Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޣައްޒާ ހަނގުރާމަ

ޣައްޒާ ގެ ރައްޔިތުންނަށް ވިޒިޓަރ ވިސާ ދޫކުރުން އެެމެރިކާ އިން ހުއްޓާލައިފި

ޣައްޒާގެ ރައްޔިތުންނަށް ވިޒިޓަރ ވިސާ ދޫކުރުން އެމެރިކާ އިން ހުއްޓާލުމުގެ ކުރިން، މެޑިކަލް ވިސާ މަދު މިންވަރަކަށް ދޫކުރަމުން ގެންގޮސްފައި ވެއެވެ. އިސްރާއީލުގެ ހަމަލާތަކުގައި 61،000 އަށްވުރެ ގިނަ ފަލަސްތީނުން ޝަހީދުވެފައި ވާއިރު، ޣައްޒާގެ ރެފިއުޖީން ބަލައިގަތުމަށް އެމެރިކާ އިން އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ.

ޔުނައިޓެޑް ސްޓޭޓްސް ސްޓޭޓް ޑިޕާޓްމަންޓުން ވަނީ ގާޒާގެ ރައްޔިތުންނަށް ވިޒިޓަރ ވިޒާ ދޫކުރުން ވަގުތީގޮތުން ހުއްޓާލާފައި

ރާއްޖެ އެމްވީ | 17 އޯގަސްޓު 2025 | އާދީއްތަ 01:46
ފަރުވާ ހޯދުމަށް އެމެރިކާ އަށް ގެނައި ޒަޚަމްވެފައިވާ ފަލަސްތީނުގެ ދެ ޒުވާނަކު 2025 ވަނަ އަހަރުގެ އޮގަސްޓް މަހުގެ 9 ވަނަ ދުވަހު ވޮޝިންޓަންގެ ޑަލަސް އިންޓަނޭޝަނަލް އެއާޕޯޓުގެ އެރައިވަލްސް އޭރިއާ ގައި

ފަރުވާ ހޯދުމަށް އެމެރިކާ އަށް ގެނައި ޒަޚަމްވެފައިވާ ފަލަސްތީނުގެ ދެ ޒުވާނަކު 2025 ވަނަ އަހަރުގެ އޮގަސްޓް މަހުގެ 9 ވަނަ ދުވަހު ވޮޝިންޓަންގެ ޑަލަސް އިންޓަނޭޝަނަލް އެއާޕޯޓުގެ އެރައިވަލްސް އޭރިއާ ގައި

އެމެރިކާ ގެ ސްޓޭޓް ޑިޕާޓްމަންޓުން ޣައްޒާ ގެ ފަލަސްތީން ރައްޔިތުންނަށް ވިޒިޓަރ ވިސާ ދޫކުރުން ވަގުތީގޮތުން ހުއްޓާލައިފިކަން އިއުލާނު ކޮށްފިއެވެ.

މި ނިންމުމަކީ "ފުރިހަމަ އަދި ތަފްސީލީ" މުރާޖަޢާ އެއް ކުރުމަށްޓަކައި ނިންމި ނިންމުމެއް ކަމަށް ސްޓޭޓް ޑިޕާޓްމަންޓުން ހޮނިހިރު ދުވަހު ބުނެފައިވެއެވެ.

ނަމަވެސް، ވޭތުވެދިޔަ ދުވަސްތަކުގައި މަދު އަދަދެއްގެ ވަގުތީ މެޑިކަލް-ހިއުމެނިޓޭރިއަން ވިސާ ދޫކޮށްފައިވާކަމަށް ޑިޕާޓްމަންޓުން ހާމަކުރިއެވެ. ނަމަވެސް ވަކި އަދަދެއް ބަޔާން ކޮށްފައެއް ނުވެއެވެ.

ސްޓޭޓް ޑިޕާޓްމަންޓްގެ ވެބްސައިޓުގައި މަހުން މަހަށް އަޕްޑޭޓް ކުރާ ތަފާސް ހިސާބުތަކަށް ބަލާއިރު، ޕެލެސްޓީނިއަން އޮތޯރިޓީގެ ޓްރެވަލް ޑޮކިއުމަންޓް ގެންގުޅޭ ފަރާތްތަކަށް 3،800 އަށް ވުރެ ގިނަ ވިޒިޓަރ ވިސާ ދޫކޮށްފައި ވެއެވެ. މީގެ ތެރޭގައި މެއި މަހު ދޫކުރި 640 ވިސާ ހިމެނެއެވެ. އެމެރިކާ އިން މިހާތަނަށް ވިސާ ދީފައިވަނީ، އިސްރާއީލުގެ ހަމަލާތަކުގެ ސީރިއަސް ޒަޚަމްތައް ލިބިފައިވާ ފަރާތްތަކަށާއި، ބޮޑެތި ބަލިތަކަށް ފަރުވާ ކުރަން ޖެހޭ މީހުންނަށް ކަމަށް ރިޕޯޓުތައް ބުނެއެވެ.

މި ނިންމުން ނިންމާފައި ވަނީ ރައީސް ޓްރަމްޕްގެ ބަސްމަގު ހިފާ، ހަރުކަށި އެކްޓިވިސްޓް ލައުރާ ލޫމަރ މިދިޔަ ހުކުރު ދުވަހު ސޯޝަލް މީޑިއާ ގައި ފަލަސްތީނުގެ "ރެފިއުޖީން" މި މަހު އެމެރިކާ އަށް ވަދެފައިވާ ކަމަށް ބުނެފައި ވަނިކޮށްނެވެ.

ލޫމަރގެ މި ވާހަކަ އާ ގުޅިގެން ބައެއް ރިޕަބްލިކަނުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. މިގޮތުން ޓެކްސަސްގެ ރެޕްރެޒެންޓެޓިވް ޗިޕް ރޯއީ ވަނީ މި މައްސަލަ ބަލާނެ ކަމަށް ބުނެފައެވެ. އަދި ފްލޮރިޑާގެ ރެޕްރެޒެންޓެޓިވް ރޭންޑީ ފައިން ވަނީ މިއީ "ގައުމީ ސަލާމަތަށް ނުރައްކަލެއް" ކަމަށް ބުނެފައެވެ.

ޣައްޒާގެ ހެލްތް މިނިސްޓްރީން ބުނާ ގޮތުގައި 2023 ވަނަ އަހަރުގެ އޮކްޓޯބަރ 7 ވަނަ ދުވަހުން ފެށިގެން އިސްރާއީލުން ޣައްޒާ އަށް ދެމުންދާ ހަމަލާތަކުގައި 61،000 އަށްވުރެ ގިނަ ފަލަސްތީނު ރައްޔިތުން ވަނީ ޝަހީދު ވެ، ލައްކަ އަކަށް ވުރެ ގިނަ މީހުން ޒަޚަމް ވެފައެވެ.

ޣައްޒާ ގެ ރެފިއުޖީން ބަލައިގަންނާނެ ކަމުގެ އެއްވެސް އިޝާރާތެއް އެމެރިކާ އިން ދީފައެއް ނުވެއެވެ. އަނެއްކޮޅުން، ރޮއިޓަރސް އަށް ލިބިފައިވާ މަޢުލޫމާތުން ދައްކާ ގޮތުގައި ފަލަސްތީނު ރައްޔިތުން ޣައްޒާ އިން ނެރެ ފޮނުވާލުމުގެ ޕްލޭނަކާ މެދު ދެކުނު ސޫދާން އާ އެކު އިސްރާއީލުން ގެންދަނީ މަޝްވަރާ ކުރަމުންނެވެ.

އިތުރަށް ކިޔާލަން

26 އެޕްރީލު 2017

އެމެރިކާ އިން އެޅި ދަތިކުރުމުގެ ފިޔަވަޅުގެ ގެއްލުން ވާނީ އާންމު ރައްޔިތުންނަށް: ސީރިޔާ

26 އެޕްރީލު 2017
އެމެރިކާ އިން އެޅި ދަތިކުރުމުގެ ފިޔަވަޅުގެ ގެއްލުން ވާނީ އާންމު ރައްޔިތުންނަށް: ސީރިޔާ
31 މާރިޗު 2017

މޫސަލްގެ ރައްޔިތުންނަށް ރައްކާތެރިކަން ދިނުމަކީ އެންމެ މުހިންމު ކަންތައް: އެންޓޯނިއޯ ގުޓަރޭސް

31 މާރިޗު 2017
މޫސަލްގެ ރައްޔިތުންނަށް ރައްކާތެރިކަން ދިނުމަކީ އެންމެ މުހިންމު ކަންތައް: އެންޓޯނިއޯ ގުޓަރޭސް
05 މާރިޗު 2017

އަނެއްކާ ވެސް މުސްލިމް ގައުމުތަކަށް ވިސާ ދިނުން ހުއްޓާލަން ޓްރަމްޕް ނިންމަނީ!

05 މާރިޗު 2017
އަނެއްކާ ވެސް މުސްލިމް ގައުމުތަކަށް ވިސާ ދިނުން ހުއްޓާލަން ޓްރަމްޕް ނިންމަނީ!
02 މާރިޗު 2017

އުތުރު ކޮރެއާގެ ރައްޔިތުންނަށް ވިސާއާ ނުލާ މެލޭޝިއާ އަށް އެތެރެ ނުވެވޭގޮތް ހަދަނީ

02 މާރިޗު 2017
އުތުރު ކޮރެއާގެ ރައްޔިތުންނަށް ވިސާއާ ނުލާ މެލޭޝިއާ އަށް އެތެރެ ނުވެވޭގޮތް ހަދަނީ
04 ފެބުރުއަރީ 2017

މުސްލިމުންނަށް އެމެރިކާއިން ދޫކުރި 60،000 ވިސާ ކެންސަލްކޮށްފި

04 ފެބުރުއަރީ 2017
މުސްލިމުންނަށް އެމެރިކާއިން ދޫކުރި 60،000 ވިސާ ކެންސަލްކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު