Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ހަމާސް

ފަލަސްތީނުގެ ދައުލަތެއްގެ އުއްމީދު ފުނޑުކޮށްލާ ޕްލޭނަކަށް އިސްރާއީލުގެ ހައްދުފަހަނަ އެޅި ފިނޭންސް މިނިސްޓަރ ހުއްދަ ދީފި

އިސްރާއީލުގެ ފިނޭންސް މިނިސްޓަރ ވެސްޓް ބޭންކާއި އިރުމަތީ ޖެރޫސަލަމް ވަކިކޮށްލުމަށް 3,401 ގެ ބިނާކުރުމުގެ މަޝްރޫޢަކަށް ހުއްދަދީފި. މިއީ ފަލަސްތީނުގެ މިނިވަން ދައުލަތެއް ޤާއިމްކުރުމުގެ އުއްމީދު ނައްތާލުމަށް އެޅޭ ނުރައްކާތެރި ފިޔަވަޅެއް ކަމަށް ބައިނަލްއަޤްވާމީ މުޖުތަމަޢުން ދެކޭ.

ރާއްޖެ އެމްވީ | 14 އޯގަސްޓު 2025 | ބުރާސްފަތި 15:50
އިސްރާއީލުގެ ފިނޭންސް މިނިސްޓަރު ބެޒަލެލް ސްމޮޓްރިކް އާއި އަންހެނަކު އިސްރާއީލުން ހިސޯރު ކޮށްފައިވާ ވެސްޓް ބޭންކްގެ މާލޭ އެޑްމިމް ކައިރީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި - އޯގަސްޓް 14، 2025

އިސްރާއީލުގެ ފިނޭންސް މިނިސްޓަރު ބެޒަލެލް ސްމޮޓްރިކް އާއި އަންހެނަކު އިސްރާއީލުން ހިސޯރު ކޮށްފައިވާ ވެސްޓް ބޭންކްގެ މާލޭ އެޑްމިމް ކައިރީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި - އޯގަސްޓް 14، 2025

ފަލަސްތީނުގެ މިނިވަން ދައުލަތަކަށް ކުރެވޭ އުއްމީދު ފުނޑުފުނޑުވާ ފަދަ ޕްލޭނަކަށް އިސްރާއީލުގެ ހައްދުފަހަނަ އެޅި ފިނޭންސް މިނިސްޓަރ ސްމޮޓްރިޗް ހުއްދަ ދީފިއެވެ.

އިސްރާއީލުގެ ހަރުކަށި ވަޒީރު މާލޭ އެޑްމިމް ގައި ހުރެ ބުނެފައި ވަނީ، ވެސްޓް ބޭންކް ބައިބައި ކޮށް، އިރުމަތީ ޖެރޫސަލަމް ވަކިކޮށްލާނެ ގިނަ ދުވަސްވެފައިވާ އާބާދު ކުރުމުގެ މަސައްކަތް ފެށޭނެ ކަމަށެވެ. މި ކަމަކީ ފަލަސްތީނު ދައުލަތެއްގެ ޚިޔާލު "ކަފުންކުރާނެ" ކަމެއް ކަމަށް އޭނާގެ އޮފީހުން ބުނެފައިވެއެވެ.

ސްމޮޓްރިޗް ބުނެފައި ވަނީ ބޮޑު ވަޒީރު ބެންޖަމިން ނެތަންޔާހޫ އާއި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް "އީ-ވަން" މަޝްރޫޢު އަލުން ފެށުމަށް އެއްބަސްވެފައިވާ ކަމަށެވެ.

"މިއަދު ދުނިޔޭގައި ފަލަސްތީނު ދައުލަތެއް ބަލައިގަންނަން މަސައްކަތްކުރާ ކޮންމެ ފަރާތަކަށް އަހަރެމެން ޖަވާބުދޭނީ ބިން ހޯދައިގެންނެވެ. ލިޔެކިޔުމަކުން ނޫނެވެ. ނިންމުންތަކަކުން ނުވަތަ ބަޔާން ތަކަކުން ނޫނެވެ. އެއާ ޚިލާފަށް ޙަޤީޤަތުންނެވެ. ގެދޮރު ބިނާ ކުރުމުގެ ޙަޤީޤަތުން، ނެއިބަރހުޑް ގެ ޙަޤީޤަތުންނެވެ،" ސްމޮޓްރިޗް ބުންޏެވެ.

އިސްރާއީލުން މާލޭ އެޑްމިމް ގައި އިމާރާތް ކުރުމުގެ ޕްލޭންތައް 2012 ގައި ހުއްޓާލިއެވެ. އަދި 2020 ގައި އަލުން ފެށުމަށްފަހު އަނެއްކާވެސް ހުއްޓާލިއެވެ. މިއީ އެމެރިކާ އާއި ޔޫރަޕުގެ ބައެއް ޤައުމުތަކާއި އެހެނިހެން ބާރުތަކުން އިއުތިރާޒު ކުރުމުގެ ސަބަބުންނެވެ. އެފަރާތްތަކުން މި މަޝްރޫޢު ދެކެނީ ފަލަސްތީނުގެ ދައުލަތެއް ބިނާ ކުރުމަށް ކުރިމަގުގެ ކޮންމެ ޕްލޭނަކަށް ހުރަސްއެޅޭނެ ކަމެއްގެ ގޮތުގައެވެ.

މި ފިޔަވަޅުގެ ސަބަބުން އިސްރާއީލް އިތުރަށް އެކަހެރިވެދާނެ ކަމަށް ބެލޭ ކަމަށް ރިޕޯޓް ތައް ބުނެއެވެ. ޙަމާސްއާ ދެކޮޅަށް އިސްރާއީލުން ކުރަމުންދާ ހަނގުރާމައިގައި ޣައްޒާގައި ހިންގަމުންދާ އަސްކަރީ ޙަރަކާތްތަކާ މެދު އިސްރާއީލުގެ ބައެއް ހަރުދަނާ އެކުވެރިން ވަރަށް ބޮޑަށް ނުރުހި އަދި ކުށްވެރި ކުރަމުންދާއިރު، ފަލަސްތީނު ދައުލަތެއް ބަލައިގަންނާނެކަން އެ ފަރާތްތަކުން ދަނީ އިއުލާނު ކުރަމުންނެވެ.

"ފަލަސްތީނު ދައުލަތެއްގެ ޚިޔާލު ވަޅުލުން" މި ސުރުޚީއަކާއެކު ނެރުނު ބަޔާނެއްގައި، ސްމޮޓްރިޗްގެ ތަރުޖަމާނު ބުނެފައި ވަނީ، ވެސްޓް ބޭންކުގައި މިހާރު ހުރި އާބާދީ ތަކާއި ޖެރޫސަލަމާ ދެމެދު އޮތް ސަރަހައްދު ގައި ޔަހޫދީން ވަޒަން ވެރި ކުރުވުމަށް 3,401 ގެ އިމާރާތްކުރުމުގެ ޕްލޭނަށް ވަޒީރު ހުއްދަދީފައިވާ ކަމަށެވެ.

މާލޭ އެޑްމިމް ގައި ސްމޮޓްރިޗް ރޮއިޓަރސް އަށް ބުނެފައި ވަނީ މި ޕްލޭނަށް ބުދަ ދުވަހު ޢަމަލީ ސިފަ އަންނާނެ ކަމަށެވެ. ނަމަވެސް ބުދަ ދުވަހު ހިނގާނެ ވަކި ކަމެއް ބުނެފައެއް ނުވެއެވެ.

ފަލަސްތީނުގެ ޚާރިޖީ ވުޒާރާ އިން މި ޕްލޭން ސިފަ ކޮށްފައިވަނީ ނަސްލު ނައްތާލުމާއި، ގަދަކަމުން އަސްލު ވަޒަންވެރިން ނެރެން މަޖުބޫރުކުރުވުމާއި، އަދި އެހެން ބައެއްގެ ބިންތައް ފޭރުމުގެ ކުށްތަކުގެ އިތުރު ފިޔަވަޅެއްގެ ގޮތުގައެވެ.

ޙަމާސް އިން މި ޕްލޭން ސިފަކޮށްފައި ވަނީ އިސްރާއީލުގެ "އިސްތިޢުމާރީ، ހަރުކަށި" ސިޔާސަތުތަކުގެ ބައެއްގެ ގޮތުގައެވެ. އަދި ފަލަސްތީނުގެ ރައްޔިތުންނަށް މިކަމާ ކުރިމަތިލުމަށް ގޮވާލާފައިވެއެވެ. އުރުދުން ގެ ޚާރިޖީ ވުޒާރާއިން މި ފިޔަވަޅު ކުށްވެރިކޮށް ބުނެފައި ވަނީ ބައިނަލްއަޤްވާމީ ޤާނޫނުތަކާ ކަނޑައެޅިގެން ޚިލާފު ކަމެއްގެ ގޮތުގައެވެ.

ވެސްޓް ބޭންކުގައި ވަޒަންވެރި ކުރުމުގެ ޙަރަކާތްތައް ދިރާސާކުރާ "ޕީސް ނައު" އިން ބުނެފައި ވަނީ އިމާރާތްކުރުމުގެ ކުރިން އަދިވެސް ބައެއް ފިޔަވަޅުތައް އަޅަންޖެހޭ ކަމަށެވެ. އޭގެ ތެރޭގައި އިސްރާއީލުގެ ހައި ޕްލޭނިންގ ކައުންސިލުގެ ހުއްދަ ހޯދުން ހިމެނެއެވެ. ނަމަވެސް ހުރިހާ ކަމެއް ކުރިއަށް ދާނަމަ، އަސާސީ ވަސީލަތްތަކުގެ މަސައްކަތް މަދު މަސްތަކެއްގެ ތެރޭގައި ފެށިދާނެ ކަމަށާއި، ގާތްގަނޑަކަށް އަހަހަރެއްހާ ދުވަހުގެ ތެރޭގައި ގެ އިމާރާތްކުރުން ފެށިދާނެ ކަމަށް ބުނެފައިވެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ފަލަސްތީނުގެ ބޮޑު ވަޒީރު ތާރީޚީ ދަތުރުފުޅެއްގައި ގާޒާ އަށް ވަޑައިގެންފި

ފަލަސްތީނުގެ ބޮޑު ވަޒީރު ތާރީޚީ ދަތުރުފުޅެއްގައި ގާޒާ އަށް ވަޑައިގެންފި

03 އޮކްޓޯބަރު 2017
ހަމާސް އާއެކު މަޝްވަރާކުރުމަށް ފަލަސްތީނުގެ ބޮޑުވަޒީރު ޣައްޒާ އަށް!

ހަމާސް އާއެކު މަޝްވަރާކުރުމަށް ފަލަސްތީނުގެ ބޮޑުވަޒީރު ޣައްޒާ އަށް!

25 ސެޕްޓެމްބަރު 2017
ފަލަސްތީނުގެ ދެމީހަކު މަރާލައިފި

ފަލަސްތީނުގެ ދެމީހަކު މަރާލައިފި

22 ޖުލައި 2017
ގަތަރު މައްސަލަ ހައްލު ކުރެވޭނެ ކަމުގެ އުއްމީދު އެބައޮތް:އެމެރިކާ

ގަތަރު މައްސަލަ ހައްލު ކުރެވޭނެ ކަމުގެ އުއްމީދު އެބައޮތް:އެމެރިކާ

14 ޖޫން 2017
ފަލަސްތީނުގެ ދައުލަތެއް އުފައްދަން ހަމާސް އެއްބަސްވެއްޖެ

ފަލަސްތީނުގެ ދައުލަތެއް އުފައްދަން ހަމާސް އެއްބަސްވެއްޖެ

02 މެއި 2017

އަހަރުތަކުން މިއަދު

14 މެއި
"ނަލަ މަރަދޫ" – އައްޑޫގެ އެހެން ރަށްތަކަށް ނަމޫނާއެއް
20251 އަހަރު ކުރިން
ރާއްޖެ

"ނަލަ މަރަދޫ" – އައްޑޫގެ އެހެން ރަށްތަކަށް ނަމޫނާއެއް

އައީ ފޯނުކޯލެއް: ލިބުނީ މުޅި ދިރިއުޅުން ފަހަތަށް ސޮއްސައިލި ޚަބަރު!
20242 އަހަރު ކުރިން
ރިޕޯޓު

އައީ ފޯނުކޯލެއް: ލިބުނީ މުޅި ދިރިއުޅުން ފަހަތަށް ސޮއްސައިލި ޚަބަރު!

އާއްމުތަނެއްގައި ބަދުއަހުލާގީ އަމަލު ހިންގި މައްސަލައެއް ފުލުހުން ބަލަނީ
20233 އަހަރު ކުރިން
ރާއްޖެ

އާއްމުތަނެއްގައި ބަދުއަހުލާގީ އަމަލު ހިންގި މައްސަލައެއް ފުލުހުން ބަލަނީ

ދުވަސްތައް ފާހަގަކުރަން ކުދިން ލައްވައި ބޮޑު ޚަރަދުތަކެއް، ސްކޫލްތަކަށް ހަމަ ނުވަނީ؟
20224 އަހަރު ކުރިން
ރިޕޯޓު

ދުވަސްތައް ފާހަގަކުރަން ކުދިން ލައްވައި ބޮޑު ޚަރަދުތަކެއް، ސްކޫލްތަކަށް ހަމަ ނުވަނީ؟

ރައީސް ނަޝީދަށް ލިބިވަޑައިގެންނެވި އަނިޔާތައް ފެންނަ ފޮޓޯ އާއްމުކޮށްފި
20215 އަހަރު ކުރިން
ރާއްޖެ

ރައީސް ނަޝީދަށް ލިބިވަޑައިގެންނެވި އަނިޔާތައް ފެންނަ ފޮޓޯ އާއްމުކޮށްފި

ފުއާދު ނުދައްކާ ހުރި ހިތްދަތި ވާހަކަތައް
20197 އަހަރު ކުރިން
ރިޕޯޓު

ފުއާދު ނުދައްކާ ހުރި ހިތްދަތި ވާހަކަތައް

ރޯދަ ވާޖިބު ވުމާއި ޞައްޙަވުމުގެ ޝަރުޠުތައް
20188 އަހަރު ކުރިން
އިސްލާމް

ރޯދަ ވާޖިބު ވުމާއި ޞައްޙަވުމުގެ ޝަރުޠުތައް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު