Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޣައްޒާ ހަނގުރާމަ

ވައިގެ މަގުން ވައްޓާލި އެހީގެ ޕެލެޓަކުން ޖެހި ފަލަސްތީނު ކުއްޖަކު މަރުވެއްޖެ

ޣައްޒާ ސަރުކާރުގެ މީޑިއާ އޮފީހުން ބުނެފައިވާ ގޮތުގައި 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން އިސްރާއީލުން ޣައްޒާއާ ދެކޮޅަށް ފަށާފައިވާ ހަނގުރާމައިގެ ތެރޭގައި، ވައިގެ މަގުން އެހީގެ ތަކެތި ފޯރުކޮށްދިނުމުގައި މަދުވެގެން 23 ފަލަސްޠީނު މީހުން މަރުވެފައިވެއެވެ.

ރާއްޖެ އެމްވީ | 10 އޯގަސްޓު 2025 | އާދީއްތަ 02:58
މަތިން ވައްޓާލި އެހީގެ ޕެލެޓަކުން ޖެހުނު ފަލަސްތީނުގެ ކުއްޖާ މުހައްނަދު އީދުގެ ހަށިގަނޑު ގެންދަނީ - އޮގަސްޓް 9، 2025

މަތިން ވައްޓާލި އެހީގެ ޕެލެޓަކުން ޖެހުނު ފަލަސްތީނުގެ ކުއްޖާ މުހައްނަދު އީދުގެ ހަށިގަނޑު ގެންދަނީ - އޮގަސްޓް 9، 2025

ޣައްޒާ ގައި އިންސާނީ އެހީގެ ތަކެތި ފޯރުކޮށް ދިނުމުގެ ތެރެއިން ވައިގެ މަގުން ވައްޓާލި ޕެލެޓަކުން ޖެހި 15 އަހަރުގެ ފަލަސްޠީނު ކުއްޖަކު މަރުވެއްޖެ އެވެ.

މިއާ އެކު ހައި ހޫނު ކަމުގައި މަރުވި މީހުންގެ އަދަދު 212 އަށް ވަނީ އަރާފައެވެ.

ކާބޯތަކެތި ނުލިބުގެ މައްސަލަ އިންތިހާ އަށް ބޮޑު ވެފައިވާ މި ދަނޑިވަޅުގައި ޣައްޒާ ސްޓްރިޕް ގެ އެންމެ ބޮޑު ސިޓީ، ޣައްޒާ ސިޓީ މުޅިން ހިފުމަށް އިސްރާއީލުގެ ސެކިއުރިޓީ ކެބިނެޓުން ނިންމުމުން ދުނިޔޭގެ ނުރުހުން އިސްރާއީލަށް ވަނީ އަމާޒު ވެފައެވެ. ހަނގުރާމައިގައި ވީރާނާ ވެފައިވާ އެ ސިޓީގައި ގާތްގަނޑަކަށް އެއް މިލިއަން މީހުން ދިރިއުޅެމުން ދެއެވެ.

އަލްޖަޒީރާ އިން ޞައްޙަކަން ކަށަވަރުކޮށްފައިވާ ޣައްޒާގެ މަންޒަރުތަކުން ފެންނަ ގޮތުގައި ހޮނިހިރު ދުވަހު މެދުތެރޭ ޣައްޒާގެ "ނެޓްޒަރިމް ކޮރިޑޯ" ކިޔާ ސަރަހައްދުގައި ހިނގި މި ހާދިސާ ގައި މުހަންނަދު ޒަކަރިއްޔާ އީދު ނަކަމަށް ކިޔާ ކުއްޖާގެ ވަށައިގެން ގިނަ ބަޔަކު އެއްވެފައިވާ ތަން ފެނެއެވެ.

ބައެއް މީހުން އެ ކުއްޖާ ގެ ފުރާނަ ސަލާމަތް ކުރެވޭތޯ މަސައްކަތް ކުރާ ތަން ފެނެއެވެ. އޭނާގެ މޫނުމަތީގައި ލޭ ހުރި ކަމަށް މަންޒަރުތަކުން ފެނެއެވެ.

އެހެން މަންޒަރުތަކުގައި އެ ކުއްޖާގެ ބޭބެ އޭނާ އެ ތަނުން އުފުލައިގެން ގެންދާ ތަނާއި، ނުސައިރާތުގެ އަލް-އައުދާ ހޮސްޕިޓަލުގައި އޭނާގެ ބައްޕަ އޭނާގެ ހަށިގަނޑުގައި ހިފަހައްޓައިގެން ހުންނަ ތަން ފެނެއެވެ.

އީދުގެ ބޭބެ ރޮއިޓަރސް ނިއުސް އޭޖެންސީ އަށް ބުނެފައި ވަނީ ފަލަސްތީނު ގެ ކުއްޖާ މަރުވީ އެހީގެ ފެލެޓެއް އޭނާގެ ގައި މައްޗަށް ވެއްޓުމުން ކަމަށެވެ.

"އަޅުގަނޑުމެން ދިރިއުޅެމުންދާ ބަނޑުހައިކަމާއި ދަތި ހާލަތުގެ ތެރެއިން ވެސް، އަޅުގަނޑުގެ އަޚު ދިޔައީ މަތިންދާބޯޓުތަކުން ކަނޑަށް ވައްޓާލި އެހީގެ ތަކެތި ހޯދަމުންނެވެ. ފޮށްޓެއް ސީދާ އޭނާގެ ގައި މައްޗަށް ވެއްޓިގެން އޭނާ ޝަހީދުވީ،" އޭނާ ބުންޏެވެ.

"އެމީހުންނަށް [ވައިގެ މަގުން އެހީ ފޯރުކޮށްދިނުމުގައި ބައިވެރިވާ ޤައުމުތަކަށް] އެއްގަމު މަގުން އެހީ ވެއްދޭކަށް ނެތް. އަނެއްކޮޅުން އެމީހުން އަޅުގަނޑުމެންގެ ބޯމައްޗަށް އެތަކެތި ވައްޓާލައިގެން އަޅުގަނޑުމެންގެ ކުދިން މަރާލަނީ."

މި ނުރައްކާތެރި ހާދިސާ ހިނގި އިރު ވައިގެ މަގުން އެހީ ފޯރުކޮށް ދިނުމަކީ ނުރައްކާތެރި، ނާކާމިޔާބު އަދި އަގުބޮޑު ކަމެއްކަމަށް އދ އިން ތަކުރާރުކޮށް އިންޒާރު ދީފައި ވެއެވެ. އަދި އޭގެ ބަދަލުގައި އެއްގަމު މަގުން ޣައްޒާ އަށް އިންސާނީ އެހީ ފޯރުކޮށްދިނުމަށް އިސްރާއީލަށް ގޮވާލާފައިވެއެވެ.

ޣައްޒާ ސަރުކާރުގެ މީޑިއާ އޮފީހުން ބުނެފައިވާ ގޮތުގައި 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން އިސްރާއީލުން ޣައްޒާއާ ދެކޮޅަށް ފަށާފައިވާ ހަނގުރާމައިގެ ތެރޭގައި، ވައިގެ މަގުން އެހީގެ ތަކެތި ފޯރުކޮށްދިނުމުގައި މަދުވެގެން 23 ފަލަސްޠީނު މީހުން މަރުވެފައިވެއެވެ. އަދި އިތުރު 124 މީހުން ޒަޚަމްވެފައިވެއެވެ.

އިތުރަށް ކިޔާލަން

16 ޖޫން 2017

ޔޫރަޕްގައި އިސްލާމް ދީނާ ގުޅުވައިގެން ޓެރަރިޒަމްގެ އަމަލުތައް ހިންގި ކަމުގެ ތުހުމަތުގައި ހައްޔަރު ކުރި މީހުންގެ އަަދަަދު މައްޗަށް

16 ޖޫން 2017
ޔޫރަޕްގައި އިސްލާމް ދީނާ ގުޅުވައިގެން ޓެރަރިޒަމްގެ އަމަލުތައް ހިންގި ކަމުގެ ތުހުމަތުގައި ހައްޔަރު ކުރި މީހުންގެ އަަދަަދު މައްޗަށް
13 ޖޫން 2017

ޕެނަމާގެ ކުރީގެ ރައީސް ފިއްލަވައިގެން އުޅުއްވަނިކޮށް އަތުލައިގެންފި

13 ޖޫން 2017
ޕެނަމާގެ ކުރީގެ ރައީސް ފިއްލަވައިގެން އުޅުއްވަނިކޮށް އަތުލައިގެންފި
01 މެއި 2017

ރޮހިންޔާ މުސްލިމުން ގޮވައިގެން ދިޔަ ބޯޓެއް ލަންކާ ކަނޑުގެ ސަރަަހައްދުން އަތުލައިގެންފި

01 މެއި 2017
ރޮހިންޔާ މުސްލިމުން ގޮވައިގެން ދިޔަ ބޯޓެއް ލަންކާ ކަނޑުގެ ސަރަަހައްދުން އަތުލައިގެންފި
16 އެޕްރީލު 2017

އެމެރިކާގެ ވައިގެ ހަމަލާއެއްގައި އަބޫ އައްޔާބު މަރާލައިފި

16 އެޕްރީލު 2017
އެމެރިކާގެ ވައިގެ ހަމަލާއެއްގައި އަބޫ އައްޔާބު މަރާލައިފި
14 އެޕްރީލު 2017

އެމެރިކާ އިން ވައްޓާލި ބޮމުން 36 މީހުން މަރުވެއްޖެ

14 އެޕްރީލު 2017
 އެމެރިކާ އިން ވައްޓާލި ބޮމުން 36 މީހުން މަރުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު