Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުބަޓޫމީ ކަޕް - ޔޫތު އިންޓަރނޭޝަނަލް މުބާރާތް

ބަޓޫމީ ކަޕް: ތިން އިވެންޓުގެ ސެމީ ފައިނަލްގައި ލައިބާ

24 އޯގަސްޓު 2025 | އާދީއްތަ 03:50

ސިންގަލްސް އިވެންޓުގެ ކުއަޓަރ ފައިނަލްގައި ލައިބާ ނިކުމެފައި ވަނީ އަޒަރުބައިޖާންގެ 13 އަހަރުން ދަށުގެ ރޭންކިންގެ އެއް ވަނައިގައި އޮތް ކުޅުންތެރިޔާ އަޙުމަދްލީ ޑަނީޒްއާ ދެކޮޅަށެވެ. އެ މެޗު ލައިބާ ކާމިޔާބު ކޮށްފައި ވަނީ ސީދާ ދެ ސެޓުންނެވެ. މެޗުގެ ސެޓުތައް ލައިބާ ކާމިޔާބު ކޮށްފައި ވަނީ 15-11 އަދި 15-03 އިންނެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 24 އޯގަސްޓު 2025 | އާދީއްތަ 03:50
ބަޓޫމީ ކަޕްގައި ވާދަ ކުރަމުން އަންނަ ރާއްޖޭގެ ޒުވާން ކުޅުންތެރިޔާ ލައިބާ

ބަޓޫމީ ކަޕްގައި ވާދަ ކުރަމުން އަންނަ ރާއްޖޭގެ ޒުވާން ކުޅުންތެރިޔާ ލައިބާ

ޖޯޖިއާގައި މިހާރު ކުރިއަށްދާ، ބަޓޫމީ ކަޕް - ޔޫތު އިންޓަރނޭޝަނަލް ބެޑްމިންޓަން މުބާރާތުގައި ވާދަ ކުރަމުން އަންނަ ރާއްޖޭގެ ޒުވާން ބެޑްމިންޓަން ކުޅުންތެރިޔާ ލައިބާ އަޙުމަދު މަޚްލޫފް (އެލީ) މުބާރާތުގެ ތިން އިވެންޓުގެ ވެސް ސެމީ ފައިނަލްގެ ޖާގަ ހޯދައިފި އެވެ.

ހުކުރު ދުވަހުން ފެށިގެން ކުރިއަށް ދާ މި މުބާރާތުގައި ވާދަ ކުރަމުން އަންނަ ލައިބާ ވަނީ ސިންގަލްސް އިވެންޓުގެ އިތުރުން، ޑަބަލްސް އަދި މިކްސް ޑަބަލްސް އިވެންޓުގެ ސެމީ ފައިނަލް އިން ފުރުސަތު ހޯދައިފަ އެވެ.

ސިންގަލްސް އިވެންޓުގެ ކުއަޓަރ ފައިނަލްގައި ލައިބާ ނިކުމެފައި ވަނީ އަޒަރުބައިޖާންގެ 13 އަހަރުން ދަށުގެ ރޭންކިންގެ އެއް ވަނައިގައި އޮތް ކުޅުންތެރިޔާ އަޙުމަދްލީ ޑަނީޒްއާ ދެކޮޅަށެވެ. އެ މެޗު ލައިބާ ކާމިޔާބު ކޮށްފައި ވަނީ ސީދާ ދެ ސެޓުންނެވެ. މެޗުގެ ސެޓުތައް ލައިބާ ކާމިޔާބު ކޮށްފައި ވަނީ 15-11 އަދި 15-03 އިންނެވެ.

ސިންގަލްސް އިވެންޓުގެ ސެމީ ފައިނަލްގައި ލައިބާ ނިކުންނާނީ ކަޒަކިސްތާންގެ 13 އަހަރުން ދަށުގެ ރޭންކިންގެ އެއް ވަނަ ކުޅުންތެރިޔާ، ލެނޯވާ ސޯފިއާއާ ދެކޮޅަށެވެ.

ޖޯޖިިއާގެ ބަޓޫމީ ސިޓީގައި މި މުބާރާތް ކުރިއަށް ދަނީ އޮގަސްޓު މަހުގެ 22 ވަނަ ދުވަހުން، 24 ވަނަ ދުވަހުގެ ނިޔަލަށެވެ. މި މުބާރާތުގައި ތުރުކީ، ޖޯޖިއާ، ކަޒަކިސްތާން، އާމޭނިއާ، ލެޓްވިއާ، އަޒަރުބައިޖާން އަދި ދިވެހި ރާއްޖެ އިން ވެސް ވާދަ ކުރާނެ އެވެ.

މުބާރާތުގައި ޖުމުލަ 78 ކުޅުންތެރިން ވާދަ ކުރާއިރު، މުބާރާތުގައި 11 އަހަރުން ދަށުގެ އިތުރުން، 13 އަހަރުން ދަށް އަދި 15 އަހަރުން ދަށުގެ އުމުރު ފުރައިގެ ސިންގަލްސް، ޑަބަލްސް އަދި މިކްސް ޑަބަލްސްގެ ކުޅުން ކުރިއަށްދެ އެވެ. މިއީ ޖޯޖިއާގެ ޤައުމީ ބެޑްމިންޓަން ފެޑެރޭޝަން އިން އިންތިޒާމު ކޮށްގެން ބާއްވާ މުބާރާތެކެވެ.

ލައިބާ ވަނީ މިދިޔަ އަހަރު ވެސް މި މުބާރާތުގައި ވާދަކޮށްފަ އެވެ. އެ ފަހަރުގެ މުބާރާތުން ލައިބާ ވަނީ ދެ މެޑަލް ހޯދައިފަ އެވެ. އެއީ ސިންގަލްސް އިވެންޓުގެ ލޯ މެޑަލްގެ އިތުރުންމ ޑަބަލްސް އިވެންޓުގެ ރިހި މެޑަލް އެވެ.

އެންމެ ހިނގާ

1

ގެއްލިފައިވާ ފުލުސް އޮފިސަރުގެ 7 އަހަރުގެ ދަރިފުޅު: ބައްޕަ އަންނަން މިހާ ލަސްވަނީ ކީއްވެ؟ ބައްޕަ ހޯދަން ބަޔަކު ގޮސްފިތަ؟

2

"ގެއްލުނު 3 މީހުން ދޯނިތެރޭ ތާށިވި ކަމަށް ބެލެވޭ ނަމަވެސް ދޯނި މިހާރު އޮތް ހިސާބަށް ފީނުމަކީ ކުރެވޭނެ ކަމެއް ނޫން"

3

"ސަރުކާރުން ދަނީ ގަސްތުގައި ލޯންޗުތަކަށް ޖެއްސުން ކުރަމުން، ސިފައިންނާއި ފުލުހުން ހަޑިހުތުރު ބަހުން މުއާމަލާތްކުރާއިރު، ވައު އަޅާފައިވަނީ ވެސް އުނދަގޫ ކުރަން"

4

އިޓަލީގެ ޑައިވަރުންގެ ހަށިތައް ނެގުމަށް ޑައިވްކުރި ސާޖަންޓް މަހުދީ މަރުވި ހަގީގީ ސަބަބު އޮތީ އާންމުންނަށް ސިއްރުކޮށްފައި ކަމަށް އާއިލާއިން ބުނެފި - ރިޕޯޓް

5

މެސީގެ ބައްޕަ މަރުވެއްޖެ

އިތުރަށް ކިޔާލަން

27 ޖެނުއަރީ 2017

އޭވީސީ ސެންޓްރަލް ޒޯން: ސީދާ ތިން ސެޓުން ރާއްޖެ ބަލިކޮށް ނޭޕާލް އަށް ރަނގަޅު ފެށުމެއް

27 ޖެނުއަރީ 2017
އޭވީސީ ސެންޓްރަލް ޒޯން: ސީދާ ތިން ސެޓުން ރާއްޖެ ބަލިކޮށް ނޭޕާލް އަށް ރަނގަޅު ފެށުމެއް
26 ޖެނުއަރީ 2017

ކޮޕާ އިޓަލިއާ: އޭސީ މިލާން ބަލިކޮށް ޔުވަންޓަސް ސެމީއަށް

26 ޖެނުއަރީ 2017
ކޮޕާ އިޓަލިއާ: އޭސީ މިލާން ބަލިކޮށް ޔުވަންޓަސް ސެމީއަށް
26 ޖެނުއަރީ 2017

ކޮޕާ ޑެލްރޭ: ރެއާލް މެޑްރިޑް ކަޓުވާލުމަށްފަހު ސެލްޓަވިގޯ ސެމީއަށް

26 ޖެނުއަރީ 2017
ކޮޕާ ޑެލްރޭ: ރެއާލް މެޑްރިޑް ކަޓުވާލުމަށްފަހު ސެލްޓަވިގޯ ސެމީއަށް
18 ޖެނުއަރީ 2017

ކެރިއަރުގައި ލިބުނު އެންމެ ބޮޑު ކާމިޔާބަކީ އެފްއޭ ކަޕް ޔުނައިޓެޑާއެކު ކާމިޔާބުކުރުން: ވެންހާލް

18 ޖެނުއަރީ 2017
ކެރިއަރުގައި ލިބުނު އެންމެ ބޮޑު ކާމިޔާބަކީ އެފްއޭ ކަޕް ޔުނައިޓެޑާއެކު ކާމިޔާބުކުރުން: ވެންހާލް
15 ޖެނުއަރީ 2017

މޮޅަކާއެކު އާސެނަލް ލީގުގެ ތިންވަނައަށް

15 ޖެނުއަރީ 2017
މޮޅަކާއެކު އާސެނަލް ލީގުގެ ތިންވަނައަށް
08 ޖެނުއަރީ 2017

އެފްއޭކަޕް: ފަހުވަގުތު ޖިރޫޑް ކާމިޔާބުކުރި ލަނޑުން އަނެއްކާވެސް އާސެނަލް ސަލާމަތްވެއްޖެ

08 ޖެނުއަރީ 2017
އެފްއޭކަޕް: ފަހުވަގުތު ޖިރޫޑް ކާމިޔާބުކުރި ލަނޑުން އަނެއްކާވެސް އާސެނަލް ސަލާމަތްވެއްޖެ
08 ޖެނުއަރީ 2017

އެފްއޭކަޕް: ރަޝްފަޑްގެ ދެ ލަނޑުން ރެޑިން ބަލިކޮށް ޔުނައިޓެޑް ހަތަރުވަނަ ބުރަށް

08 ޖެނުއަރީ 2017
އެފްއޭކަޕް: ރަޝްފަޑްގެ ދެ ލަނޑުން ރެޑިން ބަލިކޮށް ޔުނައިޓެޑް ހަތަރުވަނަ ބުރަށް
06 ޖެނުއަރީ 2017

ސަތޭކަ ޕަސެންޓް ރެކޯޑަކާއެކު ވީކޭއިން ތިންވަނަ ޑިވިޝަނުގެ ތަށި އުފުލާލައިފި

06 ޖެނުއަރީ 2017
ސަތޭކަ ޕަސެންޓް ރެކޯޑަކާއެކު ވީކޭއިން ތިންވަނަ ޑިވިޝަނުގެ ތަށި އުފުލާލައިފި
06 ޖެނުއަރީ 2017

އެކި ފަންތީގެ ގައުމީ ޓީމުތައް ގެނެސްގެން އަންނަ އަހަރު ޕޮމިޕިސް ކަޕް ބާއްވަނީ!

06 ޖެނުއަރީ 2017
އެކި ފަންތީގެ ގައުމީ ޓީމުތައް ގެނެސްގެން އަންނަ އަހަރު ޕޮމިޕިސް ކަޕް ބާއްވަނީ!
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ކްރިސްޓަލް ޕަލަސް ބަލިކޮށް އާސެނަލް ތިންވަނަ އަށް ޖެހިލައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ކްރިސްޓަލް ޕަލަސް ބަލިކޮށް އާސެނަލް ތިންވަނަ އަށް ޖެހިލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް