Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ދިވެހި ލީގަށް އިންޑިއާ ރެފްރީނ

ދިވެހި ޕްރިމިއާ ލީގު ނިމެންދެން އިންޑިއާ ރެފްރީން ބޭނުންކުރަން ނިންމައިފި

އިންޑީއާ ރެފްރީންނަށް ހަރަދުކުރަނީ އެފްއޭއެމް އިން

ލީވާން އަލީ
ލީވާން އަލީ, ރާއްޖެ އެމްވީ | 17 ސެޕްޓެމްބަރު 2017 | އާދީއްތަ 10:43
އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް

އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް

އުރީދޫ ދިވެހި ޕްރިމިއާ ލީގު ނިމެންދެން އިންޑިއާ ރެފްރީން ބޭނުން ކުރަން ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ނިންމައިފި އެވެ.

ރާއްޖެއެމްވީ އަށް މައުލޫމާތު ދެއްވަމުން އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލު ވިދާޅުވީ، ރެފްރީންގެ މައްސަލަ އަށް ވަގުތީ ހައްލެއް ގެނައުމުގެ ގޮތުން އިންޑިއާ ރެފްރީން ބޭނުންކުރަން ފަށާފައިވާ ކަމަށާއި، ލީގު ނިމެންދެން އެ ރެފްރީން ތިބޭނެ ކަމަށެވެ.

ބައްސާމް ވިދާޅުވީ، ރެފްރީންގެ ކަންތައް ހައްލު ކުރުމަށް އެފްއޭއެމް އިން މަސައްކަތް ކުރަމުން އަންނަ ކަމަށާއި، އެގޮތުން ކަންތައްތައް ހަރުދަނާ ކުރުމަށް އޭއެފްސީއާ ގުޅިގެން ރެފްރީސް ޑައިރެކްޓަރެއް ހޯދުމުގެ މަސައްކަތް ވެސް ކުރަމުން އަންނަ ކަމަށެވެ.

އޭނާ ވިދާޅުވީ، ލީގުގެ ދެވަނަ ބުރުގައި ބޭރުގެ ރެފްރީން ބޭނުންކުރަން މީގެކުރިން ނިންމި ކަމަށާއި، އެހެން ނަމަވެސް އެކަމަށް އަވަސް ފިޔަވަޅެއް އަޅާ ފުރަތަމަ ބުރު ނުނިމެނީސް ބޭރު ރެފްރީން ބޭނުންކުރަން ޖެހުނީ ތަކުރާރުކޮށް ރާއްޖޭގެ ރެފްރީންނާ ބެހޭގޮތުން ޝަކުވާތައް އަންނަން ފެށުމުން ކަމަށެވެ.

ބައްސާމް ވިދާޅުވީ، ރެފްރީންގެ ކަންތައްތައް ހައްލުކުރުމަށް ރެފްރީސް ކޮމެޓީން ގަވައިދުތައް ހަރުދަނާކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

ރެފްރީންގެ މައްސަލަ ފެންމަތިވާން ފެށީ ގްރީން ސްޓްރީޓް އާއި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ބައްދަލުކުރި މެޗަށް ފަހު ހިނގައިދިޔަ ކަންތައްތަކުންނެވެ. އެ މެޗުގައި ގްރީންގެ ބިދޭސީ ކުޅުންތެރިޔާ ސުބޯލް އިލިއާ މެޗުގެ 51 ވަނަ މިނެޓުގައި ރެފްރީއާ ދިމާލަށް އެއްޗެއް ބުނި ކަމަށް ބުނެ އޭނާއަށް ދެވަނަ ރީނދޫ ކާޑް ދެއްކުމާއެކު، އެކަމާ ހިތްހަމަނުޖެހިގެން ގްރީންގެ ކުޅުންތެރިން ނުރުހުން ފާޅުކުރަމުން ދަނިކޮށް ރެފްރީ ނިއުޝާދް މެޗުގެ ކުޅުން ހުއްޓާލުމަށް ފަހު ދަނޑުން ފައިބައިގެން ދިޔައެވެ. މެޗުގެ ފުރިހަމަ ވަގުތު ހަމަނުވަނީސް މެޗުގެ ކުޅުން ހުއްޓާލާފައިވާއިރު އޭރު 1-0 އަކުން ކުރީގަ އޮތީ މާޒިޔާއެވެ.

މި މެޗުގެ ފުރަތަމަ ހާފުގައި ރެފްރީކަން ކުރި އާދަމް ފަޒީލް ދެވަނަ ހާފަށް ނުކުމެފައި ނުވާއިރު ދެވަނަ ހާފުގައި ރެފްރީކަން ކުރަން ނުކުތީ މުހައްމަދު ނިއުޝާދެވެ.

މިކަމުގެ ސަބަބުން އެފްއޭމްގެ ރެފްރީސް ކޮމިޓީ އިން ވަނީ އެ ކޮމިޓީއަށް ހުށަހެޅިފައިވާ މައްސަލަތައް ބަލައި ވަކިގޮތެއް ނިމެންދެން، އެފްއޭމްގެ އެއްވެސް މުބާރާތެއްގެ މެޗެއްގައި ރެފްރީކަން ނުކުރެވޭގޮތަށް ވަގުތީގޮތުން ނައުޝާދު ސަސްޕެންޑު ކޮށްފައެވެ.

ހަމައެހެންމެ އެފްއޭމްގެ ރެފްރީސް ޑިޕާޓްމަންޓް ހިންގުން އިތުރަށް ހަރުދަނާ ކުރުމުގެ ގޮތުންނާ އެ އިދާރާގެ އިދާރީ އޮނިގަނޑު މުރާޖަޢާކޮށް އަލުން އެކުލަވާލަން ހަމަޖެހިފައިވާތީވެ، ރެފްރީސް ޑިޕާޓްމަންޓާ މިހާރު ހަވާލުވެ ހުރި އަޙްމަދު އަމީޒު ވެސް އެ މަގާމުން ވަނީ ވަކިކޮށްފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ލީގުގެ އެއްވަނައިގައި ޗެލްސީއަށް ހަތް ޕޮއިންޓްގެ ލީޑެއް

ލީގުގެ އެއްވަނައިގައި ޗެލްސީއަށް ހަތް ޕޮއިންޓްގެ ލީޑެއް

15 ޖެނުއަރީ 2017
ކޭންގެ ހެޓްރިކާއެކީ ޓޮޓެންހަމް ލީގުގެ ދެވަނައަށް

ކޭންގެ ހެޓްރިކާއެކީ ޓޮޓެންހަމް ލީގުގެ ދެވަނައަށް

15 ޖެނުއަރީ 2017
މޮޅަކާއެކު އާސެނަލް ލީގުގެ ތިންވަނައަށް

މޮޅަކާއެކު އާސެނަލް ލީގުގެ ތިންވަނައަށް

15 ޖެނުއަރީ 2017
އަމާޒަކީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރުން: ސާންތި

އަމާޒަކީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރުން: ސާންތި

12 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ޑެލެ އަލީގެ ދެ ލަނޑުން ޓޮޓެންހަމް އިން ޗެލްސީގެ އުންމީދުތައް ފެނަށް ދުއްވާލައިފި

ޕްރިމިއާ ލީގު: ޑެލެ އަލީގެ ދެ ލަނޑުން ޓޮޓެންހަމް އިން ޗެލްސީގެ އުންމީދުތައް ފެނަށް ދުއްވާލައިފި

06 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

20 މެއި
ބްރޯޑްކާސްޓިންގ ކޮމިޝަނުގެ މުވައްޒަފުން މަސައްކަތް ހުއްޓާލާ ގެއަށް ގޮސްފި
20251 އަހަރު ކުރިން
ރާއްޖެ

ބްރޯޑްކާސްޓިންގ ކޮމިޝަނުގެ މުވައްޒަފުން މަސައްކަތް ހުއްޓާލާ ގެއަށް ގޮސްފި

އެސްއެސްސީ ޕޭޕަރު މާކު ކުރަން އައި ޓީޗަރުންނަށް ބޮޑު ތުރާލެއް!
20242 އަހަރު ކުރިން
ރިޕޯޓު

އެސްއެސްސީ ޕޭޕަރު މާކު ކުރަން އައި ޓީޗަރުންނަށް ބޮޑު ތުރާލެއް!

ބިދޭސީންނަށް އުޅަނދުތަކުގެ ކެޕްޓަނުންގެ ގޮތުގައި ނުތިބެވޭނެ، މިއީ ކުޑަކަމެއް ނޫން - އަދުނާން
20233 އަހަރު ކުރިން
ރާއްޖެ

ބިދޭސީންނަށް އުޅަނދުތަކުގެ ކެޕްޓަނުންގެ ގޮތުގައި ނުތިބެވޭނެ، މިއީ ކުޑަކަމެއް ނޫން - އަދުނާން

ރ. އަތޮޅު ރިސޯޓެއްގެ އިމާރާތަކުން ވެއްޓި، މީހަކު މަރުވެއްޖެ
20224 އަހަރު ކުރިން
ރާއްޖެ

ރ. އަތޮޅު ރިސޯޓެއްގެ އިމާރާތަކުން ވެއްޓި، މީހަކު މަރުވެއްޖެ

ޑޮކްޓަރުންނަށް އޮޅިގެން ސަލާމަތުން އޮތް ފައި ބުރިކޮށްލެވިއްޖެ
20215 އަހަރު ކުރިން
ދުނިޔެ

ޑޮކްޓަރުންނަށް އޮޅިގެން ސަލާމަތުން އޮތް ފައި ބުރިކޮށްލެވިއްޖެ

ބައި ލައްކައަށް ވުރެ ގިނަ މެމްބަރުންނާ އެކު އެންމެ މެމްބަރުން ގިނަ ޕާޓީއަކަށް އެމްޑީޕީ
20197 އަހަރު ކުރިން
ރާއްޖެ

ބައި ލައްކައަށް ވުރެ ގިނަ މެމްބަރުންނާ އެކު އެންމެ މެމްބަރުން ގިނަ ޕާޓީއަކަށް އެމްޑީޕީ

ބ. ހިތާދޫގައި ވިޔަފާރި ކުރަނީ ވަރަށް ތަފާތުކޮށް، ސޭޓަކާ ނުލާ!
20188 އަހަރު ކުރިން
ރިޕޯޓު

ބ. ހިތާދޫގައި ވިޔަފާރި ކުރަނީ ވަރަށް ތަފާތުކޮށް، ސޭޓަކާ ނުލާ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު