Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ރައީސް ޑރ. މުހައްމަދު މުއިއްޒު

މުލިއާގެތަ ނުވަތަ ދިމްޔާތުތަ؟: މިސުވާލުގައި ވެސް ރައީސް މިހެއްދެވީ އިތުރުފުޅެއް؟

ރައީސް މުއިއްޒު މުލިއާގެއަށް ބަދަލުވެވަޑައިގަތީ ސަލާމަތީ ބާރުތަކުގެ މަޖުބޫރުކުރުމާ ހެދި ކަމަށް ވިދާޅުވި ނަމަވެސް، އެއީ ހަގީގަތާ ހިލާފު ވާހަކަފުޅެއްކަން މިވަނީ ހާމަވެފައި. ވެރިކަމުގެ ކުރީކޮޅު އެމަނިކުފާނު އަމިއްލަ ގެކޮޅުގައި އުޅުއްވީ މުލިއާގެ މަރާމާތުކުރުމަށް 3.6 މިލިއަން ރުފިޔާ ހޭދަކޮށް، އެ މަސައްކަތް ކުރިއަށްދާތީ ކަމަށް އޭރު ރައީސް އޮފީހުން ބުނެފައިވޭ. އެހެންކަމުން، ސިޔާސީ މަންފާއަކަށް ޒުވާނުންގެ ކުރިމަތީގައި ހަގީގަތް އޮޅުވާލައްވައި ރައީސް ދޮގު ހެއްދެވުމަކީ ޒިންމާދާރުކަން ކުޑަ އަމަލެއް ކަމަށް ގިނަ ބަޔަކު ދަނީ ބުނަމުން.

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 30 މާރިޗު 2026 | ހޯމަ 11:27
ރައީސް ޑރ.މުހައްމަދު މުއިއްޒު އަމިއްލަ ގެކޮޅު ދޫކުރައްވައި މުލިއާގެއަށް ބަދަލުވެވަޑައިގެންނެވީ ބޮޑު މަރާމާތަކަށްފަހު ވެރިކަމަށް ވަޑައިގެންނެވިތާ ގާތްގަނޑަކަށް 3 މަސް ފަހުން.

ރައީސް ޑރ.މުހައްމަދު މުއިއްޒު އަމިއްލަ ގެކޮޅު ދޫކުރައްވައި މުލިއާގެއަށް ބަދަލުވެވަޑައިގެންނެވީ ބޮޑު މަރާމާތަކަށްފަހު ވެރިކަމަށް ވަޑައިގެންނެވިތާ ގާތްގަނޑަކަށް 3 މަސް ފަހުން. | ރާއްޖެ އެމްވީ

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަކީ ޒުވާނުންނާ ގާތް ގުޅުމެއް ބާއްވާ، ޒުވާނުންގެ އަޑުއަހާ ވެރިއެއްގެ ގޮތުގައި ދެއްކުމަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ ބޭފުޅެކެވެ. އެގޮތުން ދާދިފަހުން ކުރިއަށް ގެންދިޔަ "އެސްޕްރެސޯ ވިތު ރައީސް" ހަރަކާތަކީ ޒުވާނުންގެ ބައެއް ސުވާލުތަކަށް ޖަވާބު ދިނުމުގެ ގޮތުން ޓީވީއަކުން ކުރިއަށް ގެންދިޔަ ޕްރޮގްރާމެކެވެ. 

މި ޕްރޮގްރާމްގެ ތެރެއިން ރައީސް ދެއްވި ބައެއް ޖަވާބުތަކާ ގުޅިގެން އަނެއްކާ ވެސް ބައެއް ކަންކަމުގައި ވަނީ ސުވާލު އުފެދިފަ އެވެ.

މި ޕްރޮގްރާމްގައި ޕްރެޒެންޓަރު ކުރި ސުވާލަކީ '' ޑޫޔޫ ޕްރެފަރ މުލިއާގެ އޯ ދިމްޔާތު؟

މި ސުވާލަގެ ޖަވާބުގައި ރައީސް ވިދާޅުވީ އެމަނިކުފާނު އަބަދުވެސް އުޅުއްވާ ހިތްވަނީ އަމިއްލަ ގެކޮޅު މ. ދިމްޔާތުގައި ކަމަށެވެ. އަދި ވެރިކަމުގެ ފުރަތަމަ ތިން މަސް ދުވަހު ދިމްޔާތުގައި ދިރިއުޅުއްވީ ވެސް މުލިއާގެއަށް ބަދަލުވާން ބޭނުންފުޅު ނުވާތީ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. މުލިއާގެއަށް ބަދަލުވާން ޖެހުނީ ސަލާމަތީ ސަބަބުތަކަށްޓަކައި ސަލާމަތީ ބާރުތަކުން ދިން ޕްރެޝަރާ ހެދި، އެ ނޫން ގޮތެއް ނެތިގެން ކަމަށް ރައީސް ސިފަކުރެއްވި އެވެ.

އަޅުގަނޑުމެން މިހެން އުޅެފައި ހަމަ ދަމޭ ގޮސްފައި ގޭގައި މަޑުކޮށްލަން ދެން އޯވަރ ނައިޓްކޮށްލާ ހަދާލާފައި ވެސް ގެ މިސްވާތީވެ. ދެން ޒިންމާގެ ގޮތުން މަސްއޫލިއްޔަތުގެ ގޮތުން އައިސް މުލިއާގޭގައި ހުންނަނީ ހުންނަން ޖެހިގެން. ފުރަތަމަ 3 ވަރަކަށް މަސްދުވަހު ދިމްޔާތުގައި ހުރެވޭތޯ އުޅުނިން. އޭގެ ސަބަބުން ސެކިއުރިޓީ ބޭފުޅުން މައްސަލަ ޖައްސަނީ. އެބޭފުޅުންނަށް އެކަންކަން ރަނގަޅަށް ކުރަން އުދަނގޫ ވަނީ. ދެން މިހެން ގޮސް ބައިވަރު ވާހަކަތައް އައީމަ އެގޮތުން ބަދަލުވީ. ބަޓް ޔަރ ދިމްޔާތު ފޯ ޝުއަރ 
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު

ނަމަވެސް އޭރު ރައީސް އޮފީހުން އާންމުކުރި މައުލޫމާތުތަކަށް ބަލާއިރު ރައީސްގެ މި ވާހަކަފުޅަކީ ހަގީގަތާ ހިލާފު، ކަނޑައެޅިގެން އިތުރުފުޅެއްކަން ހާމަވެ އެވެ. ވެރިކަމުގެ ފުރަތަމަ ތިން މަސް ދުވަހު ރައީސް ދިމްޔާތުގައި އުޅުއްވީ މުލިއާގެއަށް ބަދަލުވާން ބޭނުންފުޅު ނުވެގެންނެއް ނޫނެވެ. އެއީ މުލިއާގޭގައި ބޮޑެތި މަރާމާތުތަކެއް ކުރަމުންދާތީ އެވެ. ރައީސް އޮފީހުން އޭރު ބުނެފައިވާ ގޮތުގައި މުލިއާގެ މަރާމާތު ކުރުމަށް 3.6 މިލިއަން ރުފިޔާ ހަރަދުކޮށްފައިވެ އެވެ. އަދި މަރާމާތު ނިމުމުން ރައީސްގެ ދެކަނބަލުން އެގެއަށް ބަދަލުވެވަޑައިގަންނަވާނެ ކަން ވެސް އޭރު އޮތީ ކަށާވަރުކޮށްދީފަ އެވެ.

ދައުލަތުގެ ބަޖެޓުން އެތައް މިލިއަން ރުފިޔާއެއް ހަރަދުކޮށްގެން މުލިއާގެ މަރާމާތުކޮށް އެތަނަށް ބަދަލުވުމަށްފަހު، ދެ އަހަރެއްހާ ދުވަސް ފަހުން ޒުވާނުންގެ ކުރިމަތީގައި އެއީ މަޖުބޫރުވެގެން ކުރި ކަމެއްގެ ގޮތުގައި ރައީސް މިވަނީ ވާހަކަ ދައްކަވާފަ އެވެ. މިއީ ސިޔާސީ މަންފާއަކަށްޓަކައި ހަގީގަތް އޮޅުވާލުމެއް ނުންތޯ އެވެ. ދައުލަތުގެ މުދަލާއި ފައިސާ ބޭނުންކޮށްގެން ކުރާ ކަންކަމުގެ ހަގީގަތް ރައްޔިތުންނަށް އެނގެން އޮންނަ އިރު، އެކަންކަން އޮޅުވާލުމަކީ ޒިންމާދާރު ވެރިއެއްގެ ފަރާތުން ފެނިގެންވާނެ ސިފައެއް ނޫނެވެ. މުލިއާގެއަށް ކުރި ބޮޑު ހަރަދާއި، އެތަނަށް ބަދަލުވުމުގެ އަސްލު ސަބަބު ފޮރުވައި، އެއީ ސަލާމަތީ ބާރުތަކުގެ ބޯޅައަކަށް ހެއްދެވުމަކީ ސިޔާސީ ގޮތުން ހެއްދެވި ވަރަށް ބޮޑު ދޮގެއްނުންތޯ އެވެ. 

އެސްޕްރެސޯ ވިތު ރައީސްމުލިއާގެދިމްޔާތު

ކޮމެންޓް

އިތުރަށް ކިޔާލަން

މުއިއްޒާއި މުއިއްޒުގެ ރެކޯޑަށް އަނެއްކާ އިތުރުވި ބަޖެޓް ރެކޯޑް

މުއިއްޒާއި މުއިއްޒުގެ ރެކޯޑަށް އަނެއްކާ އިތުރުވި ބަޖެޓް ރެކޯޑް

30 އޮކްޓޯބަރު 2025
މުލީއާގެއިން ފެންނަކަމަށް ބުނެވޭ ރޫހުތަކާއި ނާމާންކަމުގެ ވާހަކަ!

މުލީއާގެއިން ފެންނަކަމަށް ބުނެވޭ ރޫހުތަކާއި ނާމާންކަމުގެ ވާހަކަ!

07 އޯގަސްޓު 2021
ރާއްޖޭގެ ފުރަތަމަ 2 ރައީސުން، ރަސްމީ ގެކޮޅުގައި ދިރިނޫޅުއްވައި އަމިއްލަ ގެކޮޅުގައި ދިރިއުޅުއްވި ސަބަބަކީ ކޮބާ؟

ރާއްޖޭގެ ފުރަތަމަ 2 ރައީސުން، ރަސްމީ ގެކޮޅުގައި ދިރިނޫޅުއްވައި އަމިއްލަ ގެކޮޅުގައި ދިރިއުޅުއްވި ސަބަބަކީ ކޮބާ؟

05 އޯގަސްޓު 2021

އަހަރުތަކުން މިއަދު

24 ޖޫން
"މަރުވެފައިވާ މީހަކު އަނބުރާ އައުން": އިސްރާއީލުން މަރާލި ކަމަށް ބުނި އިރާނުގެ ޤުދުސް ފޯސްގެ އިސްވެރިޔާ ފެނިއްޖެ
20251 އަހަރު ކުރިން
ދުނިޔެ

"މަރުވެފައިވާ މީހަކު އަނބުރާ އައުން": އިސްރާއީލުން މަރާލި ކަމަށް ބުނި އިރާނުގެ ޤުދުސް ފޯސްގެ އިސްވެރިޔާ ފެނިއްޖެ

މޯދީ ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް ރައީސް ވަޑައިގަތުމަށް ހިނގި ހަރަދުގެ ތަފްސީލެއް ހާމައެއް ނުކުރި
20242 އަހަރު ކުރިން
ރާއްޖެ

މޯދީ ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް ރައީސް ވަޑައިގަތުމަށް ހިނގި ހަރަދުގެ ތަފްސީލެއް ހާމައެއް ނުކުރި

ޓައިޓަން: "ކޮންމެ ޚަބަރެއްގަ އޮތީ އަހަރެމެން ދެބަފައިންގެ ފޮޓޯއަކަށް ވުމުގެ ފުރުޞަތު"
20233 އަހަރު ކުރިން
ތަފާތު ޚަބަރު

ޓައިޓަން: "ކޮންމެ ޚަބަރެއްގަ އޮތީ އަހަރެމެން ދެބަފައިންގެ ފޮޓޯއަކަށް ވުމުގެ ފުރުޞަތު"

ފެން ލޮނުވެ، ބަސަރާގައި ކަދުރު ހީނަރުވެއްޖެ
20224 އަހަރު ކުރިން
ތަފާތު ޚަބަރު

ފެން ލޮނުވެ، ބަސަރާގައި ކަދުރު ހީނަރުވެއްޖެ

"ކުޑަ ގައުމަކަށްވިޔަސް ރާއްޖެއަކީ އިސްލާމީ އުއްމަތަށް ނަމޫނާ ދައްކާ ހަރުދަނާ ދައުލަތެއް"
20215 އަހަރު ކުރިން
ރާއްޖެ

"ކުޑަ ގައުމަކަށްވިޔަސް ރާއްޖެއަކީ އިސްލާމީ އުއްމަތަށް ނަމޫނާ ދައްކާ ހަރުދަނާ ދައުލަތެއް"

ހިޔާ މަޝްރޫއުގެ ފްލެޓްތަކަށް ކުލީގެ ގޮތުގައި ޖެހެނީ މަހަކަށް 11،000 ރުފިޔާ!
20197 އަހަރު ކުރިން
ރާއްޖެ

ހިޔާ މަޝްރޫއުގެ ފްލެޓްތަކަށް ކުލީގެ ގޮތުގައި ޖެހެނީ މަހަކަށް 11،000 ރުފިޔާ!

ޕެރަޑައިސް ރިސޯޓަށް ބަނގުރާ ބާލަނިކޮށް، ފުލުހުންނާއި ކަސްޓަމްސް އިން ހިފަހައްޓައިފި
20188 އަހަރު ކުރިން
ރާއްޖެ

ޕެރަޑައިސް ރިސޯޓަށް ބަނގުރާ ބާލަނިކޮށް، ފުލުހުންނާއި ކަސްޓަމްސް އިން ހިފަހައްޓައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު