Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެހއ. ބާރަށް

ބާރަށުގައި ތަރައްގީ ކުރުމަށް މަސައްކަތް ކުރި ޓޫރިޒަމް ޒޯނަށް މިސަރުކާރުން ވަނީ ހުރަސްއަޅާފައި: ނައުޝާދު

10 ޖުލައި 2026 | ހުކުރު 09:01

ބާރަށުގައި ޓޫރިޒަމް ޒޯނެއް ތަރައްގީކުރުމަށް ނިމިދިޔަ ސަރުކާރުން ކުރި ބިޑުތައް މި ސަރުކާރުން ބާތިލުކުރުމާ ގުޅިގެން، އެ މަޝްރޫއު ހުއްޓިފައިވާ ކަމަށް އެ ދާއިރާގެ އެމްޑީޕީ ރައީސް ނައުޝާދު ވިދާޅުވި. މި މަސައްކަތް އަލުން އިއުލާންކޮށްގެން ވެސް ކުރިއަށް ނުދާތީ، މީގެ ސަބަބުން ރަށުގެ ޒުވާނުންނަށާއި އިގްތިސާދަށް ބޮޑެތި ގެއްލުންތަކެއް ވަމުންދާކަން އޭނާ ފާހަގަކުރެއްވި.

އަމްނާ އިމާދު
އަމްނާ އިމާދު | 10 ޖުލައި 2026 | ހުކުރު 09:01
ރާއްޖެޓީވީގެ ވައުދުނާމާ ޕްރޮގްރާމްގައި އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބާރަށު ދާއިރާގެ ރައީސް ނައުޝާދު އިބްރާހިމް ވާހަކަ ދައްކަވަނީ.

ރާއްޖެޓީވީގެ ވައުދުނާމާ ޕްރޮގްރާމްގައި އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބާރަށު ދާއިރާގެ ރައީސް ނައުޝާދު އިބްރާހިމް ވާހަކަ ދައްކަވަނީ. | ރާއްޖެއެމްވީ

ހއ.ބާރަށުގައި ތަރައްގީ ކުރުމަށް މަސައްކަތް ކުރި ޓޫރިޒަމް ޒޯނަށް މިސަރުކާރުން ހުރަސް އަޅާފައިވާކަން ހާމަވެއްޖެ އެވެ. 

ރާއްޖެޓީވީގެ ވައުދުނާމާ ޕްރޮގްރާމްގައި އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބާރަށު ދާއިރާގެ ރައީސް ނައުޝާދު އިބްރާހިމް ވިދާޅުވީ ބާރަށުގައި ޓޫރިޒަމް ތަރައްގީ ކުރުމަކީ ޒުވާނުން ވަރަށް ބޭނުންވާ ކަމެއް ކަމަށާއި، އެ ދާއިރާގައި މިހާރު ވެސް އެރަށުގެ ގިނަ ޒުވާނުން ހަރަކާތްތެރިވަމުންދާ ކަމަށެވެ. 

Advertisement - newsAdvertisement

އެގޮތުން ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި އެރަށުގައި ޓޫރިޒަމް ތަރައްގީ ކުރުމުގެ މަސައްކަތް ފެށި ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ވިދާޅުވީ ބާރަށުގައި ޓޫރިޒަމް ޒޯނެއް ޑިވެލޮޕްކުރުމަށް ހުޅުވާލައި، އެމަސައްކަތް ކުރިއަށް ގެންދިއުމަށް ބިޑު ވެސް ކޮށްފައިވާ ކަަމަށެވެ. 

ނަމަވެސް ސަރުކާރު ބަދަލުވެގެން ދިއުމާއެކު އެ ބިޑު ބާތިލް ކޮށް މިސަރުކާރުން ބޭނުންވާ ވަކި ގޮތަކަށް އެކަންކަން ކުރުމަށް ނިންމި ކަމަށް ނައުޝާދު ވިދާޅުވި އެވެ. ނަތީޖާއެއް ގޮތުން މިއަދު ވެސް އެމަސައްކަތް ކުރިއަށް ނުދާ ކަމަށް އޭނާ ވިދާޅުވި އެވެ. 

 އަޅުގަނޑުމެންގެ ރަށުގައި އޭރު ކައުންސިލުން، ކައުންސިލަށް ޓޫރިޒަމް މިނިސްޓްރީއާ ގުޅިގެން ރަށުގެ ޓޫރިޒަމް ޒޯނެއް ޑިވެލޮޕްކުރުމަށް ހުޅުވާލި. އެ މަސައްކަތްތައް ހުޅުވާލައި، އެއަށް ޝައުގުވެރިކަން ފާޅުކޮށްފައި ބަޔަކު ބިޑު ވެސް ލާފައި އޮތީ. ވެރިކަން ހަމަ ނިމުމާއެކު އެ ބިޑު އެއްކޮށް ކެންސަލްކޮށްލައި މިބޭފުޅުން އަމިއްލަ ގޮތަކަށް މިކަން ކުރުމަށް ވިސްނައިގެން. އަލުން އިއުލާންކުރި. މިހާރު ތިން ފަހަރު، ހަތަރު ފަހަރު އިއުލާންކޮށްފި. އަދި މި ބޭފުޅުންނަށް މިކަމުގައި ކުރެވޭ ގޮތެއް ނުވޭ. މިއީ ހަގީގަތުގައި ރަށުގައި ތިބި ޒުވާނުންނާއި އަދި ވަޒީފާތަކަށް ބޭނުންވެފައި ތިބި އެތައް ބަޔަކަށް ދޭ ވަރަށް ބޮޑު ގެއްލުމެއް.
އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބާރަށު ދާއިރާގެ ރައީސް ނައުޝާދު އިބްރާހިމް

ނައުޝާދު ވިދާޅުވީ  ޓޫރިޒަމް ޒޯނު ތަރައްގީ ނުކުރެވި ދާ ކޮންމެ ދުވަހަކީ އެރަށަށާއި، ރައްޔިތުންނަށް ލިބޭ ވަރަށް ބޮޑު ގެއްލުމެއް ކަމަށެވެ. އަދި ވިދާޅުވީ އެމްޑީޕީ ސަރުކާރުން ކުރި އެ މަސައްކަތް އެގޮތަށް ކުރިއަށް ގެންދިޔަނަމަ  އެމަސައްކަތް ފެށި އޭގެ ފައިދާ މިއަދު ރައްޔިތުންނަށް ކުރާނެ ކަމަށް ނައުޝާދު ވިދާޅުވި އެވެ. 

ހއ. ބާރަށްނައުޝާދު އިބްރާހިމްޓޫރިޒަމް ޒޯން

އެންމެ ހިނގާ

1

ޑޮލަރުގެ އަގު ދަށަކަށް ނުދާނެ، އެއީ ސަރުކާރަށް ވެސް ކުރެވޭނެ ކަމެއް ނޫން: އުއްޗު

2

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

3

ސައުދީ އަރަބިއްޔާ ތޫފާނެއްގެ މެދުގައި، ތިން ދިމާލަކުން ދެކޮޅުވެރިން ވަށާލައިފި

4

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

5

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

އިތުރަށް ކިޔާލަން

09 ޖުލައި 2026

ކުރީ ސަރުކާރުގައި ބާރަށުގެ ރިންގްރޯޑުގެ މަސައްކަތް ފެށި ސަރަހައްދު މިހާރު ވައުވެއްޖެ

09 ޖުލައި 2026
ކުރީ ސަރުކާރުގައި ބާރަށުގެ ރިންގްރޯޑުގެ މަސައްކަތް ފެށި ސަރަހައްދު މިހާރު ވައުވެއްޖެ
04 އޯގަސްޓު 2025

ބާރަށުގައި މަސްތުވާތަކެތި ވިއްކައި ވިޔަފާރިކުރާ ކަމަށް ތުހުމަތުކުރެވޭ މައްސަލައާ ގުޅިގެން ދެ މީހަކު ހައްޔަރުކޮށްފި

04 އޯގަސްޓު 2025
ބާރަށުގައި މަސްތުވާތަކެތި ވިއްކައި ވިޔަފާރިކުރާ ކަމަށް ތުހުމަތުކުރެވޭ މައްސަލައާ ގުޅިގެން ދެ މީހަކު ހައްޔަރުކޮށްފި
06 މެއި 2025

ބާރަށުން ސިހުރު ހަދާކަމުގެ ތުހުމަތުގައި އަށް މީހަކު ހައްޔަރުކުރި ނަމަވެސް ހެއްކެއް ނުފެނުމުން ދޫކޮށްލައިފި

06 މެއި 2025
ބާރަށުން ސިހުރު ހަދާކަމުގެ ތުހުމަތުގައި އަށް މީހަކު ހައްޔަރުކުރި ނަމަވެސް ހެއްކެއް ނުފެނުމުން ދޫކޮށްލައިފި
07 ޖޫން 2022

ދިރާގު ޓީވީއާއި ފައިބަރ އިންޓަރނެޓް ޚިދުމަތް ބާރަށަށް

07 ޖޫން 2022
ދިރާގު ޓީވީއާއި ފައިބަރ އިންޓަރނެޓް ޚިދުމަތް ބާރަށަށް
01 އެޕްރީލު 2022

ބާރަށު ނެރު އަދި ބަނދަރު ސަރަޙައްދު ފުންކުރުމުގެ އަމަލީ މަސައްކަތް ފަށައިފި

01 އެޕްރީލު 2022
ބާރަށު ނެރު އަދި ބަނދަރު ސަރަޙައްދު ފުންކުރުމުގެ އަމަލީ މަސައްކަތް ފަށައިފި
13 މާރިޗު 2022

ބާރަށު ނެރު ފުންކުރުމާއި ކުރީގެ ބަނދަރު ފުންކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމަށް ތައްޔާރުވެއްޖެ

13 މާރިޗު 2022
ބާރަށު ނެރު ފުންކުރުމާއި ކުރީގެ ބަނދަރު ފުންކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމަށް ތައްޔާރުވެއްޖެ
04 ޖެނުއަރީ 2022

ބާރަށުން ގޯއްޗަށް އެދުމުގެ ފުރުސަތު ހުޅުވާލައިފި

04 ޖެނުއަރީ 2022
ބާރަށުން ގޯއްޗަށް އެދުމުގެ ފުރުސަތު ހުޅުވާލައިފި
04 ނޮވެމްބަރު 2021

ބޮޑުތިލަދުންމައްޗަށް އަމާޒުކޮށްގެން، ފޯރިގަދަ ވޮލީ މުބާރާތެއް ބާއްވަނީ

04 ނޮވެމްބަރު 2021
ބޮޑުތިލަދުންމައްޗަށް އަމާޒުކޮށްގެން، ފޯރިގަދަ ވޮލީ މުބާރާތެއް ބާއްވަނީ
05 މާރިޗު 2021

ބާރަށުން ކޮވިޑް-19ގެ ކްލަސްޓަރއެއް، މިހާތަނަށް 22 މީހުން ޕޮޒިޓިވް!

05 މާރިޗު 2021
ބާރަށުން ކޮވިޑް-19ގެ ކްލަސްޓަރއެއް، މިހާތަނަށް 22 މީހުން ޕޮޒިޓިވް!
04 މާރިޗު 2021

ބާރަށުން ޖުމްލަ 13 މީހުން ކޮވިޑަށް ޕޮޒިޓިވްވެއްޖެ، ރައްޔިތުން ތިބީ ނެގުނު އިތުރު ސާމްޕަލްތަކުގެ ނަތީޖާގެ އިންތިޒާރުގައި

04 މާރިޗު 2021
ބާރަށުން ޖުމްލަ 13 މީހުން ކޮވިޑަށް ޕޮޒިޓިވްވެއްޖެ، ރައްޔިތުން ތިބީ ނެގުނު އިތުރު ސާމްޕަލްތަކުގެ ނަތީޖާގެ އިންތިޒާރުގައި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް