނުއަރީ 2017

ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ

08 ޖެނުއަރީ 2017
ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ
08 ޖެނުއަރީ 2017

މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!

08 ޖެނުއަރީ 2017
މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!
08 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!

08 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!
08 ޖެނުއަރީ 2017

އިންތިހާބުގެ މައްސަލަ ދަށު ކޯޓުން ބަލަނީ ގާނޫނު އަސާސީ އޮޅުންބޮޅުން ކޮއްލަން: ނާޒިމް

08 ޖެނުއަރީ 2017
އިންތިހާބުގެ މައްސަލަ ދަށު ކޯޓުން ބަލަނީ ގާނޫނު އަސާސީ އޮޅުންބޮޅުން ކޮއްލަން: ނާޒިމް
07 ޖެނުއަރީ 2017

މި ސަރުކާރަށް ތާއީދެއް ނުކުރަން، އެގޮތުގައި ސާބިތު ކަމާއި އެކު ދެމިހުންނާނަން: މައުމޫން

07 ޖެނުއަރީ 2017
މި ސަރުކާރަށް ތާއީދެއް ނުކުރަން، އެގޮތުގައި ސާބިތު ކަމާއި އެކު ދެމިހުންނާނަން: މައުމޫން
07 ޖެނުއަރީ 2017

ރަށްރަށް ތަރައްގީ ކުރެވޭނީ ރައްޔިތުންގެ އިހުސާސް އެނގިގެން: ތޯރިގް

07 ޖެނުއަރީ 2017
ރަށްރަށް ތަރައްގީ ކުރެވޭނީ ރައްޔިތުންގެ އިހުސާސް އެނގިގެން: ތޯރިގް
06 ޖެނުއަރީ 2017

ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ

06 ޖެނުއަރީ 2017
ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް