Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ބައިނަލްއަގުވާމީ މާދަރީ ބަހުގެ ދުވަސް

ދުނިޔޭގެ 44 އިންސައްތަ މާދަރީ ބަސް ނެތިދިއުމުގެ ބިރު ހީވެފައި!

ދުނިޔޭގައި މިހާރު ބޭނުންކުރާ 7،000 އަށްވުރެ ގިނަ ބަހުގެ ތެރެއިން 40 އިންސައްތައަށްވުރެ ގިނަ ބަސް ނެތިދިއުމުގެ ބިރުވެރިކަމެއްގެ ތެރޭގައި އޮތްއިރު، މީގެ ތެރެއިން ގިނަ ބަސްތަކަކީ އެ ބަހުން ވާހަކަދައްކާ މީހުންގެ އަދަދު 1،000 އަށްވުރެ މަދު ބަސްތައް. އިނގިރޭސި އަދި މެންޑަރިން ޗައިނީޒް ފަދަ ބޮޑެތި ބަސްތައް ދުނިޔޭގައި ފެތުރެމުންދާއިރު، ކުދި މުޖުތަމައުތަކުން އެމީހުންގެ މާދަރީ ބަސް ދޫކޮށްލުމަކީ ބަސްތައް އުވިދިއުމަށް ދިމާވާ މައިގަނޑު ސަބަބު. ތަފާސްހިސާބުތަކުން ދައްކާގޮތުގައި މިހާތަނަށް 450 އަށްވުރެ ގިނަ ބަސް މުޅިން އުވިގޮސްފައިވާއިރު، ދުނިޔޭގެ އާބާދީގެ 70 އިންސައްތަ މީހުން ލިޔުމަށް ބޭނުންކުރަނީ ލެޓިން އަކުރު.

ރާއްޖެ އެމްވީ | 21 ފެބުރުއަރީ 2026 | ހޮނިހިރު 17:58
ޝުކުރިއްޔާ އެކި ބަސްބަހުން ބުނާ ގޮތް.

ޝުކުރިއްޔާ އެކި ބަސްބަހުން ބުނާ ގޮތް. | އައިސްޓޮކް

ފެބްރުއަރީ މަހުގެ 21 ވަނަ ދުވަހަކީ ބައިނަލްއަގުވާމީ މާދަރީ ބަހުގެ ދުވަހެވެ. މިއަދު މުޅި ދުނިޔޭގައި 7،000 އަށްވުރެ ގިނަ ބަހުން ވާހަކަދައްކާއިރު، އޭގެ ތެރެއިން މަދުވެގެން 3،000 ބަހެއް ނުވަތަ 40 އިންސައްތަ ބަސް އޮތީ ނެތިދިއުމުގެ ބިރުވެރިކަމެއްގެ ތެރޭގައެވެ.

ދުނިޔޭގެ ބަސްތަކުގެ މައުލޫމާތު އެއްކުރާ "އެތްނޮލޯގް" ޑޭޓާބޭސްއިން ދައްކާގޮތުގައި، އިނގިރޭސި ބަހަކީ ދުނިޔޭގައި އެންމެ ގިނަ ބަޔަކު ވާހަކަދައްކާ ބަހެވެ. އެގޮތުން 186 ގައުމެއްގައި ގާތްގަނޑަކަށް 1.5 ބިލިއަން މީހުން އިނގިރޭސި ބަހުން ވާހަކަދައްކައެވެ. އިނގިރޭސި ބަހުން ވާހަކަދައްކާ ކޮންމެ 10 މީހަކުން ދެ މީހަކީ އެއީ އެމީހުންގެ މާދަރީ ބަސް ކަމުގައިވާ މީހުންނެވެ. އަދި ބާކީ ތިބި 80 އިންސައްތަ މީހުން އިނގިރޭސި ބަސް ބޭނުންކުރަނީ ދެވަނަ ނުވަތަ ތިންވަނަ ބަހެއްގެ ގޮތުގައެވެ. ދުނިޔޭގައި ދެވަނައަށް އެންމެ ގިނަ ބަޔަކު ވާހަކަދައްކާ ބަހަކީ ގާތްގަނޑަކަށް 1.2 ބިލިއަން މީހުން ބޭނުންކުރާ މެންޑަރިން ޗައިނީޒް އެވެ. ނަމަވެސް، ޗައިނާގެ އާބާދީ ބޮޑުވުމުގެ ސަބަބުން، މާދަރީ ބަހެއްގެ ގޮތުގައި އެންމެ ގިނަ ބަޔަކު ވާހަކަދައްކާ ބަހަކީ މެންޑަރިން ޗައިނީޒް އެވެ.

ލިސްޓުގެ ތިންވަނައިގައި 609 މިލިއަން މީހުންނާއެކު ހިންދީ ބަސް އޮތްއިރު، އޭގެ ފަހަތުން ދެން އުޅެނީ ސްޕެނިޝް ބަސް (559 މިލިއަން) އަދި ސްޓޭންޑަޑް އެރަބިކް ނުވަތަ އަރަބި ބަސް (335 މިލިއަން) އެވެ.

ދުނިޔޭގައި އެންމެ މަގުބޫލު ބަސްތައް ލިޔަން ބޭނުންކުރާ އަކުރުތައް

ދުނިޔޭގެ ލިޔުމުގެ ނިޒާމުތަކާ ބެހޭ ރެފަރެންސް ފޮތެއް ކަމަށްވާ "ދަ ވޯލްޑްސް ރައިޓިން ސިސްޓަމްސް" ގައިވާ ގޮތުން، ބަސްބަސް ލިޔުމަށް ބޭނުންކުރާ 293 އަކުރު ނުވަތަ ސްކްރިޕްޓް ފާހަގަކުރެވިފައިވެއެވެ.

މީގެ ތެރެއިން 156 އަށްވުރެ ގިނަ އަކުރު މިއަދުވެސް ބޭނުންކުރަމުންދާއިރު، މިސްރުގެ ހައިރޯގްލިފްސް އާއި އެޒްޓެކް ޕިކްޓޯގްރާމްސް ހިމެނޭހެން ތާރީޚީ 137 އަކުރެއް މިހާރު ބޭނުންކުރުން ވަނީ ހުއްޓިފައެވެ.

އިނގިރޭސި، ފަރަންސޭސި، ސްޕެނިޝް އަދި ޖަރުމަނު ބަސް ހިމެނޭހެން ދުނިޔޭގައި މިހާރު ބޭނުންކުރާ 7،139 ބަހުގެ ތެރެއިން މަދުވެގެން 305 ބަހެއް ލިޔުމަށް ބޭނުންކުރަނީ ލެޓިން އަކުރެވެ. ދުނިޔޭގެ އާބާދީގެ 70 އިންސައްތައަށްވުރެ ގިނަ މީހުން ބޭނުންކުރަނީ ލެޓިން އަކުރެވެ.

ނެތިދިއުމުގެ ބިރު އެންމެ ބޮޑަށް އޮތީ ކޮން ބަސްތަކަކަށް؟

ދުނިޔޭގައި ވާހަކަދައްކާ 7،159 ބަހުގެ ތެރެއިން 3،193 ބަހަކަށް (44 އިންސައްތަ) ނެތިދިއުމުގެ ބިރު އެބައޮތެވެ. އަދި 3،479 ބަހެއް (49 އިންސައްތަ) އޮތީ ސަލާމަތުން ކަމަށްވާއިރު، 487 ބަހަކީ (7 އިންސައްތަ) ސަރުކާރުތަކާއި، ސްކޫލްތަކާއި މީޑިއާތަކުގައި ރަސްމީކޮށް ބޭނުންކުރާ ބަސްތަކެވެ.

ބަހެއް ނެތިދިއުމުގެ ބިރު ކުރިމަތިވަނީ، އެ ބަހެއް ބޭނުންކުރާ މުޖުތަމައުގެ މީހުން އެމީހުންގެ ދަރިންނަށް އެ ބަހުގެ ބަދަލުގައި އެހެން ބޮޑު ބަހެއް ދަސްކޮށްދޭން ފެށުމުންނެވެ. މިފަދަ ގިނަ ބަސްތައް މިހާރު ބޭނުންކުރެވެނީ ދެވަނަ ބަހެއްގެ ގޮތުގައެވެ. އެތްނޮލޯގްގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި 337 ބަހެއް "ޑޯމަންޓް" ނުވަތަ "ބޭނުން ކުރުން ހުއްޓިފައި" ވާ ބަސްތަކުގެ ގޮތުގައި އޮތްއިރު، 454 ބަހެއް ވަނީ މުޅިން އުވި ގޮސްފައެވެ.

"ޑޯމަންޓް" ބަސްތަކަކީ އެ ބަހުން ފަރިތަކޮށް ވާހަކަދައްކާނެ މީހަކު މިހާރު ނެތް ނަމަވެސް، އިޖުތިމާއީ ކަންކަމުގައި ބޭނުންކުރެވޭ އަދި ވަކި ނަސްލެއްގެ އައިޑެންޓިޓީ ނުވަތަ އަމިއްލަވަންތަކަން ރަމްޒުކޮށްދޭ ބަސްތަކެވެ. އުވިގޮސްފައިވާ ބަސްތަކަކީ އެ ބަހުން ވާހަކަދައްކާނެ މީހަކު ނެތް، އަދި އެއްވެސް އިޖުތިމާއީ ބޭނުމަކަށް ނުވަތަ ތަރިކައެއްގެ ގޮތުގައި އެއްވެސް ބަޔަކު ބޭނުންނުކުރާ ބަސްތަކެވެ.

އެތްނޮލޯގްގެ ރިޕޯޓުތައް ބުނާގޮތުން، ނެތިދިއުމުގެ ބިރު އޮތް ބަސްތައް މާދަރީ ބަހުގެ ގޮތުގައި ބޭނުންކުރަނީ 88.1 މިލިއަން މީހުންނެވެ. އޭގެ ތެރޭގައި ހިމެނެނީ:

- އެ ބަހަކުން ވާހަކަދައްކާ މީހުންގެ އަދަދު 1،000 އަށްވުރެ މަދު 1،431 ބަސް

- އެ ބަހަކުން ވާހަކަދައްކާ މީހުންގެ އަދަދު 100 އަށްވުރެ މަދު 463 ބަސް

- އެ ބަހަކުން ވާހަކަދައްކާ މީހުންގެ އަދަދު 10 އަށްވުރެ މަދު 110 ބަސް

ދުނިޔޭގައި ނެތިދިއުމުގެ ބިރު ކުރިމަތިވެފައިވާ ބަސްތަކުގެ ގާތްގަނޑަކަށް 80 އިންސައްތަ ބަސް ނިސްބަތްވަނީ އެންމެ 25 ގައުމަކަށެވެ. މިފަދަ ބަސްތައް އެންމެ ގިނައީ އޯޝޭނިއާ ސަރަހައްދުގައެވެ. އެއަށްފަހު ދެން އެންމެ ގިނައީ އޭޝިއާ، އެފްރިކާ އަދި އެމެރިކާ ބައްރުގައެވެ.

ނެތިދިއުމުގެ ބިރު ކުރިމަތިވެފައިވާ ބައެއް ބަސްތަކުގެ ތެރޭގައި ހިމެނެނީ:

އޯޝޭނިއާ

އޮސްޓްރޭލިއާގެ އިރުމަތީގައި އޮންނަ ގޯލްޑް ކޯސްޓް، ސީނިކް ރިމް އަދި ލޯގަން ސަރަހައްދުގައި ދިރިއުޅޭ ޔުގަމްބޭ ދަރިކޮޅުގެ މީހުން ވާހަކަދައްކައި އުޅޭ "ޔުގަމްބޭ" ބަހަކީ ނެތިދިއުމުގެ ބިރު ބޮޑުވެފައިވާ އަބޮރިޖިނަލް ބަހެކެވެ.

ފަހަކަށް އައިސް އެ ސަރަހައްދުގެ މުޖުތަމައުން އިސްނަގައިގެން ކުރިއަށްގެންދާ ބަސް ދިރުވައި އާލާކުރުމުގެ ޕްރޮގްރާމްތަކާއި، ބަސް ދަސްކޮށްދޭ އެޕްލިކޭޝަންތަކުގެ އެހީގައި، އާ ޖީލުތަކުގެ މެދުގައި މި ބަސް ބޭނުންކުރާ މިންވަރު ވަނީ އިތުރުވެފައެވެ.

އޭޝިއާ

ޖަޕާނުގެ "އައިނޫ" (އައިނޫ އިޓަކް) ބަހަކީ ނެތިދިއުމުގެ ނުރައްކާ އިންތިހާއަށް ބޮޑުވެފައިވާ ބަހެކެވެ. ޔުނެސްކޯއިން ހާމަކުރާ ގޮތުގައި، މި ބަހަކީ ދުނިޔޭގެ އެހެން އެއްވެސް ބަހެއްގެ އާއިލާއަކާ ގުޅުމެއް ހުރި ބަހެއްކަން ޔަގީންކަމާއެކު ބުނާކަށް ނޭނގެއެވެ. މި ބަހުން ވާހަކަދައްކާ މީހުންގެ ސީދާ އަދަދު ނޭނގުނު ނަމަވެސް، 2006 ވަނަ އަހަރު ކުރި ސާވޭއަކުން ދައްކާ ގޮތުގައި އައިނޫ ދަރިކޮޅުގެ 23،782 މީހުންގެ ތެރެއިން މި ބަސް ދަންނަނީ އެންމެ 304 މީހުންނެވެ.

އެފްރިކާ

އިތިއޯޕިއާގައި ބޭނުންކުރާ "އޮންގޮޓާ" ބަހަކީ ނެތިދިއުމުގެ ބިރު އިންތިހާއަށް އޮތް ބަހެކެވެ.

މި ބަހަކީ އިތިއޯޕިއާގެ ހުޅަނގު ދެކުނުގައި އޮންނަ ވޭޓޯ ކޯރުގެ ހުޅަނގު އައްސޭރީގައި ދިރިއުޅޭ މުޖުތަމައަކުން ބޭނުންކުރާ ބަހެކެވެ. މިހާރު މި މުޖުތަމައުގައި ބާކީ ތިބީ ގާތްގަނޑަކަށް 400 އެއްހާ މީހުން ކަމަށްވާއިރު، މި ބަހުން ވާހަކަދައްކަން ދަންނަނީ އެންމެ މަދު ދުވަސްވީ މީހުންކޮޅެކެވެ.

އެމެރިކާ ބައްރު

އުތުރު އަދި މެދުތެރޭ އެމެރިކާގެ އަސްލު ވަޒަންވެރިން ބޭނުންކުރާ ގާތްގަނޑަކަށް ހުރިހާ ބަހަކަށް ވަނީ ނެތިދިއުމުގެ ބިރު ކުރިމަތިވެފައެވެ. އެމެރިކާގައި ބޭނުންކުރާ "ލުއިޒިއާނާ ކްރިއޯލް" އަކީ ފަރަންސޭސި ބަހުގެ މައްޗަށް ބިނާވެފައިވާ، އެފްރިކާ އަދި އެމެރިކާގެ އަސްލު ވަޒަންވެރިންގެ ނުފޫޒު އެކުލެވޭ ބަހެކެވެ. މި ބަހަކީ ނެތިދިއުމުގެ ބިރު ބޮޑު ބަހެއް ކަމަށްވާއިރު، މިހާރު މި ބަހުން ވާހަކަދައްކައި އުޅެނީ މައިގަނޑު ގޮތެއްގައި ދުވަސްވީ މީހުންނެވެ.

ބޮލީވިއާގައި ބޭނުންކުރާ "ލެކޯ" ބަހަކީ ވެސް ނެތިދިއުމުގެ ބިރު އޮތް ބަހެކެވެ. މި ބަހަކީ އެހެން އެއްވެސް ބަހަކާ އާއިލީ ގޮތުން ގުޅުމެއް ނެތް "އެކަހެރި" ބަހެއްގެ ގޮތުގައި ބެލެވެއެވެ. ލެކޯ ދަރިކޮޅުގެ އާބާދީގައި ގާތްގަނޑަކަށް 13،500 މީހުން ތިބި ނަމަވެސް، މިހާރު މި ބަހުން ވާހަކަދައްކަނީ ހަމައެކަނި ދުވަސްވީ މީހުންނެވެ.

ޔޫރަޕް

އިނގިރޭސިވިލާތުގެ ހުޅަނގު ދެކުނުގައި ބޭނުންކުރާ "ކޯނިޝް" (ކާނެވެކް) ބަހަކީ މުޅިން ނެތިގޮސްފައިވާ ބަހެއްގެ ގޮތުގައި ޔުނެސްކޯއިން ކުރިން ކަނޑައަޅާފައިވާ ބަހެކެވެ. ނަމަވެސް، އެ ބަސް އަލުން ދިރުވައި އާލާކުރުމަށް ކުރި މަސައްކަތުން، 2010 ވަނަ އަހަރު ޔުނެސްކޯއިން ވަނީ އެއީ ނެތިދިއުމުގެ ބިރު އޮތް ބަހެއްގެ ގޮތުގައި ބަދަލުކޮށްފައެވެ. 2021 ވަނަ އަހަރުގެ އިނގިރޭސިވިލާތާއި ވޭލްސްގެ ބޯހިމެނުމުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، 563 މީހަކު އެމީހުންގެ މާދަރީ ބަހުގެ ގޮތުގައި މި ބަސް ބޭނުންކުރެއެވެ.

މާދަރީ ބަހުގެ ދުވަސްއެތްނޮލޯގްއިނގިރޭސި ބަސްމެންޑަރިން ޗައިނީޒްލެޓިން އަކުރުބަސް ނެތިދިއުން

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ދުނިޔޭގެ އެންމެ ނުފޫޒު ގަދަ ގައުމަކަށް މިފަހަރު ކެނެޑާ

ދުނިޔޭގެ އެންމެ ނުފޫޒު ގަދަ ގައުމަކަށް މިފަހަރު ކެނެޑާ

02 ސެޕްޓެމްބަރު 2017
އޮލިމްޕިކް އަދި ދުނިޔޭގެ ޗެމްޕިއަން ފެތުންތެރިޔާ އެޑަމް ޕީޓީގެ ތަފާތު ވާހަކައެއް

އޮލިމްޕިކް އަދި ދުނިޔޭގެ ޗެމްޕިއަން ފެތުންތެރިޔާ އެޑަމް ޕީޓީގެ ތަފާތު ވާހަކައެއް

30 އޯގަސްޓު 2017
ފިޔާޒްގެ މައްސަލަ: ފުށުއަރާ ތިން ހެކިބަސް. އުއްމީދަކީ ޢަދްލުވެރި ހުކުމެއް

ފިޔާޒްގެ މައްސަލަ: ފުށުއަރާ ތިން ހެކިބަސް. އުއްމީދަކީ ޢަދްލުވެރި ހުކުމެއް

09 އޯގަސްޓު 2017
އެމްއެމްޕީއާރުސީ ފައިސާގެ 80 އިންސައްތަ!

އެމްއެމްޕީއާރުސީ ފައިސާގެ 80 އިންސައްތަ!

15 ޖުލައި 2017
ދުނިޔޭގެ ގައުމުތަކުގެ ރޯދަ ވަގުތު!

ދުނިޔޭގެ ގައުމުތަކުގެ ރޯދަ ވަގުތު!

26 މެއި 2017

އަހަރުތަކުން މިއަދު

25 ފެބުރުއަރީ
ރިޗަރޑް ގިއަރގެ އާއިލާ އެކު ރާއްޖޭގައި
20251 އަހަރު ކުރިން
ތަފާތު ޚަބަރު

ރިޗަރޑް ގިއަރގެ އާއިލާ އެކު ރާއްޖޭގައި

މަޝްހޫރު ޤާނޫނީ ވަކީލް އަބްދުލްޙަކީމް މުހައްމަދު ރަޝާދު އަވަހާރަވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

މަޝްހޫރު ޤާނޫނީ ވަކީލް އަބްދުލްޙަކީމް މުހައްމަދު ރަޝާދު އަވަހާރަވެއްޖެ

ނިޒާމް ދައްކާފައި ހުރި ވާހަކަތަކާއި ހެކިތަކަށް ބަލާއިރު، އޭނާ ކުރި ކަމަކުން ލިޓަން މަރުވެފައިވާކަމަށް ޤަބޫލު ކުރެވޭ: ޕީޖީ
20233 އަހަރު ކުރިން
ރާއްޖެ

ނިޒާމް ދައްކާފައި ހުރި ވާހަކަތަކާއި ހެކިތަކަށް ބަލާއިރު، އޭނާ ކުރި ކަމަކުން ލިޓަން މަރުވެފައިވާކަމަށް ޤަބޫލު ކުރެވޭ: ޕީޖީ

ފިންލޭންޑާއި ސުވިޑެން އިން ނޭޓޯއާއި ގުޅިގެއްޖެނަމަ އެކަމުގެ އަގު އަދާކުރަންޖެހޭނެ – ރަޝިއާ
20224 އަހަރު ކުރިން
ދުނިޔެ

ފިންލޭންޑާއި ސުވިޑެން އިން ނޭޓޯއާއި ގުޅިގެއްޖެނަމަ އެކަމުގެ އަގު އަދާކުރަންޖެހޭނެ – ރަޝިއާ

ޕީޕީއެމް ކުރިމަތީގައި މުއައްސަސާތައް ދަތްނެތް ސިންގާއަކަށްވެ، ވަރަނެތް ދޫންޏަކަށްވެ ނިމިއްޖެ
20215 އަހަރު ކުރިން
ރިޕޯޓު

ޕީޕީއެމް ކުރިމަތީގައި މުއައްސަސާތައް ދަތްނެތް ސިންގާއަކަށްވެ، ވަރަނެތް ދޫންޏަކަށްވެ ނިމިއްޖެ

އުފާވެރި ޚަބަރެއް: ކިޑީ އިނީ ބަލިވެ، ބަނޑަށް ހަ މަސް!
20197 އަހަރު ކުރިން
ތަފާތު ޚަބަރު

އުފާވެރި ޚަބަރެއް: ކިޑީ އިނީ ބަލިވެ، ބަނޑަށް ހަ މަސް!

ރަސްދޫ އިން އެސްއޯގެ ހަތަރު ފުލުހުން ހައްޔަރުކޮށްފި
20188 އަހަރު ކުރިން
ރާއްޖެ

ރަސްދޫ އިން އެސްއޯގެ ހަތަރު ފުލުހުން ހައްޔަރުކޮށްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު