Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
އައްްޑޫ ސިޓީ

އައްޑޫ ރޫޅާލަނީތަ، ނޫނީ ތަރައްޤީ ގެންނަނީތަ؟

މިއީ އައްޑޫގެ ތަރައްޤީ އަށް ބަޔަކު އަޅާ ހުރަހެކެވެ. ރައްޔިތުންނަށް އޮޅުވާލަނީއެވެ. މިކަމުގައި އައްޑޫގެ ހުރިހާ ރައްޔިތުން ދެތުވެ ބަސްބުނަން ވެއްޖެއެވެ. މަދު ވަގުތުކޮޅަކަށް މަޖިލީހުގައި ތިބި މެމްބަރުންގެ ގުއިރޯނުގައި އައްޑޫ ރައްޔިތުން ނުޖެހޭށެއެވެ. ހިޔާލު ހޯދުމުގެ ވޯޓަކީ މިސަރުކާރަށް ނޫނެކޭ ބުނާ ވޯޓަކަށް ހަދަމާ ހިނގާށެއެވެ.

ރިޒްނާ ޒަރީރު
ރިޒްނާ ޒަރީރު, ރާއްޖެ އެމްވީ | 11 އޮކްޓޯބަރު 2025 | ހޮނިހިރު 14:19
އައްޑޫ ހަންކެޑެ ބުރިޖު

އައްޑޫ ހަންކެޑެ ބުރިޖު

އައްޑޫ ސިޓީއަކީ ޒަމާނުއްސުރެ އެކުވެރި އެއްބައިވަންތައް ރައްޔިތެއް ދިރިއުޅެމުން އައިސްފައިވާ އަތޮޅެކެވެ. ވެރިކަން ކުރާ މާލެ ސަރަހައްދު ފިޔަވައި އެންމެ އާބާދީ ބޮޑު ސިޓީއަކީ އައްޑޫ ކަމަށްވާއިރު، 2008 ވަނަ އަހަރުން ފެށިގެން ކޮންމެ އިންތިހާބާއި ދިމާކޮށް ސިޔާސީ ވެރިންގެ ފޯކަސް އެދިމާލަކަށް އޮންނަ އެއްތަނަކީ އައްޑޫ ސިޓީއެވެ.

ރައީސް މައުމޫނާއި ހަމައިން ފަށަމާ ހިނގާށެއެވެ. އެއިރު އައްޑޫ އެއަރޕޯޓަކީ އިނގިރޭސިން އައްޑޫގައި ތިބި އިރު ތަރައްޤީ ކުރި ބައިނަލްއަގްވާމީ ފެންވަރުގެ އެއަރޕޯޓެކެވެ. ގަމުގައި އޮންނަނީ ތާރު އަޅައި ޒަމާނީ ފެންވަރަށް މަގުތައް ހަދާފައެވެ. ނަމަވެސް އެއިރުން ފެށިގެން މިއަދާއި ހަމައަށް އައި އިރުވެސް އައްޑޫ ރައްޔިތުންގެ އެންމެ ބޮޑު ޝަކުވާއަކަށް ވެފައި ވަނީ އެއަރޕޯޓުގެ ނަމުގެ ކުރިއަށް ބައިނަލްއަގްވާމީ، ބޭނުންކުރުމަށްފަހު އެކަމުގައި ހަގީގީ ކުލަ ނުޖެހުމެއެވެ. ދޭތެރެއަކުން ޗާރަޓު ފްލައިޓްތައް ނުޖައްސާ ވާހަކަ އެއް ނޫނެވެ. ނަމަވެސް ބައިނަލްއަގްވާމީ ފެންވަރަށް އެއަރޕޯޓް ތަރައްޤީ ވެފައި ނެތުމާއި، ފަތުރުވެރިކަން ވެސް އައްޑޫ ސިޓީގައި ތަރައްޤީވެފައި ނެތުމަކީ އެއަރޕޯޓުގެ ބޭނުން އެންމެ އެކަށީގެންވާ ގޮތުގައި ނުހިފި އޮތް އެއް ހަގީގަތެވެ. ނަމަވެސް ނިމުނު ރައީސް އިބްރާހިމް މުހައްމަދު ސޯލިޙްގެ ވެރިކަމުގައި ފެއްޓި އެއަޕޯޓް ތަރައްގީ ކުރުމުގެ މަޝްރޫއު އެދަނީ ބާރު ސްޕީޑުގައި ކުރިއަށެއެވެ. މައުމޫނޫގެ ވެރިކަމުގައި އައްޑޫ ލިންކް ރޯޑު ތަރައްޤި ކުރިއެވެ. އެހެން ނޫނީ އައްޑޫއަށް މާބޮޑު ތަރައްޤީއެއް އައިސްފައިވާ ކަމަކަމަށް ނުބުނެވޭނެއެވެ.

ތިރީސް އަހަރުގެ ވެރިކަން ނިމި، ރައީސް މުހައްމަދު ނަޝީދުވެ ވެރިކަމާއި ހިސާބުން، އެމަނިކުފާނުގެ ތިން އަހަރުގެ ވެރިކަމުގެ ތެރޭގައި އައްޑޫ ކޮންވެންޝަން ސެންޓަރ އިމާރާތްކޮށް އެތަނުގައި، ރާއްޖޭގެ އަތޮޅެއްގައި ފުރަތަމަ ފަހަރަށް ބޭއްވި ސާކް ސަމިޓް ވަނީ ބާއްވާފައެވެ. ރައީސް ނަޝީދުގެ ވެރިކަން ނިމިގެންގޮސް، ރައީސް ޔާމިން ވެރިކަމުގައި މިކޮންވެންޝަން ސެންޓަރު ވަނީ އައްޑޫ އިކިއުޓޯރިއަލް ހޮސްޕިޓަލަށް ބަދަލުކޮށްފައެވެ. އެއިރު ޔާމިންގެ ސަރުކާރުން ވެސް ފުރަތަމަ ވައުދުވީ މުޅިން އައު ހޮސްޕިޓަލްއެއް އެޅުމަށެއެވެ. ނަމަވެސް އެހޮސްޕިޓަލަށް ވީގޮތެއްވެސް ނޭނގުނެއެވެ. ކޮންމެއަކަސް ވެރިކަމަކަށްފަހު ވެރިކަމެއް ބަދަލުވެދާ ކޮންމެ ފަހަރަކު، އައްޑޫ ސިޓީގެ ތަރައްޤީ އަށް ވަރަށް ގިނަ ކަންކަން ކޮށްދޭނެ ކަމަށް ވެރިކަމަށް ވަޑައިގަންނަވާ ކޮންމެ ރައީސަކު ވެސް ވައުދުވެވަޑައިގަންނަވައެވެ.

2018 ވަނަ އަހަރު އުފެދުނީ އަނެއްކާވެސް އެމްޑީޕީގެ ވެރިކަމެކެވެ. އައްޑޫ ސިޓީ ވަނީ ލިސްޓްގެ ކުރީގައެވެ. އައްޑޫގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމުގެ މަސައްކަތް ފެއްޓި އެވެ. އައްޑޫ އިންޓަރނޭޝަލް އެއަރޕޯޓުގެ މަޝްރޫއު އާއި ހަންކެޑެ ބްރިޖްގެ މަސައްކަތް ފެއްޓި އެވެ. އެންމެ ބޮޑު މަޝްރޫއަކަށް އެސަރުކާރުން އައްޑޫގެ ރައްޔިތުންނަށް ކޮށްދިން އެއް ކަމަކީ އައްޑޫއަށް ދިމާވެފައިވާ ބޯހިޔާވަހިކަން ހައްލުކޮށްދެއްވުމަށް، އައްޑޫގެ ޗާޓް ބަދަލުކޮށްލާ، ކޮންމެ ރަށަކުންވެސް އެތައް ހެކްޓަރުގެ ބިން ހިއްކުމެއެވެ. ރައީސް އިބޫގެ ވެރިކަން ނިމުނު އިރު ބިން ވަނީ ހިއްކާ ނިންމާފައެވެ. ރިސޯޓްތައް ތަރައްޤީ ކުރުމަށް ތިން ސަރަހައްދެއް ޤާއިމްކޮށް އެތަންވެސް ވަނީ ހިއްކާފައެވެ. ކުރުކޮށް ބުނާ ނަމަ އައްޑޫ ސިޓީއަށް ތަރައްޤީގެ ކުޑަ މިންވަރެއްވެސް ގެނެސްދީފައި ވަނީ ކޮންމެ ފަހަރަކުވެސް އެމްޑީޕީ ސަރުކާރުންނެވެ.

ދެން ފެށުނީ ރައީސް މުއިއްޒުގެ ވެރިކަމެވެ. ރައީސް މުއިއްޒުވަނީ ވެރިކަމަށް ވަޑައިގަންނަވަން ވަރަށް ގިނަ ވައުދުވެފައެވެ. ހުރިހާ ވައުދަކާއި ދިމާލަށް ނަޒަރު ހިންގާނުލި ކަމުގައިވިޔަސް، އައްޑޫގެ ގުޅިފައިވާ ރަށްތަކާއި، ވަކިން އޮންނަ ހުޅުދޫ އަދި މީދޫގެ ރައްޔިތުންނަށް ލުއި ފަސޭހަ ކޮށްދިނުމަށް، އަޅައިދޭން ވައުދުވި ބްރިޖްއަކީ ކުޑަ ވާހަކައެއް ނޫނެއެވެ. ނަމަވެސް ވަކި ހިސާބަކުން މިވާހަކަ އޮއްބާލުމަށްފަހު، މިހާރު މިއިވެނީ އައްޑޫ ބައިބައިކޮށްލަން އުޅޭ ވާހަކައެވެ. ބަޔަކު މީހުން ރައީސް މުއިއްޒުއަށް ދެންނެވި ވާހަކައެއް ކަމަށް ވިދާޅުވެ، މީދޫ އާއި ހުޅުދޫ އައްޑޫ ސިޓީ ކައުންސިލްއިން ވަކިކޮށް، ވަކި ކައުންސިލެއް އޮތުމުން މާ ފައިދާ ބޮޑުވާނެ ކަމަށް ބުނެއެވެ. މިލިސްޓްގައި މިހާރު، ފޭދޫވެސް އެބަ ހިމެނެއެވެ. މިކަމުގެ އެންމެ ކުރީގައި ތިބީ ޕީއެންސީ އަށް ނިސްބަތްވާ މަޖިލިސް މެމްބަރުންނެއެވެ. ރައްޔިތުން ގުނބޯ ހައްދަނީއެވެ. ވައުދުވި ބްރިޖްގެ ވާހަކަ އޮއްބާލަނީއެވެ. މިކަމާ އެތައް ރައްޔިތުންނެއް ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެއެވެ. ހުޅުދޫ އަދި މީދޫގެ ރައްޔިތުންނަށް ދިމާވެފައިވާ އެތައް ކަމެއްގެ ހައްލު ބްރިޖް އެޅުމުން ހައްލުވެގެންދާނެ އެވެ. އެކަންވެސް ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި ނުވާނެ ކަން އެނގުމުން ރައީސް މުއިއްޒު މިމަސައްކަތް ކުރައްވަނީ އައްޑޫ ބައިބައި ކޮށްލުމަށެއެވެ. ބައެއް މީހުންގެ ނަޒަރުގައި ހިތަދޫ ތަމްސީލްކުރާ މެމްބަރުން އިތުރުވުން، އެކަމުގައި ހަމަހަމަ ކަމެއް ނެތްއިރު ލާމަރުކަޒީ ޤާނޫނަށް އިސްލާޙް ގެނެސްގެން، މިހާރުވެސް މަޖިލީހުގައި މެމްބަރުން ތަމްސީލްކުރާ ގޮތަށް، ހިތަދޫ ވެސް ތިން ދާއިރާއަކަށް ބަދަލުކުރެވިދާނެ އެވެ. ރައްޔިތުންގެ އަޑު އެހުމެއް ނެތެއެވެ. އައްޑޫ ސިޓީ ކައުންސިލް އެއް ކައުންސިލެއްގެ ގޮތުގައި ބޭއްވުމުގެ ބަދަލުގައި ވަކިވަކި ރަށްރަށުގައި ކައުންސިލްތައް ގާއިމު ކުރުމާ ގުޅޭ ގޮތުން އާންމުންގެ ހިޔާލު ހޯދުމަށް މި މަހުގެ 25 ގައި ވޯޓެއް ނެގުމަށް ދަނީ ތައްޔާރުވަމުންނެވެ.

އައްޑޫގެ ކައުންސިލްތައް އެކުލެވިގެންވާ ގޮތާ ގުޅޭ ގޮތުން އާންމުންގެ ހިޔާލު ހޯދުމުގެ ވޯޓެއް ނަގަން ވަޒީރުންގެ މަޖިލީހުން ނިންމީ އެކަން އެގޮތަށް ކޮށްދިނުމަށް އެދި އައްޑޫ ރައްޔިތުންގެ ތެރެއިން ބަޔަކު ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒުގެ އަރިހުގައި އެދިވަޑައިގެންނެވި ކަމަށް ބުނެ އެވެ. މިއީ އެއްވެސް އިންސާފެއް އޮތް ކަމެއް ނޫން ކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ. މިކަމުން ވަކި އިތުރަށް ވާނެ ފާއިދާއެއް އޮތް ކަމަކަށްވެސް ރައްޔިތުން ގަބޫލެއް ނުކުރެއެވެ. ވަކި ކައުންސިލްތައް އައުމުން، މިހާރު ދާއިރާ ތަމްސީލް ކުރަން ހުންނަ މެމްބަރުގެ އިތުރުން، މެމްބަރުން އިތުރުވެ ހަރަދު އިންތިހާ އަށް ބޮޑު ވެގެންދާނެ އެވެ. މިކަމުގެ ފަހަތުގައި އިސްކޮށް ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ހަރަކާތްތެރި ވަމުން ދާއިރު، މިކަމާއި ޕީއެންސީ އަށް ނިސްބަތްވާ ބައެއް މެމްބަރުން ދެކޮޅުކަންވެސް ފާހަގަކުރެވެއެވެ. އަދި މެމްބަރުން އިސްވެ ތިބެ މިގޮތަށް ނިންމަން އުޅެނީ، މިހާރު ކައުންސިލް އޮތް ގޮތުން، ބިން ދޫކުރުމަށާއި ވިޔަފާރި ރަޖިސްޓްރީކުރުމަށް މެމްބަރުން ބޭނުންވާ ގޮތަށް ނުފޫޒު ނުފޯރުވަން ކަމަށް ދެކޭ މީހުން ވެސް މަދެއް ނޫނެވެ. ނަމަވެސް ވަކި ކައުންސިލެއްގެ ގޮތުގައި އޮވެއްޖެ ނަމަ މެމްބަރުން ބޭނުންވާ ގޮތަކަށް ކަންކަން ނިންމުމުގައި، މެމްބަރުންނަށް ފުރިހަމަ ބާރާއި ނުފޫޒު ލިބޭނެ ކަމަށް ބައެއް ފަރާތްތަކުން ދެކެއެވެ. މިއީ އައްޑޫގެ ތަރައްޤީ އަށް ބަޔަކު އަޅާ ހުރަހެކެވެ. ރައްޔިތުންނަށް އޮޅުވާލަނީއެވެ. މިކަމުގައި އައްޑޫގެ ހުރިހާ ރައްޔިތުން ދެތުވެ ބަސްބުނަން ވެއްޖެއެވެ. މަދު ވަގުތުކޮޅަކަށް މަޖިލީހުގައި ތިބި މެމްބަރުންގެ ގުއިރޯނުގައި އައްޑޫ ރައްޔިތުން ނުޖެހޭށެއެވެ. ހިޔާލު ހޯދުމުގެ ވޯޓަކީ މިސަރުކާރަށް ނޫނެކޭ ބުނާ ވޯޓަކަށް ހަދަމާ ހިނގާށެއެވެ.

އައްްޑޫ ސިޓީއެމްޑީޕީ-ޕީއެންސީ

ކޮމެންޓް

އިތުރަށް ކިޔާލަން

އައްޑޫ ޑްރަގް ނެޓްވޯކުގައި ހިމެނޭ 10 މީހަކު ހައްޔަރުކޮށްފި

އައްޑޫ ޑްރަގް ނެޓްވޯކުގައި ހިމެނޭ 10 މީހަކު ހައްޔަރުކޮށްފި

06 ޑިސެމްބަރު 2025
މަސްތުވާތަކެތީގެ ބޮޑެއް ކަމަށް ބުނެ އައްޑޫ އިން ހައްޔަރު ކުރި ނަދީމް އަކީ މުއިއްޒު ސަރުކާރުގެ ބޮޑުންނާއި ގާތް ފަރާތެއް

މަސްތުވާތަކެތީގެ ބޮޑެއް ކަމަށް ބުނެ އައްޑޫ އިން ހައްޔަރު ކުރި ނަދީމް އަކީ މުއިއްޒު ސަރުކާރުގެ ބޮޑުންނާއި ގާތް ފަރާތެއް

05 ޑިސެމްބަރު 2025
މަސްތުވާތަކެތީގެ މައްސަލާގައި ހައްޔަރު ކުރި 5 މީހުންގެ ވަނަވަރު އާންމުކޮށް ނަދަމާ އާއި އިތުރު ދެމީހެއްގެ ބަންދަށް 30 ދުވަސް!

މަސްތުވާތަކެތީގެ މައްސަލާގައި ހައްޔަރު ކުރި 5 މީހުންގެ ވަނަވަރު އާންމުކޮށް ނަދަމާ އާއި އިތުރު ދެމީހެއްގެ ބަންދަށް 30 ދުވަސް!

04 ޑިސެމްބަރު 2025
އެއް މިސްރާބަކަށް މަސައްކަތްކޮށް ފުލުހުންގެ މުއައްސަސާގެ އަގު ދެމެހެއްޓުމަށް މަސައްކަތްކުރުމަށް ސީޕީ ނަވީން އެދިވަޑައިގެންފި

އެއް މިސްރާބަކަށް މަސައްކަތްކޮށް ފުލުހުންގެ މުއައްސަސާގެ އަގު ދެމެހެއްޓުމަށް މަސައްކަތްކުރުމަށް ސީޕީ ނަވީން އެދިވަޑައިގެންފި

02 ޑިސެމްބަރު 2025
މަރަދޫ ބޮނޑޮގެ: މުޅި އައްޑޫގެ ތާރީޚް އެއްތަނަކުން ފެންނަ ގޮތަށް އާރޓް ގެލަރީއެއް ހުޅުވައިފި

މަރަދޫ ބޮނޑޮގެ: މުޅި އައްޑޫގެ ތާރީޚް އެއްތަނަކުން ފެންނަ ގޮތަށް އާރޓް ގެލަރީއެއް ހުޅުވައިފި

30 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

16 ޖެނުއަރީ
ވަގު ފޯމު މައްސަލަ: މިނިސްޓަރ އިހްސާނު ގެ ފޮޓޯތައް ލީކު ކޮށްލި ފަރާތް ހައްޔަރު ކުރަން މަސައްކަތް ފަށައިފި
20251 އަހަރު ކުރިން
ރާއްޖެ

ވަގު ފޯމު މައްސަލަ: މިނިސްޓަރ އިހްސާނު ގެ ފޮޓޯތައް ލީކު ކޮށްލި ފަރާތް ހައްޔަރު ކުރަން މަސައްކަތް ފަށައިފި

ތަސައްވުރަކީ، ސަރުކާރާއި މުއައްސަސާތަކާ ގުޅިގެން ރައްޔިތުންގެ ޚިޔާލާއެކު މާލެސިޓީ ތަރައްޤީކުރުން - އާޒިމް
20242 އަހަރު ކުރިން
ރާއްޖެ

ތަސައްވުރަކީ، ސަރުކާރާއި މުއައްސަސާތަކާ ގުޅިގެން ރައްޔިތުންގެ ޚިޔާލާއެކު މާލެސިޓީ ތަރައްޤީކުރުން - އާޒިމް

ވެއްޓުނު، ނޭޕާލުގެ ފްލައިޓުން ދަތުރުކުރި އެންމެ މީހެއް ފިޔަވައި އެހެން އެންމެން ފެނިއްޖެ
20233 އަހަރު ކުރިން
ދުނިޔެ

ވެއްޓުނު، ނޭޕާލުގެ ފްލައިޓުން ދަތުރުކުރި އެންމެ މީހެއް ފިޔަވައި އެހެން އެންމެން ފެނިއްޖެ

ކޮވިޑްގެ ނުރައްކާ ލެވެލް ރަތް ކުލައަށް، މާލެއިން އެކަނި 826 ކޭސް
20224 އަހަރު ކުރިން
ރާއްޖެ

ކޮވިޑްގެ ނުރައްކާ ލެވެލް ރަތް ކުލައަށް، މާލެއިން އެކަނި 826 ކޭސް

ރާއްޖެ ހައި ސްޕީޑް ފެރީ ނިޒާމަކުން ގުޅާލުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި
20215 އަހަރު ކުރިން
ރާއްޖެ

ރާއްޖެ ހައި ސްޕީޑް ފެރީ ނިޒާމަކުން ގުޅާލުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި

ރާއްޖޭގައި މަރުވި ދެމަފިރިންގެ ވާހަކަތަކުން ފިލިޕީންސް ރޮއްވާލައިފި!
20197 އަހަރު ކުރިން
ރިޕޯޓު

ރާއްޖޭގައި މަރުވި ދެމަފިރިންގެ ވާހަކަތަކުން ފިލިޕީންސް ރޮއްވާލައިފި!

ކުޅުދުއްފުއްޓަށް ވަޑައިގެން މެޑަމް ފާތުން ސިޓީ އުރައިގައި ފައިސާ ބައްސަވައިފި
20188 އަހަރު ކުރިން
ރާއްޖެ

ކުޅުދުއްފުއްޓަށް ވަޑައިގެން މެޑަމް ފާތުން ސިޓީ އުރައިގައި ފައިސާ ބައްސަވައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު