Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއިންޑިއާ-ޗައިނާ ގުޅުން

ޗައިނާގެ ޚާރިޖީ ވަޒީރު އިންޑިއާ އަށް ވަޑައިގަންނަވަނީ

ޗައިނާގެ ޚާރިޖީ ވަޒީރު ވާންގ ޔީ އިންޑިއާއަށް ކުރައްވާ ދަތުރުފުޅުގައި ދެ ގައުމުގެ ބޯޑަރާ ގުޅޭ މުހިންމު މަޝްވަރާތަކެއް ކުރިއަށް ގެންދަވާނެ. މި ދަތުރުފުޅަކީ ދެ ގައުމުގެ މެދުގައި އޮތް ގުޅުން އިތުރަށް ވަރުގަދަކޮށް، އެކުވެރިކަން އާލާކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއް.

ޗައިނާގެ ބޮޑުވަޒީރު ވާންގ ޔީ އޯގަސްޓް 18 އިން 20 އަށް އިންޑިއާއަށް ރަސްމީ ދަތުރުފުޅެއް ކުރައްވާގޮތަށް ހަމަޖެހިއްޖެ

ރާއްޖެ އެމްވީ | 16 އޯގަސްޓު 2025 | ހޮނިހިރު 12:06
ޗައިނާގެ ފޮރިން މިނިސްޓަރު ވަންގް ޔީ

ޗައިނާގެ ފޮރިން މިނިސްޓަރު ވަންގް ޔީ

ޗައިނާގެ ޚާރިޖީ ވަޒީރު ވާންގ ޔީ އިންޑިއާ އަށް ދަތުރުފުޅެއް ކުރައްވަން ނިންމަވައިފި އެވެ.ޗައިނާގެ ފޮރިން މިނިސްޓްރީން ހޮނިހިރު ދުވަހު ހާމަކުރި ގޮތުގައި، އެ ގައުމުގެ ޚާރިޖީ ވަޒީރު ވާންގ ޔީ އަންނަ ހޯމަ ދުވަހު އިންޑިއާ އަށް ރަސްމީ ދަތުރުފުޅެއް ފެއްޓެވުމަށް ވަނީ ހަމަޖެހިފައެވެ. މި ދަތުރުފުޅުގައި ދެ ގައުމުގެ ސަރަހައްދީ ބޯޑަރާ ގުޅޭ މައްސަލަތަކުގައި މުހިންމު މަޝްވަރާތަކެއް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ކަމަށް ރޮއިޓާސް އިން ބުނެއެވެ.

އޯގަސްޓް 18 އިން 20 އަށް ކުރިއަށްދާ މި ދަތުރުފުޅުގައި، ދެ ގައުމުގެ ބޯޑަރާ ގުޅޭ 24 ވަނަ ސްޕެޝަލް ރެޕްރެޒެންޓެޓިވްސް ބައްދަލުވުން ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މަޝްވަރާތައް ހުއްޓުނީ 2020 ގައި ދެ ގައުމުގެ ބޯޑަރުގައި ހިނގި ކުރިމަތިލުން ތަކަށް ފަހުގައެވެ.

ދެ ގައުމުގެ މެދުގައި ހިމަލަޔާ ފަރުބަދަ ހުރަސްކޮށް ކުރެވޭ ވިޔަފާރި ކުޑަ ނަމަވެސް، މަޝްވަރާ ތައް ފެށުމަކީ މިއީ ދެ ގައުމުގެ ގުޅުމަށް ވަރަށް މުހިންމު ކަމެއް ކަމުގައި ރިޕޯޓުތައް ބުނެއެވެ.

އިންޑިއާގެ ޚާރިޖީ ވަޒީރު ސުބްރަމާނިއަމް ޖައިޝަންކަރު ވެސް ވަނީ ޖުލައި މަހު ބެއިޖިންގ އަށް ދަތުރުފުޅެއް ކުރައްވާފައެވެ.ދުނިޔޭގެ އިގުތިސާދީ ބާރުވެރި ދެ ގައުމުގެ ގޮތުގައި ހިމެނޭ ޗައިނާ އާއި އިންޑިއާ ވަނީ ދެކުނު އޭޝިއާގެ ސަރަހައްދުގައި ނުފޫޒު ހޯދުމަށް ގިނަ މަސައްކަތްތަކެއް ކޮށްފައެވެ. ނަމަވެސް، އެމެރިކާގެ ރައީސް ޓްރަމްޕްގެ ވެރިކަމުގައި ގެންގުޅުއްވާ ޓެރިފް ސިޔާސަތުގެ ސަބަބުން ކުރިމަތިވި ވިޔަފާރީގެ ގޮންޖެހުންތަކާ ގުޅިގެން، ދެ ގައުމުން ވަނީ ގުޅުން ރަނގަޅު ކުރުމަށް މަސައްކަތް ފަށާފައެވެ.

ފާއިތުވި ހަފްތާތަކުގައި ދެ ގައުމުގެ އިސް އޮފިޝަލުން ވަނީ ބޯޑަރު ހުރަސްކޮށް ކުރެވޭ ވިޔަފާރި އަލުން ފެށުމާ ގުޅޭގޮތުން މަޝްވަރާ ކޮށްފައެވެ. މީގެ އިތުރުން، ސީދާ ވައިގެ ދަތުރުތައް އަލުން ފެށުމާއި، ޓޫރިސްޓް ވިސާ ދޫކުރުމާ ގުޅޭ މަޝްވަރާތައް ވެސް ވަނީ ކުރެވިފައެވެ. މިއީ ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހި ކުރުމަށް އެޅޭ މުހިންމު ފިޔަވަޅުތަކެއް ކަމުގައި ބެލެވެއެވެ.

އިތުރަށް ކިޔާލަން

06 ފެބުރުއަރީ 2017

ފަސް އަހަރުގެ ތުއްތު ކުއްޖަކު މަންމައާ އަލުން ގުޅުމުގެ ސަބަބުން ޕާކިސްތާނުގެ ޝުކުރު އިންޑިއާ އަށް

06 ފެބުރުއަރީ 2017
ފަސް އަހަރުގެ ތުއްތު ކުއްޖަކު މަންމައާ އަލުން ގުޅުމުގެ ސަބަބުން ޕާކިސްތާނުގެ ޝުކުރު އިންޑިއާ އަށް
02 ފެބުރުއަރީ 2017

ގެމްބިއާގެ އާ ރައީސް އަޑަމާ ބަރޯގެ ކެބިނެޓުގެ 10 ވަޒީރުން މަގާމުގެ ހުވާކުރައްވައިފި

02 ފެބުރުއަރީ 2017
ގެމްބިއާގެ އާ ރައީސް އަޑަމާ ބަރޯގެ ކެބިނެޓުގެ 10 ވަޒީރުން މަގާމުގެ ހުވާކުރައްވައިފި
01 ފެބުރުއަރީ 2017

ފަލަސްތީނާއި އިޒްރޭލުގެ މައްސަލަ ހައްލު ކުރުމަށް ބައިނަލްއަގްވާމީ މުޖުތަަމައުގެ ރޯލް ކުޅެން ޖެހޭ: ބޮޑު ވަޒީރު ނަވާޒް ޝަރީފް

01 ފެބުރުއަރީ 2017
ފަލަސްތީނާއި އިޒްރޭލުގެ މައްސަލަ ހައްލު ކުރުމަށް ބައިނަލްއަގްވާމީ މުޖުތަަމައުގެ ރޯލް ކުޅެން ޖެހޭ: ބޮޑު ވަޒީރު ނަވާޒް ޝަރީފް
31 ޖެނުއަރީ 2017

ޓްރަމްޕް އިޒްރާއީލަށް ވަޑައިގަންނަވަނީ

31 ޖެނުއަރީ 2017
ޓްރަމްޕް އިޒްރާއީލަށް ވަޑައިގަންނަވަނީ
28 ޖެނުއަރީ 2017

އިންޑިއާގައި ގެރި ކަތިލުން މަނާ ކުރާ ޕެޓިޝަން ސުޕްރީމް ކޯޓުން ބޭރުކޮށްލައިފި

28 ޖެނުއަރީ 2017
އިންޑިއާގައި ގެރި ކަތިލުން މަނާ ކުރާ ޕެޓިޝަން ސުޕްރީމް ކޯޓުން ބޭރުކޮށްލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު