Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ނަޑެއްލާ

ގދ.ނަޑެއްލާގެ ނަރުދަމާ: ސަރުކާރަށް ދެ އަހަރުވީ އެންމެ 1000 މީޓަރުގެ ހޮޅި އެޅުމުގެ މަސައްކަތް ނުކުރެވި!

މި ސަރުކާރު އައި ފަހުން އެ ރަށުގައި އެއްވެސް މަސައްކަތެއް ކުރިއަށް ނުގެންދާކަމަށް ނަޑެއްލާ ކައުންސިލްގެ ރައީސް ވިދާޅުވި

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު, ރާއްޖެ އެމްވީ | 10 އޮކްޓޯބަރު 2025 | ހުކުރު 08:10
ގދ.ނަޑެއްލާ ކައުންސިލްގެ ރައީސް މުހައްމަދު އަންޝައު ރާއްޖެޓީވީގެ ފަށާއިރު ޕްރޮގްރާމްގައި ވާހަކަދައްކަވަނީ 10.09.2025

ގދ.ނަޑެއްލާ ކައުންސިލްގެ ރައީސް މުހައްމަދު އަންޝައު ރާއްޖެޓީވީގެ ފަށާއިރު ޕްރޮގްރާމްގައި ވާހަކަދައްކަވަނީ 10.09.2025

މި ސަރުކާރު ވެރިކަމަށް އައި އިރު، ގދ.ނަޑެއްލާގެ ނަރުދަމާގެ ހޮޅި އެޅުމުގެ މަސައްކަތްތަކުގެ ތެރެއިން މި ވެރިކަން ފެށުނު އިރު ނުކުރެވި ވަނީ އެންމެ 1000 މީޓަރުގެ ހޮޅި ވަޅުލުމުގެ މަސައްކަތް ކަމަށާއި ސަރުކާރަށް ދެ އަހަރުވީ އެކަން ކޮށް ނުދެވި ކަމަށް ގދ.ނަޑެއްލާ ކައުންސިލްގެ ރައީސް މުހައްމަދު އަންޝައު ވިދާޅުވެއްޖެއެވެ.

އޭނާ އެފަދައިން ވިދާޅުވީ ހުކުރު ދުވަހު، ރާއްޖެޓީވީގެ ފަށާއިރު ޕްރޮގްރާމްގައި ވާހަކަދައްކަވަމުންނެވެ.

Advertisement - newsAdvertisement

އޭނާ ވިދާޅުވީ މި ސަރުކާރު އައި ފަހުން އެ ރަށުގައި އެއްވެސް މަސައްކަތެއް ކުރިއަށް ނުގެންދާ ކަމަށެވެ. ނިމިދިޔަ ސަރުކާރުން ފަށާފައިވާ މަޝްރޫޢުތައް ވެސް ކުރިއަށް ނުގެންގޮސް މަޑު ޖެހިފައިވާ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

އެ ރަށަކީ ނަރުދަމާގެ މަސައްކަތުގެ ތެރެއިން ގާތްގަނޑަކަށް 7000 މީޓަރުގެ ހޮޅި ދެމުމަށް ހަމަޖެހިފައި އޮތް ރަށެއް ކަަމަށް ވާއިރު އޭގެ ތެރެއިން 6000 މީޓަރުގެ ހޮޅި ވަޅުލުމުގެ މަސައްކަތް ނިމިދިޔަ ސަރުކާރުން ވަނީ ކޮށްފައެވެ. ނަމަވެސް މި ސަރުކާރު އައި ފަހުން އެ މަސައްކަތް ވެސް ވަނީ އެއްކޮށް ހުއްޓިފައެވެ.

ކައުންސިލްގެ ރައީސް ވިދާޅުވީ އެ ރަށުގައި ހުރި އެހެނިހެން މަސައްކަތްތައް ވެސް ހުރީ ހުއްޓިފައި ކަމަށެވެ. އެގޮތުން އެ ރަށުގެ ސްކޫލްގެ މަސައްކަތް ފަދަ މަސައްކަތްތައް ވެސް ހުރީ ހުއްޓިފައި ކަމަށް އޭނާ ވިދާޅުވިއެވެ.

"ދެ އަހަރުވި އިރު މަސައްކަތްތައް ހުއްޓިފައި މަޑު ޖެހިފައި. ފެށިފަ މަޑުން ގޮސްސަ. މަޑު ޖެހިފައި. މިހެން ވަނީ." އޭނާ ވިދާޅުވިއެވެ.

2019 ވަނަ އަހަރު 22 މިލިއަން ރުފިޔާއަށް، 36 ރަށެއްގެ ފެނާއި ނަރުދަމާ ޑިޒައިން ކުރަން ބަޔަކާއި ވަނީ ހަވާލުކޮށްފައެވެ. އޭރު، ގއ. ދެއްވަދޫ، ގއ. ނިލަންދޫ، ގދ. ނަޑެއްލާ، ލ. ހިތަދޫ އަދި ލ. ކުނަހަންދޫގައި ފެނާއި ނަރުދަމާ ނިޒާމްގެ ޑިޒައިން މަސައްކަތް ކުރުމަށް ހަވާލުކޮށްފައި ވަނީ 3,229,800.00 ރުފިޔާއަށެވެ.

މި މަސައްކަތް ފަށާފައި ވަނީ 2022 ވަނަ އަހަރުއެވެ. އަދި އެއް އަހަރު ތެރޭގައި ނަރުދަމާގެ ހޮޅި އެޅުމުގެ 90% މަސައްކަތް ވަނީ ފުރިހަމަކޮށްފައެވެ. ދާދިފަހުން މަޖިލީހުގައި ވާހަކަދައްކަވަމުން މަޑަވެލި ދާއިރާގެ ޕީއެންސީ މެންބަރު، މުހައްމަދު ޝަމީޒް ވެސް ވަނީ އެ ރަށުގެ ނަރުދަމާގެ މަސައްކަތް ލަސްވާތީ އެކަމާއި މެދު ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

އޭނާ ވިދާޅުވީ ގދ. ނަޑެއްލާ އާއި މަޑަވެލީގެ ނަރުދަމާގެ މަސައްކަތްތައް ފެށިތާ އެތައް ދުވަހެއް ފާއިތުވެފައިވީ ނަމަވެސް އަދިވެސް އެ މަސައްކަތްތައް ނިމޭނެ ދުވަހެއް ރައްޔިތުންނަށް ނޭނގޭ ކަމަށެވެ. އެ ކަމުގެ ޒިންމާ ނަގަން ޖެހެނީ ކޮން ސަރުކާރަކުންތޯ ސުވާލު އުފައްދާ އޭނާ ވާހަކަދައްކަވާފައި ވާއިރު އޭނާ ނިސްބަތްވެވަޑައިގަންނަވާ ޕީއެންސީގެ ސަރުކާރު އައި ފަހުން މިހާތަނަށް އެ މަސައްކަތް ކުރިއަށް ނުގެންގޮސް އޮތީ ހުއްޓާލާފައެވެ.

ނަޑެއްލާމުހައްމަދު ޖައުޝަން މުޙައްމަދު ޝާމިންނަރުދަމާ ނިޒާމްޕީއެންސީމާމިގިލީ ދާއިރާ

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ޕާޓީ ބަދަލުކުރިތާ މަހެއް ނުވަނީސް މަހުލޫފު ޖަޕާނުގެ ސަފީރަކަށް ހަމަޖައްސައި މަގާމުގެ ފަތްކޮޅު ދީފި

ޕާޓީ ބަދަލުކުރިތާ މަހެއް ނުވަނީސް މަހުލޫފު ޖަޕާނުގެ ސަފީރަކަށް ހަމަޖައްސައި މަގާމުގެ ފަތްކޮޅު ދީފި

04 ޑިސެމްބަރު 2025
އަސްމާއްތަ ތޯލާ ފުޅި އަކަށް: މުއިއްޒު ގާތު ޕީއެންސީ މެންބަރުންގެ ސައިޒް

އަސްމާއްތަ ތޯލާ ފުޅި އަކަށް: މުއިއްޒު ގާތު ޕީއެންސީ މެންބަރުންގެ ސައިޒް

30 ނޮވެމްބަރު 2025
މުއިއްޒަށް މުއިއްޒު ކުރުދޮށިން

މުއިއްޒަށް މުއިއްޒު ކުރުދޮށިން

26 ނޮވެމްބަރު 2025
ޕީއެންސީއަށް ބަދަލުވުމުން މަހުލޫފަށް ދިން ހަދިޔާއަކީ ޖަޕާން ސަފީރުކަން

ޕީއެންސީއަށް ބަދަލުވުމުން މަހުލޫފަށް ދިން ހަދިޔާއަކީ ޖަޕާން ސަފީރުކަން

26 ނޮވެމްބަރު 2025
ޕާޓީ ބަދަލު ކުރުމުން ދާއިރާގެ ރައްޔިތުންގެ ބަހެއް ނެތި މެންބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނު ބާއްވަން ކޮމިޓީން ފާސްކޮށްފި

ޕާޓީ ބަދަލު ކުރުމުން ދާއިރާގެ ރައްޔިތުންގެ ބަހެއް ނެތި މެންބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނު ބާއްވަން ކޮމިޓީން ފާސްކޮށްފި

24 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

21 ފެބުރުއަރީ
ވިލިނގިލި ދާއިރާގެ ރައީސް އިންތިޚާބު ހުސެއިން ހަސަން ކާމިޔާބު ކޮށްފި
20251 އަހަރު ކުރިން
ރާއްޖެ

ވިލިނގިލި ދާއިރާގެ ރައީސް އިންތިޚާބު ހުސެއިން ހަސަން ކާމިޔާބު ކޮށްފި

ސަޕްލިމަންޓްރީ ބަޖެޓުން މަސްވެރިންނަށް ކަނޑައެޅި 100 މިލިއަން ރުފިޔާއިން މުއިއްޒު ކުރެއްވީ ހަނީމޫން ދަތުރުތަކެއް - ރައީސް ޞާލިޙު
20242 އަހަރު ކުރިން
ރާއްޖެ

ސަޕްލިމަންޓްރީ ބަޖެޓުން މަސްވެރިންނަށް ކަނޑައެޅި 100 މިލިއަން ރުފިޔާއިން މުއިއްޒު ކުރެއްވީ ހަނީމޫން ދަތުރުތަކެއް - ރައީސް ޞާލިޙު

ސަލްމާން ރުޝްދީ އަށް ހަމަލާދިން މީހާއަށް އީރާނުން ބޮޑު ބިމެއް ދެނީ
20233 އަހަރު ކުރިން
ދުނިޔެ

ސަލްމާން ރުޝްދީ އަށް ހަމަލާދިން މީހާއަށް އީރާނުން ބޮޑު ބިމެއް ދެނީ

ނަދީމްގެ މަރު: ޚުލާސާ ބަޔާން އިއްވައިފި، ޙުކުމް ކުރުން މާރޗު މަހު
20224 އަހަރު ކުރިން
ރާއްޖެ

ނަދީމްގެ މަރު: ޚުލާސާ ބަޔާން އިއްވައިފި، ޙުކުމް ކުރުން މާރޗު މަހު

މަރުވުމުގެ ހަފްތާއެއް ކުރިން އަނބިމީހާ ކައިރީގައި ބުނި ފަހު ބަސް: އަލިޔާ މި މަރުވަނީޔޭ، އަލިޔާއަށް ހިތްހެޔޮ ކުރައްޗޭ!
20215 އަހަރު ކުރިން
ރިޕޯޓު

މަރުވުމުގެ ހަފްތާއެއް ކުރިން އަނބިމީހާ ކައިރީގައި ބުނި ފަހު ބަސް: އަލިޔާ މި މަރުވަނީޔޭ، އަލިޔާއަށް ހިތްހެޔޮ ކުރައްޗޭ!

ބަސް ދިފާއުކުރަން ޖިހާދުވި ދަރިވަރުންތަކެއްގެ ސަބަބުން ފެށުނު މާދަރީ ބަހުގެ ދުވަސް !
20197 އަހަރު ކުރިން
ރިޕޯޓު

ބަސް ދިފާއުކުރަން ޖިހާދުވި ދަރިވަރުންތަކެއްގެ ސަބަބުން ފެށުނު މާދަރީ ބަހުގެ ދުވަސް !

ޕީޖީ ބިޝާމް، ޖެނެރަލް ޝިޔާމް އަދި ޗައިނާ ސަފީރު ރައީސް އޮފީހަށް!
20188 އަހަރު ކުރިން
ރާއްޖެ

ޕީޖީ ބިޝާމް، ޖެނެރަލް ޝިޔާމް އަދި ޗައިނާ ސަފީރު ރައީސް އޮފީހަށް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު