Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އެމެރިކާ

އީރާނުގެ ނިއުކްލިއަރ ސައިޓްތަކަށް އެމެރިކާ އިން ދިން ހަމަލާގެ އަސަރު ވަޒަން ކުރުމަށް ހެދި ރިޕޯޓަކާ ގުޅިގެން ޖާސޫސީ އިދާރާގެ ވެރިޔާ މަގާމުން ވަކިކޮށްފި

އީރާނުގެ ނިއުކްލިއަރ ސައިޓްތަކަށް އެމެރިކާއިން ދިން ހަމަލާގެ އަސަރު ވަޒަންކުރި ރިޕޯޓާ ގުޅިގެން އެތައް އިސް އަސްކަރީ ވެރިންނެއް މަޤާމުން ވަކިކޮށްފި. މިކަން މިހެން ވެގެން ދިޔައީ ވައިޓް ހައުސްއިން މި ރިޕޯޓަށް ފާޑުކިޔައި، ރައީސް ޓްރަމްޕް އެ ހަމަލާ "މުޅިން ކާމިޔާބު" އޮޕަރޭޝަނެއް ކަމަށް ވިދާޅުވެފައި ވަނިކޮށް.

ރާއްޖެ އެމްވީ | 24 އޯގަސްޓު 2025 | އާދީއްތަ 02:26
ލެފްޓިނެންޓް ޖެނެރަލް ޖެފްރީ ކްރޫސް އެމެރިކާގެ ޑިފެންސް އިންޓެލިޖެންސް އެޖެންސީ (ޑީއައިއޭ) ގެ އިސްވެރިއެއްގެ މަގާމުގައި ދެން ނުހުންނަވާނެ

ލެފްޓިނެންޓް ޖެނެރަލް ޖެފްރީ ކްރޫސް އެމެރިކާގެ ޑިފެންސް އިންޓެލިޖެންސް އެޖެންސީ (ޑީއައިއޭ) ގެ އިސްވެރިއެއްގެ މަގާމުގައި ދެން ނުހުންނަވާނެ

އީރާނުގެ ނިއުކްލިއަރ ސައިޓްތަކަށް އެމެރިކާ އިން ދިން ހަމަލާގެ އަސަރު ވަޒަން ކުރުމަށް ހެދި ރިޕޯޓަކާ ގުޅިގެން އެ ގައުމުގެ ޖާސޫސީ އިދާރާގެ ވެރިޔާ މަގާމުން ވަކިކޮށްފި އެވެ.

އެމެރިކާގެ ދިފާއީ ވަޒީރު ޕީޓް ހެގްސެތް ޕެންޓަގަނުގެ އިންޓެލިޖެންސް އޭޖެންސީގެ އިސްވެރިޔާ މަގާމުން ވަކި ކުރީ އެމެރިކާ އިން އީރާނަށް ދިން ހަމަލާގެ އަސަރު ވަޒަންކޮށްފައިވާ ރިޕޯޓަކާ ގުޅިގެން ވައިޓް ހައުސް އިން ފާޑު ކިޔާފައި ވަނިކޮށްނެވެ.

ޕެންޓަގަނުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ލެފްޓިނެންޓް ޖެނެރަލް ޖެފްރީ ކްރޫސް އާއި ޔޫއެސް ޑިފެންސް އިންޓެލިޖެންސް އޭޖެންސީ (ޑީއައިއޭ) ގެ އިސްވެރިޔާގެ މަޤާމުގައި އިތުރަށް ނުހުންނަވާނެ ކަމަށެވެ. މީގެ އިތުރުން އެހެން ދެ ސީނިއަރ އަސްކަރީ ވެރިން ވެސް ވަނީ ޕެންޓަގަނުން ވަކިކޮށްފައެވެ.

ޑިފެންސް މިނިސްޓްރީން އެ ފަރާތްތައް މަގާމުން ވަކި ކުރި ސަބަބާ ބެހޭ ގޮތުން މިހާތަނަށް އެއްވެސް ތަފްސީލެއް ދީފައެއް ނުވެއެވެ.

ޖޫން މަހު، ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ލީކްވެފައިވާ ޑީއައިއޭގެ ރިޕޯޓަށް ދެކޮޅު ހައްދަވާ އެ ރިޕޯޓަށް އިންކާރު ކުރައްވާފައެވެ. އެ ރިޕޯޓުގައި ބުނެފައި ވަނީ އީރާނަށް ދިން ހަމަލާތަކުން ކުރެވުނު ކަމަކީ އެ ޤައުމުގެ ނިއުކްލިއަރ ޕްރޮގްރާމް މަސްތަކަކަށް ފަހަތައް ޖައްސާލުން ކަމަށެވެ. ވައިޓް ހައުސް އިން ބުނެފައި ވަނީ އޭޖެންސީގެ ވަޒަންކުރުން "އެއްގޮތަކަށް ވެސް ރަނގަޅު ނޫން" ކަމަށެވެ.

ޓްރަމްޕް ވަނީ އީރާނުގެ ނިއުކްލިއަރ ސައިޓްތައް "މުޅިން ހަލާކުކޮށްލެވިފައިވާ" ކަމަށް ވިދާޅުވެފައެވެ. އެހެން ނަމަވެސް އެމެރިކާގެ ތާރީޚުގައި ހިންގި އެންމެ ކާމިޔާބު އެއް އަސްކަރީ އޮޕަރޭޝަން ގެ ކާމިޔާބު ފަނޑުކޮށްލަން މީޑިއާ އިން މަސައްކަތް ކުރާ ކަމަށް އޭނާ ވަނީ ތުހުމަތު ކުރައްވާފައެވެ.

އެ ދުވަސްވަރު ނޭޓޯ ސަމިޓުގައި ވާހަކަ ދައްކަވަމުން ހެގްސެތް ވިދާޅުވެފައި ވަނީ އެ ރިޕޯޓު ހެދިފައި ވަނީ "ދަށް ފެންވަރުގެ އިންޓެލިޖެންސް" ގެ މައްޗަށް ކަމަށާއި އެފްބީ އައި އިން އެ ރިޕޯޓު ލީކުވި ގޮތް ތަޙްޤީޤު ކުރަމުންދާ ކަމަށެވެ.

ޑީއައިއޭ އަކީ ޕެންޓަގަނުގެ ބައެކެވެ. އަދި އެ އޭޖެންސީ ޚާއްޞަވެފައި ވަނީ އަސްކަރީ އޮޕަރޭޝަންތަކަށް އެހީތެރިވުމަށް އަސްކަރީ އިންޓެލިޖެންސް ހޯދުމެވެ. އެ އޭޖެންސީ އިން ގިނަ އަދަދެއްގެ ޓެކްނިކަލް އިންޓެލިޖެންސް އެއްކުރެއެވެ.

ހެގްސެތް ވަނީ ޔޫއެސް ނޭވަލް ރިޒާވްސްގެ އިސްވެރިޔާ އަދި ނޭވަލް ސްޕެޝަލް ވޯފެއަރ ކޮމާންޑުގެ ކޮމާންޑަރު ވަކިކުރުމަށް ވެސް އަމުރު ކޮށްފައި ކަމަށް ނަން ހާމަނުކުރާ ގޮތަށް ރޮއިޓަރސް އަށް ހުކުރު ދުވަހު މަޢުލޫމާތު ދިން ފަރާތަކުން ބުނެފައިވެއެވެ.

ކްރޫސް ވަކިކުރުމަކީ ޓްރަމްޕްގެ "ނުރައްކާތެރި އާދައެއް" ކަމަށް ވިދާޅުވެ ބަޔާނެއްގައި، އެމެރިކާގެ ސެނެޓަރ މާކް ވޯނަރ ވަނީ އިންޒާރު ދެއްވާފައެވެ. އޭނާ ހާމަ ކުރެއްވި ގޮތުގައި އިންޓެލިޖެންސް އަކީ އެމެރިކާ ރައްކައުތެރިކުރުމުގެ ވަސީލަތަކަށް ވުމުގެ ބަދަލުގައި މިހާރު ވެފައިވަނީ ޓްރަމްޕަށް އޮންނަ ވަފާތެރިކަން ޓެސްޓުކުރާ އެއްޗަކަށް ކަމަށް ވިދާޅުވެފައެވެ.

ރައީސްގެ ވިސްނުމާ ތަފާތު ގޮތަކަށް ދެކޭ ކަމަށް ފެންނަ ގިނަ އަދަދެއްގެ އޮފިޝަލުން ޓްރަމްޕް ވަނީ ވަކިކުރައްވާފައެވެ.

ޖުލައި މަހު، އެމެރިކާގެ ވަޒީފާގެ ދާއިރާގެ ކުރިއެރުން މަަޑުޖެހިފައިވާކަން ދައްކުވައިދޭ ރިޕޯޓެއް ނެރުމާއެކު، ޓްރަމްޕް ވިދާޅުވެފައި ވަނީ ލޭބަރ ސްޓެޓިސްޓިކްސްގެ ކޮމިޝަނަރ އެރިކާ މެކެންޓަރފަރ "ވަގުތުން" ވަކިކުރުމަށް އޭނާގެ ޓީމަށް އަމުރުކުރެއްވި ކަމަށެވެ.

އަދި އޭޕްރީލް މަހު، ޓްރަމްޕް ވަނީ ނޭޝަނަލް ސެކިއުރިޓީ އޭޖެންސީގެ ޑިރެކްޓަރު ޖެނެރަލް ޓިމޮތީ ހޯ ވަކިކުރައްވާފައެވެ. އަދި މީގެ އިތުރުން ވައިޓް ހައުސްގެ ނޭޝަނަލް ސެކިއުރިޓީ ކައުންސިލުގެ 15 އަށްވުރެ ގިނަ މުވައްޒަފުން ވެސް ވަކިކުރައްވާފައިވެއެވެ.

ހެގްސެތް ވެސް ވަނީ ޕެންޓަގަނުގެ ގިނަ އަދަދެއްގެ އަސްކަރީ އޮފިޝަލުން ވަކިކުރައްވާފައެވެ. ފެބްރުއަރީ މަހު، އެއަރ ފޯސްގެ ޖެނެރަލް ސީ.ކިއު. ބްރައުން ވަކިކުރެއްވިއެވެ. އަދި މީގެ އިތުރުން ފަސް އެޑްމިރަލުންނާއި ޖެނެރަލުންވެސް ވަކިކުރެއްވިއެވެ.

މަސްދަރު: ބީބީސީ

ކޮމެންޓް

އިތުރަށް ކިޔާލަން

ޓްރަމްޕާއި ދެކޮޅަށް އަންހެނުން ބާއްވާ އެއްވުންތަކުގައި އެމެރިކާ އިން އެކަނިވެސް ދެމިލިޔަނަށް ވުރެ ގިނަ މީހުން!

ޓްރަމްޕާއި ދެކޮޅަށް އަންހެނުން ބާއްވާ އެއްވުންތަކުގައި އެމެރިކާ އިން އެކަނިވެސް ދެމިލިޔަނަށް ވުރެ ގިނަ މީހުން!

23 ޖެނުއަރީ 2017
އެމެރިކާއަށް އެރި ތޫފާނުގައި 11 މީހުން މަރުވެއްޖެ

އެމެރިކާއަށް އެރި ތޫފާނުގައި 11 މީހުން މަރުވެއްޖެ

22 ޖެނުއަރީ 2017
ސީރިއާ ސަރުކާރާ ގުޅިފައިވާ ފައުޖަކުން ދިން ހަމަލާތަކެއްގައި އާއްމުންގެ ހަތް މީހުން މަރާލައިފި

ސީރިއާ ސަރުކާރާ ގުޅިފައިވާ ފައުޖަކުން ދިން ހަމަލާތަކެއްގައި އާއްމުންގެ ހަތް މީހުން މަރާލައިފި

16 ޖެނުއަރީ 2017
ކިއުބާގެ ރައްޔިތުންނަށް ވިސާއާ ނުލައި އެމެރިކާގައި ތިބެވޭ ތިބުން ނިމުމަކަށް

ކިއުބާގެ ރައްޔިތުންނަށް ވިސާއާ ނުލައި އެމެރިކާގައި ތިބެވޭ ތިބުން ނިމުމަކަށް

14 ޖެނުއަރީ 2017
އެމެރިކާގެ ޖާސޫސީ އިދާރަތައް ޓްރަމްޕް ކުށްވެރިކުރައްވައިފި

އެމެރިކާގެ ޖާސޫސީ އިދާރަތައް ޓްރަމްޕް ކުށްވެރިކުރައްވައިފި

12 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

14 މެއި
"ނަލަ މަރަދޫ" – އައްޑޫގެ އެހެން ރަށްތަކަށް ނަމޫނާއެއް
20251 އަހަރު ކުރިން
ރާއްޖެ

"ނަލަ މަރަދޫ" – އައްޑޫގެ އެހެން ރަށްތަކަށް ނަމޫނާއެއް

އައީ ފޯނުކޯލެއް: ލިބުނީ މުޅި ދިރިއުޅުން ފަހަތަށް ސޮއްސައިލި ޚަބަރު!
20242 އަހަރު ކުރިން
ރިޕޯޓު

އައީ ފޯނުކޯލެއް: ލިބުނީ މުޅި ދިރިއުޅުން ފަހަތަށް ސޮއްސައިލި ޚަބަރު!

އާއްމުތަނެއްގައި ބަދުއަހުލާގީ އަމަލު ހިންގި މައްސަލައެއް ފުލުހުން ބަލަނީ
20233 އަހަރު ކުރިން
ރާއްޖެ

އާއްމުތަނެއްގައި ބަދުއަހުލާގީ އަމަލު ހިންގި މައްސަލައެއް ފުލުހުން ބަލަނީ

ދުވަސްތައް ފާހަގަކުރަން ކުދިން ލައްވައި ބޮޑު ޚަރަދުތަކެއް، ސްކޫލްތަކަށް ހަމަ ނުވަނީ؟
20224 އަހަރު ކުރިން
ރިޕޯޓު

ދުވަސްތައް ފާހަގަކުރަން ކުދިން ލައްވައި ބޮޑު ޚަރަދުތަކެއް، ސްކޫލްތަކަށް ހަމަ ނުވަނީ؟

ރައީސް ނަޝީދަށް ލިބިވަޑައިގެންނެވި އަނިޔާތައް ފެންނަ ފޮޓޯ އާއްމުކޮށްފި
20215 އަހަރު ކުރިން
ރާއްޖެ

ރައީސް ނަޝީދަށް ލިބިވަޑައިގެންނެވި އަނިޔާތައް ފެންނަ ފޮޓޯ އާއްމުކޮށްފި

ފުއާދު ނުދައްކާ ހުރި ހިތްދަތި ވާހަކަތައް
20197 އަހަރު ކުރިން
ރިޕޯޓު

ފުއާދު ނުދައްކާ ހުރި ހިތްދަތި ވާހަކަތައް

ރޯދަ ވާޖިބު ވުމާއި ޞައްޙަވުމުގެ ޝަރުޠުތައް
20188 އަހަރު ކުރިން
އިސްލާމް

ރޯދަ ވާޖިބު ވުމާއި ޞައްޙަވުމުގެ ޝަރުޠުތައް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު