Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދުބޭންކް އޮފް މޯލްޑިވްސް

'ސްވައިޕް' މުޅީން އައު މަލްޓިކަރަންސީ ޑިޖިޓަލް ވޮލެޓެއް ބީއެމްއެލް އިން ތަޢާރަފްކޮށްފި

ސްވައިޕް އަކީ ދިވެހީން އުފައްދައި ތަރައްގީކޮށްފައިވާ %100 ދިވެހި އުފެއްދުމެކެވެ. މި އަހަރުގެ ޑިސެންބަރު މަހު ސްވައިޕް ބީޓާ ޓެސްޓިންގ އަށް ހުޅުވާލާނެ.

ރިޒްނާ ޒަރީރު
ރިޒްނާ ޒަރީރު | 29 އޮކްޓޯބަރު 2025 | ބުދަ 09:32
ބޭންކް އޮފް މޯލްޑިވްސް އިން ސްވައިޕް ތައާރަފްކޮށްފި 29-10-2025

ބޭންކް އޮފް މޯލްޑިވްސް އިން ސްވައިޕް ތައާރަފްކޮށްފި 29-10-2025

ބޭންކް އޮފް މޯލްޑިވްސް އިން ސްވައިޕް ތައާރަފްކޮށްފި އެވެ.

މިއީ ރާއްޖެއާއި ރާއްޖެއިން ބޭރުގައި ފަސޭހަކަމާއެކު، އަވަހަށް އަދި ރައްކާތެރިކަމާއެކު ފައިސާގެ މުއާމަލާތް ކުރެވޭނެ މަލްޓިކަރަންސީ ޑިޖިޓަލް ވޮލެޓެކެވެ.

ސްވައިޕް އަކީ ދިވެހީން އުފައްދައި ތަރައްގީކޮށްފައިވާ %100 ދިވެހި އުފެއްދުމެކެވެ. މި ޑިޖިޓަލް ވޮލެޓަކީ، ދުނިޔޭގެ ޑިޖިޓަލް މާލީ ބާޒާރުގައި ރާއްޖެއާއި ރާއްޖޭގެ ފިންޓެކްގެ ހުނަރުވެރިކަން ދައްކުވައިދޭނެ އުފެއްދުމެއްވެސްމެ އެވެ. އަދި މިއީ މި ސަރަހައްދުގެ އެންމެ މޮޅު ޑިޖިޓަލް ބޭންކަށް ވުމުގެ ލަނޑުދަނޑި ހާސިލްކުރުމަށް ބޭންކް އޮފް މޯލްޑިވްސް އިން ކުރަމުންދާ މަސައްކަތަށް ލިބުނު މުހިންމު ކުރިއެރުމެކެވެ.

ސްވައިޕް ޑިޖިޓަލް ވޮލެޓް އެޕް ބޭނުންކޮށްގެން، ކަސްޓަމަރުންނަށް ރާއްޖޭގެ ކޮންމެ ކަންކޮޅެއްގައި ހުރެގެންވެސް ކިއުއާރު ކޯޑު މެދުވެރިކޮށް އަވަސް، ފަސޭހަ އަދި ރައްކާތެރިކަމާއެކު ކޮންޓެކްޓްލެސްކޮށް ފައިސާ ދެއްކޭނެ އެވެ. ކަސްޓަމަރުންނަށް ސްވައިޕް މެދުވެރިކޮށް ވަގުތުން ފައިސާ ފޮނުވުމާއި، ދުނިޔޭގެ ކޮންމެ ގައުމަކުންވެސް އެމީހުންގެ މަލްޓި-ކަރަންސީ އެކައުންޓަށް ފައިސާ ލިބިގަތުމުގެ އިތުރުން، އެކައުންޓުން ކުރާ ޚަރަދުތަކުގެ ތަފާސްހިސާބުތައް އަމިއްލައަށްވެސް ބަލާލެވޭނެ އެވެ.

ދުނިޔޭގެ ކޮންމެ ބޭންކަކުން ނެރެފައިވާ ޑެބިޓް، ކްރެޑިޓް ނުވަތަ ޕްރީޕެއިޑް ކާޑެއް ބޭނުންކޮށްގެން ވެސް ސްވައިޕް ވޮލެޓަށް ފައިސާ ޖަމާކުރެވޭނެ އެވެ. އަދި ބީއެމްއެލްގެ އެކައުންޓްތަކަށް ފައިސާ ފޮނުވައި އެ އެކައުންޓުން ފަސޭހަކަމާއެކު ފައިސާ ނޭގެނެ އެވެ. ވިޔަފާރިތަކަށް ވަގުތުން އެކައުންޓަށް ފައިސާ ލޖަމާވާ ގޮތަށް ސްވައިޕް ފަރުމާކޮށްފައިވުމުން ވިޔަފާރިވެރިންނަށް ކޭޝް ފްލޯ ބެލެހެއްޓުމަށް ފަސޭހަވެގެންދާނެ ކަމަށް ބީއެމްއެލް އިން ބުނެ އެވެ.

އެންމެ ޒަމާނީ ސަލާމަތީ ގިނަ ފިޔަވަޅުތަކާއެކު ތަރައްގީ ކޮށްފައިވާ އަދި ދިވެހިރާއްޖޭގެ އިތުރުން ބައިނަލްއަގުވާމީ ގަވާއިދުތަކާއި ފައިސާ ދެއްކުމުގެ ޝަރުތުތަކާއި އުސޫލުތަކަށް ފުރިހަމައަށް ފެތޭ ސްވައިޕަކީ، ބޭރުގެ އެހެނިހެން ވޮލެޓްތަކުގެ ބަދަލުގައި ބޭނުންކުރެވޭނެ ދިވެހި ޑިޖިޓަލް ވޮލެޓެކެވެ.

ފްރީލާންސަރުންނާއި އޮންލައިންކޮށް ވިޔަފާރިކުރާ ފަރާތްތަކަށް އެކި ގައުމުތަކުގެ ކްލައިންޓުން ނުވަތަ ކަސްޓަމަރުންގެ ފަރާތުން ފައިސާ ލިބިގަތުމަށް ވެސް ސްވައިޕް އެހީތެރިވެދޭނެ ކަމަށާއި ސްވައިޕަކީ ފަތުރުވެރިންނަށް ވެސް ރާއްޖޭގައި ފައިސާ ދެއްކުމަށް ފަސޭހަ ވޮލެޓަކަށް ވާނެ ކަމަށް ވެސް އެކުންފުނިން ބުނެ އެވެ.

މި އަހަރުގެ ޑިސެންބަރު މަހު ސްވައިޕް ބީޓާ ޓެސްޓިންގ އަށް ހުޅުވާލާނެ ކަމަށް ބީއެމްއެލް އިން ވަނީ ހާމަކޮށްފަ އެވެ.

ބޭންކް އޮފް މޯލްޑިވްސްސްވައިޕްޑިޖިޓަލް ވޮލެޓް

އިތުރަށް ކިޔާލަން

10 ޑިސެމްބަރު 2025

ވިސާ އިންފިނިޓް ކްރެޑިޓް ކާޑު ރާއްޖެއަށް ތައާރަފްކޮށްފި

10 ޑިސެމްބަރު 2025
ވިސާ އިންފިނިޓް ކްރެޑިޓް ކާޑު ރާއްޖެއަށް ތައާރަފްކޮށްފި
07 ޑިސެމްބަރު 2025

ކާޑު ލިމިޓްގެ ބޭނުން ނަހަމަ ގޮތުގައި ބޭނުންކުރާކަން ފާހަގަކުރެވޭ، ފިޔަވަޅު އަޅަން ޖެހިދާނެ: ބީއެމްއެލް

07 ޑިސެމްބަރު 2025
ކާޑު ލިމިޓްގެ ބޭނުން ނަހަމަ ގޮތުގައި ބޭނުންކުރާކަން ފާހަގަކުރެވޭ، ފިޔަވަޅު އަޅަން ޖެހިދާނެ: ބީއެމްއެލް
04 ޑިސެމްބަރު 2025

ހިޔާވެހި ފައިނޭންސިން އަށް ގިނަ ބަޔަކު ޝަރުތު ހަމަނުވާތީ ކުޑޫ, ކަންބޮޑުވުން ފާޅުކުރައްވާ މުއިއްޒަށް ސިޓީއެއް ފޮނުއްވައިފި

04 ޑިސެމްބަރު 2025
ހިޔާވެހި ފައިނޭންސިން އަށް ގިނަ ބަޔަކު ޝަރުތު ހަމަނުވާތީ ކުޑޫ, ކަންބޮޑުވުން ފާޅުކުރައްވާ މުއިއްޒަށް ސިޓީއެއް ފޮނުއްވައިފި
25 ނޮވެމްބަރު 2025

އެމްޑީޕީގެ ސިޓީއެއް ބީއެމްއެލްއަށް - ޢައިރުޤާނޫނީ މުޢާމަލާތްތައް ކުރުމަށް ސަރުކާރަށް ވާގިވެރިވުން ހުއްޓާލާ

25 ނޮވެމްބަރު 2025
އެމްޑީޕީގެ ސިޓީއެއް ބީއެމްއެލްއަށް - ޢައިރުޤާނޫނީ މުޢާމަލާތްތައް ކުރުމަށް ސަރުކާރަށް ވާގިވެރިވުން ހުއްޓާލާ
20 ނޮވެމްބަރު 2025

ގޯލްޑް ކްރެޑިޓް ކާޑަށް ބައްސާމް ފައިސާ ނުދައްކައިގެން ކުރި ދައުވާ, ފައިސާ ދެއްކުމުން އަނބުރާ ގެންގޮސްފި

20 ނޮވެމްބަރު 2025
ގޯލްޑް ކްރެޑިޓް ކާޑަށް ބައްސާމް ފައިސާ ނުދައްކައިގެން ކުރި ދައުވާ, ފައިސާ ދެއްކުމުން އަނބުރާ ގެންގޮސްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު